• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

by އަބްދުﷲ ސަފީގު އަލީ
މާރޗް 31, 2023
in ދިރިއުޅުން
1
ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

                       ކައިޒީން (ފާތުމަތު ޒަޔާން) ގެ އުފަންދުވަހު ހަވާއަރުވައިފިއެވެ. އެކަމެއް ކުރުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ރާއްޖޭގެ ހުރިހާ މީޑިއާގެ ސަމާލުކަމަށްކަމަށް އައެވެ. އެންމެ ހޫނު ހަބަރެއްގެ ގޮތުގައި، އެންމެ ގިނަ ބަޔަކު ކޮމެންޓު ކުރި ހަބަރެއްގެ ގޮތުގައިވެސް އަދި ސޯސަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލް ވެފައިވަނީވެސް ކައިޒިން އުފަން ދުވަސް ފާހަގަކުރަން ހަވާ އެރުވި ވާހަކައެވެ.

                      މި ހަބަރުތަކުގެ ކޮމެންޓުތަކާއި އާއްމުން ސޯސަލް މީޑިއާގައި ފާޅުކޮށްފައި ހުރި ޝުއޫރުތަކާއި އަދި ސީދާކޮށް ބުނެފައިވާ ބަސްތަކަށް ބަލާއިރު އަހަރުމެން ތެރެއިން ގިނަ ބަޔަކު ކައިޒިން އަށް ހެޔޮއެދޭ ބަސްތަކެއް ބޭނުންކޮށްފައިނުވެއެވެ. އޭގެ ބަދަލުގައި ހުންނަނީ ތުންފިއްތާލައިގެން، މޫނު ހަދައިގެން ދައްކާ ކަހަލަ ކައިޒީން އާ ދޭތެރޭ ހިތްހަމަ ނުޖެހޭ ވާހަކައެވެ.

  • ބައެއް މީހުން ބުނެފައިވެއެވެ. ކައިޒީން އުޅެނީ ވިޔަފާރިވެރިއަކާ ރައްޓެހިވެގެންނެވެ.

ދުނިޔޭގެ މަޝްހޫރު އެންމެން ކަހަލަ ގޮތަކަށް ކައިވެނި ކުރަނީ ނުވަތަ ރައްޓެހިވަނީ ތިމާ ފަދަ މަޝްހޫރު ނުވަތަ ވިޔަފާރި ވެރިންނާއެވެ. މިސާލެއްގެ ގޮތުން އެންމެ ކައިރި ސްރީލަންކާގެ ސުޕަ ސްޓާ ޖެކްލިން ފެނާންޑެޒް ރައްޓެހިވެގެން އުޅުނު މީހުންގެ ލިސްޓަށް ބަލާއިރު މުޅިންވެސް ތިބީ އިންޑިޔާގެ ސިޔާސީ ފަރާތް ތަކާއި ފައިސާ ވެރިންނާ އަދި ފިލްމު އިންޑަސްޓްރީޒް ގެ ބާރުވެރިންނެވެ. ސްރީލަންކާ ގެ ރީތީ ރާނީ އަކު ރައްޓެހިވާން މިއީ ކާކުހޭ ބުނާ ވަރުގެ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަވައްޓެރި އިންޑިޔާގެ ސްޕަ މޮޑެލުންނާއި ފިލްމްސްޓާރުންނަށް ބެލިއަސް މި ކަހަލަ ކިތަންމެ މިސާލެކެވެ. ޖޫހީ ޗައުލާއާއި ޖައޭ މެހޭތާއެވެ. މަދޫރީ އާއި ޑރ. ޝްރީ ރާމްއެވެ. ޕަނިރީތީ ޗޯޕްރާ އާއި ރަގްވް ޗާދާ އެވެ. މިހެން ގޮސް ކިތަންމެ ނަމެކެވެ. މާ ދުރަށް ބަލާނަމަ ޖެނެޓް ޖެކްސަން އާއި ގަތަރުގެ މިލިއަނަރ ވިސާމް އަލް މަނާއެވެ. ސުޕަ މޮޑެލް އަދި ދުނިޔޭގެ އެންމެ ރީތި އަންހެނުން ގެ ތެރޭގައި ހިމެނޭ މިރަންޑާ ކަރ އާއި ސްނެޕް ޗެޓުގެ އެއް ފައުންޑަރ ކަމަށްވާ އިވާން ސްޕީގެލް އެވެ. ސަލްމާ ހަޔާކް އާއި 7 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއްގެ ވެރި ހެންރީ ޕިނައުލްޓެވެ. ޓުލުލާ ރިލޭ އާއި ދުނިޔޭގެ އެއްނަމްބަރު މަހުޖަނު އެލަން މަސްކެވެ. މި ފަދަ ކިތަންމެ ނަމެކެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވަރުގަދަ ނަން މަޝްހޫރު ސެލެބްރިޓީންނެވެ. ރާއްޖޭގައި މިވަގުތު ހުރި ހަމަ އެކަނި ސުޕަ މޮޑެލް އަދި ސޯސަލް މީޑިއާއިން އެންމެ ގިނަބަޔަކު ފޮލޯ ކުރާ ކައިޒީން ވިޔަފާރިވެރިއަކާ ގުޅުން އޮތުމަކީ ހައިރާންވާ ވަރުގެ ކަމެއްނޫނެވެ. އަގު ހުންނަ ތަކެއްޗަށް އިންވެސްޓު ކުރެވޭނީ އަގު ދެއްކޭނެ ބައެކެވެ.

  • ބައެއް މީހުން ބުނެފައިވެއެވެ. ކައިޒިން މި ހުރިހާ ހަރަދެއް ކުރަނީ، ފައިސާ ހޯދަނީ ކިހިނެތް ހެއްޔެވެ؟

މި ފަދަ ފަރާތްތަކަށް ފަހަރެއްގައި ރާއްޖޭގެ ހުނަރުވެރިންނާއި، ލަވަކިއުންތެރިން މިއުޒިޝަނުން، މޮޑެލް ކުރާ މީހުން ނުވަތަ އެހެންވެސް ހުނަރުވެރިންނަށް ލިބޭ ވަރު ނޭންގެނީއެވެ. މަހު މުސާރައަކީ އެ ހުނަރުވެރިން ދަންނަ އެއްޗެއްނޫނެވެ. އެމީހުންނަށް ސިކުންތަކުން މިނިޓަކުން ފެށީގެން ގަޑިން ގަޑިއަށް ލާރި ލިބޭ ކަންކަން ހުރެއެވެ. ތިމާގެ ހުނަރު ދައްކާލައިގެން، ކެރިގެން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ކުރާ ނަމަ ކިތަންމެ ބައިވަރު ފައިސާވެސް ލިބޭނެއެވެ. އެ ފުރުސަތު ރާއްޖޭގައި ވެސް އަދި ދިވެހިން ބޭރުގައި މަސައްކަތްކޮށްގެންވެސް ލިބޭނެއެވެ.

ޓިކްޓޮކް ޕްލެޓްފޯމުގައި ޒުވާބު ކުރާ މީހުންނަށާއި، ޓިކްޓޮކް ވީޑިއޯތަކުގައި އަނގަޔާ އަޑާއި ރާގާއި ލަވައާއި ހަށިގަނޑުގެ މޫވްމަންޓެއް ނެތި ނަށާ ގުރޫޕަށްވެސް ސްޕޮންސަރ ލިބެއެވެ. އެމީހުން ލައިވްތަކުގައި އާދައިގެ މީހެއްގެ އެންމެ މަހެއްގެ މުސާރައާ އެއްވަރުގެ ފައިސާ އަގު ކުރެވޭ އިނާމު ބަހައެވެ. އެހެން ވީމާ ރާއްޖޭގެ އެންމެ ވަރުގަދަ މޮޑެލްއަށް އަދި މާ ގިނައިން ލިބޭނެ ނޫން ހެއްޔެވެ. މީގެ ިއތުރުން ހަޔާތުގެ ބައިވެރިޔަކީ ވިޔަފާރީވެރިއެއް ކަމަށްވާ ނަމަ އެ ފަރާތުންވެސް މި ފަދަ ކަންކަމަށް އެހީތެރިވުމަކީ މާ ބޮޑު ކަމެއް ނޫނެވެ.

  • ބައެއް މީހުން ބުނެއެވެ. ކައިޒީން ހުރިހާ ކަމެއް ކުރަނީ ދެއްކެން ވެގެންނެވެ.، ސަމާލުކަން ހޯދަނިއެވެ.

ރަނގަޅު ވާހަކައެކެވެ. ކައިޒީން ފަދަ ސޯސަލް މީޑިއާ އިންފުލުއެންސަރސް ބޭނުންވާނީ ސަމާލުކަމެވެ. އޭނަ ކުރަމުންދާ ކަންކަން އެނގުމެވެ. އެ ބަލާ މީހުންގެ އަދަދަކީ އޭނާއަށް އާމްދަނީ ލިބޭނެ ވަރަށް މުހިއްމު ނަމްބަރެކެވެ. ރޭގެ ހަވާ އެރުވުމުގެ އިވެންޓާއި އެ އިވެންޓު އިންތިޒާމުވެގެން ދިޔަ ގޮތްތަކަކީ ކައިޒީން ގެ މަޝްހޫރު ކަމަށް އިތުރުވި ބޮޅެކެވެ.

ސަމާލުކަމާއި މަޝްހޫރުކަން އެއްވަރެއްގައި ހިފެހެއްޓުމަށް ކައިޒީން ކުރަމުންދާ މަސައްކަތްތަކާ ގާތަށްވެސް ރާއްޖޭގެ އެހެން މޮޑެލްސް ނުވަތަ ތަރިން މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. ބައެއް ތަރިންނާއި މޮޑެލްސްއިން އާއްމުންގެ ތެރެއިން ފެންނަނީ ތިމާ ކުރާ މަސައްކަތުގެ އެއްވެސް ސީރިއަސް ނޫން މީހެއްގެ ގޮތުގައެވެ. އަޑުގަދަކޮށްލާފާ ހަޑިހުތުރުބަހުން ވާހަކަ ދައްކާފަ، ކަންމަތީ ކެފޭ އަކުން ރިހަފޮޅިއެއް އަނގަޔަށް ލައިގެން، ހިދުމަތްދޭން ހުންނަ ބިދޭސީއަށް ހެއްދެވިނުހެއްދެވިއަށް ގޮވާފާނެއެވެ. މާލެ ތެރޭ ގިނަވެގެން އުޅޭ، ކުށުގެ ވެށިން ސަލާމަތްނުވާ މީހުންނާއެކީ ވަގުތުތުތައް ހޭދަކޮށް ސޯސަލް މީޑިއާގައި އެފަދަ ފަރާތްތަކާ އެކީ ފޮޓޯއާއި ވީޑިއޯ ޝެއަރކޮށް ’މަ ގޮލާ‘ ހެދިގެންވެސް އުޅެފާނެއެވެ. ކުރުކޮަށް ބުނާ ނަމަ ތިމާ ބޭނުންވަނީ ކޯޗެއްކަން ނޭންގޭ ހާލަތެއްގައެވެ.

  • އަހަރުމެންވެސް ހިނިތުންވާންވީ

ދިވެހިންގެ ތެރެއިން ބައެއް މީހުން ބޭނުންވަނީ އަބަދު ރުޅިއަންނާނެ ގޮތެއް ހޯދުމެވެ. ހަސަދަވެރި ވުމެވެ. ތިމާއަށް ނުލިބުނު އުފަލެއް އަނެކާއަށް ލިބުމުން އަތްޖާހާލާ މަރުހަބާ ކިއުމުގެ ބަދަލުގައި އަތް އުކާފަ އެއީ ކިހިނެތް އެމީހަކަށް ލިބުނު އުފަލެއްތޯ ބަލާ، އުފާ އޮޑިޓްކުރުމުގެ މަސައްކަތެވެ.

އަހަރުމެން ތިބެނީ ސިޔާސީ ޒުވާބާއި، ތިމާ ކުރިން ހިތާވި މީހާ ކައިރީގަ ހުރި ދަންނަ މީހާއަށް ލިބުނީމާ އެކަމުގެ ހަސަދައާއި، ތިމާގެ ދަރިއަށް ތައުލީމީ ގޮތުން 1 ވަނަ ނުލިބުނީމާ އަރައިގަނެފަ ހުންނަ ވިޔަރި ގަނޑާއި، ހަރަދުބޮޑު ދިރިއުޅުމަށް ހަރަދުކުރަން ލިބޭ ފައިސާ މަދުވެގެން އެކަމުގެ ނުވަތަވަސްކަން މަތީގައެވެ. ކުރުކޮށް ބުނާ ނަމަ އަބަދުވެސް ތިބެންވީ ކޮންމެވެސް ކަމަކާ ’ނައްޓާފައެވެ.‘ އަހަރުމެން އެކަކު އަނެކަކާ އުފަލާ ކާމިޔާބުގައި ބައިވެރިވެ މަރުހަބާ ކިޔާ ބަޔަކަށް ވާންވީއެވެ. ނުވަތަ ހިތާމައެއް ކުރިމަތިވުމުން ހިތްވަރުދޭ ބަޔަކަށް ވާންވީއެވެ. އެކި މީހުންނަށް އުފާލާއި މަޖާ އަދި އެމީހެއްގެ ހަޔާތުން އެންމެ ބޭނުންވާ ކަންކަން ހާސިލް ކުރަން ބޭނުން ކުރަން ޖެހެނީ އެކި މަގުތަކެވެ. އެކި ގޮތްގޮތެވެ.  އެއީ އެތައް ސަތޭކަ ހިތާމައެއްގެ ތެރެއިން ލިބޭ ވަގުތީ ކުޑަކުޑަ އުފަލަކަށްވެސް ވެދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ފްލައިޓު ސާފުކުރަން އެރި މުހައްމަދު، 24 އަހަރު ފަހުން ކެޕްޓަނަކަށް

ފްލައިޓު ސާފުކުރަން އެރި މުހައްމަދު، 24 އަހަރު ފަހުން ކެޕްޓަނަކަށް

ޑިސެމްބަރ 30, 2023
ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

އޭޕްރިލް 22, 2023
ހަގީގީ ލޯތްބަކީ މިއީ

ހަގީގީ ލޯތްބަކީ މިއީ

ނޮވެމްބަރ 18, 2022
ފްރާންސްގެ މަޝްހޫރު ޓީވީތަރި މަރީން އަލް ހައިމަރ އިސްލާމްވެއްޖެ

ފްރާންސްގެ މަޝްހޫރު ޓީވީތަރި މަރީން އަލް ހައިމަރ އިސްލާމްވެއްޖެ

ނޮވެމްބަރ 7, 2022

Comments 1

  1. Seen says:
    3 years ago

    100ge article eh

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©