• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފްލައިޓު ސާފުކުރަން އެރި މުހައްމަދު، 24 އަހަރު ފަހުން ކެޕްޓަނަކަށް

by އަބްދުﷲ ސަފީގު އަލީ
ޑިސެމްބަރ 30, 2023
in ދިރިއުޅުން
0
ފްލައިޓު ސާފުކުރަން އެރި މުހައްމަދު، 24 އަހަރު ފަހުން ކެޕްޓަނަކަށް

ނައިޖީރިއާއަށް އުފަން މުހައްމަދު އަބޫބަކަރު އޭވިއޭޝަން ދާއިރާއަށް ވަނީ މީގެ 24 އަހަރު ކުރިން ބޯޓު ސާފުކުރާ އާދައިގެ މުއައްޒަފެއްގެ ގޮތުގައެވެ.

ނައިޖީރިއާގެ ފަގީރު އަވަށެއްގައި ދިރިއުޅެމުންދާ މުހައްމަދަށް ބޯޓު ސާފުކޮށްގެން މުސާރައިގެ ގޮތުގައި ލިބެމުންއައި ދުވާލަކަށް އެންމެ ބައިޑޮލަރު (ފަންސާސް ސެންޓެވެ) އޭގެ ކުރިން އެތައް ވަޒީފާއަކަށް ކުރިމަތިލައި، ނާކާމިޔާބު ވުމުން ލިބުނު މާޔޫސް ކަމުގައި މަތިންދާ ބޯޓު ފޮޅާ ސާފުކުރުމުގެ ވަޒީފާ ގަބޫލު ކުރީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައެވެ.

ނަމަވެސް އެ ވަޒީގައި މުހައްމަދަށް ތަފާތު މަންޒަރު ފެންނަން ފެށިއެވެ. އެކި ގައުމުތަކުގެ މީހުން ދަތުރުފަތުރުކޮށް ނިމުމުން ޖެހިގެން އަންނަ ދަތުރަށް ފުލައިޓު ފޮޅާ ސާފުކުރުމަންދާއިރު އެ ގޮނޑިތަކުގައި ދަތުރުކުރަމުންދާ ތަފާތު ފަންތީގެ، ތަފާތު ވަޒީފާތަކުގެ މީހުންނާ މެދު ވިސްނެން ފެށިއެވެ. މަތިންދާ ބޯޓުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާ މުއައްޒަފުންގެ މަސައްކަތް ބަލައި ދަސްކުރެވޭތޯ ވިސްނަން ފެށީއެވެ.

ކޮބޯ އެއަރލައިންގެ އެކި މަސައްކަތްތައް ދަސްކުރަން ފެށި ދަތުރުގައި މުހައްމަދުގެ ހިވާގިކަމާއި ކަންކަން ދަސްކުރުމުގެ ހުނަރުފެނި، ގްރައުންޑު ހޭންޑްލިންގެ މަސައްކަަތަށް މުހައްމަދު ޕްރޮމޯޓު ކުރިއެވެ. ބޯޓު ޖެއްސުމުން އެއަރޕޯޓު ތެރޭގައި ބޯޓަށް ބޭނުންވާ ހިދުމަތްތަށް ދިނުމާއި އެހެނިހެން ކަންކަންކޮށްދޭ މީހެއްގެ ވަޒީފާއަށް ބަދަލު ވުމުން މުހައްމަދުގެ ވިސްނުން އަނެއްކާވެސް ގެންގޮސް ބެހެއްޓީ ބޯޓު ތެރޭގައެވެ.

މިގޮތުން ކެބިން ކުރޫއިން ބޭނުންވެގެން އެއަރލައިނުން އިސްތިހާރެއް ޖެހުމުން ވަގުތުން އެކަމަށް ކުރިމަތިލައި ފަސޭހަކަމާއެކު ކެބިން ކުރޫއެއްގެ ވަޒީފާ ހަމަޖެހުނެވެ. ބިންމަތީގައި ހުރިމުހައްމަދު ދެފިޔަ ދަމާލާއި އުދުހިގަތް ގޮތަށް މަޑުކޮށްލީ ފްލައިޓުގެ ކަންކަން ބަލަހައްޓާ އެންމެ އިސް މީހެއްގެ ވަޒީފާގައެވެ. ކެބިން ކުރޫއެއްގެ ތަޖުރިބާއިން އެމީހުންގެ އިސްވެރިއަކަށް މުހައްމަދަށް އާދެވުނީ ލިބިފައިވާ ތަޖުރިބާއާއި ކަމަށް ކަމޭހިތުމުގެ ރޫހު އެއަރލައިނުގެ ވެރިންނަށް ފެނިގެންނެވެ. އެހެންވިޔަސް އެ ވަޒީފާ މުހައްމަދުގެ ހުވަފެންތަކާއި ހިސްބަށް އުފުލާލަދިނަސް، ހާސިލުވެފައި ނުވާ އުއްމީދެއްގެ ހުސްކަން މުހައްމަދަށް އިހުސާސް ކުރެވެއެވެ. އެއީ ބޯޓު ދުއްވާ މީހަކަށް ވުމެވެ.

އެ ވަޒީފާއިންލިބުނު ފައިސާއިން މުހައްމަދު ދަތުރު ފެށީ ކެނެޑާއަށެވެ. ކެނެޑާއިން ޕްރައިވެޓު މަތިންދާބޯޓު ދުއްވުމުގެ ލައިސަންސް އަދި ބޮޓެތި ކޮމާޝަލް ބޯތުތައް ދުއްވުމުގެ ލައިސަންސް ނެގުމަށް ފަހު މުހައްމަދު ބަދަލުވީ އުފަން ގައުމަށެވެ.

އަޒްމާން އެއަރސަރވިސްގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު މިއަދު މުހައްމަދު ވަނީ އެ އެއަރލައިނުގެ ކެޕްޓަނުގެ މަގާމަށް ޕްރޮމޯޓުކޮށްފައެެވެ. މުހައްމަދުގެ ދަތުރު ފެށީ ބިންމަތީގައި އޮންނަ ބޯޓު ސާފުކޮށް، މަތިން ދުއްވާފައި އަންނަ ބޯޓު ޖެއްސުމުން އެ އުޅަނދަށް ހިދުމަތް ކުރުމެވެ މިއަދު އޭނާ އެ ދަނީ އެ ބޯޓު އަމިއްލައަށް ދުއްވާފައި އެއްތަނުން އަނެއް ތަނަށެވެ. ހަަމައެކަނި ޕަސެންޖަރުންނާ މުދާ ހިފައިގެންނޫނެވެ. ކޮންމެ މޭލެއްގައި ކޮންމެ ދަތުރެއްގައި މުހައްމަދުގެ އުއްމީދާއި ހުވަފެންތަކާއި އެކަމަށް ކުރި ބުރަމަސައްކަތުގެ ވާހަކަވެސް އޭނާއާއި އެކުވެއެވެ.

ގުޅުންހުރި ލިޔުންތައް

ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

އޭޕްރިލް 22, 2023
ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

މާރޗް 31, 2023
ހަގީގީ ލޯތްބަކީ މިއީ

ހަގީގީ ލޯތްބަކީ މިއީ

ނޮވެމްބަރ 18, 2022
ފްރާންސްގެ މަޝްހޫރު ޓީވީތަރި މަރީން އަލް ހައިމަރ އިސްލާމްވެއްޖެ

ފްރާންސްގެ މަޝްހޫރު ޓީވީތަރި މަރީން އަލް ހައިމަރ އިސްލާމްވެއްޖެ

ނޮވެމްބަރ 7, 2022

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©