• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކުރިން ވަލަޒިކުރުﷲ އަކްބަރަށް، މިހާރު އައްތަހިއްޔާތަށް!

by މުރާސިލު
ފެބްރުއަރީ 26, 2021
in ފިނިއަށި, ދިރިއުޅުން
0
ކުރިން ވަލަޒިކުރުﷲ އަކްބަރަށް، މިހާރު އައްތަހިއްޔާތަށް!

ދިވެހިންގެ ޒަމާންވީ އާދަކާދައަކީ ހުކުރު ދުވަހަކީ ޗުއްޓީ ދުވަހަކަށްވެފައި އެދުވަހު ގޭތެރޭގެ އަމިއްލަ މަސައްކަތްތައް ކޮށްލުމާ އެނޫންވެސް އާއިލާއާއި އެކީ ކޮންމެވެސް ކަމެއްގައި އުޅުމެވެ. ސައިކަލާ ކާރު ފަދަ އުޅަނދުތައް ގެންގުޅޭ މީހުން، އެ ތަކެތި ދޮވެ ސާފުކޮށް ކިޓު ކުރާ ދުވަހަކީވެސް ހުކުރު ދުވަހެވެ. މީރުކޮށް ކެއްކުމާއި އާއިލާ ގާތްތިމާގެ މީހުންނަށް މެންދުރު ކެއުމަށް ދައުވަތު ދިނުމާއި، ބޮލާއި ތުނބުޅި ކޮށުމާއި މޫދަށް ދިއުމަކީ ވެސް ދިވެހިންގެ ޒަމާންވީ ހުކުރު ދުވަހުގެ އާދަކާދަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

ހުކުރު ދުވަހު އެންމެ މުހިއްމު ކަމަކީ ހުކުރު ނަމާދެވެ. މުސްލިމު ފިރިހެނުންނަށް ފަރުޟު ވެގެންވާ މާތް އަޅުކަމެކެވެ.

                 ހުކުރު ނަމާދާ ގުޅުންހުރި ކިތަންމެ ’އާދަކާދަ’އެއްވެސް އަހަރުމެން ދިވެހިންގެ ތެރޭގައި ހުރެއެވެ. މި ގޮތުން މުޅި ހަފްތާގައި އެންމެ ނަމާދެއް ނުކުރާ މީހުންވެސް ގަވައިދުން ހުކުރަށްދާ ކަމަށްވެއެވެ.

                މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ އަނެއްކަމަކީ، ކިތަންމެ އަވަހަށް ހޭލިޔަސް ބައެއް މީހުންނަށް ހުކުރަށްދާ ގަޑިއަކީ ހުތުބާގެ އެންމެ ފަހު ހިސާބެވެ. ދިވެހިންގެ ތެރޭގައި އާއްމުކޮށް ކިޔާގޮތުން ނަމަ ’ވަލަޒިކުރުﷲ އަކްބަރެވެ‘. މިސްކިތަށްދާން ކިތަންމެ އަވަހަށް ގޭން ނިކުތަސް ’ވަލަޒިކުރުﷲ އަކްބަރަށް‘ ނޫނީ މިސްކިތާ ހިސާބަށް ދެވޭ ކަމަކަށް ނުވެއެވެ. ނުވަތަ މިސްކިތް ކައިރީގައި ވާހަކަ ދައްކަން ތިބެފައި އެ ވަގުތަށް މިސްކިތަށް އަރަން މަޑުކުރަނީއެވެ.

             ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހުކުރު ހުތުބާ ކުރުކޮށްކިއުން ވެސް ހިމެނެއެވެ. އެއީ އާއްމުން ގެ ގިނަ ބަޔަކު އެއްވެ އެހާ ގިނަ ވަގުތު އެއްތަނެއްގައި ތިބުމުގެ ވަގުތު ވީހާވެސް ކުޑަކުރުމުގެ ގޮތުންނެވެ. މިގޮތުން މިހާރު ހުތުބާ ވަރަށް ކުރެވެ އަދި ހުކުރު ނަމާދުގައިވެސް ކިޔަނީ ކުރު ސޫރަތްތަކެވެ. ކުރިން މެންދުރު 1 ޖަހާއިރު ދިޔަސް ސަފަށް އަރާލެވޭ މިސްކިތްތައް ހުއްޓަސް މިހާރު މެންދުރު އެކެއް ޖަހާއިރަކީ ހުކުރު ނަމާދު ނިމި ’އެތައް އިރެއް ފާއިތުވުން‘ ކަހަލަ ވަގުތެވެ. އެހެން ކަމުން ގިނަ ބަޔަކު މިހާރު ހުކުރު ލައްވާލަނީ އައްތަހިއްޔާތުންނެވެ.

            ކުރު ހުކުރު ހަމައެކަނީ ކުރުވީއެއްވެސް ނޫނެވެ. މިހާރު ސަފުތައްވެސް ކުރިއަށްވުރެ ކުރެވެ. ކުރިން މަގުތަކުގައި ދިގަށް އަތުރާލާފައި ހުންނަ ސަފުތައް އެތައް ތަނެއް ކުރުކޮށް ފެންނަނީ ހުކުރު ކުރުވެގެން ކަމެއް ނުވަތަ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ގޭގައި ނަމާދުކުރާތީ ކަމެއް ޔަގީނެއްނޫނެވެ. ނަމަވެސް ޔަގީންވާ ކަމަކީ ކުރިން ފަހުވަގުތައް ހުކުރަށްދާން ތިބުން ރަނގަޅު ނޫން ކަމެވެ. ޖަމާއަތުގައި ހުކުރު ނަމާދު ލިބުމުގެ ފުރުސަތުވެސް ކުޑަވީމައެވެ. ވީހާވެސް އަވަހަށް މިސްކިތަށް ދާން ޖެހޭ ސަބަބަކީ މިއެވެ. ހުކުރު ނަމާދު ފުރިހަމަ ގޮތުގައި އަދާކުރުމަށެވެ.            ބައެއް އާދަކާދައަކީ ކިތަންމެ ގިނަ ބަޔަކު ކުރިޔަސް ނުރަނގަޅު ކަމެއް ރަނގަޅަށް ބަދަލުވާ ކަމެއްނޫނެވެ. ހުކުރު ނަމާދުގެ ބައެއް ނުރަނގަޅު އާދަކާދަވެސް ބަދަލުކުރަން ޖެހެއެވެ. މީގޮތުން ގިބުލައަށް ނުވާގޮތަށް މަގުމަތީގައި ސަފު ހެދުމާއި ހުކުރު ނަމާދު ނިމޭގޮތަށް މޫނު މައްޗަށް މުސައްލަ ފޮޅާލުން ކަހަލަ ކިތަންމެ ކަމެއް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޒާރާ އާއި ޝިޔާމުގެ ކައިވެންޏަށް ފާޑުކިޔާތީ ޝެއިހު ޒައިދު ރަތަށް

ޒާރާ އާއި ޝިޔާމުގެ ކައިވެންޏަށް ފާޑުކިޔާތީ ޝެއިހު ޒައިދު ރަތަށް

އޮކްޓޯބަރ 14, 2024
ފްލައިޓު ސާފުކުރަން އެރި މުހައްމަދު، 24 އަހަރު ފަހުން ކެޕްޓަނަކަށް

ފްލައިޓު ސާފުކުރަން އެރި މުހައްމަދު، 24 އަހަރު ފަހުން ކެޕްޓަނަކަށް

ޑިސެމްބަރ 30, 2023
ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

އޭޕްރިލް 22, 2023
ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

މާރޗް 31, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©