• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހިތާމަތަކާ ދުރަށް ދެވިދާނެ ގޮތެއް!

by މުރާސިލު
ފެބްރުއަރީ 24, 2021
in ދިރިއުޅުން
0
ހިތާމަތަކާ ދުރަށް ދެވިދާނެ ގޮތެއް!

އެއްދުވަހަކު ދުވަސްވީ މުދައްރިސެއްގެ ކައިރިއަށް، މޮޅިވެރި ހިތާމަވެރި މޫނަކައިގެން ޒުވާނަކު އެވެ. އޭނާ ބޭނުންވީ ހައްލެކެވެ. ހިޔާލެކެވެ. އޭނަގެ ހަޔާތުން ހިތާމަތައް ފިލާނެ ގޮތެކެވެ.

                ދުވަސްވީ މުދައްރިސަށް ޒުވާނާގެ ހާލު  އެނގުނު ކަހަލައެވެ. ވަގުތުން ގޭތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އާދަކާދައިގެ މަތިން މެހެމާނުންނަށް ދައުވަތަކާ އެކީ ގޭގެއިން ލިބޭ ފެން ޖޯޑެއް ޒުވާނާއަށް ދިއްކޮށްލިއެވެ. އަދި މަޑުކޮށްލާށޭ ބުނެ އެތެރެއަށްވަދެ ލޮނު ފުޅިއެއް ހިފައިގެން ނިކުމެ ޒުވާނާއަށް މުހާތަބުކޮށް ބުންޏެވެ. މިއީ ލޮނެވެ. އަހަރެން މީތި މި ޖޯޑު ތެރެއަށް އަޅާލީމާ ރަހަ ބަލާލަބަލާށެވެ. ޒުވާނާ ރަހަ ބަލާލިއެވެ. ލޮނު ހިތިރަހަލީ ވަރު، ޒުވާނާގެ މޫނާއި އަނގަމަތިންވެސް މުދައްރިސަށް ފެނުނެވެ. އެހެންވިޔަސް ނޭންގޭ ކަމަށް ހަދާފައި މުދައްރިސް ސުވާލުކުރިއެވެ. ރަހަ ކިހިނެތް ހެއްޔެވެ. ޖަވާބުގައި ޒުވާނާ ބުންޏެވެ. އުސްތާޒެވެ މިއީ ލޮނު ހިތިރަހަ ލާ ފެނެއްނޫންތޯއެވެ. މުދައްރިސް ހިނި ގަނޑެއް ޖަހާލުމަށްފަހު އަތުގެ އިސާރާތުން ތިމަންނާއެކީ އަންނާށޭ ބުނާގޮތަށް ހިނގައިގަތެވެ.

ފަހަތުން ޒުވާނާވެސް އައެވެ. ގޭގެ ފަހަތުގައި އޮއި ދެމޭ ގޮތަށް އޮތް ފެންގަނޑެއް ކައިރި މަޑުކޮށްލިއެވެ. މުދައްރިސްގެ އަތުގައި ހުރި ލޮނުފުޅިން ސަމުސަލެއް ކޯރު ތެރެއަށް އަޅާލިއެވެ. އެއަށް ފަހު ޒުވާނާއަށް ބުންޏެެވެ. ރަހަ ބަލާލާށެވެ. ޒުވާނާ ދެއަތް ތިރިކޮށްލުމަށް ފަހު ފެން ގޮއްޓަކުން ރަހަ ބަލާލިއެވެ. މޫނުމަތިން އެއްވެސް ރަހައެއްގެ އަސަރެއް ފާޅު ނުވުމުން މުދައްރިސް ސުވާލުކުރިއެވެ. ކޮން ރަހައެއްތޯ ނުވަތަ ލޮނު ރަހަ ކިހިނެތްތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޒުވާނާ ބުންޏެވެ. އެއްވެސް ރަހައެއް ނެތެވެ. ފެނުގެ ރަހަ ފިޔަވައެވެ. މުދައްރިސް ހިނިގަނޑެއް ޖަހާލުމަށް ފަހު ޒުވާނާގެ އަތުގައި ހިފާލާފައި ބުންޏެވެ. މިއީ އަހަރެންގެ ނަސޭހަތެވެ. ލޮލަށްފެނި އަތުން ހިފާފައި ދެވޭ ކަހަލަ ނަސޭހަތެކެވެ. އަޑު އަހާށެވެ. ދިރިއުޅުމުގައި ދިމާވާ ހިތްދަތިކަމާ ހިތާމައަކީ މި ލޮނުފުޅިއެވެ. މި ލޮނުސަމުސަލެވެ. އެމީހަކަށް ކެތްވާ ކެރި ކުޅަދާނަ މިންވަރަކަށް މެނުވީ އެއްވެސް ކަމެއް މާތްﷲ މެދުވެރިއެއް ނުކުރައްވަތެވެ. އެހެން ވިޔަސް ތިމާއަށް އޭގެ ރަހަލަނީ މި ލޮނުސަމުސަލުގެ ބަރުދަނުގައި ހިތާމަކުގެ ރަހަ ބެލީމައެވެ.

ހިތާމަ އިހުސާސްވުމާއި ބަރުދާސްތުކުރުން ބިނާ ވެގެންވަނީ ތިމާ ގެ ހިތާމަ އުފުލާ ބަރުދަނެއްގެ މައްޗަށެވެ. ފެން ޖޯޑަކަށް ލޮނު އެޅުމުން ރަހަލާ އުސޫލުންނެވެ. އެއީ އޭގެ ރަހަ ފިލާ ވަރަށްވުރެ ކުޑަ މިންވަރެއްގެ ފެން ހުރީމައެވެ. ވީމާ ހިތާމަތަށް ލާންވީ ކޯރަކަށެވެ. ބިއްލޫރި ފެންތައްޓަކަށްނޫނެވެ. ކޯރުން ފެން ދައުރުވާ ފަދައިން ހިތާމަތަށް ދިރިއުޅުމުގެ އެހެން އުފާތަކާ އެކީ ދައުރުކުރުމުން ހިތާމައިގެ އަސަރު ކެނޑިގެންދެއެވެ. އޭރު ކުރެވޭނީ އުފާވެރިކަމުގެ އިހުސާސެވެ. އެއްވެސް އިންސާނެއްގެ މުޅި ހަޔާތް މުޅި އުމުރު އަދި ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއް މުޅި ހިތާމައިގަ ނުވަތަ މުޅިން އުފަލުގަ ނުހުރެއެވެ. އެހެން ވިޔަސް ހިތާމައިގެ ބަރު މިނާ އެއްވަރަށް ނުވަތަ އެއަށްވުރެ ގިނައިން ތިމާއަށް ލިބިފައިވާ ނިއުމަތުގެ އުފަލުން ހިތާމައިގެ ބުރަ ކުޑަވެ ލުއިވަނީއެވެ.

ގުޅުންހުރި ލިޔުންތައް

ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

ސައުދީ ފިރިހެނެއްގެ ހަތަރު އަނބިން: ސްކޫލުގެ ޕްރިންސިޕަލު، ސުޕަވައިޒަރު، ޓީޗަރު އަދި ދަރިވަރެއް!

އޭޕްރިލް 22, 2023
ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

ކައިޒިން ހިނިތުންވެލީމާ، އަހަރުމެން ތުން ފިތެނީ ކީއްވެ؟

މާރޗް 31, 2023
ހަގީގީ ލޯތްބަކީ މިއީ

ހަގީގީ ލޯތްބަކީ މިއީ

ނޮވެމްބަރ 18, 2022
ފްރާންސްގެ މަޝްހޫރު ޓީވީތަރި މަރީން އަލް ހައިމަރ އިސްލާމްވެއްޖެ

ފްރާންސްގެ މަޝްހޫރު ޓީވީތަރި މަރީން އަލް ހައިމަރ އިސްލާމްވެއްޖެ

ނޮވެމްބަރ 7, 2022

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
  • ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި
  • މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ
  • ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު
  • މެޑިކަލް ޗެކަޕް، އައިވީއެފް އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު ކުރަން ޖެހޭ ހަރަދު އާސަންދައިން ލިބޭގޮތް ހަމަޖައްސައިފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©