• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސޫދާން ސަރުކާރު ވައްޓާލަން އުޅޭ މީހުންގެ ހަމަލާތަކުގައި 56 މަރު

by މުރާސިލު
އޭޕްރިލް 16, 2023
in ދުނިޔެ
0
ސޫދާން ސަރުކާރު ވައްޓާލަން އުޅޭ މީހުންގެ ހަމަލާތަކުގައި 56 މަރު

ސޫދާންގެ ވެރިރަށް ޚަރްތޫމްގައި، ޕެރަމިލިޓަރީ ގްރޫޕެއްގެ ހަނގުރާމަވެރިންނާއި، ސޫދާން ސިފައިންނާ ދެމެދު ބަދަލުކުރަމުން އަންނަ ހަމަލާތަކުގައި 56 މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސޫދާންގައި ނުފޫޒުގަދަ ޕެރަމިލިޓަރީ ގްރޫޕެއް ކަމަށްވާ، ރެޕިޑް ސަޕޯޓް ފޯސަސްގެ ހަނގުރާމަވެރިން ހަމަލާތައް ދޭން ފަށާފައިވަނީ، ސޫދާންގެ ސަރުކާރު، އަސްކަރީ ބަޣާވާތަކުން އިންގިލާބު ކޮށްލުމަށެވެ. މި ހަމަލާތަކުގައި މިހާތަނަށް 56 މީހުން މަރުވެ، 595 މީހުންވަނީ ޒަޚަމްވެފައެވެ.

ސޫދާނުގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި އެމީހުން އެންމެފުރަތަމަ ހަމަލާތައް އަމާޒުކުރީ، ޚަރްތޫމްގައި ހުންނަ ސޫދާން ސިފައިންގެ މައި ބޭހަށެވެ. އޭގެފަހުން، ސޫދާންގެ އެކި ހިސާބުތަކުގައި ހުރި ސިފައިންގެ ބޭސްތަކަށް އެމީހުންގެ ހަމަލާތައް އަމާޒުކުރިއެވެ.

މުޅިން ކަށަވަރުނުވާ މައުލޫމާތުތައް ބުނާގޮތުގައި، ހަނގުރާމަވެރިން މިހާރުވަނީ ސޫދާންގެ ރިޔާސީ ގަނޑުވަރާއި، ސިފައިންގެ ވެރިޔާގެ ގެކޮޅާއި، އަދި ވެރިރަށަށް ނިސްބަތްވާ ޚަރްތޫމް އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ހިފާފައެވެ. އެކަމަކު، ސޫދާން ސަރުކާރުގެ ޖެނެރަލް އިންޓެލިޖެންސް ސަރވިސްއިން ބުނެފައިވަނީ، ހަނގުރާމަވެރިންނަށް ރިޔާސީ ގަނޑުވަރު ނުހިފޭ ކަމަށާއި، އެމީހުން ހަދަނީ ދޮގު ކަމަށެވެ.

ރެޕިޑް ސަޕޯޓް ފޯރސަސްއިން ބުނެފައިވަނީ، ސޫދާންގެ އުތުރުގެ މެރޯވީ ސިޓީއާއި، ދެކުނުން އަލް އުބައިދް ސިޓީގެ އެއަރޕޯޓްވެސް މިހާރު އޮތީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

ސޫދާން ސިފައިން ބުނެފައިވަނީ، އެމީހުން ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދައަށް ހަމަލާތައް ދެމުންގެންދާ ކަމަށެވެ.

ސޫދާން ސިފައިންގެ މަތިންދާ ބޯޓުތަކާއި، ހެލިކޮޕްޓަރުތައް އުދުހޭ މަންޒަރު ފެންނައިރު، އާންމުން ބިރުން ފިލަން ދުވާ މަންޒަރު ފެންނަ އެތައް ވީޑިއޯ އެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ސޫދާން ސިފައިންނާއި، ރެޕިޑް ސަޕޯޓް ފޯރސަސްގެ ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ބަދަލުކުރަން މިފެށީ، މަސްރަހް ވަރަށް ނުތަނަވަސްވެފައި އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ.

ހަނގުރާމަ ފެށުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ގެންދަނީ، ސޫދާންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ރައްކާތެރިވުމަށް އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

އޮކްޓޯބަރ 24, 2024
ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ޖޫން 5, 2024
އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

މެއި 21, 2024
ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

މެއި 11, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©