• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

by މުރާސިލު
މެއި 11, 2024
in ދުނިޔެ
0
ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

މި ފަހަރުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ ކަމަށާއި އެ ޕާޓީއަށް އިދިކޮޅު ޕާޓީގެ ގޮތުގައިވެސް ތަމްސީލުކުރުމުގެ ހައިސިއްޔަތެއް ނޯންނާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އިންޑިއާގައި މިހާރު ކުރިއަށްދާ ވޯޓު ލުމުގެ ތިންވަނަ މަރުހަލާގެ ކެމްޕޭނު ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ލޯކްސަބާ (އިންޑިއާ ޕާލިމެންޓުގެ މަތީގޭގެ) އިންތިހާބުން 10 ޕަސަންޓުވެސް ކޮންގްރެސް ޕާޓީއަށް ނުލިބޭއިރު އެ ޕާޓީއަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މުހާތަބު ކުރުމަށް ލަދުވެތިވާ ކަމަށެވެ. އިދިކޮޅު ލީޑަރު ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީއަށް މުހާތަބު ކުރައްވައި މޯދީ ވިދާޅުވީ 2014 ވަނަ އަހަރުގެ މަޖުލިސް އިންތިހާބުން ފެށިގެން ކޮންގްރެސް ’ޝެހެޒާދު‘ ވިދާޅުވަމުން އަންނަނީ އެއް ވާހަކަތަކެއް ކަމަށާއި، އޭގެ ފަހުން މިއަދާއި ހަމައަށްވެސް ގެންގުޅުއްވަނީ އެއް ސްކްރިޕްޓު (ހިތޯބު) ކަމަށެވެ.

ކަންދަމާލުގައި މިއަދު އޮތް އިންތިހާބު ކެމްޕޭނުގައި ވާހަކަފުޅު ދައްކަވަމުން، ’މި ބަސް ހަންދާންކުރާތި، މި ފަހަރު ގެ އިންތިހާބުގައި ބީޖޭޕީން 400 ގޮނޑި ކާމިޔާބު ކުރާނެ‘ ވަރަށް ޖޯޝާއި ފޯރީގައި މޯދީ ވިދާޅުވިއެވެ.

މޯދީގެ ސަރުކާރުގެ ކާމިޔާބީގެ ވާހަކަތައް ތަކުރާރު ކުރައްވަމުން ވިދާޅުވީ މިހާރު އިންޑިއާއަކީ މުޅި ދުނިޔޭގެ މައްސަލަތަކާއި ކަންކަމުގައި ބަސްވިކޭ އިހުތިރާމު ލިބިގެންވާ، ވަރުގަދަ ގައުމެއް ކަމަށެވެ. މި އިންތިހާބުގައި ވަރަށް ބޮޑަށް ދީނީ އަދި ވަތަނީ ގޮތުން ވާހަކަފުޅުދައްކަވާ މޯދީގެ ތަގުރީރު ނިންމާލަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހިންދީން 500 އަހަރު ކުރަމުން އައި އުއްމީދެއް ފުރިހަމަކޮށްދެއްވާފައިވާނެ ކަމަށެވެ.

މޯދީ އިޝާރާތް ކުރެއްވީ އަޔޯދިއާގައި ބާބުރީ މިސްކިތް ތަޅާލުމަށްފަހު ބިނާކޮށްފައިވާ ރާމް ފައްޅިއަށެވެ. އަޔޯދިއާގެ ގަދީމީ ބާބުރީ މިސްކިތް ތަޅާލުމުން ހިންދީންނާއި މުސްލިމުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި އެތައް ބަޔަކު މަރުވެފައިވެއެވެ. މި ހާދިސާ ހިނގިއިރު މޯދީ ހުންނެވީ އެ ސަރަހައްދުގެ ޗީފު މިނިސްޓަރުގެ މަގާމުގައެވެ. މި ހަމަނުޖެހުންތައް ހުއްޓުވުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާތީ މިއަދާ ހަމައަށްވެސް މޯދީއަށް ފާޑުކިޔުން އަމާޒުވަމުން އަންނައިރު، ހިންދީ ވަތަނީ މީހުންގެ ތާއިދު މޯދީ ހޯއްދެވީ މި ހަމަނުޖެހުންތަކުގައި ހިންދީންނަށް އިންތިހާއަށް ތާއިދުކޮށް އެމީހުންގެ މައްސަލަތައް އޮއްބާލުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

އޮކްޓޯބަރ 24, 2024
ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ޖޫން 5, 2024
އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

މެއި 21, 2024
ހަމާސް ނައްތާލުމުގެ މަސައްކަތް އަދި ކިރިޔާ މި ފެށުނީ – ނަތަންޔާހޫ

ސައުތު އެފްރިކާއިން އިޒްރޭލުގެ މައްސަލަ ދުނިޔޭގެ ކޯޓަށް ވައްދައިފި

ޑިސެމްބަރ 30, 2023

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©