• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ތިނަދޫ ސިޓީ – ރައްޔިތުން އުފަލުން ފޮޅިފަ

by އަބްދުﷲ ސަފީގު އަލީ
އޯގަސްޓް 31, 2023
in ރިޕޯޓު
0
ތިނަދޫ ސިޓީ – ރައްޔިތުން އުފަލުން ފޮޅިފަ

އިއްޔެ އަކީ ގދ.ތިނަދޫގެ ތާރީހުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. ”މިއަދު ރޫހު ވަނީ މި ފެންމީރު ތިނަދޫގައޭ ތިނަދޫ ސިޓީއަށް މަރުހަބާ އޭ“ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ އެކު ރޭގެ ޖަލްސާގައި ބައިވެރިވި ތިނަދޫ ރައްޔިތުން އުފަލުން ކެކިގަތެވެ.

ތިނަދޫ ގެ ވެރިންނާއި ކައުންސިލުތަކުން ސިޓީއެއްގެ ދަރަޖަ ލިބޭތޯ މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ރަށުގެ އާބާދީ އިތުރުކޮށް ރަށުން ބޭރު މީހުން ވަޒަންވެރިވުމަށް، ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ނުދޭވަރުގެ ފުރުސަތުތައްވެސް ތިނަދޫއިން އަންނަނީ ދެމުންނެވެ. ތިނަދޫ ކައުންސިލުން ގަބޫލުކުރާ ގޮތުގައި 2018 ގެ ފަހުން ތިނަދޫގައި ދިރިއުޅޭ މީހުންގެ އާބާދީ ދިހަހާހަށް ވުރެ މައްޗެވެ. އެ އަދަދަށް ވުރެ ވެސް ގިނަ މީހުން ދިރިއުޅޭތާ 5 އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު ތިނަދޫއިން ދަނީ ތަފާތު ކުރުމެއްނެތި އެންމެންނަށްވެސް ހިދުމަތް ދެމުންނެވެ. ރަށުގައި ވަޒަންވެރިވެގެން ދިރިއުޅެމުންދާ އެހެން ރަށްރަށުގެ މީހުންނެކޭ ތިނަދޫ އުފަން ރައްޔިތުންނެކޭ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމުގެ ނަތީޖާ ވެސް ވަރަަށް ފޮންޏެވެ. ދުވަހަކަށްވުރެ ދުވަހެއްދަނީ އެރަށުގައި ދިރިއުޅޭ މީހުން އިތުރުވަމުންނެވެ. އޭގެ ސަބަބުން ރަށުގެ ވިޔަފާރިއާއި އިގްތިސާދީ އަދި އިޖުތިމާއި އެތައް ކަމަކަށް ފައިދާތަކެއް ކުރެއެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމުން ނުވަތަ ސިޓީއަކަށް ވުމުން ވަކި ލިބޭ މޮޅެއް އޮތޭތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. ކަރުދާހުގައި ސިޓީއެއްގެ ދަރަޖަ ލިޔުމުން ލިބުނަސް ހިދުމަތްތަކުގައިކުޑަ ރަށަކުން ލިބޭވަރުގެ ހިދުމަތް ލިބޭ ނަމަ ސިޓީއެއްގެ ނަންބޯޑު އިނަސް ރައްޔިތުންނަށް އެކަމުން ލިބޭނެ އުފަލެއް ނެތެވެ. މިއީ ބައެއް މީހުންގެ ޝަކުވާއެވެ.

ގދ. ތިނަދޫއިންވެސް މިހާރު ސިޓީއަކުން ލިބޭނެ ހުރިހާ ހިދުމަތެއް ލިބެއެވެ. ސިޓީއަކަށް ވުމުން އެކަން ދަމަހައްޓަން ވަސީލަތްތަކެއް ގާއިމުކުރަންވެސް ޖެހެއެވެ. ތިނަދޫއިން ސިޓީގެ ދަރަޖަ ހޯދަން އުޅުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީއެވެ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް ލިބެއެވެ. ރަސްމީ ޓާޝަރީ ހޮސްޕިޓަލެއް ގާއިމު ކުރަން މި ހަފްތާގައިވަނީ ޗައިނާގެ ކުންފުންޏާކާ ހަވާލުވެސް ކޮށްފައެވެ. ބައިނަލް އަގުވާމީ ފެންވަރުގެ ބަނދަރެއް މިހާރުވެސް ދަނީ ގާއިމު ކޮށް ނިމުމުގެ މަގުމަތީގައެވެ. މީގެ އިތުރުން ތިނަދޫ ފަޅު ތެރޭގައި ތަރައްގީ ކުރާ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނާއި އެކަމާ ގުޅިގެން ރަށަށް އިތުރު ކުރެވޭ ބިން ހިމެނެއެވެ. މިހާރުވެސް ތިނަދޫގައި 200 ފްލެޓު އަޅަމުންދާއިރު އިތުރު 500 ފްލެޓު އަޅާދޭނެއެވެ. އެއީ ދެވަނަ ދައުރަކަށް ރައީސް ސޯލިހުގެ ވައުދެކެވެ. ތިނަދޫ މަގުތައް ފެންވަރު ރަނގަޅުކޮށް މިހާރުވެސް ހަދަމުންދާއިރު މަަރުކަޒީ ބޮޑު އިންޖީނުގެއެއްވެސް ވަނީ މި ސަރުކާރުން ނިންމާފައެވެ. މަސައްކަތްތައް ދަސްކުރުމަށް ސަރުކާރުގެ ޓިވެޓު ޕްރޮގްރާމުގެ ތެރެއިން އެ ރަށުގައި ޓިވެޓް ކެމްޕަހެއްވެސް ހަދާނެއެވެ. ތިނަދޫ ހޮސްޕިޓަލް ހިމެނޭހެން މެޑިސިން ދާއިރާއިން ކިޔަވަން ބޭންވާ ފަރާތްތަކަށް އެ ރޮނގުން ތައުލީމު ހާސިލުކުރުމަށް ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއްވެސް ތިނަދޫގައި ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކަސްޓަމާއި އިމިގްރޭޝަނާއި އެމްޕީއެލް ހިދުމަތްވެސް ތިނަދޫއަށް އައުމަށް ދެން އޮތީ ބާކީ ކުޑަ ދުވަސްކޮޅެކެވެ. އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓު ނިމުނުހާ އަވަހަކަށް އެ އޮފީސްތަކުގެ ހިދުމަތް ގާއިމުކުރުމުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ. އިއްޔެގެ ސިޓީއެއްގެ ދަރަޖަ ދިނުމާއެކު ޕާސްޕޯޓު ހެދުމުގެ ހިދުމަތްވެސް ތިނަދޫއިން ލިބޭގޮތްވަނީ ހަމަޖައްސައިދީފައެވެ.

ތިނަދޫ ރައްޔިތުން ގަބޫލުކުރަނީ ރާއްޖޭގެ އެހެން ސިޓީތަކަށްވުރެ ރަނގަޅަށް ތިނަދޫ ސިޓީ ކުރިއަށްދާނެ ކަމަށެވެ. މީހުންގެ ހޭލުންތެރިކަމާ ގުޅުމާއި އުޅުމުގައިވެސް ތިނަދޫ މީހުން ތަފާތުވީމާ އެކަން ސިޓީއަކުންވެސް ފެންނާނެ ކަމަށް ތިނަދޫ ރައްޔިތުން ޔަގީންކަން ދެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 2 ތިނަދޫއެއް އޮންނަ އިރު މިއަދުގެ ފަހުން ރާއްޖޭގެ ޗާޓުގައި އޮންނާނީ ތިނަދޫ ސިޓީއެވެ.

ތިނަދޫ ގައި އަޅާފައިވާ ފްލެޓުތައް: ފޮޓޯ ވިފާގު / ތިނަދޫ ޕޭޖް

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©