• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

by އަބްދުﷲ ސަފީގު އަލީ
އޮކްޓޯބަރ 3, 2024
in ރިޕޯޓު
0
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ސަރުކާރާއި ބެންކު ތަކަށް ބޭނުންވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގެ މަނިޓަރީ އޮތޯރިޓީން ނުވަތަ ސަރުކާރުން މި ވަނީ ޑޮލަރު މާރު ކުރުވުމުގެ ވަރުގަދަ ގަވައިދެއް ހަދާ އިއުލާންކޮށްފައެވެ.

މި ދުވަސްކޮޅު އެންމެ ބޮޑު ބަހުސްއަކަށް ވެފައިވާ ޑޮލަރު މާރު ކުރުވުމުގެ ގަވައިދަށް ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ގެ ކަންބޮޑުވުން ހުއްޓަސް މި ގަވައިދު ތަންފީޒު ކުރާނެކަން އެމްއެމްއޭ ގެ ގަވަރުނަރާއި އަދި ދައުލަތުގެ އިސްވެރިންވެސް އަންނަނީ ޔަގީންކަން ދެމުންނެެވެ. މިހާރުވެސް އެންމެ ބޮޑު ޓެކްސްއެއް ދަައްކަމުންދާ ޓުއަރިޒަމް އިންޑަސްޓްރީގެ ވަތްގަނޑު އެމްއެމްއޭއިން ބަލަހައްޓައިގެން ވިޔަސް ސަރުކާރަށް ބޭނުންވާ ބޭރުފައިސާ (ޑޮލަރު) ކޮންމެހެންވެސް ބޭނުންވެއެވެ. މިކަން ނުކޮށް މި ސަރުކާރަަށް ހިންދަމާ ނުލެވޭނެތީވެ ޔަގީނާ ގާތަށްވެސް އެނގެނީ މިހާރު އެމްއެމްއޭއިން އިއުލާންކޮށްފައިވާ ޑޮލަރު މާރު ކުރުވުމުގެ ގަވައިދު ތަންފީޒުކުރާނެ ކަމެވެ.

މި ގަވައިދުގައި ބުނާ ގޮތުން ޓުއަރިސްޓު ރިސޯޓުތަކާއި ސަފާރީތައް އަދި 50 ކޮޓަރިއަށްވުރެ ގިނަ ހޮޓާތަކުން ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓުހައުސްތަކުން ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރު ބެންކަށް ޖަމާކޮށް، މާރު ކުރަން ޖެހެއެވެ.

މި ގަވައިދުގައި ބުނާ އަދަދަށް ބެންކަން ޑޮލަރު ޖަމާ ކުރަން ނުޖެހޭ ނުވަތަ އިސްތިސްނާވާ ހާލަތްތަކެއްވެސް ވަނީ އެމްއެމްއޭއިން އިއުލާންކޮށްފައެވެ. މި ގޮތުން ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ޑޮލަރު މާރު ކުރަން އެދެވެނީ، ގަވާއިދުގައިވާ މިންވަރަށް ޑޮލަރު މާރުކޮށްފިނަމަ ހަތަރު ކަމެއް ކުރުމަށް އެ ވިޔަފާރީގައި ޑޮލަރު ނުހުރެދާނެ ކަމަށް ފެންނަ ހާލަތްތަކުގަ އެވެ.

އޭގެ ތެރޭގައި ޑޮލަރުން ދައްކަން ޖެހޭ ޓެކްސް ދެއްކުމާއި، ޑޮލަރުން އަދާކުރަންޖެހޭ ދަރަންޏެއް އަދާކުރުމުގެ އިތުރުން، ކޯޓު އަމުރަކުން ނުވަތަ އެމްއެމްއޭއިން ހުއްދަ ދޭ ޑޮލަރުގެ އިލްތިޒާމުތައް އަދާކުރަން ޑޮލަރު ނުހުންނާނެ ކަމަށް ފެންނަ ނަމަ އިސްތިސްނާ ހާލަތަކަށް އެދެވޭނެ އެވެ. މި ހާލަތަށް އެދެވޭއިރު އެމްއެމްއޭއިން މި ހާލަތު ބަލައިގަނެއް އެޕްރޫވް ކުރާއިރު އަމަލު ކުރާނެ އުސޫލެއް ނެތެވެ. ވިޔަފާރިވެރިންގެ ކަންބޮޑު ވުމަކީ މިއެވެ. މިހާތަނަށް ކަންތައްތައް ވެފައިވާ ގޮތަށް ބަލާއިރު ސިޔާސީ ގޮތުން އެއިރެއްގައި ބާރު ހުރި ބަޔަކަށް އުސޫލުތަކުން ލުއި ގޮތްތަކެއް ލިބޭއިރު، ސަރުކާރުން ނުވަތަ ސިޔާސީ ގޮތުން ހިތްހަމަ ނުޖެހޭ ބަޔަކަށް ކުޑަވެސް ދުލެއް ނުދީ ’ވިޔަފާރި އިނދަޖައްސާލެވޭ ވަރުގެ‘ އަދަބެއްވެސް ދެވިދާނެއެވެ. މަލްޓި ޕާޓީ ޑިމޮކްރެސީގެ ވޭތުވެދިޔަ އަހަރު ތަކަށް ބަލާއިރު ސިޔާސި ގޮތުން އެ އިރެއްގައި އޮންނަ ސަރުކާރަކަށް ސަނާ ކިޔައި، ސަރުކާރު ހިންގާ ޕާޓީއަށް އެހީތެރިވެ، ތިމާގެ އަމިއްލަ މުހުތާދުތައް ފުއްދާ ވިޔަފާރިވެރިން އުޅެއެވެ. މިއީ ސިއްރެއް ނޫނެވެ. ކޮންމެ ދައުރެއްގެ ކޮންމެ މަހެއްގެ ނޫސްތަކުގެ ސުރުހީތައް ވަކިވަކިން ބެލިޔަސް މިފަދަ ވިޔަފާރިވެރިންނަށް ލިބޭ ހާއްސަ އިނާޔަތްތަކުވެ ވާހަކަތައް އެހެރީ ފެންނާށެވެ.

މި ފަދަ އެންމެ ގިނަ އިނާޔަތްތަކާއި ވިޔަފާރީގެ ފުރުސަތުތައް އަދި އަގުހެޔޮކޮށް ބިންތަކާއި ފަޅުތަކާއި ފަޅުރަަށްތައް އަދި ’ބަދަލުގެ‘ ގޮތުގައި ސަރުކާރުން މާލީ އެތައް މަންފާއެއް ހޯއްދަވާފައި ހުންނެވީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އިބްރާހިމެވެ. ވިލާ ކުންފުނީގެ ބާނީއެވެ. އެމަނިކުފާނަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ހުޝާމަދުކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ދައުރުގައި ފިނޭންސް މިނިސްޓަރުކަންވެސް ދެއްވިއެވެ. އެ ވެރިކަން ބަލިކަށިވުމުން ނަޝީދަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އެމަނިކުފާނު މިހުންނެވީ ޑިމޮކްރެސީގެ ޗެމްޕިއަނުގެ ފަހަތުގައި ކަމަށް ބުނެ ނަޝީދުވެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކުން ސަރުކާރާ ދުރަށް ޖެހި އެ ސަރުކާރު މަގުމަތިން ވައްޓާލުމުގުގެ އެއް ހިއްސާދާރެއްގެ ގޮތުގައި ހުންނަވައި ނައިބް ރައީސް ވަހީދު ވެރިކަމާ ހަވާލު ވުމުން އެ ދައުރު ވެރިކަމުގެ އެޑްވައިޒަރަަކަށް އެމަނިކުފާނު ހަމަޖެހުނެވެ. އޭގެ ފަހުން ރައީސް ޔާމިން އިންތިހާބު ކާމިޔާބު ކުރެއްވުމުން ’ފާހާނާ ސާފު ކުރަން ވިދާޅުވިޔަސް ތައްޔާރު ހުންނެވި ކަމަށް‘ ގައުމީ ޓީވީގައި އިއުލާންކޮށް، އެ ވެރިކަމުގެވެސް ހިއްސާއެއް ރައީސް ޔާމިން ދެއްވިއެވެ. އޭގެ ފަހުން ރައީސް ޔާމީން ގެ ވެރިކަން ’ބަލިކޮށްލަން‘ ކުރެވުނު ކަންތައްތަކުގައި ގާސިމު ބައިވެރިވެ ވަޑައިގަތް ކަމަށް ތުހުމަތު ކުރެވި، އެމަނިކުފާނާއި ދަރިކަލުން ޖަލަށް ލުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކޮށް ވެރިކަން ހޯދައި ދިނުމަށް އެހީތެރިވެދެއްވިއެވެ. އެ ވެރިކަމުގައިވެސް އެއް ގޮތެއްގައި ގާސިމު ނުހުންނެވި ކަމަށް ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ނިމެންދެން ސަރުކާރުގެ ހިއްސާ ގާސިމަށް ދެއްވިއެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ ކެމްޕޭނުގައި ގާސިމް ވަނީ މުއިއްޒުގެ އަމިއްލަ ގެ ކޮޅު ދިމްޔާތު އިމާރާތް ކުރެވުނު ގޮތާ ބެހޭގޮތުން ބޮޑު ތުހުމަތެއްކޮށް ފާޑު ވިދާޅުވެފައެވެ.

ނަމަވެސް މިއަދު އެ ފާޑުކިއުންތަކާއި ހާލަތު ތަފާތުވީ ރައީސް މުއިއްޒަށް ލިބިވަޑައިގަތް މަޖުލީހުގެ ސުޕަމެޖޯރިޓީއާއި ސަރުކާރުގެ ބާރެވެ. މިއަދު ހާލަތަކީ އިރުއަރާ އޮއްސޭނީ ގާސިމުގެ ތައުރީފު މެސެޖަކުން ރައީސް ޑރ.މުއިއްޒަށް ސަނާ ކިއުއްވުމުގައެވެ. ސަރުކާރުގެ ޕޮލިސީތަކާއި ބޭރު ގައުމަތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ކާމިޔާބުގެ ވަހާކައިން ފެށިގެން އދގައި ރައީސް ޑރ.މުއިއްޒު ތަގުރީރު ނުކުރައްވަނީސް ’ތިޔަ ދެއްވީ ހާދަހާ މޮޅު ތަގުރީރެއް‘ ކަމަށް ސޯސަލް މީޑިއާގައި ލިއުއްވިއެވެ. ބެލެވޭ ގޮތުގައި ކޮންމެ ދުވަހަކުވެސް ބޭނުންފުޅުވާ ތައުރީފު މެސެޖު ލިޔެ ނިންމާފައިވަނިކޮށް ތަންކޮޅެއް އަވަހަށް ’ޕަބްލިޝް’އަށް ފިއްތާލެވުނީއެވެ.

މިއީ ވިލާ ގުރޫޕުގެ ވެރިޔާ ގާސިމު އިބްރާހިމް ސަރުކާރުތަކުގައި ކުޅުއްވި ދައުރާއި ރައީސުންނަށް ތައުރީފުކޮށް އަމިއްލަ މުހުތާދުތައް ފުއްދުމަށް އުޅުއްވި ގޮތުގެ ވަރަށް ކުރު ހުލާސާއެކެވެ. ދެން އޮތީ ކަންބޮޑުވެގެން މިއުޅޭ ޑޮލަރު މާރުކޮށް ބެންކަށް ޖަމާކުރަން ޖެހޭ ގަވައިދުގެ ވާހަކައެވެ. މި ގަވައިދުގައި އެ ބުނާ އަދަދަށް ޑޮލަރު ޖަމާ ނުކުރެވޭނެ އަދަދުގެ އިސްތިސްނާ ހާލަތްތަކާއި ގާސިމް އިބްރާހިމް ގެ ހާލަތާއި ފިސާރި ގުޅެއެވެ. އެމަނިކުފާނު އަމިއްލަ އެއާލައިނެއް ގެންގުޅުއްވައެވެ. އެތަނުގެ ބޭރު މީހުންނަށް މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ. ތެޔޮ އެޅުމާއި ސްޕެއާ ގަތުމާއި ބޯޓު މަރާމާތުކޮށް ބަލަހައްޓަން ހޭދަ ކުރަން ޖެހޭނީ ޑޮލަރުންނެވެ. ވިލާ ކޮލެޖުގުގެ ހުރިހާ ކޯހެއްގެ ބޭރު ’ލައިސަންސްފީ‘ ދައްކަން ޖެހޭނީ ޑޮލަރުންނެވެ. ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުންނަސް މުސާރަ ދޭން ޖެހެނީ ޑޮލަރުންނެވެ. ބޮޑު ބިޔަ ވިލާ ހަކަތައިގެ ސިމެންތިން ފެށިގެން ޓިނު ހެދުމާއި ތެލާއި އެނޫންވެސް ކޮންމެ އެއްޗެއް ގެންނަން ޖެހެނީ ރާއްޖެއިން ބޭރުންނެވެ. އެ ފައިސާ ދައްކަން ޖެހެނީ ޑޮަލަރުންނެވެ. ވިލާ ކުންފުނީގެ ރިސޯޓުތަކުގެ ބޭރު އެޖެންޓުންނަަށް ފައިސާ ދޭން ޖެހޭނީ ޑޮލަރުންނެވެ. ބޭރުގެ މާލީ އިދާރާތަކުންނާއި ބެންކު ތަކުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނީ ޑޮލަރުންނެވެ. މިހުރިހާ ކަމަށް ޑޮލަރުން ހޭދަކުރައްވަން ޖެހިވަޑައިގަންނަވާއިރު އެމްއެމްއޭއަށް ނުވަތަ ބެންކަށް މާރުކުރަން ބުނެފައިވާ އަދަދާ ގާތަށްވެސް އެމިަނކުފާނު އަތްފުޅުގައި ޑޮލަރެއް ނުހުންނާނެއެވެ. އެ ހިސާބުން އެމްއެމްއޭގެ އިސްތިސްނާވާ ހާލަތަށް ގާސިމު އެދިލައްވާއިރު، އެމަނިކުފާނަކީ ސަރުކާރުގެ މަދަދު ގާރެއް، ބައިވެރިއެއް އަދި ރައީސަށް ސަނާ ކިއުއްވާ ބޭފުޅެކެވެ. އެމަނިކުފާނަށް ’ނޫނެކޭ‘ ބުނާކަށް ސަރުކާރުގެ ވެރިއަކަަށް ކެރިވަޑައި ނުގަންނަވާނެއެވެ. ވޭތުވެދިޔަ ސަރުކާރުތަކާއި މިސަރުކާރުންވެސް އެ މަންޒަަރު ފެނިފައިވާތީއެވެ.

ވިލާ ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް ބަޮލަށް 500 ޑޮލަރު ބެންކަން ޖަމާކުރާނެ ފަދައެއް ނެތުމުން، އެ ފައިސާ ސަރުކާރުން ވިލާ ކުންފުންޏަށް ދައްކަން ނުޖެހިއްޖެ ނަމަ ކިތަންމެހާވެސް ރަނގަޅެވެ. ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ކަންބޮޑުވެ ’ހަނާ ވާއިރު‘ ގާސިމް އިބްރާހިމް މި މައްސަލާގައި ހަނު ހުންނަވަނީ މި މަންޒަރު އެމަނިކުފާނަށް ފެންނާތީއެވެ.

ގުޅުންހުރި ލިޔުންތައް

މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

އޯގަސްޓް 14, 2024
’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

ޖުލައި 31, 2024
ނުފޫޒާއި ބާރުން ލިބުނު ފުރުސަތުގައި ހައްޖުވުމަށް މިއަދު އަރަފާތު ބިމުގައި ތިބޭއިރު!

ނުފޫޒާއި ބާރުން ލިބުނު ފުރުސަތުގައި ހައްޖުވުމަށް މިއަދު އަރަފާތު ބިމުގައި ތިބޭއިރު!

ޖޫން 15, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©