• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަހުޖަނުންނާއި ތަރިންގެ ކައިވެނި

by އަބްދުﷲ ސަފީގު އަލީ
އޮކްޓޯބަރ 14, 2024
in ރިޕޯޓު
0
މަހުޖަނުންނާއި ތަރިންގެ ކައިވެނި

ފައިސާވެރި މަހުޖަނުންނާއި އަންހެން ތަރިންގެ ލޯބީގެ ގުޅުމާއި ކައިވެނި ތަކަކީ އާއްމުންގެ ފާޑުކިއުންތައް އަމާޒުވަމުން އަންނަ ކަމެއްވިޔަސް އެއީ މިހާރަކަށް އައިސް ވަރަށް އާއްމު ކަމެކެވެ. އެފަދަ ކައިވެނީގެ ކުލަގަދަކަމާއި ބައިވެރިޔާގެ އުމުރާއި ކުއްލިއަކަށް ވެވޭ ލޯތްބަށް މީހުން ދޭ ސަމާލުކަމަކީވެސް އެފަދަ ކައިވެނިތަކާއި ގުޅުންތައް ހާއްސަވާ އެއް ސަބަބެވެ.

ތިރީގައި މިވަނީ އަވައްޓެރި ބޮލީވުޑް އަންހެން ތަރީންނާއި ހޮލީވުޑް ގެ ފަންނާނުންގެ ތެރެއިން ފާހަގަ ކުރެވޭ މިފަދަ ކައިވެނީގެ ޖޯޑުތަކެވެ

1.ޖޫހީ ޗައުލާ – ޖޭ މެެހެތާ

ފިލްމު ’ގަޔާމަތުސޭ ގަޔާމަތު ތަކު‘ އިން އާމިރު ހާންއާއި އެކު ފިލްމީ ދުނިޔެއަށް ތައާރަފުވި ޖޫހީ ޗައުލާއަކީ އިންޑިއާ ފިލްމީތަރިންގެ ތެރެއިން ކާމިޔާބާއި އެއްވަރަށް ރީތި ކަމުގައިވެސް އެފަދަ ދެވަނައެއް ނެތް ތަރިއެކެވެ. ޖޫހީ ކައިވެރިކޮށްގެން އުޅެނީ އިންޑިއާގެ މަހުޖަނެއް ކަމަށްވާ ’މެހެތާ ގުރޫޕުގެ‘ ޗެއަރމަން ޖޭ މެހެތާ އާއެވެ. އިމާރާތް ކުރުމުގެ ސާމާނު އުފެއްދުމާއި ވިއްކުމުގެ ބިޔަ ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ ޖޭ މެހެތާގެ މިލްކިއްޔާތު 500 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ ކަމަށް، އިންޑިއާގެ ވިޔަފާރި ދިރާސާކުރާ މާހިރުން ލަފާ ކުރެއެވެ. ޖެހޭ މެހެތާއި އާއި ޖޫހީ އަންނަނީ އިންޑިއާގެ މުއްސަނދި ކުރިކެޓު ލީގުގައި އަމިއްލަ ޓީމެއްވެސް ހިންގަމުންނެވެ. ކާމިޔާބު ކުރިކެޓު ޓީމު ’ކަލްކަތާ ނައިޓު ރައިޑަސް’ގައި ޖޫހީގެ ޒަމާންވީ އެކުވެރިޔާ ޝާހުރުކްހާން ވެސް ހިއްސާވެއެވެ.

2.ޕްރިތީ ޒިންތާ – ޖީން ގުޑްއިނަފް

2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މޮޅު ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ ކައިވެރިކޮށްގެން އުޅެނީ އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޖީން ގުޑްއިނަފްއާއެވެ. ޖީން އަކީ އެމެރިކާގެ ވަރުގަދަ ހައިޑްރޯ އިލެކްޓިކް ކުންފުނި ’އެންލައިން އެނާޖީ‘ ގެ ވައިސް ޕްރެސިޑެންޓެވެ.

3. އާސިން – ރާހުން ޝަރުމާ

ސައުތު އިންޑިއާ ފިލްމުތަކުން ވިދާލި އާސިންއަކީ ބޮލީވުޑުގައިވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު އެތައް ފިލުމެއްގައި ހަރަކާތްތެރިވެފައިވާ ތަރިއެެކެވެ. އާސިންގެ ފިލްމީ ކެރިއަރުގެ އެންމެ ރަން ދުވަސްވަރު ކަމަށްވާ 2016 ގައި ވަނީ ޓެކް މިލިއަނަރު ރާހުލް ޝަރުމާއާއި ކައިވެނިކޮށްފައެވެ. ރާހުލް ޝަރުމާއަކީ މައިކްރޮ މެކްސްގެ ޗެއަރމަން އަދި ކޯ ފައުންޑަރެވެ.

4. ސަލްމާ ހަޔަކް – ފްރެންކޮއިސް ހެންރީ ޕިނައުލްޓު

މެކްސިކޯއަށް އުފަން ހޮލީވުޑް ގެ ކުޅަދަނާ ބަތަލު ސަލްމާ ހަޔަކު މިލްކިއްޔާތު ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓަށް ކުއްލިއަކަށް އެރީ2009 ގައި ކުރި ކައިވެެނީގެ ސަބަބުންނެވެ. ފްރާންސް ގެ ބިލިއަނަރު ފްރެންކޮއިން ހެންރީ ޕިނައުލްޓަކީ ފްރާންސްުގެ ބިލިއަނަރެކެވެ. ލަގްޒަރީ އެތައް ބްރޭންޑުތަކެއްގެ ހިންގާ ކުންފުނި ’ކެރިން‘ ގެ ރައީސް އަދި ސީއީއޯއެވެ. 19 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކެރިން ކުންފުނީގެ އަގުބޮޑު ބުރޭންޑުތަކުގެ ތެރޭގައި ވައި.އެސް.އެލް، ގޫޗީ، ބެލެންސިއާގާ، ބީ.ވީ، ކްރީޑް ފަދަ ދުނިޔޭގެ އެންމެ އަގުބޮޑު ފެޝަން ބްރޭންޑުތައް ހިމެނެއެވެ. ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ 32 ވަނައިގަ ހިމެނޭ ހެންރީ ޕިނައުލްޓުގެ އަމިއްލަ މިލިކއްޔާތު 34 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

5.މިރަންޑާ ކަރ – އިވާން ސްޕީގަލް

މަޝްހޫރު މޮޑެލް އަދި ދުނިޔޭގެ އެންމެ ރީތި އަންހެން މޮޑެލް ގެ މަގާމު އެތައް ފަހަރަކު ހޯދަފައިވާ މިރާންޑާ ކަރ ގެ ހަޔާތަށް މިހާރުގެ ފިރިމީހާ އިވާން ސްޕީގެލް އައުމުގެ ކުރިންވެސް އެތައް މަޝްހޫރު ފަންނާނުންނާއި މަހުޖަނުން އައިސްފައިވެއެވެ. މިގޮތުން ކުރީގެ ފިރިމީހާ މަޝްހޫރު ފިލްމީތަރި އޮލަންޑޯ ބްލޫމްސް އާއި ކައިވެނި ކުރުމުގެ ކުރިން މެލޭޝިޔާގެ ބިލިއަނަރެއް ކަމަށްވާ ޖޯލޯ އާއި ގުޅުން އޮތް ކަމަށްވެސް ވާހަކަ ދެކެވުނެވެ. ޖޯލޯ އަކީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އެތައް ބިލިއަން ޑޮލަރެއްގެ ވައްކަމާއި ހިޔާނާތުގެ މައްސަލާގައި މި ވަގުތު ފިލައިގެން އުޅޭ ވިޔަފާރިވެރިއެކެވެ.

މިރަންޑާ އާއި ސްނެޕްޗެޓު ގެ ވެރިޔާ އިވާސް ސްޕީލްގެލް ކައިވެނިކުރީ 2017 ގައެވެ. މި ދެމަފިރިންނަށް މިހާރުވަނީ 3 ކުދިންވެސް ލިބިފައެވެ. މިރަންޑާގެ ދެމަފިރިންގެ މިލްކިއްޔާތު މިހާރު 3 ބިލިއަން ޑޮލަރަށް އަރައެވެ.

6. ޒާރާ – އަހުމަދު ޝިޔާމު މުހައްމަދު

ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެން ހައިރާންކޮށްލީ ކައިވެންޏަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމު (ސަން ޝިޔާމު) އަދި ބ.ކަމަދޫއަށް އުފަން ޒާރާގެ ކައިވެނީގެ ހަބަރުންނެވެ. ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ޒާރާއާއި ޝިޔާމުގެ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ޝިޔާމުގެ އަމިއްލަ ރިސޯޓެއްގައެވެ.

މި އަހަރުގެ ބޮޑު އީދުގައި ބ.ކަމަދޫގައި އޮތް އީދު ކުޅިވަރުތަކުން ކުއްލިއަކަށް މަޝްހޫރުކަން ލިބުނު ޒާރާގެ ޒާތީ ދިރިއުޅުމާއި ލޯބީގެ ވާހަކަތަކަކީ އާއްމުންނަށް އެއްވެސް ގޮތަކަށް އެނގިފައިނެތް ކަންކަމެވެ. މީގެ އިތުރުން ސޯސަލް މީޑިއާގައިވެސް މީގެ ކުރިން އެއްވެސް ގޮތަކަށް ހަރަކާތްތެރި ވެފައި ނުވާއިރު، މަޝްހޫރު ފަންނާނުންނާއި އަދި ވިޔަފާރިވެރިންނާވެސް އެއްވެސް ގުޅުމެއްނެތް، މައުސޫމު ދިރިއުޅުމެއް އުޅެމުން އައި ޒާރާ ކުއްލި ގޮތަކަށް ސަން ސިޔާމުއާއި ކައިވެނި ކުރުމަށް އެއްބަސްވުމަކީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމެކެވެ. މި ކައިވެނީގައި އެއްވެސް ކަމެއް ސިއްރު ކުރާކަށް ޒާރާ އަދި ޝިޔާމުވެސް ބޭނުން ނުވެއެވެ. މި ގޮތުން ޒާރާގެ ލޯބި އަސަރުގަދަ ލަވައެއް އަމިއްލަ އަޑުން ޝިޔާމުއަށް ހުށައަޅައިދިން އިރު އިއްޔެގެ ވަގުތެއްގައި ޝިޔާމު ގެންގުޅޭ އަސްތައް ވަނީ ކަމަދޫއަށް ގެންގޮސް ރަށުގައި ބޮޑު ހަފްލާއެއް ވެސް ބާއްވާފައެވެ. މީގެ އިތުރުން ކަމަދޫ ރާއްޔިތުން ބޭސްފަރުވާގެ ކަންކަން ޝިޔާމުގެ އަމިއްލަ ހަރަދުގައި ކުރެވޭނެ ގޮތް ހަމަޖެހި، ކަމަދޫއަށްވަނީ ގާތްގާތުގައި 2 އީދު އައިސްފައެވެ.

މަހުޖަނުންނާއި ތަރިންގެ ޖޯޑަށް އެންމެ ފަހުން އިތުރުވި ޒާރާ އާއި ޝިޔާމުގެ ޖޯޑަށް މަރުހަބާއެވެ. މިއީ ހިޔާލީ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ކަން ހިނގަމުން އަންނަ ހަގީގަތެވެ. އޭރުވެސް މިހާރުވެސް ހުދު އަހެއްގައި އަންނާނީ ޕްރިންސެކެވެ. ރަސްކަލުންގެ ދަރިންނެވެ. މިހާރު ރަސްކަލުން ފަދަ ތަނަވަސްކަން ހުރި މީހުންނެވެ. ރީތިކަމާއި ހުނަރުން ފުރިފައިވާ ތަރިންގެ ހަޔާތަށް ބޭނުންވަނީވެސް ތަނަވަސްކަމާއި އުފަލުގައި ގެންގުޅެވޭނެ މީހުންނެވެ. އިޝްގީ ލޯބީގައި ދިވާނާވާ މީހުންނަކީ ދުނިޔޭގެ ހަގީގަތާއި ދުރުގައި ހިޔާލީ ދުނިޔެއެއްގައި އުޅޭ ހިޔާލީ ވާހަކަތަކުގައި އުޅޭ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024
ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

އޯގަސްޓް 14, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©