• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ނ.ވިހަފަރު ގައި އެއަޕޯޓު އެޅުމަށް، ކުރީ ސަރުކާރަށް އޮތް ހުރަސް އަދިވެސް އެގޮތަށް!

by އަބްދުﷲ ސަފީގު އަލީ
މާރޗް 30, 2024
in ރިޕޯޓު
0
ނ.ވިހަފަރު ގައި އެއަޕޯޓު އެޅުމަށް، ކުރީ ސަރުކާރަށް އޮތް ހުރަސް އަދިވެސް އެގޮތަށް!

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެއަޕޯޓު އެޅުމަށް ނިންމާފައިވާ ރަށްތައް، ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރެއްވިއިރު ނ.އަތޮޅު ވިހަފަރުގައިވެސް އެއަޕޯޓެއް އެޅުމަށް ވަނީ ނިންމާފައެވެ. ނ.އަަތޮޅުގެ އިންޓަނޭޝަނަލް އެއަޕޯޓު (ނ.މާފަރު އެއަޕޯޓާއި) ދުރުގައިވާ އެ އަތޮޅުގެ ތިންރަށް ކަމަށްވާ ވެލިދޫ، ހޮޅުދޫ އަދި ފޮއްދޫއާއި ކައިރީގައި އޮތް ވިހަފަރުގައި އެއަޕޯޓެއް އެޅުމަށް ކުރީ ސަރުކާރުންވެސް ވަރަށް މަސައްކަތް ކުރިއެވެ. ކުރީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އޭރުވެސް ވިހަފަރުގައި އެއަޕޯޓެއް ހެދުމަށާއި އެނޫންވެސް ތަރައްގީގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ކުރި މަސައްކަތް ނާކާމިޔާބުވި މައިގަނޑު ސަބަބަކީ އެ ރަށް އެހެން ބަޔަކަށް ދީފައި އޮތުމުންނެވެ. މިހާރުގެ ރައީސް ޑރ.މުއިއްޒު ކެބިނެޓު މިނިސްޓަރަކަށް ހުންނެވިއިރު ރައީސް ޔާމީނުގެ ވެރިކަމުގައި ޓުއަރިޒަމުގެ ބޭނުމަށް އެ ފަޅު ވަނީ ސްރީލަންކާގެ ކުންފުންޏަކަށް ދިގުމުއްދަތަށް ވިއްކާލާފައެވެ. ރާއްޖޭގައިފުޅާދާއިރާއެއްގައި ރިސޯޓުތަކެއް ހިންގަމުން އަންނަ އަދާރަން ރިސޯޓުތައް ހިންގަމުންދާ ކުންފުންޏަށް ވިހަފަރު ލިބުނީ އެ އަތޮޅު ރާފުށްޓާއެކުގައެވެ.. އެ ފަރާތަށް އެގްރިމެންޓު ކުރެވިފައިވާ ގޮތުން ނ.ރާފުށީގެ ސީޕްލޭން އޮޕަރޭޝަން ހިންގުަމަށް ވިހަފަރުވަނީ އެ މުއާމަލާތުގެ ތެރޭގައި، (އެ އެއްބަސްވުމުގެ ތެރޭގައި) ހިމަނާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާފުށީގެ ލީސް އެގްރިމަންޓުން ވިހަފަރު ވަކިކުރުމަށް މަސައްކަތަކެއް ކުރަނިކޮށް އެ ރަށާއި ވިހަފަރުގެ އެގްރިމެންޓު ވަނީ އެހެން ވިޔަފަރިވެރިއަކަށް ބަދަލުކޮށްފައެވެ. ސްރީލަންކާގެ ކުންފުނިން ރާފުއްޓާއެކު ވިހަފަރު ވިއްކާލާފައިވަނީ ސންގަޕޫރުގެ ބިލިއަނަރު އަދި ރާއްޖޭގައި އެތައް ރިސޯޓެއް ހިންގަމުން އަންނަ މަޝްހޫރު ވިޔަފާރިވެރިޔާ އޮންގ ބެންސަން އަށެވެ. އެ ދުވަސްވަރު ސަރުކާރުގެ ފަރާތުން މި ކަމުގައި ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ ފަހުން ރާފުށި ގަނެފައިވާ ކުންފުނިން، ރާފުއްޓާއި އަދި ވިހަފަރު ހިމެނޭހެން މަސައްކަތް ފެށުމަށް އައީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. މި މަސައްކަތް މަޑު ޖެހުމެއް އައީ އެ ދުވަސްވަރު ޓެކްސްގެ މައްސަލައެއްގައި ސިންގަޕޫރު ސަރުކާރުން ވިޔަފާރޮވެރިޔާ އޮންބެންސަން ހައްޔަރުކުރުމުންނެވެ. އޭރުވެސް ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ ރާފުށީގެ އެއްބަސްވުމުގައި ހިމަނާފައިވާ ވިހަފަރު ސަރުކާރަށް އަނބުރާ ހޯދުމުގެ މަސައްކަތެވެ. އެކަމުގައި އޭރު އެ ކުންފުނިން މާބޮޑު އެއްބާރުލުމެއް ނުލިބިި އެ މަސައްކަތް ހިނގަމުންދަނިކިޮށް، ވެރިކަން ބަދަލުވީއެވެ.

ރައްޔިތުން މަޖުލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) މުރާސިލަށް މައުލޫމާތު ދެމުން ވިދާޅުވީ ވިހަފަރުގެ ކަންތަކުގައި އޭރުގެ ސަރުކާރާއެކު ވަރަށް ކައިރިން މަސައްކަތް ކުރެއްވިކަމަށެވެ. މި ގޮތުން އެއާޕޯޓަކާ އެކު އިންޓަގުރޭޓެޑް ޓުއަރިޒަމް ކޮންސެޕްޓުގެ ދަށުން ދެ ރިސޯޓެއް ވިހަފަރު ގައި ހެދުމުގެ ޕްލޭނެއް ހަދައި، އެމްޓީސީސީގެ ޓެކްނިކަލް ޓީމަކުން ވިހަފަރަށްގޮސް އެތަން ވަނީ އޭރު ކޮންމެވެސް ވަރަކަށް ސާވޭވެސްކޮށްފައެވެ. މޯޑު ބައިވެރިވެ އެތައް ބައްދަލުވުމެއްގައި ވިހަފަރުގެ ޕްލޭންތަކާއި އެ ތަން ތަރައްގީ ކުރަން ރާވާފައިވާ ގޮތްތައް ސަރުކާރުން ހިއްސާ ކުރެއްވި ކަމަށް މޯޑު ވިދާޅުވިއެވެ. މޯޑުގެ އުފަން ރަށް ވެލިދޫއާއި ޖެހިގެން ކަހަލަ ގޮތަކަށް އޮތް ވިހަފަރު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ މޯޑުވެސް ވަރަށް ބޮޑަށް އޭރުގެސަރުކާރަށް ޕްރެސަރުކުރަމުން ދިޔަ ކަންތައްތަކަކެވެ. ނަމަވެސް މޯޑު ވިދާޅުވީ ހުރިހާވެސް ހުރަހެއް ކުރިމަތިވީ އެރަށުގެ މިލްކުވެރިކަން އޮތް ފަރާތްތަކުން އެތަން ދިނުމަށް ދެކޮޅު ހެދުމުންނެވެ. މި ފަދަ އެހެން މައްސަލައެއް ވެލިދޫއާއި އެންމެ ކައިރީގައވާ ފަޅުރަށް ކަމަށްވާ ދިއްދޫއާއިވެސް ދިމާވި ކަމަށް މޯޑު ފާހަގަކުރިއެވެ. މި ގޮތުން ވެލިދޫ ކައުންސިލަށް (ވެލިދޫ ރައްޔިތުންނަށް) ދިއްދޫ ހޯދުމަށް ކުރެވުނު މަސައްކަތްތަކަށް ހުރަކަށްވީ އޭރު އެރަށް ކުއްޔަށް ނަގައިގެން ތިބި ފަރާތްތަކުން އެއްބާރުލުން ނުދިނުމާއި ބަދަލެއްގެ ގޮތުައގ ސަރުކާރަށް ނުކުރެވޭނެ ފަދަ ކަންތައްތަކަށް ޑިމާންޑު ކުރުމުންނެވެ. އެންމެ ފަހުން ސަރުކާރުން ނިންމީ ވެލިދޫ ފަޅުތެރޭގައި ރަށެއް ހިއްކައި ދިނުމަށެވެ.

މި ފަހުން ރައީސް މުއިއްޒު ވިހަފަރުގައި އެއަޕޯޓު ހެދުމަށް އަނެއްކާވެސް އިއުލާން ކުރުމުން އެކަމާ ބެހޭ ގޮތުން މޯޑު ވިދާޅުވީ، އެއީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އެހެންވިޔަސް ހަމައެކަނި އެކަން އިއުލަން ކޮށްލުމަކުން ނުފުދެއެވެ. އެކަމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައްވެސް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށް މޯޑު ދެކެއެވެ.

މުރާސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިހަފަރު އެއްވެސް ކަމަކާ ބެހޭގޮތުން ސަރުކާރުން މިހާތަނަް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ވިހަފަރުގެ މިހާރުގެ ވެރި ފަރާތާއި އަދި އެ ފަރާތުގެ ދިވެހި ގާނޫނީ ވަކީލުންނާ ހަމައަށްވެސް މި މައްސަލާގައި ދިވެހި ސަރުކާރުން އެއްވެސް ވަރަކަށް ވާހަކަދައްކާފައި ނުވެއެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ވިހަފަރުގައި އެއަޕޯޓެއް އަޅާ ނަމަ އެކަމަށް ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ. އެންމެ ބޮޑު މައްސަލައަކީ ވިޔަފާރިވެރިން ބޮޑު ބަދަލެއް ދިނުމަށް ޑިމާންޑު ކުރާނެތީއެވެ. އޮން ބެންސަން ފަދަ ރާއްޖޭގައި ރިސޯޓު ތަކެއް ހިންގަމުންދާ އަދި މިތަނުގެ ސިޔާސީ މަސްރަހު ދަންނަ ބޭފުޅަކު ފަސޭހަ ގޮތަކަށް އެތަން ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ.. ނ.އަތޮޅަކީ މި ވަގުތު ދިވެހިރާއްޖޭގައި އެންމެ އަގުބޮިޑެތި ރިސޯޓުތައް ހިންގަމުންދާ އަތޮޅެވެ. އެންމެ ބޮޑު ސަރވިސް ޗާޖެއް މުއައްޒަފުންނަށް ދެމުންދާ ވެލާ ރިސޯޓާއި ރަންދެލި ރިސޯޓަކީ ބޭރުގެ މަހުޖަނުން ގަވައިދުން ޗުއްޓީ ހޭދަކުރުމަށް އަންނަ ދެ ރިސޯޓެވެ. ވިހަފަރަކީ މި ދެ ރިސޯޓުގެ މެދުގައި އޮތް ބޮޑު ފަޅެކެވެ. މާފަރު އެއަޕޯޓާއި މަޑިވަރު އެއާޕޯޓުން ވެސް 45 މިނެޓުން މި ތަނަށް އާދެވޭހާ ދުރުމިނުގައި އޮތް ފަޅެއް ދޫކޮށްލާއިރު ސިއްސައިގެންދާ ވަރުގެ ބަދަލެއް ދޭން ޖެހޭނެ ކަމަށް މި ދާއިރާގެ ތަޖުރިބާ ކާރުން ވިދާޅުވެއެވެ. އަނެއްކޮޅުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ރިސޯޓު ކަމަށްވާ ޝިޔާމު ވޯލްޑު (ރިސޯޓު) ވެސް ހިމެނެނީ ވިހަފަރާއި ދާދި ގާތުގައިވާ ތަންތަނުގެ ގޮތުގައެވެ. ޓުއަރިޒަމުގެ ބޭނުމަށް ނަގާފައިވާ މިފަދަ ރަށްރަށް ވިއްކައިގެންނާއި އެފަދަ ތަންތަން އޮޕަރޭޓުކޮށްގެން އެތައް މިލިއަން ޑޮލަރެއް ލިބެންއޮތްވާ ސަހަލު އަގެއްގައ ވިހަފަރު ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. ނުވަތަ އެމީހުންނަށް އަނެއްކާވެސް ޖެހޭނީ ރައްޔިތުންގެ ބިންތަކެއް ނުއަގުގައި ދޫކޮށްލާށެވެ. މިހާރުވެސް ރަސްމާލެ އިން ވަނީ މާލޭގެ ހެންވޭރަށް ވުރެ ބޮޑު ސަރަހައްދެއް، އެތަން ހިއްކާ ލަންކާ ކުންފުންޏަށް ސަރުކާރުން ދީަފއެވެ. ވިޔަފާރީގެ ތަޖުރިބާކާރުން ބުނަނީ މިފަދަ ކަންކަމުގެ ސަބަބުން މުސްތަގުބަލުގައި ލިބެން އޮތް އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލި، ކުރިއަށް އޮތް ޖީލުތަކުން ރާއްޖޭގައި ކުރާނެ އައު އިންވެސްޓުމެންޓުތަކަށް ފުރުސަތުތަކެއް ގެއްލޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024
ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

އޯގަސްޓް 14, 2024
’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

ޖުލައި 31, 2024

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©