މަޝްހޫރު ސިޓްކޮމް ފްރެންޑްސް ސީރިޒް ގެ ތަރިމެތިއު ޕެރީ މަރުވެއްޖެއެވެ.
އުމުރުން 54 މެތިއު މަރުވީ ޖަކޫޒީގައި ހިނގި ހާދިސާއެއްގައި ޖަކޫޒީ ތެރެއަށް ގެނބިގެންކަމަށްވެއެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ލޮސްއެންޖަލްސްގައި މެތިއު ދިރިއުޅޭ ގޭގެ ޖަކުޒީގައި މަރުވެފައި އޮއްތާ ފެނުނީ މެތިއުގެ އެސިސްޓެންޓަކަށެވެ. މެޑިކަލް ޓީމަށް ގުޅައި އެމީހުންގެ ވަގުތީ ރިޕޯޓުގައި ވަނީ މެތިއު މަރުވިކަމަށްވަނީ ހިތްހުއްޓިގެންނެވެ. ޖަކޫޒީ ތެރެއަށް ވެއްޓެން ދިމާވި ސަބަބަކީވެސް ހާޓްއެޓޭކެއް ޖެހިގެންކަމަށްވެއެވެ.
މިހާތަނަށް އެންމެ ގިނަ މީހުން ބެލި ސިޓްކޮމް ފްރެންޑްސް ސީރީސްގެ 10 ސީޒަނުގައިވެސް މުހިއްމު ރޯލެއް ކުޅުނު މެތިއު މީގެ ކުރިގެ އިންޓަވިއުތަކުގައި ބުނެފައިވަނީ އަމިއްލަ ދިރިއުޅުމުގައި މި ވަގުތު ކުރަން ޖެހިފައިވާ ކަމަކީ ބަނގުރަލާ މަސްތުވާތަކެތީގެ އެޑިކްޓުން ސަލާމަތްވެ އަނބުރާ މަސައްކަތަށް އައުމުގެ ކަންކަން ކަމަށާއި އެ ވަބާ ގައި ޖެހުމުން ހިތާމަކުރާ ކަމަށެވެ. މީގެ ކުރިން ޖެޓްސީ އެކްސިޑެންޓެއްގައި ޒަހަމުވުމުން މެތިއުވަނީ މަސްތުވާތަކެއްޗާ ދުރުވުމަށް ރިހެބިލިޓޭޝަން ސެންޓަރަކުން ފަރުވާވެސް ހޯދާފާއެވެ.

މެތިއުގެ ކުއްލި ވަކިވުމާ ގުޅިގެން ފްރެންޑްސް ގެ ފޭނުންދަނީ އެކަމާ ހިތާމަފާޅުކޮށް، ތައުޒީއާގެ މެސެޖުތައް މެތިއުގެ އާއިލާއާއި އަދި ފްރެންޑްސް ސީރީޒްގެ އެކި ތަރިންނަށް ފޮނުވަމުންނެވެ.