• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

by އަބްދުﷲ ސަފީގު އަލީ
ޖުލައި 31, 2024
in ރިޕޯޓު, މުނިފޫހިފިލުވުން
1
’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭގައި މީރާ އާއި ސްކައި ރޮކް ބޭންޑުން ހުށައަޅައިދިން ސަމުގާ ލަވަ މަޝްހޫރުވެ، އެކި ފަންނާނުން އެ ލަވަ ކިޔަމުންދިޔައިރު މި ވީހާތަނަށް އެ ލަވައިގެ ހައްގު ވެރި ފަރާތަކީ ކޮބައިކަން ގިނަ ބަޔަކަށް ނޭންގެއެވެ. ގިނަ އަދަދެއްގެ ފަންނާނުން މި ލަވަ ޝޯވްތަކުގައި ބޭނުން ކުރަމުން އަންނައިރު، މި ލަވައިގެ ތައާރަފަކަށް ބުނަނީ އީސަގެ ’ސަމުގާ‘ ލަވައިގެ ގޮތުގައެވެ. ނަމަވެސް މި ހަފްތާގައި ރާއްޖޭގެ މިއުޒިކު އިންޑަސްޓްރީ ސިއްސުވާލީ މި ލަވައިގެ އަސްލު ވެރި ފަރާތަކީ ކޮބައިތޯ އުފެދުނު ބަހުސްގައެވެ.

މި ލަވައިގެ މައްސަލަ އުފެދުނީ ރާއްޖޭގެ މަޝްހޫރު މިއުޒިކު ބޭންޑު ’ސްކައި ރޮކު’ގެ އަމިއްލަ އަލްބަމެއް ނެރުމަށް ތައްޔާރުވަމުން އަންނަނިކޮށް، އެ އަލްބަމުގައި ’ސަމުގާ‘ ހިމެނޭ ކަމަށް ބުނުމާއި ގުޅިގެންނެވެ. ’ސްކައިރޮކް‘ ބޭންޑުން އަލްބަމް ނެރުމަށް ހާއްސަ ޝޯވްއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެ ޝޯވްއަށްވެސް އަދި އަލްބަމަށްވެސް ދީފައިވާ ނަމަކީ ’ސަމުގާ‘ އެވެ. ސަމުގާ ލަވައިގެ މައްސަލަ ހޫނުވެ، މި ލަވައިގެ ވެރި ފަރާތަކީ ކޮބައިކަން އޮޅޭ ހިސާބަށްވަނީ ކަންތައްތައް ގޮސްފައެވެ.

މި ލަވަ ހަދާފައިވަނީ މަޝްހޫރު ލަވަކިއުންތެރިޔާ އަދި ގިނަ އަދަދެއްގެ އަމިއްލަ ލަވަތަކެއް ހަދާފައިވާ އީސައެވެ. އީސަ ވަނީ މި ލަވަ ’ސްކައި ރޮކް ބޭންޑާއި‘ އަދި ހަރުބީ ބޮޑުބެރު ގުރޫޕަށްވެސް ’ވިއްކާލާފައެވެ‘. މި ހިސާބުން އުފެދޭ ސުވާލަކީ މި ލަވައިގެ އަސްލު ހައްގުވެރި ފަރާތަކީ ކޮބައިތޯ އުފެދޭ ސުވާލެވެ.މި މައްސަލާގައި ސްކައިރޮކް ބޭންޑާއި، އީސަ އަދި ހަރުބީ ބޮޑުބެރު ގުރޫޕުންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

މި ކަމާ ގުޅޭގޮތުން ހަރުބީގެ މަޝްހޫރު ލަވަކިއުންތެރިޔާ މަމްދޫހު (މަންޑޭ) އާއި މުރާސިލުން ސުވާލު ކުރުމުން ފުރަތަމަވެސް މަންޑޭ ކިޔާދިނީ ވަރަށް ކުރީގެ ވާހަކައެކެވެ. އެ ވާހަކަ ފެށެނީ އީސަގެ ބައެއް ލަވަތައް ގަތުމަށް އަގުދު ކުރެވި އެއްބަސްވުންތަކެއް ހެދި ހިސާބުންނެވެ. ސަމުގާ ލަަވައިގެ އިތުރުން ؛އިރު‘ ލަވައާއި އަދި އެނޫންވެސް ބައެއް ލަވަތައް ވަނީ އީސަގެ އަތުން ހަރުބީން ގަނެފައެވެ. އެއީ މީގެ 10 އަހަރު ކުރިން ހިނގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކެވެ. މަންޑޭ ބުނާ ގޮތުން އެ ދުވަސްވަރު އިވެންޓުތައް ބޭއްވުމަށް ’ހައިރައިޒުން‘ އިސްނަގައިގެން ބޭއްވި ޝޯވްއަކަށް ލަވަތަކެއް ބޭނުންވެ، އެ ލަވަތަކުގެ ތެރޭގައި އީސަ ހަދާފައިވާ ބައެއް ލަވަތައްވަނީ ގަނެފައެވެ. އެ މުއާމަލާތްތަކުގެ ހެއްކާއި އެއްބަސްވުމާއި އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސެޓްފިކެޓާއި ލިޔެކިޔުންތައްވެސް މަންޑޭ އަތުގައި އެބަހުއްޓެވެ. އީސަ އަތުން މި ލަވަތައް ގަތުމުގެ ފައިސާގެ މުއާމަލާތްތަކާއި އެއްބަސްވުން ތަކުގައި ބުނާ ގޮތުން ’ސަމުގާ‘ އަދި ’އިރު‘ ލަވަ (އެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން) އެއީ ހަރުބީގެ މިލްކެކެވެ. އެއީ އީސަ ލައްވާ ކުރުވި މަސައްކަތަކަށް އަގުދީފައި ގަނެފައިވާ ހަރުބީއަށް މިލުކު ކުރެވިފައިވާ މުދަލެކެވެ. މަންޑޭ ބުނާ ގޮތުން ކުރެހުންތެރިއަކު ކުރަހާ ކުރެހުމެއްވެސް އޭގެ އަގުދީފައި ގަނެގެން ގެނައުމުން އެ ކުރެހި ފަންނާނަކު ފަހަރަކު މީހަކަށް ވިއްކާ އެ އަަށް ބާރު ފޯރުވުމުގެ ހައްގެއް ނޯންނާނެ ފަދައިން އީސަ ކުރި މަސައްކަތަށް ބުނި އަދަކަށް ވަނީ ފައިސާ ދީފައެވެ. މީގެ އތުރުން އީސައަށް އެ ދުވަސްވަރު ހަރުބީންވަނީ އެތައް އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ހަރުބީގެ ސްޓޫޑިއޯ ބޭނުން ކުރުމަށްވެސް އީސަ އަތުން އަގެއް ނުނަގާއިރު މިވީހާތަނަށް އައީ އީސައަށް ވަރަށް ބޮޑަށް ގަދަރާއި ހިހުތިރާމް ވެސް ކުރަމުންނެވެ.

އެ ލަވަތައް ’ސްކައި ރޮކު‘ ބޭނުންޑުން ބޭނުން ކުރަން ނިންމުމުން މައްސަލައަކަށް ވީކީއްވެތޯ ސުވާލު ކުރުމުން މަންޑޭ ބުޏި މިވީހާ ތަނަށް އެ ލަވަތައް އެކި ފަންނާނުން އައީ ބޭނުން ކުރަމުން ކަމަށާއި ތަފާތު ޝޯވްތަކާއި އިވެންޓުތަކުގައި އެ ލަވަ ބޭނުން ކުރަމުން އައިއިރު،ހާއްސަކޮށް އެންމެ ގިނައިން މި ލަވަ ބޭނުން ކުރަމުން އައި ’ސްކައި ރޮކުން’ވެސް އެ ލަވަ ހުށައަޅަމުން ދިޔައިރު މައްސަލައެއް ކްރިއޭޓުކޮށްފައި ނުވާނެ ކަމަށެވެ. އެއީ ފަންނާނުންނަށް ވީހާވެސް ގިނައިން ލަވަތައް ބޭނުން ކުރަން ހަރުބީން ހިތްވަރު ދިނުމުގެ ގޮތުން، އެކަން މައްސލައަކަށް ހަދަން ބޭނުން ނުވީ ކަމަށެވެ. ނަމަވެސް އެ ލަވަ ވިޔަފާރީގެ އުސޫލުން އާމްދަނީ ހޯދުމަށް ބޭނުން ކުރާ ނަމަ އެކަން އާއްމުންނަށާއި އަދި އެކަން ކުރާ ބަޔަކަށް އަންގަން ބޭނުން ކަމަށެވެ. ސްކައިރޮކުގެ އަލްބަމުގައި އެ ދެ ލަވަ ހިމެނުމުގައި އިއުތިރާޒު ކުރަނީ އެހެންވެއެވެ.

”އަހަރުމެންނާއި ސްކައިރޮކް ބޭންޑާއި އެއްވެސް މައްސަލައެއް ނެތް، ބޮޑަށް ލަފާ ކުރެވެނީ ސްކައި ރޮކަށްވެސް ނޭންގި ކުރެވިގެން އުޅޭ ކަމެއްހެން (މި ލަވަ ބޭނުން ކުރަނީ) ، އެއަށްވުރެ ޕްރޮފެޝަނަލް ހުނަރުވެރިން ތިބި ބޭންޑެއް އެއީ، އަނެއްކޮޅުން މި ލަވައިގެ މުއާމަލާތްތައް ހިނގި ދުވަސްވަރު ސްކައިރޮކް ބޭންޑު ނުވެސް އުފެދޭ، އެހެންވީމާ އީސަ އެމީހުންނަށް ދިން ނުބައި މައުލޫމާތަކުން ހެން ހީވަނީ އެ ލަވަ އެ ބޭނުން ކުރަނީ “ ހަރުބީގެ ވެރިޔާ މަންޑޭގެ ބުންޏެވެ.

މި ލަވައިގެ މައްސަލާގައި ސްކައިރޮކު ބޭންޑުގެ ޑްރަމަރު އަދި ބޭންޑު ހިންގުމުގައި އިސްކޮށް އުޅޭ ފައިޒާން (ފައި) މުރާސިލަށް މައުލޫމާތު ދެމުން ބުނީ އެމީހުން އަތުގައިވެސް އެ ލަވައާއި ބެހޭ ގޮތުން އީސައާއި ކުރި މުއާމަލާތްތަކުގެ ލިޔެކިޔުންތައް ހުރި ކަމަށެވެ. އަދި އެމީހުންވެސް ވަނީ މި ލަވައަށް ހައްގު އުޖޫރައެއް އީސައަށް ދީފައެވެ. ނަމަވެސް ފައި ބޭނުންވަނީ މި ކަމުގައި ސުލްހަވެރި ހައްލެކެވެ. ފައި ބުނާ ގޮތުން މިއީ ވަރަށް ކުޑަ އިންޑަސްޓްރީއެއް ކަމަށާއި މި ތަނުގައި (މިއުޒިޝަނުން) އެކަކު އަނެކަނާ މޫނުކެނޑޭ ގޮތަށް އުޅެން ބޭނުން ނުވާ ކަމަށެވެެ.

”މަށަކީ މިއުޒިޝަނުންނާ ވަރަށް ގާތުގައި ވަރަށް އެކީގަ އުލޭހިތްވާ މީހެއް، މައްސަލަތަކެއް މި ދާއިރާގައި ފެންނަން ބޭނުން ނުވާ މީހެއް، އެހެންވީމާ އަހަރެންގެ އެދުމަކީ ހަރުބީއާއި އެކީ އެއް މޭޒެއްގައި ތިބެ މި މައްސަލަ ހައްލު ކުރަން“ މީގެ ިއތުރުން ފައި ބުނީ ހަރުބވީއަކީވެސް ވަރަށް ހުނަރުވެރި ފަންނާނުން ތިބި ބޮޑުބެރު ގުރޫޕަކަށްވާއިރު، ހަރުބީގެ ހުނަރަށް ސްކައި ރޮކުން އަބަދުވެސް ސަޕޯޓު ކުރެއެވެ.

މި މައްސަލަ މިހިސާބުން ސަމުގާގެ ކަށިގޮސް ހުއްޓެނީ އީސައަށެވެ. މުރާސިލަށް ވާހަކަދެއްކި، މިއުޒިޝަނުން ބުނަނީ މި ލަވައިގެ މައްސަލާގައި ސްކައިރޮކް ބޭންޑާއި ހަރުބީގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހުރިހާ ގޯހެއް ހަދާފައިވަނީ އީސަ ކަމަށެވެ.. މި ކަމާ ގުޅިގެން ސޯސަލް މީޑިއާގައި އީސަ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަރުބީ އަށް އެ ލަވަ ވިއްކާފައިވަނީ ބޮޑުބެރު ގޮތަށް ކިއުމަށެވެ. ސްކައިރޮކުން ކުޅޭނީ ބޭންޑު (ޥާޝަން) އެވެ. އެހެން ކަމުން މި ދެ ތަފާތު ހަރުބީއަށް އެނގެން ވާނެ ކަމަށް އީސަގެ ބަޔާނުގައި ބުނެފައިވެއެވެ. އީސަ އިތުރަށް ބުނެފައިވަނީ އެ ލަވައިގެ ފިކުރީ ހައްގާއި އެހެނިހެން ހުރިހާ މިލްކެެއްގެ ވެރިއަކީ އީސާ އަބްދުﷲ ކަމަށާއި އެއްވެސް މީހަކަށް އެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

މި ކަމާއި ހަރުބީ ދެކޮޅު ހަދައެވެ. ހަރުބީން ބުނަނީ ލަވައިގެ ރާގާއި ޅެމާއި ހުރިހާ ކަމަށް ފައިސާ ދައްކާ މިލުކު ކުރުމުން، އެ ލަވަ ކިޔަންވީ ބޮޑުބެރުގައި ތޯ ނުވަތަ އެހެނިހެން އިންސްޓްރޫމަންޓުގައި ތޯ އެހެން ފަރާތަކަށް ނުނިންމޭނެ ކަމަށެވެ. މި މައްސަލާގައި ޝަރުއީ ކޮންމެ މަރުހަލާއަކަށް ދިއުމަށްވެސް ހަރުބީ އޮތީ ތައްޔާރަށެވެ. ހަރުބީން ބުނަނީ އެމީހުންވެސް ޕްލޭންތަކެއް ހަދައިގެން ބޮޑު ހަރަދުތަކެއްކޮށްގެން ކުރަމުންދާ މަސައްކަތްތަކަށް މި ފަދަ ހުރަސްތައް ކުރިމަތިވުމުން ވަރަށް ބޮޑު ހިތްހަމަ ނުޖެހުންތައް މެނޭޖްމަންޓާއި ބޭންޑު ކުދިން ތެރޭގައިވެސް ހުރި ކަމަށާއި މި ކަމުގައި ހަރުބީން ކުރިއަށް އޮތްތަނުގައި ދޫ ނުދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 1

  1. އެމިނަމް އައްޔަ says:
    1 year ago

    ހަރުބީއަށް 2012 ފައި އީސަ ވިއްކާފައި ވާ ދެ ލަވަ، ސަމުގާ އަދި އިރު، ހަރުބީ އިން ރަޖިސްޓަރ ކޮށްފައި ވަނިކޮށް ، އެހެން ބަޔަކަށާ 2024 ގައި ވިއްކާ ލުމަކީ ވަރަށް ދަށުދަރަ ޖައިގެ ނާތަހުޒީބީ އަމަލެކެވެ. ހަރުބީ އިން އަޑު އުފުލަނީ އެމީހުންގެ ހައްގު ކަށަވަރު ކުރުމަށެވެ. ކޮޕީ ރައިޓްސް ގާނޫން 10-ހ ށ ނ ރ އިން ވެސް ބަޔާން ކޮއްފަ ވަނީ މުސައްނިފު ވިއްކުމަށް ފަހު މިލްކު ވެރި ފަރާތަކީ އެ ގަތް ފަރާތެވެ.. އހ ލަވް އެންޑް ޕީސް ކަޓް

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©