• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ވައުދު ފުއްދާނެ ގޮތެއް ބުނެ ނުދީ ރައްޔިތުން ކުރިމަތީ ދޮގު ހަދަމުންދާ ކެންޑިޑޭޓުން!

by އަބްދުﷲ ސަފީގު އަލީ
އޯގަސްޓް 29, 2023
in ރިޕޯޓު
0
ވައުދު ފުއްދާނެ ގޮތެއް ބުނެ ނުދީ ރައްޔިތުން ކުރިމަތީ ދޮގު ހަދަމުންދާ ކެންޑިޑޭޓުން!

ރިޔާސީ އިންތިހާބުގެ ފޯރީގައި މި ދުވަސްކޮޅު އެންމެ ބޮޑަށް އިވެނީ ކޮށްދޭނެ ކަންތައްތަކާއި ރައްޔިތުންނަށް ވާ ވައުދުތަކުގެ ވާހަކައެވެ. ބައެއް ވައުދު ތަކުގައި ކޮށްދޭން ބުނާ ކަންތައްތަކަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަން ކަމެއް ނޫން ކަން ޚުދު އެ ކެންޑީޑޭޓުންނަށްވެސް ގަބޫލުކުރެވޭނެ ކަންކަމެވެ. ދިވެހި ރައްޔިތުންގެ ހޭލުންތެރިކަމާ ގިނަ މީހުން މައުލޫމާތު ހޯދުމުގެ ޝައުގުވެރިކަން ނުހުރުމުގެ ފައިދާ ނަގައިގެން ކޮންމެ ފަދަ ވައުދެއްވެސް ވަނީއެވެ. މޫނަށް ރުލެއް އަރުވާނުލާ ’ދޮގެއް؛ ހަދާލައިގެންވެސް ބޭނުންވަނީ ވެރިކަމަށް އައުމެވެ. ހަގީގަތުގައި އެ ވައުދެއް ފުއްދާނެ ގޮތެއް ގޮތްތަކެއްވެސް ބުނެދޭން ޖެހެއެވެ.

މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑު ކުރާނަން!

މަސްވެރިންގެ އަތުން މަސްގަތުމުގެ އަގު ބޮޑު ކުރާނީ ކިހިނެއް ހެއްޔެވެ. މަސްވެރިން އަތުން ގަންނަ މަސް އެކި ގޮތްގޮތް ހަދައިގެން ވިއްކަނީ ރާއްޖެއިން ބޭރަށެވެ. އެންމެ އާދައިގެ ވިޔަފާރީގައިވެސް ގަނެ ވިއްކުމުގެ ހިސާބު ޖަހަނީ ގަންނަން ބޭނުންވާ މީހުންނަށް ގަނެވޭ ވަރާއި ތިމާ ވިއްކަން ބޭނުންވާ މުދާ ވިއްކޭނެ އަގުގެ ފަރަގަކީ ފައިދާ ކަމަށް ބަލައިގެންނެވެ. ރާއްޖެއިން ބޭރަށް މަސް ވިއްކަނީ އެތަނުން މަސް ގަންނަން ބޭނުންވާ އަގެއް ހަމަޖައްސައި އެގޮތަށް އެއްބަސް ވެގެންނެވެ. އެއީ ދިވެހި މަސްވެރިން ނުވަތަ ސަރުކާރުން ނިންމާ ނިންމުމެއްނޫނެވެ. ދިވެހިން ނޫނަސް މަސް ބާނައިގެން މަހުގެ ވިޔަފާރި ކުރާ އެތައް ބަޔަކު އުޅޭ އިރު، ބޭރަށް ވިއްކާ އެއްޗެއްގެ އަގު ހަމަޖައްސަން ޖެހެނީ ދުނިޔޭގެ މާކެޓް އަގަކަށެވެ. އެހެން ވިޔަސް މަސްވެރިންނަށް އޮޅުވާލުމަށް މަސް ގަންނަ އަގު ބޮޑު ކުރުމުގެ ވައުދަކީ ހަގީގަތުގައި ވެސް ހެދޭ ވަރަށް ބޮޑު ދޮގެކެވެ. މަސްވެރިން ބޭނުން ނުވާ އަގަކަށް ނުވިކުމުން ކަނޑަށް އުކާލުން ފަދަ ކަންކަން ކުރެވެނީ އެފަދަ ވައުދުތަކުގެ ޖަޒުބާތުގައި ޖެހިގެންނެވެ. މަސް ގަންނަ އަގު ބޮޑު ކުރަން ބޭނުން ނަމަ ދަރަނީގައި ހިންގާ މިފްކޯއަށް އަނެއްކާވެސް ޖެހޭނީ ސަބްސިޑީއެއް ދީގެން އެ ބައި ފޫ ބައްދާށެވެ. އެއީ އަނެއްކާވެސް ދައުލަތުގެ ހަރަދުން އެތައް ތަނެއްގެ ބުރަ ބޮޑުވުމެކެވެ. މަހުގެ އަގު އެރުމާއި ވެއްޓުން ގުޅިފައިވަނީ ޑިމާންޑާއި ސަޕްލައިގެ ތެރެއިންނެވެ.

ޑޮލަރު ލިމިޓު އުވާލުން:

ބެންކު އޮފް މޯލްޑިވްސްއަކީ ސަރުކާރު ހިއްސާވާ ހަމައެކނި ބެންކު ވިޔަސް އެތަން ހިންގަން ޖެހެނީ ވިޔަފާރި އުސޫލާއި ދުނިޔޭގެ ބެންކިން ނިޒާމުގެ ތެރެއިން އުފެދިފައިވާ އުސޫލުގެ ތެރެއިންނެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ބަލާއިރު އެތައް މިލިއަން ޑޮލަރެއް ހޭދަވަނީ ރާއްޖެއަށް ބޭނުންވާ ސާމާނު ގަތުމަށެވެ. ބޭހާއި ތެލާއި ކާބޯތަކެއްޗާއި އިންޑަސްޓްރިއަލް އެތައް އެއްޗެއް ބޭރުން ގަންނަން އެތައް މިލިއަން ޑޮލަރެއް ވިޔަފާރިވެރިން ބޭނުންވެއެވެ. އެކަމަށް މިހާރުވެސް ސަރުކާރުންދަނީ ގޮތްތަކެއް ހަމަޖައްސަމުންނެވެ. ޑޮލަރު ލިމިޓުގެ މައްސަލަ ޖެހެނީ އާއްމުންނަށެވެ. އެމީހުން ރާއްޖެއިން ބޭރަށްދާ ކޮންމެ ފަހަރަކު ހަރަދު ކުރަން ހިތުހުރި ވަރަކަށް ޑޮލަރު ބޭނުންވެއެވެ. ޑޮލަރަކީ އަހަރުމެންގެ ފައިސާއަށް ނުވެފައި އަހަރުމެންގެ އެކައުންޓުގައިވެސް ނެތް ފައިސާއަކަށްވެފައި ދިވެހި ރުފިޔާ ދޭ ވަރަކަށް ޑޮލަރު ލިބޭނީ އެވަރުގެ އަދަދެއްގެ ޑޮލަރު ބެންކު ތަކަށް ވަދެގެންނެވެ. ޓުއަރިޒަމާއި މަސްވެރިކަމަކީ މޫސުމީ ކަމަށްވުމުން،އެންމެ ދަށް ސީޒަނުގައި އަބަދުވެސް ޑޮލަރަށް ޖެހެއެވެ. އެކަން ބަދަލު ކުރަން ޑޮލަރު ލިމިޓު އުވާލާނެ ކަމަށް ބުނާ ކެންޑިޑޭޓެއް ހަގީގަތުގައި އެ ހަދަނީ ވަރަށް ބޮޑު ދޮގެކެވެ. އޭގެ ބަދަލުގައި ޑޮލަރުގެ މުއާމަލާތްތައް މަދުކޮށް އެހެން ގޮތްގޮތް ހޯދާނެ ކަމަށް ވައުދުވާ ނަމަ ތަންކޮޅެއް މި ޒަމާނާ ގުޅެއެވެ. ރާއްޖޭގެ ބޭނުންތަކަށް ފުދި އިތުުރުވާ ވަރަށް ޑޮލަރު ހުރެފައި ޑޮލަރު ވިއްކޭނެ ސީލިންގ އުވާލުމުންވެސް ޑޮލަރުގެ ލިމިޓު އުވާލެވިދާނެ ކަމަށް ގަބޫލުކުރެވެއެވެ.

ޕޭޕަލް ރާއްޖެ ގެންނާނަން:

ޕޭޕަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ލާރި ފޮނުވުމާއި ލިބިގަތުމަށް ބޭނުންކުރާ އެންމެ ރައްކާތެރި އެއް ވަސީލަތެވެ. ކުރިން އެލަން މަސްކު ހިންގެވި ޕޭޕަލް ގެ ހިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައ ބޭނުން ކުރަމުންދަނީ އެ ކުންފުނިން އެކަން ބޭނުން ވުމުންނެވެ. ޕޭޕަލް އަކީ ގައުމެއް ނޫނެވެ. ދިވެހި ސަރުކާރުން ބުނާހާ ގޮތެއް ހަދަން ’ކަމެއް ކޮށްދޭން‘ ބުނީމާ ބުނާގޮތް ހަދާ ކަހަލަ ސިޔާސީ ބައެއްވެސް ނޫނެވެ. އިންޑިޔާއިން ރާއްޖެއަށް ހާއްސަ ގޮތެއް ހަދާލައިގެން ފިޔާ އަލުވި ބިސް ފޮނުވާ ގޮތަށް ޕޭޕަލުން ގެންގުޅެނީ ސިޔާސީ ޕޮލިސީއެއްނޫނެވެ. އެމީހުންގެ ހިދުމަތްތައް ދިނުމަށް ބަލާ މިންގަނޑަށް ފެތޭ ގައުމުތަކުގައި އެ ހިދުމަތް ދިނުމަކީ އެމީހުންގެ އަމިއްލަ ނިންމުމެކެވެ. އެކަން ހިޔާރު ކުރާނީވެސް ޕޭޕަލުންނެވެ. އެ މީހުން ބަލާ މިންގަނޑުތަކާއި ޕޭޕަލްގެ ޕޮލިސީގެ ތަފްސީލު ވަރަށް ދިގެވެ. ކުރުކޮށް ބުނާ ނަމަ މިހާރުވެސް ލާރި ފޮނުވޭ ގޮތަށް ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ލިބިފައި، ފައިސާ ލިބޭ ގޮތް ނެތުމަކީ އެމީހުންގެ އަމިއްލަ ނިންމުމެވެ. އެއީ ޕޭޕަލްއިން ބޭނުންވާ ވެރިއެއް ހުރެގެން ކުރާ ކަން ކަމެއްނޫނެވެ. އެހެން ނޫނަސް މި ޒަމާނުގައި ޕޭޕަލް ގޮތަށް ހިދުމަތްދޭ އެތައް ކުންފުންޏެއް ހުރެއެވެ. ދިވެހިންނަށް އަބަދުވެސް ދަންނަ ނަމެއް ބްރޭންޑެއްގައި ހިފައިގެން ތިބީމާ އެކަމެއް ރިޔާސީ ވައުދަކަށްވެސް ހަދަން ކެނޑިޑޭޓުންނަށް ފަސޭހަވަނީއެވެ. ކޯސްޓު ކިރާއި ކޯރާޑި ތެލުގެ ލިސްޓަށް ޕޭޕަލްވެސް މިވަނީ ވަދެފައެވެ. ރަށެއްގެ އިހުތިސާސް ތެރެއަށް ފަޅުރަށެއް އިތުރުކޮށްލާ ގޮތަށް، ރާއްޖޭގެ އިހުތިސާސް ތެރެއަށް ޕޭޕަލްވެސް ލާނެ ކަމަށް ބުނާ ހިސާބަށް ކެންޑީޑޭޓުން ދަނީ ވައުދުވަމުންނެވެ.

ޗާގޯސް ރާއްޖޭގެ ދަށަށް ގެނައުން:

ޗާގޯސް މައްސަލައަކީ މިއަަދަކު މި ވެރިކަމުގައި ޖެހިގެން އުޅޭ މައްސަލައެއްނޫނެވެ. ޗާގޯސް ގެ ރައްޔިތުން އެމީހުންގެ ވަޒަން ބޭނުން ވެގެން ދުނިޔޭގެ ކޯޓުތަކުގައި ހިނގާތާ އެތައް އަހަރެއް ވެއްޖެއެވެ. މޮރިޝަސް ގެ ދަށަށް ޗާގޯސް ދިއުމަށް ނިންމި ނިންމުމަކީވެސް އެތަނުގެ ވަޒަންވެރިން ގެ ނިންމުމެކެވެ. އެކަމާ ދެކޮޅު ހަދަމުންދިޔައީ ޗާގޯސް ހިފައިގެންތިބި އިނގިރޭސިންނެވެ. އެންމެ ފަހުން އިނގިރޭސިންވެސް ނިންމީ އެތަން މޮރިޝަސްއާ ހަވާލުކުރުމަށެވެ. މި ހުރިހާ ކަމެއް ކުަރަމުން ދިޔައިރު މަންޒަރު ބަލަން ތިބި ވެރިން އަނެއްކާވެސް ވައުދުވަނީ ޗާގޯސް ނުވަތަ ޗާގޯސްގެ ކަނޑު ހޯދާދޭނެ ކަމުގެ ވައުދެވެ. ޗާގޯސް ކަނޑަކީ އެތަން މިނިވަންވެ ވަކި ބަޔަކަށް ދިއުމުން ބައިނަލްއަގުވާމީ ގޮތުން ނިންމި ނިންމުމެކެވެ. އެކަން ނިމުނީވެސް މޮރިޝަސްއިން އެދުނު ގޮތަކަށް ނޫނެވެ. ރާއްޖެއިން އެދުނު ގޮތަށެވެ. އެ މައްސަލައަށް ރާއްޖެއިން ވަންނަން ޖެހުނީ ކަނޑުގެ އިން ފުށުއަރާ ގައުމަކަށް ރާއްޖެވުމުންނެވެ. އެ މައްސަލައިގައި ރާއްޖެއިން ވަކާލާތު ނުކުރިޔަސް އެ ކަނޑުގެ މިން ޖަހާނެއެެވެ. އެއީ ދުނިޔޭގެ ޗާޓު ތަކާ ބެހޭ ކޯޓުގެ ނިންމުމެވެ. އެކަމަށް ގޮން ޖަހާފައި ރާއްޖޭގެ ދަށަށް ޗާގޯސްއާއި އެ ކަނޑު އެކީ ގެނެވެން އޮތީ ހަނގުރާމަކޮށްގެންނެވެ. އެކަން ކުރާއިރު ގިނަ ދިވެހިންނަށް ނޭންގޭ ކަމަކަކީ ޗާގޯސްގެ ސަރަހައްދެއްގައި އެމެރިކާގެ ބިޔަ އަސްކަރީ މަރުކަޒެއްވެސް ހުންނަ ކަމެވެ. މޮރިޝަސްއިންވެސް އެކަމަކާ ނުބެހެއެވެ. އަހަރުމެން ހަނގުރާމަކޮށް ތަނެއް ހިފައި ބަޔަކު އަޅުވެތި ކުރުމުގެ ވައުދުގައިވެސް މި ތބީ ޖެހެވިފަައެވެ.

މީގެ އިތުރުންވެސް ވައުދު ފުއްދާނެ ގޮތެއް ބުނެ ނުދީ ރައްޔިތުންގެ ޖަޒުބާތާއި ކުޅެލުމުގެ ނިޔަތުގައި ވައުދުތަކެއް ވަމުންދާއިރު އެކަމާ ސުވާލުކޮށްލާނެ ރައްޔިތަކު އެ ޖަލްސާތަކުގައި ނެތުމަކީ ކެންޑިޑޭޓުންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ. މި ރަށުގައި މި ކަމެއް ކުރާނެ ކަމަށް ބުނާއިރު އެ ފައިސާ ލިބޭނެ ގޮތާއި ބަޖެޓުކުރާނެ ގޮތްތައްވެސް އޮޅުން ފިލުވަން ޖެހެއެވެ. މި ސުވާލުނުކޮށް، މި ވިސްނުން ނުގެންގުޅެ، އެ ބުނާ ވައުދެއް ނުފުދުނީމާ އަނެއްކާވެސް ނިކުންނަންވީ ވެރިކަން ބަދަލުކުރާށެވެ. ބަދަލު ކުރަންވީ ވެރިންނާއި ވެރިކަމެއްނޫނެވެ. އަހަރުމެންގެ ވިސްނުމެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©