• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

”މި ކުންފުނިން އެތެރެކޮށްފައިވާ ސިނގިރޭޓާއި ބެހޭގޮތުން ސީޖީޓީ ކުންފުނިން ދައްކަނީ ރަނގަޅު ވާހަކައެއްނޫން“ – އެގްޒޮޓިކް

by އަބްދުﷲ ސަފީގު އަލީ
ޑިސެމްބަރ 27, 2023
in އިގްތިސާދު
0
”މި ކުންފުނިން އެތެރެކޮށްފައިވާ ސިނގިރޭޓާއި ބެހޭގޮތުން ސީޖީޓީ ކުންފުނިން ދައްކަނީ ރަނގަޅު ވާހަކައެއްނޫން“ – އެގްޒޮޓިކް

ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ސިނގިރޭޓާއި ބެހޭގޮތުން ’ސީޖީޓީ‘ ނަމަކަށް ކިޔާ ކުންފުންޏަކުން ދައްކަމުން އަންނަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެގްޒޮޓީކް ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ ސިވިލް ކޯޓަށް ހުށައަޅައި, އެ ކުންފުނިން އެތެރެކޮށްފައިވާ ސިނގިރޭޓު ތަކެއް ހިފެހެއްޓުމުގެ އަމުރެއް ނެރުނުކަން އިނގޭ ކަމަށާއި ނަމަވެސް އެ އަމުރު ނެރުނީ ކޮން ކަންކަމަކަށް ބަލާފައި ކަމެއް ސާފު ނުވާ ކަމަށެވެ. މި ގޮތުން ދުނިޔޭގެ މާކެޓުން ރާއްޖެއަށް ބޭނުން ބުރޭންޑެއްގެ ތަކެތި އެތެރެ ކުރެވޭއިރު ވަކި ބަޔަކަށް އެ މުދަލެއް (ރާއްޖޭގައި) ވިއްކުމުގެ ހުއްދަ ހަމައެކަނި އޮންނަ ފަރާތްކަމަށް ބުނެ، އެހެން ވިޔަފާރިވެރިން އެތެރެކުރާ މުދާ ހިފެހެއްޓޭނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. ރާއްޖޭއަށް މުދާ އެތެރެ ކުރުމާއި ވިއްކުމުގެ ގާނޫނާއި ގަވައިދުގައިވެސް އެ ވާހަކަ އެހާ ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

ބޭރުގެ ބުރޭންޑުތަކުގެ މުދާ، ރާއްޖޭގައި ވިއްކޭނެ ހަމައެކަނި ފަރާތް ކަމަށް ބުނާ އެތައް މުދަލެއް (އެ ބުނާ ފަރާތަކާއި ގުޅުމެއް ނެތް ފިހާރަތަކުން) މިހާރުވެސް އެތެރެކޮށް ވިއްކަމުން ގެންދާ ކަމަށާއި އެކަމާ ބެހޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވަނީ ކީއްވެތޯ އެ ފަރާތުން ސުވާލު އުފައްދައެވެ. މި ގޮތުން ބަލާނަމަ ހޮންޑާ ސައިކަލާއި އޭގެ ސްޕެއަރ ޕާޓްސް، ޔަންމާ އިންޖީނުގެ ސްޕެއަރސް، މަކިޓާ ބުރޭންޑު އަދި މި ނޫނަސް އާއްމުކޮށް އިސްތިހާރުތަކުގައި ބޭނުންކުރާ ’އޮތޮރައިޒްޑު ޑިސްޓްރިބިއުޓް ކުރާ‘ ކަމަށް ބުނާ ކުންފުނި ނޫން ތަންތަނުން އެ މުދާ އެތެރެކޮށް ރާއްޖޭގައި ވިއްކަމުންދެއެވެ. ކާބޯތަކެތީގެ ތެރޭގައި ހިމެނޭ މައިލޯ، ކެވިންސް، ބިސްކޮލާޓާ ފަދަ ބުރޭންޑުތަކާއި ކޮސްމެޓީކްސް ގެ ބާވަތްތައް ކަމަށްވާ ޖޮންސަން ބޭބީ، ކޮލްގެޓު، ލައިފްބޯއީ ސައިބޯނި ފަދަ ވަރުގަދަ ބުރޭންޑުތައް، ބޭނުން ބަޔަކު އެތެރެކޮށް ވިއްކަމުންދާއިރު މިހާތަނަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ވާދަވެރި މާކެޓެއްގައި މުދަލުގެ އަގު ހެޔޮވާނެ ކަމަށް ދެކޭތީ ކަމަށް، ލަފާ ކުރެވޭ ކަމަށްވެސް އެފަރާތުން ބުނެއެވެ.

އެގްޒޮޓިކު ކުންފުނިން ބުނަނީ، ސީޖީޓީ ކިޔާ ކުންފުންޏަކުން މިވެނި އެއްޗަކީ ފޭކު އެއްޗެކޭ ބުނާއިރު އެއީ ކިހިނެތް ކޮން ގޮތަކުން ބަލާފަ ބުނާ ވާހަކައެއް ކަމެއްވެސް ނޭންގޭ ކަމަށާއި އެ ފަރާތަށް ބޮޑަށް ލަފާ ކުރެވެނީ ސިނގިރޭޓު މާކެޓުގައި އެ ބުނާ ވިހި އަހަރުގެ ރަސްކަން ނިމުމަކަށް އަންނާތީ ނުވަތަ ސިނގިރޭޓު އަގުހެޔޮވެދާނެތީ، ކޯޓަށް މައްސަލައެއް ލައިގެން، އެގްޒޮޓީކް ކުންފުނިން ވިޔަފާރި ކުރުމަށް ހުރަސް އެޅުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

އެގްޒޮޓީކް ކުންފުނިން އަންނަނީ މި މައްސަލަ ހައިކޯޓަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ފަރާތުގެ ކަންބޮޑު ވުމަކީ ރާއްޖޭގެ ގާނޫނާއި އެއްގޮތަށް، ދުނިޔޭގެ ބާޒާރުން ގަނެފައިވާ މުދަލެއް، ވިއްކަމުން ދަނިކޮށް ހުއްޓުވި މައްސަލައެވެ. އަދި އެ ފަރާތުން ފާހަގަކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނީ ބުރަދަނެއްނެތި، އެ ކުންފުނީގެ މުދާ ހިފަހައްޓާފައިވާއިރު އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ދޭން ޖެހޭ ހާލަތެއްގައި އެކަމާ ޒިންމާވާނެ ފަރާތެކެވެ. އައު ސަރުކާރެއްގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފަށައިގަނެ، ރައީސް ޑރ.މުއިއްޒު ތަރައްގީގެ ދުވެލި ހިންގާލަން ފަށާފައިވާ ދުވަސްކޮޅެއްގައި ސަރުކާރުން ގެއްލުމުގެ ބަދަލަށް ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހިއްޖެ ނަމަ އެއީ ސަރުކާރަށްވެސް ލިބޭނެ މާލީ ބުރައެއް ކަމަށް އެ ކުންފުނިން ދެކެއެވެ. އެފަދަ ހާލަތެއް ދިމާވާކަށް އެގްޒޮޓިކު ކުންފުނިން ބޭނުން ނުވެއެވެ.

އެގްޒޮޓިކް ކުންފުނިން އެދެނީ އެމީހުންގެ މުދާތައް ދޫކޮށްލައި އެހެން ވިޔަފާރިވެރިންވެސް ވިޔަފާރި ކުރުމުގައި އޮންނަ މިނިވަންކަމާއެކު އެމީހުންނަށްވެސް ވިޔަފާރި ކުރުމުގެ މިނިވަންކަމާއި ރައްކާތެރި ކަމެވެ.

ކޯޓަށް މައްސަލަތަކެއް ވައްދައިގެން، ރާއްޖޭގެ މީޑިއާތަކުގައި އެ ކުންފުނި އަގުވެއްޓޭ ގޮތަށް ހަބަރު ފަތުރައިގެން މިހާރުވެސް އެ ކުންފުންޏަށްވަނީ އިޔާދަ ނުކުރެވޭވަރުގެ ގެއްލުންވެފައި ކަމަށްވެސް އެ ފަރާތުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ބާޒާރުގައި ފިޔާ، ބިހުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ

ބާޒާރުގައި ފިޔާ، ބިހުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ

ޖޫން 6, 2024
ތިން ރަށެއްގައި އެމްޓީސީސީގެ ކަށަވަރު ޝޯވްރޫމު ގާއިމު ކުރަނީ

ތިން ރަށެއްގައި އެމްޓީސީސީގެ ކަށަވަރު ޝޯވްރޫމު ގާއިމު ކުރަނީ

ޖެނުއަރީ 13, 2024
މިއަދުގެ ހުކުރު ހުތުބާ: މުދަލުގެ އަސްލު އޮޅުވާލާ، ގަޑުބަޑުކޮށްގެން ވިއްކާ މީހުންނަށް ވަރުގަދަ މެސެޖެއް

ފިޔާ، ބިސް، އަލުވި އަގު ހެވެއްނުވި، މިއީ ދާއިމީ އަގުތަކަށްވެސް ވެދާނެ!

ޖެނުއަރީ 4, 2024
ސްޓާލިންކު ހިދުމަތް ރާއްޖެއަށް، މަހުފީއަށް 1000 ރުފިޔާ

ސްޓާލިންކު ހިދުމަތް ރާއްޖެއަށް، މަހުފީއަށް 1000 ރުފިޔާ

ނޮވެމްބަރ 10, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©