• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފިޔާ، ބިސް، އަލުވި އަގު ހެވެއްނުވި، މިއީ ދާއިމީ އަގުތަކަށްވެސް ވެދާނެ!

by އަބްދުﷲ ސަފީގު އަލީ
ޖެނުއަރީ 4, 2024
in އިގްތިސާދު
0
މިއަދުގެ ހުކުރު ހުތުބާ: މުދަލުގެ އަސްލު އޮޅުވާލާ، ގަޑުބަޑުކޮށްގެން ވިއްކާ މީހުންނަށް ވަރުގަދަ މެސެޖެއް

ބާޒާރުގައި ފިޔާ އަލުވި ބިސް ފަދަ ތަކެތީގެ އަގު ބޮޑުވި ގޮތަށް ދެމަސްވީއިރުވެސް ހެޔޮވެފައި ނުވާތީ މިއީ ދާއިމީ އަގުތަކެއް ކަމަށް ވެދާނެ ކަމަށް ވިޔަފާރިވެރިިން ބުނަން ފަށައިފިއެވެ.

އިންޑިޔާއިން ރާއްޖެ އެތެރެކުރާ ބައެއް ސާމާނު އަގު ބޮޑުވެފައިވާއިރު އާއްމުކޮށް ހަފްތާއެއް ފަހުން އަގު ތިރިވެއެވެ. ނަމަވެސް މި އަހަރު އޮގަސްޓު ފަހުކޮޅުން ފެށިގެން ބިސް، ފިޔާ އަލުވި ފަދަ ބާވަތްތައް އަގު ބޮޑުވި ގޮތަށް ހުރީ ހިފެހެއްޓިފައެވެ. ދިވެހިން އެންމެ ގިނައިން ބޭނުންކުރާ މި މުދަލުގެ އަގު ބޮޑުވީ އިންޑިއާގައި ހައްދާ ތަކެތީގެ ތެރެއިން ގައުމުން ބޭރުކުރާ ތަކެތި ކޮންޓްރޯލްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން އެހެން ގައުމުތަކަށް އިންޑިއާއިން ވިއްކާ ތަކެތީގެ ކޮންޓްރޯލް ސަރުކާރުގެ ދަށަށް ގެނަޔަސް ރާއްޖެއަށް ދަތި ނުވާ ވަރަށް ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން އަބަދުވެސް އަންނަނީ ބުނަމުންނެވެ. މީގެ ކުރީގައި މި ގޮތަށް ތަކެތީގެ އަގު ބޮޑުވުމުން އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ބޭނުންވާ ތަރުކާރީގެ ބާވަތްތަށް ލިބެއެވެ.

އާއްމުކޮށް ކާބޯތަކެތީގެ އަގު އުފުލެނީ ރޯދަމަސް ނުވަތަ ރޯދަމަހުގެ ކުރިން ވިޔަސް މި ފަހަރު ރޯދަމަހާ ގުޅުމެއް ނެތް ގޮތަށް ތަކެތީގެ އަގު ބޮޑުވުމުން ރޯދަމަހާ ހަމައަށްދާއިރުވެސް މި ބާވަތްތައް އަގު ހެޔޮވާނެ ކަމަށް ވިޔަފާރިވެރިން ލަފައެއް ނުކުރެއެވެ. މީގެ ކުރިން ތަކެތީގެ އަގު ބޮޑުވާ ދަނޑިވަޅުތަކުގައި އެސްޓީއޯއިން އެ ބާވަތްތައް އެތެރެކޮށް އާއްމުންނަށް އަގުހެޔޮކޮށް ވިއްކިޔަސް މި ފަހަރު އެސްޓީއޯއިންވެސް މިފަދަ ބާވަތްތައް ގެނެސް ވިއްކާނެ ކަމުގެ މައުލޫމާތެއް މިހާތަނަށް ދީފައި ނުވެއެވެ.

މީގެ ކުރިން ދުވަހަކުވެސް އަގުބޮޑު ނުވާވަރަށް ބިހުގެ އަގުވަނީ ބޮޑުވެފައެވެ. މިހާރު ވަކިން ބިހެއް ލިބެނީ 3 ރުފިޔާއަށެވެ. ފިޔާ ކިލޯއެއް 25 ރުފިޔާގައި އުޅޭއިރު މިއީ މިހާތަނަށް ފިޔާގެ އަގު އެންމެ ބޮޑުވި ދުވަސްވަރެވެ.މީގެ އިތުރުން ޓޮމާޓޯ، ކެބެޖު، އަލުވި، ކެރެޓުގެ އަދި ލޮނުމެދު ފަދަ އާއްމު ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ބޭރުން މުދާ ލިބުމުގައި، ހާއްސަކޮށް އާއްމުކޮށް ކެއިން ބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ނެތް ކަމަށާއި އެހެންކަމުން މުދަލުގެ އަގު ބޮޑު ނުކުރުމަށް ވިޔަފާރިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ފަހުންވެސް މުދަލުގެ އަގުދަނީ ބޮޑުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ބާޒާރުގައި ފިޔާ، ބިހުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ

ބާޒާރުގައި ފިޔާ، ބިހުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ

ޖޫން 6, 2024
ތިން ރަށެއްގައި އެމްޓީސީސީގެ ކަށަވަރު ޝޯވްރޫމު ގާއިމު ކުރަނީ

ތިން ރަށެއްގައި އެމްޓީސީސީގެ ކަށަވަރު ޝޯވްރޫމު ގާއިމު ކުރަނީ

ޖެނުއަރީ 13, 2024
”މި ކުންފުނިން އެތެރެކޮށްފައިވާ ސިނގިރޭޓާއި ބެހޭގޮތުން ސީޖީޓީ ކުންފުނިން ދައްކަނީ ރަނގަޅު ވާހަކައެއްނޫން“ – އެގްޒޮޓިކް

”މި ކުންފުނިން އެތެރެކޮށްފައިވާ ސިނގިރޭޓާއި ބެހޭގޮތުން ސީޖީޓީ ކުންފުނިން ދައްކަނީ ރަނގަޅު ވާހަކައެއްނޫން“ – އެގްޒޮޓިކް

ޑިސެމްބަރ 27, 2023
ސްޓާލިންކު ހިދުމަތް ރާއްޖެއަށް، މަހުފީއަށް 1000 ރުފިޔާ

ސްޓާލިންކު ހިދުމަތް ރާއްޖެއަށް، މަހުފީއަށް 1000 ރުފިޔާ

ނޮވެމްބަރ 10, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©