• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝިޔާމުގެ ތާއިދު މުއިއްޒަށް، އެމްޑީއޭ މެމްބަރުން ރަތަށް

by އަބްދުﷲ ސަފީގު އަލީ
ސެޕްޓެމްބަރ 27, 2023
in ރިޕޯޓު
0
ޝިޔާމުގެ ތާއިދު މުއިއްޒަށް، އެމްޑީއޭ މެމްބަރުން ރަތަށް

”އަޅުގަނޑަކީ ދެފުށްކެހެރި ވާނެ މީހެއްނޫން، އަޅުގަނޑު ނިންމާ ގޮތެއްގައި ދެމި ތިބޭނަން، ކޮވިޑް މެނޭޖް ކުރުމާއި ކޯލިޝަން ދެމެހެއްޓުމުގެ ޗެމްޕިއަނަކީ ރައީސް ސޯލިހު…“ މިއީ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެމްޑީއޭ ކޯލިޝަން ހެދުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި އެމްޑީއޭގެ ލީޑަރު ޝިޔާމު (ސަން ޝިޔާމު) ދައްކާފައި ހުރި ބައެއް ވާހަކަތަކެވެ. އެންމެ ގިނައިން ތަކުރާރު ކުރެއްވި ބަސްތަކެވެ. ރާއްޖޭގެ ގިނަ ރަށްރަށަށް ރައީސް އަރިހުގައި ދަތުރު ކުރެއްވިއެވެ. އަމަލީ ގޮތުން ކެމްޕޭނުގައި ބައިވެރިވެ ރައީސް ސޯލިހާއި އެއްވަރުގެ އިއްޒަތެއް ރައްޔިތުންނާ ސަޕޯޓަރުންގެ ފަރާތުން ލިބުނެވެ. އެމްޑީއޭ އަބަދުވެސް އޮންނާނީ ގަދަކޮށް ރައީސް އަރިހުގައި ކަމަށް ތަކުރާރުކޮށް ޔަގީންކަން ދިނެވެ.

މިި ޔަގީންކަން އޮތީ ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއާއި ހަމައަށެވެ. ވާދަވެރި ކެންޑިޑޭޓް ޑރ. މުއިއްޒު ފުރަތަމަ ބުރުގައި ކުރިހޯދައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް މަދު ވޯޓުތަކެއް ލިބުނު ހިސާބުން ވާދަވެރި ޕާޓީތަކުން ބުނަމުންދިޔައީ ޝިޔާމު ގެއްލިއްޖެ ކަމަށެވެ. އުއްމީދުކުރި ވަރަށް ވޯޓު ނުލިބުމާއި އެއްބުރުން އިންތިހާބު ކާމިޔާބު ނުކުރެވުމުން ޝިޔާމު މާޔޫސްވީ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ ޑރ. މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ބަލައި އެކޮޅަށް އަރަން ’ޑީލެއް‘ ހައްދަވަނީއެވެ. ބައެއް ދިވެހިންގެ އާއްމު ވިސްނުމުގައި ހުންނަ ގޮތަށް މޮޅުވާ ކޮޅަކީ މަގޭ ކޮޅު ކަމުގައި ހަދައި އެ ވިސްުނުން ޝިޔާމާއި އަދި އެ ޕާޓީގެ ބައެއް އެކްޓިވިސްޓުންގެ ބޮލަށް އައީއެވެ. އެެހެންވިޔަސް އެ ޕާޓީގެ އިސްބޭފުޅުން ދިޔައީ ރައީސް ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެ މި ތިބީ ގަދަކޮށް ކަމަށް ބުނަމުންނެވެ.

އިންތިހާބުގެ ދެވަނަ ބުރަށް 3 ދުވަހަށް ވެފައިވަނިކޮށް ކުއްލިއަކަށް ރައީސް ސޯލިހާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅާލި ކަމަށް ބުނެ އެމްޑީއޭގެ ކައުންސިލުން ނިންމު ނިންމުން ގިނަ ބަޔަކު ހައިރާނެއް ނުވެއެވެ. ހައިރާންވީ ސިޔާސީ މީހުން ދައްކާ ކޮންމެ ވާހަކައެއް އަޑުއަހާ ގަބޫލުކުރި އާއްމު ބައެއް ރައްޔިތުންނެވެ. ރޭގެ ކަންމަތީ ޖަލްސާއާ ހަމައަށް އެމްޑީއޭގެ ކޮންމެވެސް އިސްވެރިއެއް ރައީސް އަރިހުގައި ހުއްޓަސް އެމްޑީއޭގެ ކައުންސިލު ބައެއް މެމްބަރުން ޑރ. މުއިއްޒުގެ ޓީމާއެކު ފެންނަން ފެށީ މިއަދަކު ނޫނެވެ. އެމްޑީއޭގެ ނޫނު އަތޮޅު ގެ އިސް އެކްޓީވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސް އަމިއްލަ ގޮތުން ރައީސްއަށް ދިން ތާއިދު އަނބުރާ ގެންދިޔައީވެސް ރޭގެ ބައްދަލުވުމުގެ ކުރިންނެވެ.

އެމްޑިއޭގެ މި ނިންމުމާ ގުޅިގެން އެ ޕާޓީގެ ބައެއް ކައުންސިލު މެމްބަރުންނާ އާއްމު މެމްބަރުންދަނީ އެ ނިންމުމަށް ފާޑުކިޔައި ރައީސް ސޯލިހަށް ތާއިދު ކުރާނެކަން ހާމަކުރަމުންނެވެ. މިގޮތުން އެމްޑީއޭގެ ކައުންސިލު މެމްބަރު ފުރަހަނި ޝުއައިބާއި، އަންހެނުން ލީގުގެ ރައީސް ދުމައިނާ އިރުޝާދުވަނީ އެމްޑިއޭއިން އިސްތިއުފާދީ އެކަން އާއްމުކޮށްފައެވެ. އެމްޑީއޭގެ ލީޑަރު ޝިޔާމު ނިސްބަތްވާ ނ. އަތޮޅުގެ ބައެއް ޒުވާނުންވެސް މި ނިންމުމާ ވަރަށް ދެކޮޅެވެ. އެމީހުން ބުނާ ގޮތުން އެމްޑީއޭގެ ވަކި ކައުންސިލު މެމްބަރަކު ބޭނުންވާ ފައިސާއާއި އެހެނިހެން މަންފާތަކެއް ނުލިބުމުން ނިންމާ ނިންމުމުގައި އާއްމު މެމްބަރުންގެ އަގުވެއްޓެކަށް ނުޖެއެެވެ. ސިޔާސީ ޕާޓީއެއްގައި ހަރުދަނާ ވަކި އުސޫލެއް ހުންނަން ޖެހޭނެ ކަމަށާއި ކުޅޭކުޅޭ ބައެއްގެ ގޮތުގައި އެމްޑީއޭ މެމްބަރުން އެހެން މީހުންނަށް ފެންނަ ފެނުން ބަދަލު ކުރަން ޖެހޭނެކަމަށެވެ. ސިޔާސީ މަސައްކަތްތައް ސީރިޔަސްކަމާ އެކީ ނުކުރެވޭ ނަމަ އިތުބާރު ގެއްލޭ ގޮތަށް ކުރެވޭ ނަމަ މާދަމާ އެމްޑީއޭއިން ރައްޔިތުން ކުރިމައްޗަށް ނިކުންނައިރު ކުރާނީ ކޮން އިތުބާރެއްތޯވެސް މެމްބަރުން ސުވާލު އުފައްދައެވެ. އެމްޑީއޭގެ ކައުންސިލު ވަކި މެމްބަރަކު ބޭނުންވީމާ ރަފިއްޔާ ފަދަ ހީވާގި ތައުލީމީ ފަރުދަކު ބޭރުކޮށް، އެ މެމްބަރުގެ ވިޔަފާރި ކުރިއަރުވާ ސިޔާސީ ގޮތުން ހޯދެން އޮތް މޮޅެއް ހޯދަން މުޅި ޕާޓީ ގުރުބާން ކުރާކަށް ނުޖެހޭ ކަމަށްވެސް މެމްބަރުން ގަބޫލުކުރެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ކޯލިޝަން ހެދި އެމްޑިއޭ ޔާމީން ގެ ރިޔާސީ އިންތިހާބުގައި އޮތީ ސައިލެންޓުކޮށެވެ. ރައީސް ޔާމީނުގެ އަނބިކަނބަލުންނަށް ތައުރީފުކޮށް ސުވަރޫގެގެ ގަނޑުވަރުތައް ކަށަވަރުވެއްޖެ ކަމަށް ވިދާޅުވި ޝިޔާމު އޭރު ހުންނެވީ ޔާމީނު އެންމެ ބޭނުންވި އިންތިހާބުގައި ވަކި ގޮތެއް ނުނިންމާ ސިޔާސީ ކަންކަމާ ދުރުގައެވެ. މި ފަހަރުގެ އިންތިހާބުގައި ކޯލިޝަން ހަދައި ރައީސް ސޯލިހު ފަދަ ހިތްހެޔޮ އޯގާތެރި ކެތްތެރި ވެރިއެއް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހު އެންމެ ބޭނުންވި ދަނޑިވަޅު އެ ހުންނެވީ އިދިކޮޅު ވާދަވެރި ކެންޑިޑޭޓަށް ބައިތު ހިފައިގެންނެވެ. ޝިޔާމު މިހާރު ތާއިދު ކުރައްވާ ޑރ. މުއިއްޒާ ބެހޭގޮތުން ދައްކާނީ ކޮން ވާހަކަތަކެއްކަން ކޮން ތައުރީފެއްކަން ކަށަވަރު ޔަގީނާ ގާތަށް އިނގެއެވެ. ޔަގީން ނުވަނީ ޝިޔާމަށް އެހެން ހުރެވޭނީ ކިހާ ދުވަހެއްކަމެވެ. މިހާރުވެސް މުއިއްޒު އަރިހުގައި ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، ސަލަފު އަދި ރައީސް ޔާމީނަށް ތާއިދުކުރާ އެކްޓިވިސްޓުން ތިބިއިރު ސަރުކާރުން ބައެއް ލިބޭނެ ގޮތެއްނެތްކަން އެމްޑިއޭ މެމްބަރުން ގަބޫލުކުރެއެވެ. ފަހަރެއްގައި ޑރ. މުއިއްޒު ވެރިކަމުގައި އެމްޑީއޭގެ ބާރުގަދަ ކައުންސިލު މެމްބަރަކަށް ނުވަތަ ލީޑަރު ޝިޔާމަށް މާލީ މަންފާއެއް ލިބިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024
ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

އޯގަސްޓް 14, 2024
’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

ޖުލައި 31, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©