• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެހެން ޕާޓީގެ ކުލަތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުން – ނުރައްކާތެރި ފިތުނައެއްގެ ފެށުން

by މުރާސިލު
އޯގަސްޓް 27, 2023
in ރިޕޯޓު
0
އެހެން ޕާޓީގެ ކުލަތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުން – ނުރައްކާތެރި ފިތުނައެއްގެ ފެށުން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ކެމްޕޭނަށް ފޯއްމުލަކަށް އިއްޔެ ކުރި ދަތުރުގައި މީޑިއާތަކުގެ ސަމާލުކަށް އައީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ކަމަށްބުނެ އެ ޕާޓީގެ ފެހި ކުލަ ޓީޝާޓުގައި ތިބި ބަޔަކު ޑރ. މުއިއްޒުއަށް ސަޕޯޓްކުރަން އައުމުންނެވެ. ފޯއްމުލަކަށް މުއިއްޒު ވަޑައިގަތް ވަގުތު އިސްތިގުބާލުގައި އެއްވެ ތިބި މިހުންގެ ސަފުގައި ބަރިއަކަށް ތިބި، މި މީހުން ބުނާގޮތުން އެއީ ފޯއްމުލަކުގެ އަދާލަތު ޕާޓީ ކަމަށާއި މުއިއްޒުއަށް ތާއިދު ކުރަން ނިންމާ އެމަނިކުފާނުގެ ކެމްޕޭނަށް ނިކުމެ ތިބީ ކަމަށެވެ. އަދާލަތު ޕާޓީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ހެދި ކޯލިޝަނުގެ މުހިއްމު ބައިވެރިއެކެވެ. އެ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުންނާ އެހެންވެސް އިސް މަގާމުތަކުގައި މި ސަރުކާރުގައި ހިއްސާ ވެއެވެ. ރައީސް ސޯލިހުގެ ދެވަނަ ދައުރަކަށް ކުރިމަތިލުމުންވެސް އެންމެ ފުރަތަމަ ބައިތު ހިފީ އަދާލަތު ޕާޓީންނެވެ. އެ ޕާޓީއަށް ނިސްބަތްވާކަމަށް ބުނާ ބަޔަކު އެ ޕާޓީގެ ކުލައިގައި ނިކުމެ މުއިއްޒުއަށް ތާއިދުކުރުމަށް ނިކުތުމުން މީޑިއާއާއި އާއްމުންގެ ސަމާލުކަމަށް އައި ސަބަބަކީ މިއެވެ.

އަދާލަތު ޕާޓީގެ ވެރިން ވިދާޅުވަމުން ގެންދަވަނީ އެއީ އެ ޕާޓީގެ ބައެއް ނޫން ކަމަށެވެ. މުއިއްޒުގެ ކެމްޕޭނު ހަރަކާތަށް އެއްވި ’ފެހި ޓިޝާޓު‘ ގުރޫޕު މީހުންގެ ނަންތައް އާއްމުކޮށް އެކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އަދި ވާދަވެރި ކެމްޕޭނު ތަކުގައި މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ. އާއްމުކޮށް ފެންނަނީ ތިމާ ނިސްބަތްވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ނުވަތަ އެ ޕާޓީގެ ކެންޑިޑޭޓަށް ތާއިދުކުރާ މަންޒަރެވެ. ތިމާ ނިސްބަތްވާ ޕާޓީގައި ހުރެ ވާދަވެރިންނަށް ތާއިދުކޮށް، ޕާޓީ ބަދުނާމުކުރާ ހާލަތްތަކުގައި ޕާޓިން ވަކިވެސް ކޮށްފައިވެއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ކުލައަކީ ބައެއް މީހުންގެ މުޅި ދިރިއުޅުން ކަމުގައިވެސް ހަދައިގެން އުޅެއެވެ. އެންމެ ބޮޑު ދެ ޕާޓީގެ ކުލައިން ހެދުން އެޅުމާ ގޭގައި ގެންގުޅޭ ސާމާނުން ފެށީގެން ބޭނުން ކުރާ ކުލައިން އެ ޕާޓީއަށް ދޭ ލޯތްބާއި ތިމާއާއި ހުރި ގުޅުން މީހުންނަށް ބުނެދޭން ވެގެންނެވެ. ދޮން ކުރުނބަލާއި ދޮންކޭޅުގައި ފިޔާތޮށި ކުލަލައިގެން ނޫނީ ބޭނުން ނުކުރާ ބަޔަކުވެސް އުޅެއެވެ. ކުލަ ތަކަށް މި ވަރުގެ ޖޯޝާއި ފޯރިއެއްގައި ސިޔާސީ ވާދަވެރިކަމެއްގެ ތެރެއަށް ޑރ. މުއިއްޒުގެ ކެމްޕޭނު ޓީމުން ބޭނުން ކުރަން ފެށީ އެހެން ޕާޓީގެ ކުލަތަކުން މީހުން ނެރެ އެއީ ތިމާމެންގެ ސަޕޯޓަރުންކަން ދެއްކުމުގެ އުކުޅެވެ. މިއީ ސިޔާސީ އުކުޅެއް ކަމަށް ވިޔަސް ހަގީގަތުގައި ބަދުނާމުވެ، ނުބައި ތަސައްވުރެ އާއްމުންނަށް ފެންނަނީ އެ ކުލައިގަ ނިކުތް ބަޔަކު ނިސްބަތްވާ ޕާޓީއަށެވެ. އަދާލަތު ޕާޓީގެ ފެހި ކުލައިން ނިކުތް މީހުންގެ ސަބަބުން، އަދާލަތު ޕާޓީގެ ވެރިންނާ ދޭތެރޭ އާއްމުންގެ މެދުގައި ދެވެނީ ނުބައި ތަސައްވުރެކެވެ. އާއްމުންނަށް އެދެވެނީ އޮޅުވާލުމާއި މަކާރުވެރި މެސެޖެކެވެ.

ޑރ. މުއިއްޒަކީ އެންމެ ގިނަ ޕާޓީތަކުގައި އުޅުނު ކެންޑިޑޭޓެވެ. އަދާލަތު ޕާޓިއާއި، އެމްޑީއޭ، ޕީޕީއެމް އަދި މިހާރު ޕީއެންސީއެވެ. ކުރިން ޑރ. ވަހީދުގެ އަރިހުގައިވެސް ސިޔާސީ މަސައްކަތް ކުރެއްވިއެވެ. ކުލައިގެ ލޯތްބާއި ޖަޒުބާތާއި ދިވެހިން ވިސްނާގޮތް ފަހަރެއްގައި މުއިއްޒަށް މުހިއްމު ނުވާ ސަބަބަކީ މިއީ ކަމަށްވެސް ވެދާނެއެވެ. އެމަނިކުފާނުގެ ކެމްޕޭނުގައި މިހާރު ނިސްބަތްވާ ޕާޓިގެ އެންމެ ކުލަކޮޅެއްވެސް ބޭނުންކުރާތީ ނުފެނެއެވެ. ޑރ، މުއިއްޒު ދައްކަން ބޭނުންވާ މަންޒަރަކީ ހުރިހާ ޕާޓީއެއްގެ ތާއިދު އޮތް ކަމަށްވާ ނަމަ، މާދަމާ ޕީޕިއެމް ގެ ޕިންކު ކުލައިގައި ބަޔަކު ނިކުމެ ވާދަވެރި ކެންޑީޑޭޓަށް ތާއިދުކޮށް ތިމަންނަމެންނަކީ ޕީޕީއެމް ބައެކޭ ބުނުމުގެ ފުރުސަތު އޮތުމެވެ. އެންމެ ނުރައްކާތެރި އެއް ކަމަކީ ޕާޓީ ކުލަތަކުން ބަޔަކު ނެރެ ހަމަނުޖެހުމެއް ހިންގާ ކުށްތަކަކަށް އަރައިގަތުމަށް ފަހު އެއީ ’އެ ކުލައިގެ ބައެކޭ، އެ ޕާޓީގެ ބައެކޭ‘ ބުނުމަށް ސިޔާސީ އިތުރު ކުޅިވަރަކަށް ފުރުސަތު ހުޅުވާލުމެވެ. މިހާރުވެސް މަސްލަހަތު ގެއްލިފައިވާ ސިޔާސީ ވާދަވެރިކަމުގައި ޑރ. މުއިއްޒު ހުޅުވާލެއްވި ’ކުލަ ފިތުނައިގެ‘ ފައިދާ ނަގާނީ ކޮން ޕާޓީއެއްކަން ޔަގީނެއްނޫނެވެ. އެހެންވިޔަސް ޔަގީންވާ ކަމަކީ މިއީ ވަރަށް ނުރައްކާތެރި ފިތުނައެއްގެ ފެށުން ކަމެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©