• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހަރުކަށި މުސްލިމުންގެ ބަޔަކު ހަޖަރުލް އަސްވަދު ވަގަށް ނެގުން

by އަބްދުﷲ ސަފީގު އަލީ
ޖޫން 27, 2023
in ރިޕޯޓު
0
ހަރުކަށި މުސްލިމުންގެ ބަޔަކު ހަޖަރުލް އަސްވަދު ވަގަށް ނެގުން

މައްކާގެ ކައުބަތުﷲ ގެފުޅުގެ ކުރީގެ ފޮޓޯއެއް

ކައުބަތުﷲ ގެ ފުޅުގެ ކަނުގައި، ރިހި ކުލައިގެ ކަވަރެއްގެ ތެރޭގައިވާ ހިލަކޮޅުތައް ނުވަތަ ހަޖަރުލް އަސްވަދަކީ ގެފުޅުގެ އެންމެ މުހިއްމު އެއް ތަނެވެ. ބުނެވޭ ގޮތުގައި ހަޖަރުލް އަސްވަދުގެ ހިލައަކީ ސުވަރުގެއިން ބިމަށް ގެނެވިފައިވާ ހިލައެކެވެ. މާތް ﷲ ގެ ކުޅަދުންވަންތަވެރިކަމުން އެ ހިލަ ބިމުން އިބްރާހިމް ގެ ފާނަށް ފެންނާނެ ގޮތް ހައްދަވާ، އިބްރާހިމްގެ ފާނު ގެ ފުޅުގައި އެ ހިލަ ބެހެއްޓެވީއެވެ. ހަޖަރުލް އަސްވަދު ހިލައަކީ ގެފުޅުގެ ފުރަތަމަ ބިންގާ އެޅުނު ހިލައިގެ ތެރެއިން ހިލައެއް ކަމަށްވެސް ބުނެވެއެވެ.

ހަޖަރުލް އަސްވަދުގެ އަސްލު ކުލައަކީ ހުދުކުލަ ކަމަށް ރަސޫލާ ހަދީސް ކުރެއްވި ކަމަށް އައްތިރުމިންޒީ ރިވާ ކުރެއްވިއެވެ. ރަސޫލާ ހަދިސް ކުރައްވާފައިވާ ގޮތުގައި އެ ހިލަ ކަޅުކުލައަށް ބަދަލުވީ އިންސާނުން ކުރަމުންދާ ފާފަ ތަކުގެ ސަބަބުންނެވެ. (އައްތިރުމިންޒީ: 877)

ހަޖުރުލް އަސްވަދު ކުރިން ހުންނަނީ އެކަތިގަނޑަކަށް އެއް ހިލައެއްގެ ގޮތުގައެވެ. އެކި ފަހަރު ދިމާވި ހާދިސާތަކުން ހަޖަރުލް އަސްވަދުގެ ހިލައިން މިހާރު ފެންނަނީ ކުދި 8 ހިލަކޮޅެވެ. ހަޖަރުލް އަސްވަދު ގެ 6 ހިލަ ކޮޅެއް ތުރުކީގެ އިސްތަންބޫލަށް ވެސް ގެންދެވިފައިވާ ކަމަށް ބުނެއެވެ. މި ގޮތުން ތުރުކީގެ މަޝްހޫރު ނޫ މިސްކިތް (ބުލޫ މޮސްކު) ގެ މިހުރާބު ގޭގައި 1 ހިލަކޮޅު، ސުލެއިމާން މަގުބަރާގައި 1 ހިލަކޮޅު އަދި ސޮކުއްލޫ ސެއިހު މެހްމަޓު ޕެސާ ކެމީ މިސްކިތުގައި 4 ހިލަކޮޅު ހުންނަ ކަމަށްވެއެވެ.

ހަޖުރަލް އަސްވަދު 1950 ގެ އަހަރު ތަކުގައި

ހަޖަރުލް އަސްވަދުގެ ހިލަ ވަގަށް ނަގައިގެން 23 އަހަރު ވަންދެން ގެންގުޅުނެވެ. މި ކަމެއް ހިނގީ ޖެނުއަރީ 930 ވަނަ އަހަރުއެވެ. ގުރުމާތިއަނުން ހަޖަރުލް އަސްވަދު ވަގަަށް ނަގައިގެން ގެންގޮސް ބެހެއްޓީ އެމީހުން ހަދާފައިވާ ހަޖަރު ބޭސް ގައެވެ. މިހާރު ނަމަ އެއީ ބަހުރެއިންގެ ސަރަހައްދެކެވެ. ގުރުމާތިއަނުން ގެ ވެރިއަކީ ހަރުކަށި މުސްލިމެއް ކަމަށްވާ އަބޫ ތާހިރު އަލް ގުރުމާތީއެވެ. މީނާ އަކީ ގުރުމާތިއަނުންގެ އިތުރުން ބަހުރެއިންގެ ވެސް ވެރިޔާއެވެ. މީނާގެ ބޭބެ އަބޫ ސައިދު ހަސަން އިބްނު ބަހުރާމް އަލް ޖަނާބީ އަކީ ގުރުމާތިއަން އުފެއްދި ލީޑަރެވެ. އަބޫ ތާހިރު އަށް ވެރިކަން ލިބުނީ 923 ވަނަ އަހަރުގައެވެ. ވެރިކަން ލިބުމަށް ފަހު ގުރުމާތިންގެ ވެރިކަމާއި ބާރު ފުޅާ ކުރުމުގެ މަސައްކަތް ފެށިއެވެ. މި ގޮތުން 923 ގައި ބަސަރާއަށް އަދި 927 ގައި ކޫފާއަށް އެރިއެވެ. އަދި ބަގުދާދު ހިފުމުގެ ވިސްނުމާއެކު އެރަށަށް އަރާ ތަންތަން ލޫޓުވައިގެން ގިނަ އަދަދެއްގެ ސާމާނު އިރާގުން ވަގަށް ގެންދިޔައެވެ.

އޭގެ ފަހުން އަބޫ ތާހިރު ގެ ސިކުނޑިއަށް އައީ އެއަށްވުރެވެސް ނުބައި ކަމެކެވެ. މައްކާ އަށް ހަމަލާ ދިނުމުގެ ހިޔާލާތު އޭނާގެ ސިކުނޑީގައި އެނބުރެމުން ދާން ފެށުމުން ލަސްކަރު އެއްކޮށް މައްކާއާ ދިމާއަަށް މިސްރާބު ޖެހިއެވެ. މައްކާއާއި އަރާ ހަމަވުމުން މައްކާގެ ވެރިން މީނާ ވަނުމަށް (މައްކާގެ ތެރެއަށް ވަނުމަށް) ހުއްދައެއް ނުދިނެވެ. އެއީ ހައްޖު މޫސުމަށްވެފައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފާނެކަމުގެ ބިރަށެވެ.

ގުރުމާތިއަނުންގެ ވެރިޔާ ކޮންމެ ގޮތަކުންވެސް މައްކާއަށް އެތެރެ ވުމަށް ބޭނުންވެއެވެ. އެހެން ކަމުން މައްކާގެ ވެރިންގެ ކުރީމަތީގައި ވައުދުވީ މައްކާގެ އެއްވެސް ހިސާބެއްގައި ހަމަނުޖެހުމެއް ނުހިންގާނެ ކަމަށާއި މުޅި ދަތުރުގައި އަމާން ކަމާއި ސުލްހަވެރިކަން ނޫން ކަމެއް ބޭނުން ނުވާ ކަމަށެވެ.

މައްކާ ތެރެއަށް ވަދެ ގެފުޅާ ހަމައަށް ދެވުމާ ހިސާބުން މައްކާގެ ވެރިންނަށް ވެފައިވާ ވައުދާ ހިލާފުވެ، މާތް ވެގެންވާ ހައްޖުގެ މަތިވެރި އަޅުކަމުގައި ތިބި ހައްޖާޖީންނަށް ހަމަލަދީފިއެވެ. ގުރުމާތިއަނުންގެ ސިފައިންގެ ލަޝްކަރުގެ އަސްތަކުގައި މައްކާއަށް އައި ހަނގުރާމަވެރިން މައްކާގެ އެތައް މިތަނަށް ހަމަލާދީ، ގެފުޅު ކައިރީ ތޮވާފުކުރަން ތިބި ހައްޖާޖީން ގެ ތެރެއިންވެސް ގިނަ އަދަދެއްގެ މީހުންނަށް ހަމަލާދީ މަރާލިއެވެ. ބުނެވޭ ގޮތިުގައި އެ ވަގުތު ގެފުޅު ވަށައިގެން ތޮވާފު ކުރަމުންދިޔަ މީހުންނަށް ހަމަލާ ދެމުން ދިޔައީ އަޑުހަރުކޮށް ގުރުއާނުގެ އާޔަތްތައްވެސް ކިޔަމުންނެވެ.

މި ހަމަލާތަކުގައި ކައުބަތުﷲ ގެފުޅު ލޫޓުވާލައި، އެތައް ބަޔަކު މަރާ އަދި ބައެއް މީހުންގެ އަޅުންގެ ގޮތުގައި ލަސްކަރަށް ޖަމާކުރަމުން ދިޔައިރު މަރުވެފައި ތިބި ބައެއް މީހުން އުކަމުން، އަޅަމުން ދިޔައީ ޒަމްޒަމް ވަޅަށެވެ. ގާތްގަނޑަކަށް ތިރީހާސް މީހުން މި ހަމަލާތަކުގައި ޝަހީދުވެގެން ދިޔައެވެ. މި އުދުވާނީ ހަމަލާދިނުމަށް ފަހު، އަބޫތާހިރު މައްކާއިން ނިކުތީ ހަޖުރަލް އަސްވަދު ހިލަވެސް ހިފައިގެންނެވެ. މީނާ މި ހިލަ ގެންގޮސް ބެހެއްޓީ އޭނާގެ ސަހަރުގެ މިސްކިތެއް ކަމަށްވާ މަސްޖިދުލް ދީދާރު ގައެެވެ. މަގުސަދަކަށް ހެދީ މައްކާއަށް ހައްޖަށް ދިއުމުގެ ބަދަލުގައި ހުރިހާ މުސްލިމުން އޭނަގެ ސަހަރަށް އައުމެވެ. ނަމަވެސް އަބޫ ތާހިރު ގެ މަގުސަދު ހާސިލެއް ނުވިއެވެ. އެއްވެސް މުސްލިމެއް މީނާގެ މިސްކިތަށް ހައްޖު ވާކަށް ނުދެއެވެ.

އަބޫ ތާހިރު މަރުވެ ދިޔައީ ވޭނާއި އަޒާބުގައެވެ. އޭނަގެ ގައިގަ ފަނިތަކެއް އަޅާ ދިރިހުއްޓާ ފަނިތައް ހަށިގަނޑުގެ ތެރެއަށް ފެތުރިގަތެވެ. އެ ފަނިތައް އޭނަގެ މަހާއި، ހަންގަނޑު ކާން ފެށީއެވެ. މުޅި ގަޔަށް ފަނިތައް ފެތުރި އެންމެ ފަހުން ކުދި ފުޅަތަކެއްގެ ޝިކާރައަކަށްވެ، އެއްވެސް މިހަކު ގާތް ނުވާ ދަރަޖައިގައި އެކަނިމާއެކަނި ދުނިޔެ ދޫކުރީއެވެ.

އޭގެ 23 އަހަރު ފަހުން ހަޖުރަލްއަސްވަދު މައްކާއަށް ގެނެވުނެވެ. މި ކަމަށް ބޮޑު ބަދަލެއް ނުވަތަ އަގެއް އޭރުގެ ބަހުރެއިނަށް ދައްކަން ޖެހުނެވެ. ބުނެވޭ ގޮތުގައި ހަޖުރަލް އަސްވަދު ކުދި 7 ހިލައަށް ފުނޑުފުނޑުވީ މި ހާދިސާ ތަކުގައެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©