އެމެރިކާގެ މެއިން ގައި ހަތިޔާރު ހިފައިގެން ނިކުތް މީހަކު އާއްމުންގެ ތެރެއަށް ބަޑި ޖަހާ 22 މީހުން މަރާލައިފިއެވެ. ބަޑިން ހަމަލާ ދިނުމުގެ ސަބަބުން 60 މީހުން ޒަހަމުވ އިރު މީގެ ތެރޭގައި ސީރިޔަސް ހާލަތުގައި ހޮސްޕީޓަލުގައި ފަރުވާދޭ މީހުންވެސް ހިމެނެއެވެ.
މެއިން ގެ އަވަށެއް ކަމަށްވާ ލެވިސްޓަންގެ ރައްޔިތުން ގޭން ނުނިމެ ތިބުމަށް ޕޮލިހުން އިލްތިމާސް ކުރަމުން ބުނެފައިވަނީ ހަތިޔާރު ހިފައިގެން އުޅޭ މީހާ ދެނެގަނެވިއްޖެ ކަމަށާއި އެއީ އުމުރުން 40 އަހަރުގެ ރޮބަޓް ކާޑު ނަމަކަށް ކިޔާ މީހެއް ކަމަށާއި މީނާ އަކީ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން ތަމްރީނު ހޯދާފައިވާ މީހެއް ކަމަށެވެ. މީނާ އަކީ މިހާރު ނަފްސާނީ ފަރުވާ ހޯދަމުންދާ މީހެއް ކަމަށްވެސް އެމެރިކާގެ ފުލުހުން މައުލޫމާތު ދެއެވެ.
މީނާ ވަނީ އެ އަވަށުގެ އެކި ހަފްލާ ތަކާއި މީހުން އެއްވެފައިވާ ތަންތަނަށް ގޮސް އެކި މީހުންނަށް ވަކި ވަކިން ހަމަލާދީ މަރާލާފައެވެ. ހަމަލާ ދީފައިވާ މީހާ ހައްޔަރު ކުރުމަށް އެހީތެރިވުމަށް އާއްމުންގެ އެހީތެރިކަމަށްވެސް ފުލހުން ވަނީ އެދިފައެވެ.
އެމެރިކާގައި މި އަހަރުގެ މިހަތަނަށް އާއްމު ތަންތަނުގައި ބަޑިން ހަމަލާ ދިނުމުގެ 679 މައްސަލަ ރެކޯޑު ކުރެވިފައިވެއެވެ.