• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

”ރަޝިޔާ އަސްކަރިއްޔާ އާ ދެކޮޅަށް ބަގާވަތް ކުރާ ކުލީ ސިފައިން މައިތިރި ކުރަން ތައްޔާރު“ -ޗެޗްނިޔާ މުޖާހިދުންގެ ލީޑަރު-

by މުރާސިލު
ޖޫން 24, 2023
in ދުނިޔެ
0
”ރަޝިޔާ އަސްކަރިއްޔާ އާ ދެކޮޅަށް ބަގާވަތް ކުރާ ކުލީ ސިފައިން މައިތިރި ކުރަން ތައްޔާރު“ -ޗެޗްނިޔާ މުޖާހިދުންގެ ލީޑަރު-

ރަޝިޔާގެ ސަރުކާރާ ދެކޮޅަށް ބަގާވަތް ކުރަމުންދާ ވެގްނަރ ހަނގުރާމަވެރިން މައިތިރި ކުރަން ތައްޔާރަށް ހުރި ކަމަށް ޗެޗްނިޔާގެ ލީޑަރު ރަމަދާން ކަދިރޯވް ވިދާޅުވެއްޖެއެވެ. ރަޝީޔާގެ އަސްކަރިއްޔާއަށް އަދަބު ދޭނެ ކަމަށް ބުނެ، ވެގްނަރ ގުރޫޕުގެ ވެރިޔާ ޔެގްގެނީ ޕްރިގޯޒިން ވަނީ އިންޒާރު ދީފައެވެ. އޭނަގެ އިންޒާރާ އެއްގޮތަށް ވެގްނަރ ގުރޫޕުގެ ހާހަކަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ ޔުކްރެއިންގެ ތެރެއިން ރަޝިޔާ ތެރެއަށް ވަދެފައެެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ޕްރިގޯޒިން ގެ ކުލީ ސިފައިންވަނީ ރަޝިޔާގެ އަސްކަރީ މަރުކަޒެއް ހިފައި، އަސްކަރީ ހެލިކޮޕްޓަރެއްވެސް ވައްޓާލާފައެވެ.

ޗެޗްނިޔާގެ ލީޑަރު ރަމަދާން ކަދިރޯވު ވިދާޅުވީ، ވެގްނަރ ހަނގުރާމަވެރިންނާ ދެކޮޅަށް، ވަރަށް ވޭންދެނިވެ، ވަރުގަދަ ރައްދެއް ދީގެންވެސް އެމީހުން މައިތިރި ކުރަން ތައްޔާރަށް ތިބި ކަމަށެވެ. ޓެލެގްރާމް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ކަދިރޯވް ވިދާޅުވީ ޕްރޮގޯޒިން (ވެގްނާގެ ވެރިޔާ) ގެ އަމަލުކުރަމުން އެދަނީ ފަހަތުން އައިސް ބުރަކައްޓަށް ވަޅި ހެރުދުންފަދަ ގޮތަކަށް ކަމަށެވެ. ޕްރިގޯޒިން އަކީ ރަސިޔާގެ ވެރިންނަށާއި ރައްޔިތުންނަށް ގައްދާރެއް ކަމަށެވެ.

ކަދިރޯވް ގެ ބަޔާނުގައި ޗެޗްނިޔާގެ ލަސްކަރު މިހާރު ދަތުރުކުރަމުންދަނީ މަސްރަހު އެންމެ ހޫނު ސަރަހައްދަށް ކަމަށާއި ދާދި އަވަހަށް ރަޝިޔާގެ ލަސްކަރުތަކާ ގުޅިގެން، އެ ސަރަހައްދުގެ ހިމާޔަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

ޗެޗްނިޔާގެ މުޖާހިދުންގެ ވެރިޔާ ކަދިރޯވް އަކީ އަބަދުވެސް ރަޝިޔާގެ ރައީސް ޕުޓިން ގެ ވަރަށް އަރިސް ފަރާތެކެވެ. ޔުކްރެއިނުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައިވެސް ރަޝިޔާ ސިފައިންނާ އެކު ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޗެޗްނިޔާގެ މުޖާހިދުންގެ ލަޝްކަރެއް ބައިވެރިވެެފައިވަނީވެސް ޕުޓިންގެ އެދުމުގެ މަތިންނެވެ ވެގްނަރ ގުރޫޕަކީވެސް ރަޝިޔާ ސިފައިންނާ އެކު ހަނގުރާމަ ކުރަމުންދިޔަ ކުލީ ސިފައިންގެ ފައުޖެކެވެ. ރައީސް ޕުޓިންގެ ގާތް އެކުވެރިއެއް ކަމަށް ބުނާ ޔެގްނީ ޕްރިގޯޒިން ވެރިކަމުގެ ދަށުގައި ހަނގުރާމަ ކުރަމުންދާ މި ގުރޫޕުގައި ހިމެނެނީ ރަޝިޔާ ޖަލުތަކުގައި ތިބި ކުއްވެރިންނާ ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ހޯދާފައިވާ އަސްކަރީ ތަމްރީން ލިބިފއި ތިބި މީހުންނެވެ. ރަޝީޔާގެ އަސްކަރީ އެހީތެރިކަން ލިބިގެން ޔުކްރެއިނުގައި ހަނގުރާމަ ކުރަމުންދިޔަ ވެގްނަ ގުރޫޕުން ފަހަކަށް އައިސް އެކި ޝަކުވާތައް ކުރަމުން އައިސް އެންމެ ފަހުން މިއަދުގެ ވަގުތެއްގައި ވަނީ ފާޅުގައި ރަޝީޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ތެދުވެފައެވެ.

މި މައްސަލާގައި ރައީސް ޕުޓިން ވަނީ މިއަދު ގައުމާ މުހާތަބް ކުރައްވާ ގައްދާރުންނާ ބާގީންނަށް އަދަބު ދެއްވާނެ ކަމުގެ ވައުދުވެފައެވެ. އަދި ރަޝީޔާގެ ބިމާއި ރައްޔިތުން ހިމާޔަތުގައި ކޮންމެ އަގެއް ދައްކަވަން ވެސް ތައްޔާރަށް ހުންނެވި ކަމަށްވެސް ޕުޓން ވައުދުވިއެވެ.

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

އޮކްޓޯބަރ 24, 2024
ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ޖޫން 5, 2024
އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

މެއި 21, 2024
ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

މެއި 11, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©