• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފަލަސްތީނަށް ދިވެހިންދޭ އެހީގެ ’މެދުވެރިޔާއަށް‘ މި ކުރަނީ އާދައިގެ ތުހުމަތެއް ނޫން!

by މުރާސިލު
އޮކްޓޯބަރ 23, 2023
in ރިޕޯޓު
5
ފަލަސްތީނަށް ދިވެހިންދޭ އެހީގެ ’މެދުވެރިޔާއަށް‘ މި ކުރަނީ އާދައިގެ ތުހުމަތެއް ނޫން!

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާގައި ފަލަސްތީނުގެ ކުށެއްނެތް ނިކަމެތި ރައްޔިތުން ޝަހީދުވެ އެމީހުންގެ ގެދޮރުގެއްލި މުޅި ދިރިއުޅުން ފުނޑުފުނޑުވެގެންދާތަން ބެލުމަކީ އަހަރުމެން ދިވެހިން ކެތްވާ ވަރުގެ ކަންކަމެއް ނޫނެވެ. އިޒްރޭލުގެ އަނިޔާގައި ޒަހަމުވާ ކުޑަކުދިންނާއި އަންހެނުންގެ ފޮޓޯތަކުން އަހަރުމެންގެ ސޯސަލް މީޑިއާ ފުރާލައިގެން އެކަމާ ކަރުނައަޅާ ރޮމުން އަތުގައި އޮތިއްޔާ އޮތް އެއްޗެއްވެސް ދެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. ފަނޑު ފޮއްޓެއް ބެހެއްޓިޔަސް މަހަށް ގޮސްގެން ލާރި ހޯދިޔަސް އަދި ޕޭސްޓްރީ ވިއްކައިގެންވިޔަސް ފަންޑުރައިސް ކުރަން ބާއްވާ ހަރާކާތްތަކުގައި ދިވެހިން ބައިވެރިވެ، ދެވެން އޮތް މިންވަރަަކަށް ދަނީ ފައިސާގެ އެހީތެރިކަން ދެމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. ނަމަވެސް މި އެހީ ފަލަސްތީނުގެ ރައްޔިތުންނާ ހަމައަށް ފޯރާ ހެއްޔެވެ؟ ދިވެހިން ހަވާލުކުރާ އަމާނާތަށް ވަނީ ކިހިނެތް ހެއްޔެވެ؟ ސޯސަލް މީޑިއާގައި މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ފަލަސްތީނުގެ ޖަޒުބާތުން ކުޑަ ވަގުތުކޮޅަކަށް އެއްކައިރިއަށް ޖެހިލާފައި، ދިވެހިން ހަވާލުކުރާ ފައިސާ ބައެއް ޖަމާއަތްތަކުން ކަންތައް ކުރާގޮތާ ބެހޭ ގޮތުން ސޯސަލް މީޑިއާގައި މި ކުރެވޭ ތުހުމަތުތަކާ މެދު ވިސްނާލީމާ ބިރުން ފިއްކަނޑައިގެންދާ ވަރުވެއެވެ.

10 ދުވަސް ފަހުން ގާޒާއަށް އެތެރެވެވުނީ އެންމެ 20 ލޮރީ، ދިވެހިންގެ އެހީ ކޮންމެ ދުވަހަކު ގާޒާއަށް ވަދެވޭ، އެ ކިހިނެތް؟

ދުނިޔޭޣެ އެކި ގައުމުތަކުން ފަލަސްތީނަށް ފޮނުވަމުންދާ އެހީގެ ސާމާނު ފޮނުވަނީ މިސްރަށެވެ. ގާޒާއަށް މި ވަގުތު އެހީގެ ގާފިލާއެއްވިޔަސް އަދި އެނޫންވެސް އެއްގަމު މަގުން އެއްޗެއް އެތެރެ ކުރެވޭނީ މިސްރު ތެރެއިންނެވެ. މިސްރުން ރަފާ ބޯޑަރު ސަރަހައްދުގައި މުޅި ދުނިޔެއިން ފޮނުވި އެތައްހާސް ޓަނުގެ ބޭޙާއި ކާބޯތަކެއްޗާއި، އަންނައުނު ފަދަ ސާމާނު އަދިވެސް ހުރީ ގާޒާ ތެރެއަށް އެތެރެ ނުކުރެވިއެވެ. އިޒްރޭލުގެ ސަރުކާރާ އެތައް ވާހާކައެއް ދައްކައިގެން އަދި އެމެރިކާގެ 2 ރަހީނުން ދޫކޮށްލައިގެން ކުރެވުނު މަޝްވަރާތަކުގައި ގާޒާއަށް ވަދެވުނީ އެންމެ 20 ލޮރީއަށެވެ. ގާޒާ ހާލާތުގެ ކަންކަން ބަލަމުންދާ އދގެ ޖަމާއަތްތަކުން ބުނަމުން ދަނީ 20 ލޮރީއަކީ ގާޒާ ހާލާތު ސިފަކުރާ ނަމަ ކަނޑަށް ފެން ތިއްކެއް ވައްޓާލުން ފަދައެވެ. އެހާވެސް މަދު އެނގުމެއްނުވާ ވަރު އަދަދެކެވެ. ނަމަވެސް ދިވެހިން ފޮނުވާ ފައިސާއިން ސާމާނުގަނެ ކޮންމެ ދުވަހަކު ގާޒާ ރައްޔިތުންނަށް ބަހާ ގުދަންކުރާ ވާހަކަ އެކަމުގައި އުޅޭ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ. ސުވާލަކީ ދުނިޔޭގެ އެއްވެސް ބަޔަކަށް އެހީގެ އެއްވެސް ސާމާނެއް ނުވެއްދޭއިރު ދިވެހިރާއްޖޭގެ އެހީގެ ކަންކަމުގައި އުޅޭ ޖަމާއަތުން އެކަން ކުރާގޮތް ދުނިޔޭގެ ގައުމުތަކުން ނުކުރަނީ ހެއްޔެވެ؟ ދުބާއީގެ ވެރިޔާ ފޮނުވި އެތައް ސަތޭކަ ޓަނުގެ އެހީ ނުވެއްދިގެން މިއަދާ ހަަމައަށް ކޮޅެއްގަި ނުޖެހެއެވެ. ރަޝިޔާއިން ފޮނުވީ ސާމާނާއި ޔޫރަޕުގެ ގައުމުތަކުން ފޮނުވި ބައެއް ސާމާނު އެހެން ހުރެ ހަލަކުވެދާނެ ކަމުގެ ބިރު އޮތަސް ފަލަސްތީނަށް އަހަރުމެން ފޮނުވާ ސާމާނު އެތެރެކޮށް ގުދަން ގުދަނުގައި ވަނީ ޖަހާ ކަމާލުކޮށްފައެވެ.

ފަލަސްތީނުގައި ހާލުގައި ޖެހުނު ކޮންމެ ރައްޔިތަކަށް 500 ޑޮލަރު، އެ ލިބުނު މީހުން ކުރާނީ ކޮން ކަމެއް؟

ރާއްޖޭގެ އެހީދޭ ޖަމާއަތަކުން ބުނަނީ ފަލަސްތީނުގެ ގާޒާ ރައްޔިތުންގެ ތެރެއިން ގެދޮރު ގެއްލި ޒަހަމުވީ ފަރާތްތަކަށް ކޮންމެ ބޮލަކަށް 500 ޑޮލަރު ’ބަހައިފި‘ ކަމަށެވެ. ނުވަތަ އެމީހުންނަށް ދީފިއެވެ. މި ވަގުތު ގައްޒާގައި ކަރަންޓެއް ފެނެއްނެތެވެ. ބެންކިންއާއި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ގޮތެއް ނެތެވެ. ކާބޯތަކެތީގެ މާރުކޭޓުތައް ބަންދުކޮށް އެންމެ އަސާސީ ތަކެތި ލިބެން ހުންނަ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. މި ހާލަތުގައި ތިބި 200 އާއިލާއަކަށް 500 ޑޮލަރުގެ ރޭޓުން ވަނީ 100000 ޑޮލަރު ބަހާފައެވެ. ސުވާލަކީ މި ފައިސާގެ ތަފްސީލު ނުވަތަ ޑޮލަރު ފޮނުވި ޓީޓީގެ ތަފްސީލެއް ފަދަ އެއްޗެއް ހާމަނުކުރަނީ ކީއްވެހެއްޔެވެ؟ ފަލަސްތީނުގެ އެހީގެ ކަންކަމުގައި ހަރަކާތްތެރިވާ އެ ގައުމުގެ ޒުވާނަކު ސޯސަލް މީޑިއާގައި ބުނަމުންދަނީ ފަލަސްތީނަށް މި ވަގުތު ނަގުދު ކޭޝް ބޭނުން ނުވާ ކަމަށާއި ބޭނުމީ އިންސާނީ އެހީތެރިކަމެވެ. ބޭހާއި އަންނައުނާއި ކާބޯތަކެއްޗާއި ތެލާއި ކަރަންޓުގެ ސާމާނާއި ބޯފެނެވެ.

12% ގެ ކަމިޝަނެއް ނެގުން، މައްސަލައެއްނޫން، އޭގެ ހިސާބު ނެތުން މައްސަލައެއް، ނަގާ އުސޫލު ނޭންގުންވެސް މައްސަލައެއް

އެހީ ފޯރުކޮށްދޭ މެދުވެރިއެއްގެ ރޯލުއަދާ ކުރާ ޖަމާއަތްތަކުން %12 ގެ ކަމިޝަނެއް ނަގާކަން ކުރިއަކުން ގިނަ މީހުންނަކަށް ނޭންގެއެވެ. މި އަދަދެއް ނަގާކަން އެނގުނީވެސް ސޯސަލް މީޑިއާގައި މީހުން ފާޑުކިޔަން ފެށުމުންނެވެ. މި ފައިސާ ނަގަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ދަތުރުފަތުރާއި ކެއިންބުއިމާ އިދާރީ ހަރަދުކަމަށް ބުނާ ނަމަ އެއީ މައްސަލައެއްނޫނެވެ. މައްސަލައަކަށްވަނީ އާއްމު އެތައް ބަޔަކުދޭ ފައިސާއިން މި ބުނާ އިދާރީ ހަރަދުތައްކުރާ ގޮތުގެ ތަފްސީލެއް ފެންނަން ނެތުމެވެ. ކެއިން ބުއިމާއި އެހެނިހެން ކަންކަމުގެ ހަރަދުތަކުގެ ބިލު ތަކަކީ ފަސޭހައިން ލިބޭ އެއްޗެކެވެ. ހާއްސަކޮށް ގިނަ އަދަދެއްގެ ރައްޔިތުންގެ ފައިސާ ބަލަހައްޓާ ބަޔަކު ކުރަން މަޖުބޫރު ކަމެކެވެ.

އެންމެ މުހިއްމު ސުވާލަކީ 12 ޕަސެންޓު ނަގަނީ މުޅި ޖުމްލަ އެހީގެ ފައިސާއިން ހެއްޔެވެ؟ ނުވަތަ ފަހަރަކު ލިބޭ ވަރަކުން ނަގާ ކޮމިޝަނެއްތޯއެވެ. މިސާލަކަށް އެސްޓީއޯއިން ދިން 1 މިލިއަން ރުފިޔާއިން 12%، މަސްވެރިން ދިން ތިންލައްކަ ރުފިޔާއިން 12 ޕަސަންޓު ހެއްޔެވެ؟ ނުވަތަ މުޅި ޖުމްލަ މިހާރު ލިބުނު ކަމަށް އަންދާޒާކުރާ 18 މިލިއަން ރުފިޔާގެ 12 ޕަސަންޓުކަމަށްވާ ނަމަ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ އެހީގެ ޖަމާއަތަށް ކޮމިޝަނުގެ ގޮތުގައި ލިބޭނެއެވެ. މި ކަމާ ވާހަކަދައްކާ މީހުން ބުނަނީ މީގެ ފަހުން ޓިކްޓޮކް ލައިވްތަކުންނާއި އެކިއެކި އެންޖީއޯ އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ފައިސާ ހޯދާދޭ ފަރާތްތަކުން ވަކި ވަރެއްގެ ’ފައިދާ؛އެއް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަނެެއް ބަޔަކު ބުނަނީ ކުރިން ހީކުރަނީ ކޮންމެ ބަޔަކުވެސް މި މަސައްކަތް ކުރަނީ ’ލިﷲ އަށްޓަކައި؛ ނުވަތަ ހެޔޮ ދަރުމަ ސަވާބަށްޓަކައި ކަމަށާއި މިކަމުގައި އާމްދަނީ ހިމެނޭނަމަ އެ ވާހަކައެއް ކުރިން ބުނަންވާނެ ކަމަށެވެ.

ލިބޭ ފައިސާގެ އަދަދާއި ތަފްސީލާއި ހަރަދުގެ އޮޑިޓް ރިޕޯޓެއް ނެތުން

ކާރިސާތައް ދިމާވާ ގައުމުތަކުގެ ނަމުގައި އެހީގެ ނަމުގައި ބޮޑެތ ހިޔާނާތް ސްކީމުތައް ހިންގުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހިނގާ ކަމެކެވެ. ފަލަސްތީނަށް އެހީވުމުގެ ނަމުގައި ހަރަކާތްތެރިވާ ޖަމަޢަތަކުން ނައިޖީރިއާގައި ހިންގި ވައްކަމުގެ ބޮޑު މައްސަލައެއްވެސް ވަނީ މި ހަފްތާގައި ފަޅާއަރާފައެވެ. މި ފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން، މި ފަދަ ކަންކަމުގައި އާއްމުން ގެ އިތުބާރު ހޯދުމުގެ ގޮތުން އެހީގެ ކަންކަމުގައި އުޅޭ އަމިއްލަ ޖަމާއަތްތަކުން ގެންގުޅެން ޖެހޭނެ އެންމެ މުހިއްމު އެއްޗަކީ ހިސާބުކިތާބެވެ. އޮޑިޓް ރިޕޯޓުތަކެވެ. ހަރަދުތަކުގެ ތަފްސީލު ނޭންގޭ ނަމަ ނުވަތަ ދައްކަން ބޭނުން ނުވާ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ.

އެހީގެ ޖަމުއިއްޔާ ތަކުން ބުނަނީ ވަރަށް އަވަހަށް އޮޑިޓް ރިޕޯޓު ނެރޭނެ ކަމަށެވެ. ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓް ކުރާ ނަމަ އޮންނާނީ އޮޑީޓް ރިޕޯޓު ހެދިފައެވެ. އެހެން ކުންފުނިތަކުގައި އޮންނަ ގޮތަށް އޮންލައިންކޮށް ބޭނުން ބަޔަކު ބެލޭނެ ގޮތަށެވެ. އެއީ އާއްމު ރައްޔިތުންގެ އެތައް ބައެއްގެ ފައިސާގެ އިތުރުން ވަކި މަގުސަދެއްގައި ބަޔަކަށް އެހީތެރިކަންފޯރުކޮށްދިނުމަށް ދެވޭ ފައިސާކަމަށްވުމުންނެވެ. އަމިއްލަ ވިޔަފާރިއެއް ނަމަ އެކަން ކުރަން(އާއްމުންނަށް ފެންނަ ގޮތަށް އޮޑިޓް ރިޕޯޓު އާއްމުކުރުން) ކޮންމެހެން ލާޒިމެއްނޫނެވެ.

ކަންކަން ބެލުން ހުއްޓުވަން، ދީނީ ކާޑު

އެހީދޭ ޖަމާއަތްތަކަށްދޭ ފައިސާ (ރައްޔިތުންގެ ފައިސާއިން) އެމީހުން ބޭނުންވާ މަގުސަދު ހާސިލުވޭ ހެއްޔެވެ؟ އެމީހުން ބޭނުވާ ބަޔަކަށް އެ މީހުން ބޭނުންވާ ހިސާބަކަ އެހީ ފޯރާ ހެއްޔެވެ؟ ގިނަ ބަޔަކު އެތައް ބުރައެއް އުފުލައިގެން ހޯދާ ފައިސާ އެހީދޭ ޖަމާއަތްތަކާ ހަވާލު ކުރުމުން އެކަން ފަރުދީ ގޮތުންނާއި އެހެން ގޮތްގޮތުން ބެލުމަކީ މައްސަލައެއްނޫނެވެ. މައްސަލައަކީ މި ކަމާ ސުވާލު އުފައްދާ މީހުން ނުވަތަ އެމީހުން އެކަން ކުރާ ގޮތް ބަލަން މަސައްކަތްކުރާ މީހުންގެ ބޮލުގައި ’ފިތުނައިގެ‘ ޓެގް ނުވަތަ ފަލަސްތީނަށް އެހީވާން ބޭނުން ނުވާ މީހާގެ ޓެގު ނުވަތަ ރެޑް ކުރެސެންޓަށް އެހީ އަނބުރާލަން އުޅޭ މީހާގެ ޓެގް އަޅުވާ މައްސަލައެވެ. އިސްލާމް ދީނުގެ އެންމެ މާތް ސިފައަކީ އަމާންތެރިކަމެވެ. ކަމަކަށް ސުވާލު ކުރީމާ ތެދުބަހުން ޖަވާބު ދިނުމެވެ. އަމިއްލައަށް ކަމަކާ ހަވާލުވެ އެތައް ބައެއްގެ ހައްގުތަކަކާއި ހަވާލުވާއިރު ދެފުށް ފެންނަ ގޮތަކަށް ކުރަން ޖެހެއެެވެ. އެކަމާ ސުވާލު ކުރަނީ އެހީއާ ދެކޮޅު ވެގެންނޫނެވެ. އެތައް ބައެއްގެ ހައްގެއް އޭގެ ހައްގު ފަރާތަށް ނުލިބި އެހެން ގޮތަކަށް ހިނގައިދާނެ ކަމުގެ ބިރުގައެވެ. އެއްބަޔަކު ފަލަސްތީނުރައްޔިތުން މަރާ ހާލުގައި ޖަައްސަމުންދާއިރު އަނެއް ބަޔަކު އެމީހުންނަށް އެހީވުމުގެ ނަމުގައި ބޮޑެތި ވިޔަފާރި އުސޫލުން ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

އެހީދޭ ޖަމާއަތްތަކުން ޖަވާބުދާރީވާން ތައްޔާރުވަނީ

އެހީދޭ ޖަމާއަތްތަކުން މިހުރިހާ ތުހުމަތަށް ޖަވާބުދޭނެ ކަމަށް ވަނި ބުނެފައެވެ. އަދި ކޮންމެ ކަމެެއް އެމީހުން ކުރަމުންދަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާއި އޮޑިޓްކޮށް އެ ރިޕޯޓުތައްވެސް ހާމަކުރާނެ ކަމަށެވެ. އަދި ފައިސާ ލިބޭ ވަރާއި ހަރަދުކުރާ ވަރުވެސް ހާމަކުރާނެ ކަމަށް އެފަރާތުންވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 5

  1. ހިޔާލު says:
    3 years ago

    މަގޭ ވިސްނުމުގަ ތިވަރުގެ ޒިންމާާދާރު ޖަމާއަތެއް ހަދަންވާނީ އަމިއްލަ ހަރަދުގެ ރައްޔިތުންގެ ފައިސާ ގެންގޮސް ހަވާލުކޮއްދެވޭނެ ފަރާތަކުން. ރައްޔިތުން ދޭ އެހީގެ ފަންޑުން 10-12 މީހުންގެ 2 ކޮޅު ޓިކެޓާ ހުރުމާ އެހެނިހެން ހަރަދު ކުރެވޭ ކަމަށް ވަންޔާ ތިކަން ކުރުމުގެ މަގްސަދު އޮޅުނީ..

    Reply
    • ރަނާ says:
      3 years ago

      yes

      Reply
  2. އަލިބެ. says:
    3 years ago

    އަދި ކިރިޔާ ބަޔަކަށް ރޭކާލައިގެން އުޅުނަސް ތީ ދީނުގެ ނިވފަތްގަޑުގައި ހިގާ ވަރުގަދަ ވިޔަފާރިއެއް. ތިކަން ދެނެތިބި ބަޔަކަށް ވެސް ތިކަމާ ވާހަކަ ދައްކަން ނުކެރެނީ ފިތުނަިގެ މަޅިގައި ޖައްސާ އެމީހަކު ދުވަސް ދުއްވާލާނެތީ. ޚިދުމަތް ޖަމްޢިއްޔާ ހަދައިގެން އުޅޭ ބަޔަކުވެސް އެފައިސާއިން ދުނިޔޭގެ އެތަންމިތަނައް ދަތުރުކޮށް ތަޅާ ބުރުވަނީ.

    Reply
    • ސާދާސީދާ says:
      3 years ago

      ރަފާ ބޯޑަރުގައި ހުންނެވި ދިވެހި މުރާސިލާއި ގުޅޭނީ ކިހިނެއްތޯ؟ ވަރަށްވަރަށް މުހިއްމު ކަމެއް.

      Reply
  3. ރަނާ says:
    3 years ago

    އަބަދުވެސް މި ޖަމާޢަތާއިމެދު ޝައްކު ކުރެވޭ. ފައިސާ ޖަމާ ވާ ވަރު އަބަދުވެސް ކުރަނީ ސިއްރު. މީގެ މީހުން މުއްސަނދި މަހުޖަނުނއްނަށް ކުއްލިއަކަށް ވީ ކިހިނެއް؟ ދުވަސްގަނޑާކު ހުރިން މިޔަށް ލާރި ނުލާވެސް. އެކަމަކު މިމީހުންގެ ފޮނި ވާހަކަތަކުގައި ޖެހިގެން އަނެއްކާވެސް ލާރި ލެވުނު. ޞަދަޤާތުގެ ލާރީގައި ނުޙައްޤުން ޖެހުނު މީހުންގެ ކަނކަން ފަޟީޙަތްވާނެ އިންޝާ ﷲ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©