• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަޖްލިސް2024: ވެލިދޫ ދާއިރާގެ މަޖްލިސް ގޮނޑިއަށް ވެލިދޫ ޕީޕީއެމް ޒުވާނުންގެ ރައީސް ހިޔާދު ހޮވަންވީ ކީއްވެ؟

by އަބްދުﷲ ސަފީގު އަލީ
އޮކްޓޯބަރ 22, 2023
in ރިޕޯޓު
6
މަޖްލިސް2024: ވެލިދޫ ދާއިރާގެ މަޖްލިސް ގޮނޑިއަށް ވެލިދޫ ޕީޕީއެމް ޒުވާނުންގެ ރައީސް ހިޔާދު ހޮވަންވީ ކީއްވެ؟

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދަތުރުގައި އިންތިހާބީ ރައީސް މުއިއްޒު އަރިހުގައި، ހިޔާދުވަނީ އިންތިހާބު ކާމިޔާބު ކުރަން ބުރަ މަސައްކަތްތަކެއް ކޮށްފައި

2018 ގައި ޕީޕީއެމަށް ވެރިކަން ގެއްލުމުން ޕާޓީގެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނެވެ. ޖެހިގެން އައި އަހަރު މަޖުލިސް އިންތިހާބުގައި މާބޮޑު ކާމިޔާބެއް ނުލިބުމުން ބައެއް މެމްބަރުން ހިތްމަރުވެ ޕާޓީގެ ހަރަކާތްތަކުން ގެއްލުނު އިރު ދެގޮތެއްނުވެ ޕާޓީގެ އެކި ހަރަކާތްތަކުގައިވެސް ފާހަގަކުރެވޭ އެތައް ބަޔަކު ރެއާއި ދުވާލު ދިޔައީ މަސައްކަތް ކުރަމުންނެވެ. ޕާޓީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީނަށް އިއްވަމުންދިޔަ ޖަލު ހުކުމްތަކާ ދެކޮޅަށް އަޑު އުފުލުމުގައެވެ. މި ފަދަ މެމްބަރުން ތެރޭގައި ނ.ވެލިދޫ ފުރުއްމާގެ އުމުރުން 26 އަހަރުގެ ޒުވާން މުހައްމަދު ހިޔާދު އަލީ ފާހަގަކުރެވެނީ އެންމެ ކުރީ ސަފުން ކަހަލަ ގޮތަށެވެ. ހިޔާދުގެ ބަހުން ނަމަ މަގުމަތީގައި 6 މީހުން މުޒާހަރާ ކުރިއިރުވެސް އެކަކަށް އޭނާ ހުންނާނެއެވެ. އެފަދަ ހިތްވަރުގަދަ މެމްބަރުންގެ މަސައްކަތުން މިއަދު އަނެއްކާވެސް ސަރުކާރު ހިންގާ ޕާޓީއަކަށް ޕީޕީއެމް ކޯލިޝަން އެނބުރިއައިސް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އެ ކާމިޔާބީގައި ހިޔާދު ފަހުރުވެރިކަމާ އެކު ބުނަނީ އޭނާ ނިސްބަތްވާ ދާއިރާ (ވެލިދޫ ދާއިރާ) ވާދަވެރި އެމްޑީޕީން ދަމަހައްޓަމުންއައި މެޖޯރިޓީ ގެއްލުވާލާ ރިޔާސީ ކެންޑިޑޭޓު ޑރ.މުއިއްޒަށް މެޖޯރިޓީ ވޯޓު ހޯދާދިނުމަށް ހިޔާދުގެ ހިއްސާ ބޮޑުކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބީ ދެމެހެއްޓުމަށާއި ސަރުކާރު ހިދުމަތްތަކާއި ދާއިރާއަށް ބޭނުންވާ ކަންކަން ވޭތުވެދިޔަ 5 އަހަރުގައި އެންމެ ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން މިއަދު ހިޔާދު ނިކުމެ ހުރީ ވެލިދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރުމަށެވެ. ޕްރައިމަރީން މޮޅުވެ ދާއިރާގެ ރައްޔިތުންނާ ހިސާބަށްދާއިރު ހިޔާދުގެ އަތުގައި ލިޔެފައިވާ މެނިފެސްޓޯއެއް ނުވަތަ ތަސައްވުރެވެސް އެބައޮތެވެ. މީގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ކުރީގެ ސަރުކާރުތަކުން ފަށާފައި ނުނިމި ހުރި ކަންކަން ކުރިއަށް ގެންގެސްގޮސް ނިންމާދިނުމުގެ އިތުރުން މުޅިން އަލަށް ހިޔާދުގެ ހުވަފެންތަކެއް ތަސައްވުރެވެސް ވަނީ އެކުލަވާލާފައެވެ.  

  • ވެލިދޫ ދާއިރާއަށް ހިޔާދު ކީއްވެ؟

އުއްމީދީ ސަރުކާރެއްވީމާ ރައްޔިތުންނަށް އެއްޗެއް ދެވޭނީ މި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ މީހަކު ހޮވިގެން ކަމަށް ހިޔާދު ގަބޫލުކުރާތީއެވެ. އޭގެ އިތުރުން ޒުވާނުން ސިޔާސީ ދާއިރާގެ ފުރުސަތުތަކުގައި ވީހާވެސް ބޮޑަށް އުޅެން ޖެހޭނެ ކަމަށާއި ހިޔާދު ފަދަ ޒުވާނަކަށް ކާމިޔާބު ވެއްޖެ ނަމަ އެހެން ޒުވާނުންނަށްވެސް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ. ޒުވާނުން ސިޔާސީ ދާއިރާގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެކަން ސާބިތުކޮށްދޭން ހިޔާދު ބޭނުންވެއެވެ.

  • ވެލިދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީއަށް ހިޔާދު، ކީއްވެ؟ :

ގޮނޑި ވިއްކާނުލާނެ، ތެދުވެރިވާނެ، އިހުލާސްތެރިވާނެ، މިއީ ވަރަށް ކުރުކޮށް ހިޔާދު ދޭން ބޭނުންވި މެސެޖެވެ. ރައީސް ޔާމީން ޖަލުގެ ބަންދުގައި ހުރި އިރު ޕާޓީ ނިކަމެތިވި ދުވަސްވަރުގައިވެސް އަމަލީ ގޮތުން ޕާޓީގެ ކަންކަމުގައި އުޅުމާއި މިއަހަރުގެ ރިޔާސީ އިންތިހާބު ތެރޭގައި ދާއިރާގެ 3 ރަށަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކޮށް، އިންތިހާބީ ރައީސް ޑރ.މުއިއްޒަށް ދާއިރާއިން މެޖޯރިޓީ ވޯޓު ހޯދާދިނުމުގައި ބޮޑު ހިއްސާއެއްވުން ހިމެނެއެވެ. ދާއިރާގެ ޕީޕީއެމް މެމްބަރުން އެކަންކަން ބަލައިގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިޔާދު ދެއެވެ. އެއީ ހިޔާދުގެ މަސައްކަތް ދާއިރާގެ ދިރިއުޅޭ ފަރާތްތަކާއި މާލޭގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުންނަށް ފެނިފައިވާނެތީއެވެ.

  • ޕްރައިމަރީގެ ވާދަވެރިންނާ ހިޔާދު ތަފާތުވަނީ ކޮން ކަމެއް:

ހިޔާދު ވިސްނުމުގައި ވާދަވެރި ކެންޑިޑޭޓުންނާއި ހިޔާދު އަޅާ ކިޔާނަމަ ފެންނާނެ އެންމެ ބޮޑު ތަފާތަކީ ޕާޓީގެ ކަންކަމުގައި އެއްވަރެއްގައި އެއް ފޯރިއެއްގައި އަބަދު އުޅެވިފައިވުމެވެ. ހިޔާދަކީ މިހާރުވެސް ވެލިދޫ ދާއިރާގެ ޒުވާނުންގެ ގޮފީގެ ރައީސްއެވެ. ހިޔާދު ބުނާގޮތުން ޕާޓީ މެމްބަރުންވެސް ހެކިވާނެ ފަދައިން ހިޔާދުއަކީ ފެނިގެއްލިދާ ކަހަލަ މީހެއްނޫނެވެ. މިއީ ހިޔާދުގެ ވާދަވެރި ކެންޑިޑޭޓުންނަށް ވަރަށް އިހުތިރާމު ކުރަމުން ހަމައެކަނި ބުނަން ބޭނުންވި ގޮތެވެ.

އުމުރުން 26 އަހަރުގެ ޒުވާން މުހައްމަދު ހިޔާދު އަލީ ބުނާ ގޮތުން އޭނާ އަށް ޕްރައިމަރީ ކާމިޔާބު ކުރުމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތެވެ. އެއީ ހަމައެކަނި ދާއިރާއަށް އުފަން ދާއިރާގެ އެންމެ އާބާދި ބޮޑު ވެލިދޫ ’ބޮއްބެ އާއިލާއާއި މާވަޑި އާއިލާއަށް‘ ނިސްބަތްވާ އެރަށު ފުރުއްމާގެ މީހަކަށް ވެގެން ނޫނެވެ. ވެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރުންނަށް ހިޔާދު ދެގޮތެއްނުވެ ސާބިތުކަމާއެކި ހުންނާނެ ކަމުގެ ޔަގީންކަން އޮންނާތީއެވެ. ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ އެންމެ ބޮޑު އުއްމީދަކީވެސް އެއީއެވެ.

ދާއިރާގެ ބައެއް މެމްބަރުން ބުނާ ގޮތުން ހިޔާދަކީ މީހުން ގޮވައިގެން އުޅެވޭނެ ވަރުގެ ވަރުގަދަ ލީޑަރެކެވެ. ސަމާސާ މިޒާޖުގެ އެކުވެރިއެކެވެ. ވަރުބަލިވުމެއްނެތި މަސައްކަތްކުރާހީވާގި ދިވެހި ގައުމުގެ ދެކެ ލޯބިވާ ޒުވާނެކެވެ. ދާއިރާގެ މީހުންގެ ހިޔާލު އެހެން ހުރި ކަމުގައި ވިޔަސް ހިޔާދު ބުނަނީ ވިސްނަނީ ފަހަރަކު ކަމަކަށް ކަމަށާއި އިންތިހާބު ވުމަށް ފަހު މިއީ ދާއިރާ ރައްޔިތުންގެ މީހެއް ކަމަށެވެ.

ދާއިރާގެ އެންމެން ގެ މަޝްވަރާއި އާއި ހިޔާލު ހޯދައިގެން، ދާއިރާ ރައްޔިތުންގެ ބޭނުންތައް އަޑުއަހައިގެން އެމީހުންގެ މީހަކަށްވުން މަޖުލީހުގެ ގޮނޑީގެ ޝަރަފަށްވުރެ މާބޮޑު ކަމަށެވެ.

  • މިއީ ރާއްޔިތުންގެ މަޖުލީހުގެ އިންތިހާބު 2024 އަށް ހާއްސަ ކުރެވިގެން މުރާސިލުން ގެނެސްދޭ ކެންޑީޑޭޓުންގެ އެޑުވަޓޯރިއަލެކެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 6

  1. އިއްމަ says:
    3 years ago

    ލޮހި ފޮއްދޫ އަދި ވެލިދޫގެ ފުލް ސަޕޯޓް ހިޔާދުއަށް އަބައޮތް

    Reply
  2. ވ says:
    3 years ago

    ނުހޮވަންވީ ކީވެ

    Reply
  3. ޕީޕިއެމް ދިއްދޫ says:
    3 years ago

    ލިޔުން ވަރަށް ފުރިހަމަ ޕީޕީއެމް އަބަދުވެސް އެނބުރި އަންނާނީ ގަދަކޮށް

    Reply
  4. ވެލިދޫ ދާއިރާ says:
    3 years ago

    ގާތް މިތުރެއް، ދެގޮތެއް ވުމެއްނެތް އެކުވެރިއެއް!
    #Hiyad2024
    #VelidhooDhaairaa

    Reply
  5. ފުޅަނގި says:
    3 years ago

    ހިޔާދު ނޫންގޮތެއް ނެތް!

    Reply
  6. އައިޝާ says:
    3 years ago

    Hiyad akee mifaharu midhaairaa ihn kurimathilaa enmme ekamah gaabil meehaa kamah alhugandah fehney. Lhohi, velidhoo adhi fohdhoo ihn libein jehey hurihaa support eh libeyne inshaa allah.

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©