• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ގެމަނަފުށި ދާއިރާއަށް ނިޝާޠު، ކީއްވެ؟

by އަބްދުﷲ ސަފީގު އަލީ
ނޮވެމްބަރ 21, 2023
in ރިޕޯޓު
0
ގެމަނަފުށި ދާއިރާއަށް ނިޝާޠު، ކީއްވެ؟

ރައްޔިތުންގެ މަޖިލީހަށް ހޮވަންވީ ޤާބިލު ތަޢުލީމީ މީހެއްހެއްޔެވެ؟ ނުވަތަ ސިޔާސީ ކަންކަމުގައި ހަރަކާތްތެރި، ޕާޓީގެ ޚިދުމަތްތެރިއެއް ހެއްޔެވެ؟ ނޫނީ ދާއިރާ ތަމްސީލުކުރެވޭ ފަދަ ޤާބިލު މީހެއް ހެއްޔެވެ؟ މިއީ މަޖިލީހުގެ އިންތިޚާބު ބޯމަތިވުމާއެކު ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ. އެންމެވެސް ދައްކާ ވާހަކައެކެވެ.

މިފަހަރު ގެމަނަފުށި ދާއިރާއަށް ކުރިމަތިލައިގެންހުރި ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް އަލްއުސްތާޛު މުހައްމަދު ނިޝާޠު (ނިއްޓެ) އަކީ މި ހުރިހާ ސުވާލުތަކުންވެސް ފުރިހަމަ މާކްސް ލިބޭނެފަދަ ޒުވާން ހިންގުންތެރި ކެންޑިޑޭޓެކެވެ. ނިޝާޠަކީ ޤާނޫނީ ދާއިރާއިން ބެޗްލަރސް އަދި މާސްޓަރސް ހާޞިލުކޮށްފައިވާ ފަރާތެކެވެ.

ނިޝާޠުގެ ޚިދުމަތާއި ތަޖުރިބާއަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ކުރި މަސައްކަތްތަކެވެ. 2011 އިން ފެށިގެން 2015 އާއި ހަމައަށް މަސައްކަތް ކުރީ އެ ކޮމިޝަނަށް ހުށައެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައެވެ. އަދި 2015 އިން 2016 އަށް ލީގަލް އޮފިސަރގެ ގޮތުގައި ކޮމިޝަނުގެ ލީގަލް އެންޑް އެސެޓް ރިކަވަރީ ޔުނިޓުގައި މަސައްކަތް ކުރުމަށްފަހު، 2016 އިން ޑިސެންބަރު 2019ގެ ނިޔަލަށް އެ ޔުނިޓުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.

ލީގަލް އެންޑް އެސެޓް ރިކަވަރީ ޔުނިޓު ހިންގުމާ ހަވާލުވެގެން ކުރި މަސައްކަތްތަކުގެ ތެރޭގައި އެންޓި-ކޮރަޕްޝަންއާ ގުޅުންހުރި ޤާނޫނުތައް ދިރާސާކޮށް އިސްލާހު ހުށައަޅައި ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ގޮތުން ކޮމިޝަނަށް ބޭނުންވާ ތަމްރީނުތައް ހިންގައި ޤާނޫނުތަކަށް އަހުލުވެރިކުރުން ހިމެނެއެވެ. މީގެ އިތުރުން، ކޮރަޕްޝަން ނައްތާލުމަށް އ.ދ އިން އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ކޮންވެސްޝަން އަގެއިންސްޓް ކޮރަޕްޝަން (އުންކެކް) ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފާ ފޯރުކޮށްދިނުމާއި، ކޮމިޝަނަށް ނެގޭ އިންވެސްޓިގޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތްތަކަކީވެސް، ނިޝާޠުގެ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެކެވެ.

ނިޝާޠު މިހާރު ޚިދުމަތް ކުރަމުންދަނީ ’ޖެނެރަލް ކައުންސިލް‘ ގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގައެވެ. މިއީ ދިވެހިރާއްޖޭގެ ހުރިހާ ވަކީލުން ރެގިއުލޭޓްކުރާ އިދާރާގެ ޤާނޫނީ އެންމެހާ ޒިންމާ އަދާކުރާ ފަރާތެވެ. މީގެ އިތުރުން، ބާ ކައުންސިލްގައި ނިޝާޠު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޤާނޫނުތައް ދިރާސާކޮށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެކަމާ ބެހޭ ގޮތުން ލަފާ ދިނުމަކީވެސް ނިޝާޠުގެ މަސްއޫލިއްޔަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ.

ޤާނޫނީގޮތުން ކޮށްފައި ހުރި ބައެއް މަސައްކަތްތައް:

ޤާނޫނީ ގޮތުން ނިޝާޠު ކޮށްފައިވާ މަސައްކަތްތަށް ވަރަށް ގިނައެވެ. މިގޮތުން ފާހަގަކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބިލް އެކުލަވާލުމުގެ މަސައްކަތާއި ޤާނޫނުލްއުޤޫބާތު ތަންފީޒު ކުރުމުގެ މަސައްކަތަށް މުވައްޒަފުން ތަމްރީނު ކުރުން ހިމެނެއެވެ. މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތުގައި އެންޓި ކޮރަޕްޝަނާއި ގުޅުންހުރި ކަންކަން ފާހަގަކޮށް އެކަމަށް އިސްލާހުތައް ހުށަހެޅުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ.

އަދި ހަމައެހެންމެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް ގެންނަންޖެހޭ އިޞްލާހުތައް ހުށަހެޅުމާއި، މިހާރު ނިޝާޠު މަސައްކަތް ކުރަމުންދާ ބާ ކައުންސިލްގައި، އެ ކައުންސިލް ހިންގުމުގައި އެކުލަވާލަން ޖެހޭ އެންމެހާ ގަވާއިދުތަކާ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްކުރީ ވެސް ނިޝާޠެވެ.

ނިޝާޠު ހޮވަންވީ ކީއްވޭ؟

2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގެ ގެމަނަފުށި ދާއިރާއަށް އުސްތާޛު ނިޝާޠު ހޮވަންވީ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށްވެފައި ނިޝާތަކީ ޤާނޫނީ ދާއިރާ އިން 12 އަހަރު ޤައުމަށް ޚިދުމަތްކޮށްދީފައިވާ އަދި ކުރަމުންދާ، ދާއިރާ ރަމްޒުކޮށްދޭނެ ޤާބިލު ފަރާތަކަށްވާތީއެވެ. އަދި ނިޝާޠަކީ މަޖިލީހުގައި އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ފުރިހަމަ ތަޢުލީމާއި ތަޖުރިބާހުރި ފަރާތަކަށްވާތީއެވެ. އަދި ފެށުނީއްސުރެ އަދާހަމައަށްވެސް، ޕީޕީއެމް/ޕީއެންސީގެ ފިކުރުގައި ހުރި ފަރާތަކަށްވެފައި، ކުރިއަށް އޮތްތަނުގައިވެސް، ޕާޓީގެ ފިކުރަށް ތެދުވެރިވާނެ ފަރާތަކަށްވާތީއެވެ.

ހަމައެހެންމެ، ނިޝާޠަކީ ދާއިރާގެ ކަންތައްތައް ގާތުންބަލާ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަނެ، އަދި މިހާރުވެސް އެކަންކަމާމެދު ކަންބޮޑުވެ، އެކަންކަން ރަނގަޅުކުރުމަށް އަޑުއުފުލާ ފަރާތަކަށްވާތީއެވެ. ދާއިރާގެ ޙައްޤުގައި ވަކާލާތުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއިއެކު ދެގޮތެއްނުވެ ދެމިހުންނާނެ ފަރާތަކަށް ވާތީއެވެ.

މަޖިލީހުގެ މެމްބަރަކަމަށް އާދެވުމުން އެންމެ ފުރަތަމަވެސް ކުރާނީ ކޮންކަމެއް ހެއްޔެވެ؟

ނިޝާޠުގެ ޖަވާބަކީ މިއެވެ. ”މިހާތަނަށް އަޅުގަނޑުގެ ތަޖުރިބާއިން ފާހަގަވަނީ، ގިނަ މެންބަރުންނަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރަން އާންމުކޮށް ހުޅުވާލައިގެން ނުބެލޭކަން. އަޅުގަނޑު 2024 ވަނަ އަހަރުގެ މަޖިލީހަށް ހޮވިއްޖެނަމަ ދާއިރާގެ ރައްޔިތުންނަށް މަހަކު އެއްފަހަރު އަޅުގަނޑާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސާނަން. މި ބައްދަލުވުން ވެގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ބައްދަލުވުމަކަށް. މި ބައްދަލުވުމުގެ މަޤްޞަދަކަށްވާނީ، ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ދެނެގަނެ، ކުރިއަށް ކުރަން ހުރި ކަންކަން ރާވާއި ޕްލޭންކުރުމަށް ކުރަންޖެހޭކަންކަން ދެނެގަތުން.“

ނިޝާޠުއާއެކީ މަސައްކަތްކުރި މީހުން ބުނަނީ ކީކޭ؟

”އެކުގައި މަސައްކަތް ކުރެވުނު އެންމެ ހިންގުންތެރި މުވައްޒަފު. އަދި ނިޝާޠަކީ ކަމާވެގެން މަސައްކަތް ކުރާ ފަރާތެއް“

”ކުރާ ކޮންމެ ކަމެއްގައިވެސް އެކަމެއްގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލް ކުރެވޭނެ މަގު ހޯދާމީހެއްގެ ގޮތުގަ ފާހަގަކުރެވެނީ“

”ނިއްޓެއާ ކަމެއް ހިއްސާކޮށްފިނަމަ އަބަދުވެސް ޕްރޮފެޝަނަލް އޮޕީނިއަންއެއް ލިބޭނެ. ކުރިއަށްދާންވީ ގޮތް އަބަދުވެސް ކިޔައިދޭނެ. އާންމުކޮށް އެހެންމީހުން ނުވިސްނާ ދިމަދިމާލަށް ވިސްނާފަ ކުރިއަށްދާންވިގޮތް ނިއްޓެ ކިޔައިދޭނީ“

މިއީ، ނިޝާޠުއާއެކު މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުގެ ބަހެވެ. ދެން އޮތީ ދާއިރާ ރައްޔިތުންގެ ބަހެވެ. ރައްޔިތުން ގޮތެއް ނިންމަން ނިޝާޠަކީ ފަސޭހަ ހޮވުމެއްކަން ނިޝާޠުގެ ތަޖުރިބާއާއި ތަޢުލީމީ ވަނަވަރާއި ދައުލަތަށް ކޮށްދީފައިވާ ޚިދުމަތްތަކުން ބުނެދެއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©