• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފެންކުޅި ކުޅުމަކީ ތައިލެންޑު ބުޑިސްޓުންގެ ދީނީ ކަމެއް! ކުލަ ޖެހުމަކީ ހިންދީން ގެ ކަމެއް!؟

by އަބްދުﷲ ސަފީގު އަލީ
އޭޕްރިލް 21, 2023
in ރިޕޯޓު
4
ފެންކުޅި ކުޅުމަކީ ތައިލެންޑު ބުޑިސްޓުންގެ ދީނީ ކަމެއް! ކުލަ ޖެހުމަކީ ހިންދީން ގެ ކަމެއް!؟

                  މި އަހަރުގެ ކުޑަ އީދުގައި ގދ. ފިޔޯރީގެ ނިންމުމަކީ ކުޑައީދުގައި އެރަށުގައި ކުލަ ޖެހުމުގެ އެއްވެސް ކުޅިވަރެއް ކުޅެގެން ނުވާނެކަމެވެ. އެއީ ހިންދީ ދީނުގެ މީހުން ކަމެއް ކަމަށްވާތިއެވެ. ހިންދީން ދީނީ ގޮތުން ފާހަގަކުރާ ދީވާލީއާއި ހޯލީ ފަދަ ދުވަސްތަކުގައި މަޖާ ކުރުމުގެ ގޮތުން ގިނަ ބަޔަކު އެއްވެ ކުލަ ޖަހައެވެ.

ކުލަ އަކީ ހިންދީ ދީނުގެ ކަމަކަށް ވާ ނަމަ އަހަރުމެން ފޯރީނަގާފަ މި ޖަހާ ފެނުގެ ކުޅިވަރަކީ ވެސް ބައެއްގެ ދީނީ އަޅުކަމެއްކަން މިހާރު ވަރަށް ގިނަ ދިވެހިންނަށް އިނގޭނެއެވެ. ހާއްސަކޮށް މި މަހުގައި (އެޕްރިލް 14 އިން 16) ތައިލެންޑުގައި އޮންނަ ފެންޖެހުމުގެ ކުޅިވަރަކީ އެގައުމުގެ ދީނީ އަޅުކަމެއްގެ ތެރެއިން ކުރާ ކަމެކެވެ.

           ދިވެހިންގެ އެތައް ބަޔަކު އަބަދުވެސް ދާ ގައުމެއް ކަމަށްވާ ތައިލެންޑުގެ ފެނުގެ ކުޅިވަރު ވާނީ އެތައް ދިވެހިންނަށްވެސް ފެނިފައެވެ.

ތައިލެންޑު މީހުންގެ ބަހުން ނަމަ ސޮންގކުރަން އަކީ އެމީހުންގެ ދީނީ ކަލަންޑަރުން އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ފެށޭ އެކި ކަންކަމުގެ ތެރެއިން އެއްބައެވެ. އެމީހުންގެ އާ އަހަރު ފެށެނީ އެޕްރިލް 9 ގައެވެ. ފެނުގެ ކުޅިވަރު އާއްމުކޮށް އޮންނަނީ އޭގެ ދޭއް ނުވަތަ 3 ދުވަސް ފަހުންނެވެ. ފެނުގެ ކުޅިވަރު ފެށެނީ އެމީހުންގެ އަޅުކަންކުރާ ބުއްދާ ގެ ބޮލަން އޮއްސާލާ ފެނަކުންނެވެ. އޭގެ ފަހުން މުޅި ތައިލެންޑުގައި ފެނުގެ ކުޅިވަރުތައް ފެށެއެވެ. އަހަރުމެން ރާއްޖޭގައި ވެސް ފެން ޖެހުން އޮންނަ ގޮތަށް މަގުތަކަށް ނިކުމެ އެކަކު އަނެކަކު ގަޔަށް ފެން ޖަހާ ތެންމާލަނީއެވެ. ޒުވާން ކުދިން ފެން ފިސްތޯލަތަކާއި، ގޭގެއިން ފެން ހޮޅި ނެރެގެންވެސް މީހުން ތެންމާލައެވެ. މި ކުޅިވަރުގައި އެ ގައުމުމަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ބައިވެރިވެއެވެ. މި ހާރަކަށް އައިސް މި ކުޅިވަރަށް ވަކި ޓީޝާޓެއް ހަދައި ވަރަށް ބޮޑަށް ޕްރޮމޯޓުވެސް ކުރެއެވެ. ރާއްޖޭގައިވެސް މިހާރަކަށް އައިސް އިދު ކުޅިވަރު ލޯގޯ ޖެހި ވަކި ޓީޝާޓުތަކެއް ހަދައިގެން އީދު ކުޅިވަރުތަކުގައި ބޭނުން ކުރާ ގޮތަށެވެ.

                       ދިވެހިންގެ ތެރޭގައި ފެނުގެ ކުޅިވަރު، (އެކަކު އަނެކަކު ގަޔަށް އީދުގެ ވަކި ދުވަހެއްގައި ފެން ޖެހުމަކީ ) ވަރަށް ގިނަ ދުވަސްވީ، މިހާރު ދިވެހިންގެ އާދަކާދައަށް ވަދެފައިވާ ކުޅިވަރެކެވެ. ކުލަ ޖެހުމަކީ ވަރަށް ފަހުން ދިވެހިންގެ ތެރެއަށް ތައާރާފްވީ ކަމެކެވެ. ނަމަވެސް މި ތަނުން ’ދީނީ ކާޑު ކުޅެނީ‘ ހަމައެކަނި ކުލަ ޖެހުމުގައެވެ. އިންޑިޔާގައި ކުލަ ޖަހަނީ ހަމައެކަނި ހިންދީ ދީނުގެ މީހުންނެއް ނޫނެވެ. ދިވާލީގައި އެ ގައުމުގެ މުސްލިމުންވެސް ކުލަ ޖެހުމުގައި ބައިވެރިވެއެވެ. އެއީ ކުލަ ޖެހުން އޮންނަނީ ފައްޅިއެއްގައެވެ ނޫނެވެ. ވަކި ކިޔެވެލި ތަކެއް ކިޔަވާފައެއްވެސް ނޫނެވެ. މަޖާ ކުރުމުގ ގޮތުން އެކަކު އަނެކަކު ގަޔަށް ކުލަ ޖަހަނީއެވެ. އެ ކުލައިގެ ކުޅިވަރަށް ލަވަވެސް ހަދާފައި ހުރެއެވެ. ހިންދީ ފިލްމުތަކުގައި ވަރަށް ފޯރީގައި ހަދާފައި ހުންނަ މި ލަވަތައް ދިވެހިރާއްޖޭގައިވެސް ވަރަށް މަޝްހޫރެވެ. ’ރަނގު ބަރުސޭ..‘ އާއި ’ބަލަމް ބިޗިކާރީ….‘ ފަދަ ލަވަތަކެވެ.

      އީދު ގައި ފެނުގެ ކުޅިވަރު ތައާރަފް ވެގެން އައި އިރު އެއްވެސް މީހަކު އެކަން ކުރަނީ، ތައިލެންޑުގެ ދީނީ ކަމަކާ ގުޅުވާފައެއް ނޫނެވެ. ހަމަ އެގޮތަށް ކުލަ ޖަހަނީވެސް ހިންދީންގެ ދީނީ ކަމަކާ ގުޅުވާފައެއްނޫނެވެ. ކޯޑި ހިފައިގެން ފުޅަނދު ހަދައިގެން ހިނގަނީއެއް ބްރެޒިލް ގެ ޕްރައިޑް ޕެރޭޑް ކަމަށް ދެކިގެން ނޫނެވެ. ދެލިމާލި ހަދާ ވައްވައް ޖަހާފަ ނަށާ ހަދަނީ އެފްރިކާގެ އަލިފާނަށް އަޅުކަން ކުރާ މީހުންގެ ޒިކުރާ އާކުރާކަށް ނޫނެވެ. ކޮންމެ ކަމެއް ދީނާ ގުޅުވާލާއިރު ހީވަނީ ހުރިހާ ފަރުޟަކާއި ހެޔޮ އަޅުކަންކޮށް ބާކީ އޮތީ ކުލަ ޖެހުމުން ދުރުވުން އެކަނިއެވެ.

                ބައެއްގެ ދީނީ އަޅުކަމެއްގެ ތެރެއިން އައި ކަމެއް ކަމަށް ދެކިގެން އިދުގަ ކަމެއް ކުރާ ނަމަ ދިވެހިންގެ ތެރޭގައި އީދު ފާހަގަ ކުރަން މި ކުރާ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ކުޑަ އިދާއި ބޮޑު އީދުގައި އަހަރުމެން ތިބެންވީ ހަނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 4

  1. ހަސަނު says:
    3 years ago

    ޚަވާއެރުވުމަކީވެސް ކާފަރުން ކުރާކަމެއް ދެން ފެންކުޅިއާ ކުލަޖެހުން ހުއްޓުވާއިރު މިކަންވެސް ހުއްޓުވާނަމަދޯ

    Reply
  2. laadheen says:
    3 years ago

    Kuree ga Buddha alhukan kuran feshunee ihuthiraam kurumuge gothun mees meehunge budhu hadhaa bahattaigen

    Reply
  3. މޯދު says:
    3 years ago

    ފެންޖެހުމަކީ ހިންދީ ބުދު ދީނުގަ ފާހަގަކުރާ ކަމެއް

    Reply
  4. އަލީ ފިޔޯރީ says:
    3 years ago

    ލިޔުންތެރިޔާ ހިތްހަމަ ޖެހިއްޖެކަމަށް އުއްމީދުކުރަން

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©