• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޝުކުރިއްޔާ ރައީސް ސޯލިހު، މަރުހަބާ ރައީސް ޑރ.މުއިއްޒު

by އަބްދުﷲ ސަފީގު އަލީ
ނޮވެމްބަރ 17, 2023
in ރިޕޯޓު
0
ފާއިތުވި 5 އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން- ރައީސުލްޖުމްހޫރިއްޔާ

މިއަދަކީ އަމާން އޮމާން ކަމާއެކު މި ގައުމުގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަމަށް އައު ބޭފުޅަކު ހުވާ ކުރައްވާ ދުވަހެެވެ. 5 އަހަރުގެ ފުރިހަމަ ދައުރެއް އަދާކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ވަކިވެ ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ޒައާމަތުގައި ވަނީ ގިނަގުނަ އެތައް ކަންތައްތަކެއް ކޮށްދީފައެވެ. އެތައް ފަސޭހަތަކާއި ތަރައްގީގެ ގިނަ މަސައްކަތެއްގެ ބިންގާ އެޅި، ފެށިގެން ކުރިއަށްދާއިރު ބައެއް މަސައްކަތްތައް ވަނީ ނިމި އާއްމު ރައްޔިތުން ބޭނުން ކުރަން ފަށާފައެވެ. އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގައި އަމާން ވެއްޓެއް ގާއިމު ކުރުމަށް ކުރެއްވި މަސައްކަތްތައް ވަނީ ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވެފައެވެ.

ރައީސް ސޯލިހަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑްގެ އާލަމީ ވަބާއިން މުޅި ދުނިޔެ ހުއްޓުމެވެ. މިއީ މި ފަހުގެ ތާރީހެއްގައި އިންސާނިއްޔަތު ދެކެފައިނުވާ ތަޖުރިބާކޮށްފައި ނުވާ ކަމެކެވެ. މީގެ ކުރިން ބަލިމަޑުކަމާއި ގުދުރަތީ ކާރިސާތައް މެދުވެރިވަނީ ވަކިވަކި ގައުމުތަކަށް ނުވަތަ ބައްރު ތަކަކަށް ވަކިންނެވެ. އެފަދަ ދަނޑިވަޅުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ މަސއްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު ހާލުގައި ޖެހޭ ގައުމުތަކަށް އެހީތެރިވުމުގައި ފަސޭހަތަކެއް ހުރެއެވެ. ކޮވިޑުގެ އާލަމީ ވަބާ އައީ މުޅި ދުނިޔެއަށެވެ. ހުއްޓުނީ މުޅި ދުނިޔޭގެ ދަތުރު ފަތުރުގެ ނިޒާމެވެ. އެއްގައުމުން އަނެއް ގައުމަށް އިންސާނުންނާ މުދާ ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ ދަތުރެއް ހުއްޓި އުޅަނދުތަކެއް ނެތް ކަނޑުތަކާއި މަގުތަކެއްގެ ގޮތުގައިފުރަތަމަ ފަހަރަށް ދުނިޔޭގެ ތާރީހުގައި ލިޔެވުނެވެ. މި ދަތި ކަމުގައި އަމިއްލަ ގައުމުގެ ރައްޔިތުންނަށް އެހީތެރިނުވެ އެހެން ގައުމަކަށް އެއްޗެއް ދިއްކޮލުންވެސް އޮތީ ގައުމުތަކުގެ ވެރިންނަށް އުނދަގޫ ކަމަށްވެފައެވެ. މި ހާލަތުގައި ރާއްޖޭގެ ތަރައްގީގެ ހުރިހާ ޕްރޮޖެކްޓެއް ހުއްޓި އެތައް ދަތިކަމެއް ދިމާވެ ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށް ލިބިފައި ހުރި ތާރީހުތަކުން ދުވަސްތަކެއް ފަހަތަށް ވެއްޓުނެވެ. އަލުން އައު ތާރީހު ތަކަކަށް ފޯކާސްޓު ކުރަން ޖެހުނެވެ. މި ދަތި ވަގުތާއި ހާލަތުން އަރައިގަތުމަށް ރައީސް ސޯލިހު ކުރެއްވި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެކެވެ. ކެތްތެރިކަމާ ހިކުމަތްތެރިކަމާ އެކު ނޫނީ އެއްވެސް ވެރިއަކަށް ނުކުރެވޭ ދަރަޖައަށް ފާޑުކިއުމާއި ނުރުހުންވެސް އަމާޒުވިއެވެ. އަމިއްލަ ގައުމުގެ ރައްޔިތުންނަށް ގެ ހާލަތާއި ޖަޒުބާތުގެ މި ފަދަ ދުވަސްތަކެއް ތަޖުރިބާކުރަން މިހާތަނަށް ދިވެހި އެއްވެސް ވެރިއަކަށް ކުރިމަތިވެފައި ނުވެއެވެ.

ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ކުރިމަތިލާން ޖެހުނީ އަމިއްލަފުޅު ޕާޓީގެ ތެރެއިން ކުރިމަތިވި ފިއްތުންތަކެވެ. ނުފޫޒުގަދަ ލީޑަރު ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން އަމިއްލަ ޕާޓީ އަމިއްލަ ސަރުކާރުގަ ތިބެގެން ދައްކަމުން ދިޔަ ވާހަކަތަކާއި ތުހުމަތުތައް އަދި ކުރަމުންދިޔަ ޖެއްސުންތަކަކުގެ ސަބަބުން ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުގެ މަސައްކަތަށް ފަސޭހިއެވެ. ސުޕަ މެޖޯރިޓީ އޮތް މަޖުލީހުގައިވެސް ސަރުކާރުން ހިންގުން ދަތިވާ ވަރަށް މަސައްކަތްތަކަށް ހުރަސް އަޅަމުންދިޔައީ އެމްޑީޕީން ރައީސް ސޯލިހާ ދެކޮޅަށް ނުކުންނެވި ނަޝީދު މަޖުލީހުގެ ރިޔާސަތުގައި އިންނެވުމުންނެވެ، މި ހުރިހާ ދަތިތަކުން އަރައި ގަނެވުނަސް އެ ޒަހަމުތަކާއެކު ކޮށްދެއްވަމުން ގެންދެވި ކަންކަމުގެ ލިސްޓެއް އާއްމުކޮށް ފެންނާނީ ދައުރެއްނިމި އެހެން ވެރިއަކާ ގައުމު ހަވާލުވުމަށް ފަހު އެ ވެރިކަމެއް ހިނގައިގަތުމުންނެވެ. ނުވަތަ އެ ވެރިކަމެއް ގެ ކަންކަން ވަޒަންކުރާ ހިސާބުންނެވެ،

ރައީސް ސޯލިހުގެ އެންމެ ފާހަގަ ކުރެވޭ އެހެން ކަންތައްތަކަށް ބަލާއިރު ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރެއެވެ. ސިޔާސީ ގޮތުން ބަލާއިރު ބޭކާރު ކަމަކަށްވިޔަސް އާއްމު ރައްޔިތުން ތަކަށް ލިބެން ޖެހޭ ހިދުމަތްތައް އަމިއްލަ ރަށުގަ ތިބެ ލިބުމަކީ ކިހާ ބޮޑު ހިތްހަމަޖެހުމެއްކަން އެނގޭނީ އެފަދަ ރަށްރަށުގައި އުލޭ ފަރާތްތަކަށެވެ. ސިޔާސީ ގޮތުން ބަލާއިރު މިއީ ކުރަން ހެޔޮވާވަރު ކަމެއްނޫން ކަމަށް ވާދަވެރި ސިޔާސީ ބޭފުޅުން ބުނަމުން ދިޔަޔަސް އަދި އެ ހަގީގަތް އެގޮތަށް ފެންނަން އޮތަސް އެ މަސައްކަތަކަކީ ތާރިހު ފަހުން ކިޔާދޭނެ ހެކިވާނެ ވާހަކަ ތަކެކެވެ.

ރައީސް ސޯލިހަށް ދިމާވި އެންމެ ބޮޑު ފާޑިކިއުމަކީ މާ ބޮޑަށް ކަންކަމަށް ދޫދެއްވުމެވެ. ސަރުކާރުގެ އެތެރޭގެ މަސްލަހަތުތައް ހިފަހައްޓަން ކުރަން ޖެހޭ ކަންތައްތަކެއް ހުއްޓަސް ބައެއް މުހިއްމު ނިންމުންތައް ނިންމަންވާނީ ގިނަބައެއްގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަހުންވެސް މާބޮޑު ފާޑުކުމެއް އަމާޒު ނުވާނެ ގޮތަކަށެވެ. ގިނަބަޔަކު ބައިވެރިވެގެން ބޮޑު ކޯލިޝަނަކުން ވެރިކަމަށް އަންނައިރު އެ އެންމެން ރުއްސައިގެން ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަން އެގޮތަށް ކުރުމަކީ އާހިރުގައި ތާއިދު ގެއްލިދާނެ ކަމެއްކަން ވިސްނިވަޑައިނުގަތީކަމަށް ވެދާނެއެވެ. ވެންޓިލޭޓަރު ތަކުގެ މައްސަލަތަކާއި ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޭން ހުން (ކުރީ ސަރުކާރުތަކުން ގޯސްކޮށް ކުރިކަމެއްގެ ސަބަބުން ވިޔަސް) އަދި ޓްރާސްޕޯޓު މިނިސްޓްރީގައި ހނގަމުންދިޔަ ކޮރަޕްޝަނުގެ ކަންތައްތަކާއި، މީޑިއާގެ މިނިވަންކަން ހައްދެއް ނެތް ވަރަށް ދޫކޮށްލުން ކަހަލަ ކަންތައްތަކަކީ ރައީސް ސޯލިހަށް ހެއްދެވުނު ގޯސަތަކުގެ ބައެއް ކަންތައްތަކެވެ. އެމްޑީޕީ ނޫން ފަރާތްތަކަށް ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމާއި ވެރިކަން ލިބުމުން ކައިރިވާ ފަރާތްތަކަށް މާބޮޑު އަހަމިއްޔަތު ކަމެއްދެވުމަކީ ކިހާވަރެއްގެ ކަމެއްކަން މިއަދު އެންމެ ބޮޑަށް އިހުސާސް ކުރެވޭނީވެސް ވެރިކަމަަށް އަންނަ ފަރާތްކަށެވެ.

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމާއި މިއަދު ހަވާލުވާ ޑރ. މުހައްމަދު މުއިއްޒަކީ ހިކުމަތްތެރި ކަންކަމުގެ އަސްލު ރަނގަޅަށް ވަޒަން ކުރެވޭ ބޭފުޅެއްކަން ސިޔާސީ ގޮތުން މިއަދާ ހަމައަށް ކުރައްވާފައިވާ ދަތުރުގެ ރާސްތާއިން ބުނެދެއެވެ. އެހެން ރައީސުންނާ ހިލާފަށް ޑރ.މުއިއްޒަށް ލިބިފައިވަނީ ފަސޭހަ ވެރިކަމެކެވެ. އެއްވެސް ސިޔާސީ ޕާޓީ ތަކެއް ބައިވެރިވުމެއް ނެތް ކޯލިޝަން ޕާޓީތަކެއް ނެތް ވެރިކަމެކެވެ. އެމަނިކުފާނުގެ އިންތިގާލީ މަރުހަލާގައިވެސް އެހާ ފަސޭހައިން އެތެރޭގެ ކޯޅުމެއްނެތި ކުރިއަށްދެވުނު ސަބަބަކީ އެއީއެވެ. އެހެން ރައީސުން ކޯލިޝަންތަކުގެ ތެރޭގައި ފިތިބާރުވެ ބޭނުންވާ ގާބީލު މީހެއް އިހުތިޔާރު ނުކުރެވިގެން އުޅެން ޖެހެނީވެސް ނުފޫޒު ގަދަ ސިޔާސީ ލީޑަރުންނަށް ނިސްބަތްވާ ޕާޓީތަކުގެ ސަބަބުންނެވެ. ފަހުގެ ތާރީހެއްގައި ފަސޭހަ ވެރިކަމެއްކުރަން މަގުތަނަވަސްވީ ހަމައެކަނި ވެރިއަކީވެސް ޑރ. މުއިއްޒެވެ. އެންމެ ބޮޑު ފަސޭހައަކީ ވަރުގަދަ އިދިކޮޅު ޕާޓީތަކެއް ނެތުމެވެ. އިދިކޮޅު ޕާޓީތަކުން އަދިވެސް ބަހުގެ ހަމަލާތައް ދެނީ އެމީހުންގެ ތެރެއިންނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއްޕާޓީ ކަމަށްވާ އެމްޑީޕީއާއި އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއާއި ދެމެދު ހިނގާ ބަހުގެ ހަމަލާތަކާއި ނަޝިދު އިސްވެ ހުންވައިގެން ’އެމްޑީޕީ ހުސްކޮށްލަން‘ ރާވާފައިވާ ރޭވުމުގެ ސަބަބުން ޑރ. މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާކަކަށް މި ބޭފުޅުންނަށް ވަގުތެއް ނެތެވެ. މި ފަސޭހަ ކަމުގައި އަމާން އޮމާން ފުދުންތެރި ރައްޔިތުންތަކެއް އުފެއްދޭނެ، ކޮރަޕްޝަނާއި ދުރު ސަރުކާރެއްގެ ހުވަފެން ހަގީގަތަކަށް ހަަދައިދެވިއްޖެ ނަމަ ފަސޭހަ ކަމާއި އެކު ދެވަނަ ދައުރެއްގެ ލިބުމަކީ އުނދަގޫ ކަމެއް ނޫނެވެ. ޑރ. މުއިއްޒަށް މިވަގުތު ހަމައެކަނި އޮތް ގޮންޖެހުމަކީ އެމަނިކުފާނުގެ އަރިހުގައި އަދި މަގާމުތަކަށް އައްޔަންކުރާ ބައެއް ފަރާތްތަކުގެ ކުރީގެ ރެކޯޑުތައް އެހާ ސާފުނުވުމެވެ. ކޮރަޕްޝަނާއި ވައްކަމުގެ ތުހުތަމަތު އޮތް ބޭފުޅުން ޒިންމާދާރު ހައިބަތުބޮޑު މަގާމުތަކާއި ހަވާލުވާއިރު، މި ސަރުކާރުގައި އެ ބޭފުޅުންގެ އަމަލުތައް ތަކުރާރުވޭތޯ ކޮންމެވެސް ބަޔަކު ބަލާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިަށް ޝުކުރިއްޔާއެވެ. ރައީސް މުހައްމަދު މުއިއްޒަށް މަރުހަބާއެވެ. މިއީ އަނެއްކާވެސް ދިވެހި ގައުމު ދެކޭނެ ތާރިހީ ދުވަހެކެވެ.

ގުޅުންހުރި ލިޔުންތައް

ގެމަނަފުށި ދާއިރާއަށް ނިޝާޠު، ކީއްވެ؟

ގެމަނަފުށި ދާއިރާއަށް ނިޝާޠު، ކީއްވެ؟

ނޮވެމްބަރ 21, 2023
މިއަދަކީ ’އެއްވާގަނޑަކުން ބަނދެގެން‘ އިންޑިޔާ ސިފައިން ފުރުވާލާ ދުވަހެއްނޫން!

މިއަދަކީ ’އެއްވާގަނޑަކުން ބަނދެގެން‘ އިންޑިޔާ ސިފައިން ފުރުވާލާ ދުވަހެއްނޫން!

ނޮވެމްބަރ 18, 2023
ރައީސް  ޑރ. މުޢިއްޒު، މުލިއާގެ ރިޔާސީ ގެކޮޅުގެ ގޮތުގައި ބޭނުން ކުރައްވާނެތޯ ؟

ރައީސް ޑރ. މުޢިއްޒު، މުލިއާގެ ރިޔާސީ ގެކޮޅުގެ ގޮތުގައި ބޭނުން ކުރައްވާނެތޯ ؟

ނޮވެމްބަރ 16, 2023
ހަމީދަށް ވިލިމާލެ އާއި ދުރަކަށް ނުދެވުނު

ހަމީދަށް ވިލިމާލެ އާއި ދުރަކަށް ނުދެވުނު

ނޮވެމްބަރ 5, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
  • ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި
  • މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ
  • ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު
  • މެޑިކަލް ޗެކަޕް، އައިވީއެފް އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު ކުރަން ޖެހޭ ހަރަދު އާސަންދައިން ލިބޭގޮތް ހަމަޖައްސައިފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©