• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ވިއްސާރަ ނޫން ކޮންމެ ދުވަހަކީ ބޮޑު ޗުއްޓީ!

by އަބްދުﷲ ސަފީގު އަލީ
އޯގަސްޓް 17, 2023
in ރިޕޯޓު
1
ވިއްސާރަ ނޫން ކޮންމެ ދުވަހަކީ ބޮޑު ޗުއްޓީ!

މި ދުވަސްކޮޅަކީ ރާއްޖޭގެ ސިޔާސަތުތައް ބަދަލުކޮށް އާ ވިސްނުންތަކަކާ އެކު ކެންޑިޑޭޓުން ވައުދުވަމުން އަންނަ ދުވަސްކޮޅެވެ. ބައެއް ކެންޑިޑޭޓުން ލިޔެފައިވާ މެނިފެސްޓޯއެއް ނެތި އެ ވަގުތަކު އެއްވެ ތިބި ރައްޔިތުންގެ ޖަޒުބާތުތަކަށް ބަލައި ވައުދުވަމުންދާއިރު ފުއްދޭނެ ވައުދުތަކާއި އެ ވައުދެއް ފުއްދުމަށް އެހެން ބަޔަކު ވާން ޖެހޭ ގުރުބާނީއެއް ބެލުމެއްވެސް ނޯވެއެވެ. ނުވަތަ އެކަމުން މަސްލަހަތު ގެއްލި އެހެންބައެއްގެ ހައްގު ތަކެއް ގެއްލޭއިރު ވެސް އެކަމާވެސް ފަރުވާލެއް ނެތެވެ.

ރިޔާސީ ޕްރައިމަރީއަށް ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުގެ ވައުދުގައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލު ކުރާނެ ކަމުގެ ވައުދާއެކު އަނެއްކާވެސް މިވަނީ ފޯރިގަދަ ބަހުސެއް ފެށިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރުން ޖޫން/ޖުލައި އަށް ބަދަލު ކުރީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ވަރަށް ބޮޑު އެދުމެއް އެކަމުގައިވުމާއި ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް އެ ދުވަސްވަރަކީ ޗުއްޓީ ދުވަސްތަކެއް ކަމަށް ކަނޑައަޅާފައިވާތީއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިގްތިސޯދަކީ ޓުއަރިޒަމް އިންޑަސްޓްރީ ކަމަށްވެފައި މުޅި ޓުއަރިޒަމް ބިނާވެފައިވަނީ ސީޒަނަލް ވިޔަފާރިއެއްގެ ގޮތުގައެވެ. ކުރިން ބޮޑު ޗުއްޓީގެ ގޮތުގައި ހަމަޖައްސާފައިވާ ޑިސެމްބަރު / ޖެނުއަރީ އަކީ މުޅި ޓުއަރިޒަމް އިންޑަސްޓްރީގެ އެންމެ ބާރުބޮޑު އެންމެ ބިޒީ ދުވަސްތަކެވެ. އެންމެ ރަނގަޅު ސަރވިސްޗާޖެއް އަދި އެންމެ ރަނގަޅު އާމްދަނީއެއްވެސް ލިބެނީ މި ސީޒަނުގެ ތެރޭގައެވެ. މުޅި ދިވެހިރާއްޖޭގެ ހުރިހާ ވިޔަފާރިއެއްގެ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވަނީ ޓުއަރިޒަމްގެ ވިޔަފާރިތަކަށެވެ. ބޭރު ފައިސާ ލިބޭ ހަމައެކަނި ވިޔަފާރިއަކީވެސް ޓުއަރިޒަމް އިންޑަސްޓްރީއެވެ. ރިސޯޓުތަކުން ފެށިގެން ގެސްޓުހައުސްތައްވެސް ފުރިބާރުވެ އެންމެ ބޮޑު ނަފާނެގޭ ދުވަސްކޮޅުގައި ސްކޫލުތަކުގެ ޗުއްޓީ ހަމަޖެއްސުމުން އެ އިންޑަސްޓްރީ ގައި މަސައްކަތްކުރާ އެތައްހާސް މުއައްޒަފުންނާއި އެ އިންޑަސްޓްރީއަށް ތަފާތު މަސައްކަތްތައް ފޯރުކޮށްދެމުންދާ ފަރާތްތަކަށް އެކަމުން ލިބޭނެ އެއްވެސް އުފަލެއް ނެތެވެ. އަނބިދަރިންނާ އާއިލާއަށް ވަގުތު ދެވޭނެ ނުވަތަ ރަށަށް ދިއުމަށް ޗުއްޓީއެއް ނެގުންވެސް ވާނީ ވަރަށް ވަރަށް ބޮޑު ތަކުލީފަކަށެވެ. ގިނަ ރިސޯޓުތަކުން އެ ދުވަސްވަރުގައި އެއްވެސް މުއައްޒަފަކަށް ޗުއްޓީއެއް ނުދެއެވެ.

އިގްތިސޯދީ ގޮތުން ވިސްނިއަސް ޑިސެމްބަރު މަހަކީ ދަތުރުފަތުރުކުރަން އެންމެ އުނދަގޫ އަގުބޮޑު ދުވަސްކޮޅެވެ. ހާއްްސަކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ޓިކެޓާއި ހޮޓާތަކުގެ އަގު އިންތިހާއަށް އުުފުލިފައި ހުންނަ ދުވަސްކޮޅެވެ. ބޮޑު ޗުއްޓީއަކީ ބޭސްފަރުވާއާއި އަދި އެނޫންވެސް ދަތުރު ތަކުގައި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއިން ބޭރަށް ދާން ޖެހޭ ދުވަސްތަކެއް ކަމަށްވުމުން މި ދުވަސްވަރަށް ’މަޖުބޫރު‘ ޗުއްޓީއެއް ބޭއްވުމުން ހަގީގަތުގައި ބޭކާރު ފައިސާތަކެއް ދަތުރުފަތުރަށްވެސް ހަރަދުވެއެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމެއްގެ ރައީސްކަމުގެ މަގާމަށް އަންނަން ކެމްޕޭނު ކުރާ ފަރާތްތަކުން ވާން ޖެހޭ ވައުދުތަކާއި ދައްކަންވީ ވާހަކަތައް ބިނާވާން ޖެހޭނީ މުސްތަގުބަލާއި އެކަމުގައި ހިމެނޭ ދާއިމީ ފައިދާ ތަކެއް ހިމެނޭ ކަންކަމުގެ މައްޗަށް ބަލާފައެވެ. ކައިރީގައި ތިބޭ ބައެއްގެ ޖަޒުބާތާއި ގިނަ ބަޔަކު އަތްޖަހާނެ ފަދަ އިބަރާތްތަކާއި އެންމެ ގިނަ މީހުން ސޯސަލްމީޑިއާގައި ވައިރަލް ކޮށްލާނެ ފަދަ ބަސްމަގަމަށް ނޫނެވެ. ކުރިން ހުރި ހުރި ބައެއް މައްސަލަތައް ބަދަލުކުރާއރު އެއީ ޕޮޕިއުލަ ކަމަކަށް ނުވެދާނެއެވެ. އެހެންވިޔަސް މުސްތަގަބަލަށް ވިސްނާއިރު ފަހުން ގިނަ ބަޔަކު ހިނިތުންވާ ވަރު ކަމަކަށް ނުވަތަ އާއްމު މަސްލަހަތު އެންމެ ބޮޑަށް ރައްކާތެރި ކުރެވޭނެ ކަމަކަށް އެކަން ވެދާނެއެވެ.

ބައެއް ބެލެނިވެރިންގެ ޝަކުވާއަކީ ބޮޑު ޗުއްޓި ދުވަސްވަރާއި ރާއްޖޭގެ އެންމެ މޫސުން ގޯސް ވިއްސާރަ ދުވަސްވަރާ ދިމާވާ މައްސަލައެވެ. އޭގެ މާނައަކީ މުޅި ދެމަސް އެކީގައި ވާރެއާ ވިއްސާރައިގެ ގަދައިގަ ޗުއްޓީ ނިންމާލަން ޖެހޭ ހާލަތަށް ދާ ވާހަކައެއްނޫނެވެ. މި އަހަރުގެ އެންމެ ހޫނު ގަދަ މޫސުން ރީތި ދުވަސްތަކެއްވެސް މި މަސްތަކުގައި ފެނިފައިވެއެވެ. އަނެއްކޮޅުން ޑިސެމްބަރު ޖެނުއަރީގައި މޫސުން ގޯސްވެ ޔެލޯ އެލަރޓް ނެރެފައިވާކަން ތަފާސް ހިސާބުތަކަށް ބަލާލީމަފެނެއެވެ. ބައެއް ބެލެނިވެރިންގެ ހުސްނުވާ ޝަކުވާއަށް ސިޔާސަތުތައް ދިލާލާނަމަ ވާނެ ގޮތް ވިސްނާލާށެވެ. ބައެއް ބެލެނިވެރިންނަށް ސްކޫލްތައް އިމާރާތްކޮށްފައި ހުންނަގޮތެއް ކަމަކުނުދެއެވެ.ސްކޫލްތައް ހުންނަ ލޮކޭޝަނާއި އެތަނުގައި ހުންނަ ބައެއް ގަސްތައްވެސް އެހާ ސްކޫލެއްނޫނެވެ. އިމާރާތުގެ ކުލައާއި ބެޖުވެސް ހިމްހަމަނުޖެެހއެެވެ. ބައެއް ޓީޗަރުންގެ ސިފައާއި ހުންނަ ގޮތްވެސް ކަމަކުނުދެއެވެ. ދަރިން ގޯސްކަމެއް ކުރީމާ އެކަމެއް ރިޕޯޓުކުރާ ޓީޗަރަކުވެސް ވަނީ ޒާތީގޮތުން ޖައްސާލާފައވާ މީހަކަށެވެ.

މި ފަދަ ޝަކުވާތަކަށް ހައްލެއް ހޯދާ ނަމަ ކޮންމެވެސް އެހެން ކެންޑީޑޭޓެއް، ބޮޑު ޗުއްޓީއަކީ ވާރޭ ނުވެހޭ ކޮންމެ ދުވަހެއް ކަމަށްވެސް ވައުދުވެދާނެއެވެ. ޑރ މުއިއްޒުމެންގެ މިޒާޖުގައި ހުންނަ ކަންކަން ބަދަލުކުރުމުގެ ސަގާފަތް ދޫކޮށް އެއީ ކޮންކަހަލަ ބަދަލެއް ގެންނަން ޖެހޭ ކަންކަމެއްކަން ފުންކޮށް ވިސްނާލަން ޖެހެއެވެ. މުއިއްޒުމެންގެ ވެރިކަމުގައި މާލޭޣައި ހުރި ހުރިހާ މޮނިއުމަންޓުތަކެއް އެހެން ތަންތަނަށް ބަދަލުކުރިއެވެ. މާލެ ސިޓީ ކައުންސިލު ލޯގޯ ބަދަލު ކުރިއެވެ. ޒަމާނުންސުރެ މާލޭގެ ރަމްޒެއް ކަމަށް ބެލި މުންނާރުގެ ލޯގޯ އިން ބޮޅުގަތާފައި އިން ފޮށިތަކަކުން ބުނެދޭ ވާހާކައެއް ނޭންގުނަސް މުއަިއްޒު ބޭނުންވަނީ ބަދަލެކެވެ. ބާރެއް ލިބުމުން އެކަން ދެންވެސް ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 1

  1. ވ says:
    2 years ago

    މުއިއްޒު.ސޯލިހުހެން.އަށްހެންވެރިންނާ.ގާގޯޅިކޮން.ފޮޓޯ ނުނަގައްޗެ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©