• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފޫހިނުވެ އީދު ބަންދު ނިންމާލަން ދާންވީ ދަނގެއްޗަށް

by އަބްދުﷲ ސަފީގު އަލީ
ޖޫން 17, 2023
in ރިޕޯޓު
0
ފޫހިނުވެ އީދު ބަންދު ނިންމާލަން ދާންވީ ދަނގެއްޗަށް

ދަނގެތީގެ މަޝްހޫރު ހަނދު ރުނބާ މޮނިއުމަންޓު: މިއީ ތާރީހީ މަޖާ ވާހަކައެއް ކިޔާދޭ މޮނއުމެންޓެއް. ފޮޓޯ: ދަނގެތި ކައުންސިލް

ކޮންމެ އަހަރެއްގެ ބޮޑު އީދުގައި ރާއްޖޭގެ އެކި ރަށްރަށުގައި އީދު ފާހަގަކުރަމުން އަންނަ އިރު ބައެއް ރަށްރަށުގައި އީދު އެންމެ ދުވަހެއް ފާހަގަކޮށްލާފައި ނިންމާލިޔަސް މި ފަހަރު އީދުގެ ހުރިހާ ދުވަހެއް، އީދެއްގެ ސިފައިގައި ފާހަގަކުރާ ރަށަކަށް އދ. ދަނގެތިވާނެއެވެ. ލޯކަލް ޓުއަރިޒަމް ގައި ކުރިއަރަމުން އަންނަ މި ރަށުން މައުލޫމާތުދޭ ގޮތުގައި އދ. އަތޮޅުން އެންމެ ފޯރިގަފަކޮށް މި ފަހަރު އީދު ފާހަގަ ކުރާ ރަށަކީ ދަނގެއްޗެވެ. ދަނގެތި ޒުވާނުންގެ ޖަމުއިއްޔާއިން އިސް ނަގައިގެން މި ފަހަރު އީދު ފާހަގުކރާއިރު، އީދު ބަންދުގެ އެންމެ ރެއެއް ދުވާލެއްވެސް މުނިފޫހި ފިލުމުގެ ހަރާކާތެއް ނެތި ނުދެއެވެ.

އީދު ނަމާދަށް ފަހު ބާއްވާ ސައި ގެ ޖާފަތަކުން އީދު ފަށާއިރު، މި ސައި ހާއްސަކޮށްފައިވަނީ އީދު ނަމާދުން ނިމިގެން އަންނަ މީހުންނަށް ދެވޭ ސައިގެ ގޮތުގައެވެ. މިއީ އެރަށުގައި ޒަމާނުންފެށިގެން ކުރަމުން އަންނަ ކަމެކެވެ. އީދު ނަމާދަށް ފަހު އެންމެން އެއްތާކުން ޖަމާވެ އީދުގެ ތަހުނިޔާ ކިއުމަށް ބާއްވާ ސައިގެ ފަހުން އީދު ކުޅިވަރުތައް ރަސްމީކޮށް ފެށޭނެއެވެ.

އީދުގެ އެހެނިހެން ހަރަކާތްތަކާ ބެހޭގޮތުން ދަނގެތީ ޒުވާނުންގެ ޖަމުއިއްޔާގެ މުއައްސިސް ހުސެއިން ރަޝީދު ވިދާޅުވީ، އީދު ދުވަހު ހަވީރު އޮންނާނީ ރަސްމީކޮށް އީދު ކުޅިވަރުތައް ފެށުމެވެ. އެއީ އީދު ނެރުން ކިޔާ ފޯރި ގަދަ ހަރަކާތެކެވެ. މި ހަރަކާތުގައި އޮންނާނީ މާލި ޕެރޭޑެކެވެ. މާލިތައް ތިބޭނީ ފަތުންނާއި ގޯނި ފަދަ ތަކެތިން ތައްޔާރުކޮށްފައެވެ. މީގެ އިތުރުން މި ފަހަރު އުކާލާ ކުނިބުނި (ޕްލާސްޓިކް ފަދަ) ބޭނުންކޮށްގެން ވެސް މާލި ހަދަން ގަސްތުކުރެއެވެ. މި ކުޅިވަރުގެ މަގުމަތީ ޕެރޭޑުގައި ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މަހިނބަދޫ ޑަނޑޫރާ ގުރޫޕުންނެވެ. ރޭގަނޑު މި ގުރޫޕުގެ ބޮޑުބެރުވެސް އޮންނާނެ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އީދު ގެ ދެވަނަ ދުވަހުގެ ހަރަކާތްތަކަށް ބަލާއިރު އީދުގެ ދެވަނަ ދުވަހު ހެނދުނު ފަށަނީ ކުޑަކުދިންގެ ހަރަކާތްތަކުންނެވެ. މި ގޮތުން ’ކޮއްކޮމެންގެ ކުލަ ފެން‘ ނަމުގައި ބާއްވާ މި ހަރަކާތުގައި ޕޫލުތައް ހެދި އެ ތަންތަން ކުޑަކުދިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރެވޭނެ ކަމަށާއި މި ޕޫލުތަކަށް އެރި ފެނާ ކުޅުމުގައި ކުލަ ޖެހުމާއި އެނޫންވެސް މަޖާ ކަންތައްތައް ހިމަނާފައިވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ހެނދުނު ކުޑަކުދިންގެ ފެން ކުލަ ޕޫލުން އަދި އެ ކުދިންގެ އިވެންޓު ނިމުނީއެއް ނޫނެވެ. މެންދުރު ފަހު އޮންނަ މަސްރޭހަށް މީހުން ފުރުވާލުމުގައިވެސް ކުޑަކުދިންގެ ބައިވެރިވުން އޮންނާނެއެވެ. މި ގޮތުން މަހަށް ފުރާ މީހުން ފުރުވަން ދާނީ ކުޑަކުދިންނާ އެކީ މަސްވެރިން ގޮތަށް އެކުދިން ހެދުންލައްވާ، ކަރުދާހުން މަސް ހަދައިގެން، އެ ހިފައިގެންނެވެ. މަސްރޭހުގެ ބައިވެރިން ފުރުވާލުމަށް ފަހު އެމީހުން މަސްބާނައިގެން އެނބުރި އަންނަން ހަމަޖެހިފައިވަނީ ރޭގަނޑެވެ.

އީދުގެ ތިންވަނަ ދުވަހު އޮންނާނީ މަގުތަކުގައި ބިލެތްދަފި ނެގުމާ ކޯޑި ހިންގުމެވެ. ބިލެއްދަފި ނެގުމުގެ ހަރަކާތަށް މާލެއިން ގެންނަނީ މަޝްހޫރު ބޮޑުބެރު ގުރޫޕު 1438އެވެ. މި ދުވަހުގެ ހަރަކާތަށް ފަހު ރޭގަނޑަށް ހަމަޖައްސާފައިވަނީ 1438 ގެ ބޮޑުބެރު ޝޯވއެވެ.

އީދުގެ ހަތަރުވަނަ ދުވަހު އޮންނާނީ ކެއެމަކާ އެކު، އެކިއެކި މުބާރާތްތަކުން ވަނަތަކަށް ދިޔަ ފަރާތްތައްކަށް އިނާމު ދިނުމާއި، އީދު ގެ އެކި ކަންކަމުގައި އެހީތެރިކަން ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބާއްވާ ހަފްލާއެކެވެ.

ޒުވާނުންގެ ޖަމުއިއްޔާއިން ހާމަކުރި ގޮތުގައި އެ ފަރާތަށް އީދުގެ މިހާ ގިނަ ހަރަކާތްތަކެއް ބޭއްވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެއްބާރުލުމާ އެކީގައެވެ. މި ގޮތުން ސްޓެލްކޯ ގެ ނަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ. މި ފަހަރުގެ ދަނގެތީގެ އީދު ކުޅިވަރުތަކުގައި ބޭނުން ކުރަނީވެސް ’ސްޓެލްކޯ ދަނގެތީ އީދު ފޯރީގެ‘ ނަމުގައެވެ. މީގެ އިތުރުން ދަނގެތީގެ ކައުންސިލާއި ބައެއް ވިޔަފާރިވެރިންނާއި އާއްމުންގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭތީ އެކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއެވެ.

މި ހިސާބުން އަދި ދަނގެތީގެ އީދު ކުޅިވަރު ނިމުނީއެއް ނޫނެވެ. ފަހަރެއްގައި ސަޕްރައިޒް އިވެންޓެއްވެސް އޮވެދާނެ ކަމުގެ އިޝާރާތެއް ޒުވާނުން ޖަމުއިއްޔާގެ މުއައްސިސް ހުސެއިން ރަޝިދު ދެއްވިއެވެ.

މި ފަހަރު ފޫހި ނުވެ، އީދެއް ނިންމާލަން ބޭނުން ނަމަ ދާންވީ ދަނގެއްޗަށެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©