• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

”މީ ހާދަ ލޯބި ލޯތްބެކޭ ބީވެއްޖެއޭ އަތުން މަގޭ..“ މިހެން ބުނި މީހަކާ ދިމާވިތަ؟

by އަބްދުﷲ ސަފީގު އަލީ
ފެބްރުއަރީ 15, 2021
in ރިޕޯޓު, ދިރިއުޅުން
0
”މީ ހާދަ ލޯބި ލޯތްބެކޭ ބީވެއްޖެއޭ އަތުން މަގޭ..“ މިހެން ބުނި މީހަކާ ދިމާވިތަ؟

                ލޯބިވުމާއި ލޯބި ހާސިލު ކުރުމާ ދެމެދު އެތައް ހަރުފަތެއް ކަޑަތުކުރެވެއެވެ. ފުރަތަމަ ހިތްކިޔަނީއެވެ. ދެކޭހިތްވަނީއެވެ. ދެން ވާހަކަ ދައްކާ ކޮންމެވެސް ގޮތަކުން ލޯބީގެ ހިތުގެ ޝުއޫރު ފާޅުކުރަނީއެވެ. އެކަމަކަށް ވަކި ލަފުޒެއް ވަކި ހަރަކާތެއް މުހިއްމެއްނޫނެވެ. ތިމާ ލޯބިވާ/ލޯބިވެރިޔާއަށް އެކަން އިނގޭ ކޮންމެ ހަރަކާތެއް، ނިޝާނެއް ލަފުޒެއްގެ ތަރުޖަމާ އިހުސާސްވަނީއެވެ. އޭގެ ފަހުން އެއީ ދެ ލޯބިވެރިންނެވެ. ލޯބިން ތައުރީފު ކުރުމާއި އެކި ކަންކަމުގައި އެކީގައި ވަގުތު ހޭދަކުރުމަކީ އެންމެ އިސްކަމެއް ގޮތުގައި ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އޮންނަނީ ވެފައެވެ. އެ ދެ ލޯބިވެރިންވެސް ގަބޫލުކުރާ ގޮތުގައި ލޯތްބަކީ އަދި ދިރިއުޅުމަކީ މަލުގެ ދާނެއްނޫނެވެ. ސާފުސީދާ ތެދަށް އޮންނަ މަގެއްވެސްނުމެނޫންމެއެވެ. މައްސަލަ ޖެހުމާ ދެބަސްވުމާއި ދަތި އުނދަގޫ ހާލަތުތައް މެދުވެރިވާނެކަން އިނގެއެވެ. ކަންތައް ދަނީ ވެސް އެހެންނެވެ. އެކަމުން ޖެހޭ މައްސަލަތަކުގައި ދެމީހުން އެކީގައި އަރައިގަންނަނީ ލޯތްބަށްކުރާ އިތުބާރެއްގެ ސަބަބުންނެވެ. އޭގެ ފަހުން އަނެއްކާވެސް ލޯބި އޭގެ އެންމެ އިންތާހަށް ދެމީހުންނަށްދެވެއެވެ.

               މިއީ ލޯބީގެ އެކުގައި އުޅެވުނު އިރުގެ ވާހަކައެވެ. ހަގީގަތެވެ. އޭރު ދުނިޔެއަށް މީހުންނަށް ފެނުނުގޮތެވެ. އެހެން ވިޔަސް ދެން ފެންނަނީ ގުޅުމެއްގެ ނިމުމުގެ ފެށުމެވެ. އެއްކަލަ އެކީ އެކައްޗަކަށް މައްސަލަތަކަށް ދިއްކުރި ލޯބީގެ އައްޑަނާގައި ބާގަނޑުހެދި އޭގެއިން ދިރިއުޅުން ތޮރުފާ މަންޒަރެވެ. އެއްކޮށް އުޅުނު ދެމީހުން ވަކިވަކިން އެކަކު އަނެކަކުގެ މައްސަލައެއްކަމަށް ބަލާ ގުޅުން އެކީ ކަނޑާލާ މަންޒަރެވެ. މިމަންޒަރު ފެށޭއިރު ކޮންމެވެސް  އެކަކުގެ އަތުގައި ހިފައިގެން އަނެއްކާވެސް ހުންނަނީ އާ ބައިވެރިއެކެވެ. ނުވަތަ އެ ހިސާބަށް މައްސަލަތައް ޖެހުމުގެ އަސްލު ކަމަށްވާ ސިއްރު ގުޅުމުގެ ހިޔަނީގެ އަސްލު މީހާއެވެ.

             ދެން ފެންނަނީ އަހަރުމެން އެންމެން ވަދެ އުޅޭ ސޯސަލް މީޑިއާގައި އެކަކު އަނެކަކަށް ފަލީހަތްކުރާ މަންޒަރެވެ. ލަދު ބަސް ބުނުމާ މަލާމާތުގެ ނުސީދާ ސްޓޭޓަސް ތަކެވެ. ދެން ފެންނީ މި ޒަމާނުގެ އެންމެ ހިނގާ ’މީމްސް‘ ތަކުގެ ސިފައިގައި ތިމާ ކުރީގެ ލޯބިވެރިޔާ ސިފަކޮށްދޭ ގޮތެވެ. ބައެއް ’މީމު‘ ތަކުގައި ބުނާގޮތުން ނަމަ ކުރީގެ ލޯބިވެރިޔާ ކައިރިއަށް އެނބުރި ދިއުމަށްވުރެ ބޮލަށް ވެލިއަޅާ ވެލިކާންވެސް ތައްޔާރެވެ. އަނެއްބައި މީހުން އިހުތިޔާރަކަށް ޖަލަށް ދާނެ ވާހަކައާއި ނުވަތަ ބޮލަށް ބަޑިޖެހުންވެސް މާ ރަނގަޅު ކަމަށް ދޭހަވާ ފޮޓޯތަކާ މީމުތައް ޝެއަރ ކުރެއެވެ. މިއީ އެއްކަލަ ވަކި ނުވެވޭ އެންމެ މަތީ އިހުތިރާމާއި ލޯބި އެއްދުވަސްވަރެއްގައި ދިން ބައިވެރިޔާއެވެ. އޭރުގެ ބަހުން ނަމަ ’މަގޭ ނޭވާ ހިނގަނީ ކަލާގެ ނޭފަތުންނޭ‘ ބުނި މީހުންނެވެ.

            އަހަރެންގެ ސުވާލަކީ މިއެވެ. ކުރީގެ ގުޅުންތައް ކޮންމެ ގޮތަކަށް ނިމުނަސް އެއީ އިބުރަތެއް ފިލާވަޅެއް ކަމަށް ނުބަލަނީ ހެއްޔެވެ؟ އެއީ ހަޔާތުގެ ރީތީ ސަފުހާއެއް ކަމާއި ތަންކޮޅެއް އަވަހަށް ގަނޑުކެނޑި ހުސްވި ފޮތެއްކަމަށް ނުބަލަނީ ހެއްޔެވެ؟ ބަލިކަށި ހީރަސްއެއްގައި ލިޔެވުނު ރީތީ ވާހަކައެއްކަމާއި އެއްދުވަސްވަރެއްގައި ދުށް ރީތި ހުވަފެނެއްކަމަށް ނުބަލަނީ ހެއްޔެވެ؟ ތިމާ އަލަށް ރައްޓެހިވީ ނުވަތަ ބައިވެރިޔާ ދޫކޮށްލާފަ ހިޔާރުކުރި އާ ބައިވެރިޔާއަކީ ކޮންމެވެސް މީހެއްގެ ހަޔާތުން ވަކިވެ ހެލެމުން ގެއްލެމުން އައި ބަލި ފަތެއް ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ. އޭނަ ގެ ވެސް އެބުނާ ކުރީގެ ބައިވެރިޔާއަށް މުހާތަބްކުރާ ރުޅި ބަސްތައް އަނެއްކާ ތިމާ އާ ރުޅި ވުމުން ބޭރު ނުކުރާނެ ކަމުގެ އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ.

          މީ ހާދަ ލޯބި ލޯތްބެކޭ ބީވެއްޖެއޭ އަތުން މަގޭ، މިހެން ކޮންމެވެސް އެކަކު ބުނެލާފައި ލޯބީގެ އެހެން ބާބެއް ފެށުން ކިހިނެތްވާނެ ހެއްޔެވެ. މިހެން ބުނި މީހަކާ އަދި ދިމައެއްނުވެއެވެ. މުޅިންވެސް ދިމާވަނީ ކުރީގެ ލޯބިވެރިޔާ ކުށްވެރިކޮށް ވާހަކަދައްކާ މީހުންނެވެ. އެވެނިކަމެއްވީ އޭނަ މިހެން އެހެން ހެދީމައޭ ބުނާ މީހުންނެވެ. ދެ މީހުންވެސް ދެފަރާތުގެ ރައްޓެހިން ކައިރި ކިޔަނީ ހަމަ އެއް ޑައިލޮގްތަކެވެ. އެއް ޝަކުވާތަކެވެ.   ކޮންމެ ލޯތްބެއް ކޮންމެ މީހެއް ތާ އަބަދު ނުހުރެދާނެއެވެ. ތިމާ އެންމެ ލޯބިވީ މީހާއާއި ކައިވެނިވެސް ނުކުރެވިދާނެއެވެ. ތިމާގެ ފުރަތަމަ ލޯބި ހާސިލުވެސް ނުވެދާނެއެވެ. މި ކަހަލަ ކޮންމެ ދަނޑިވަޅެއްގައި ލޯތްބަށް އިހުތިރާމުކޮށް ތިމާ އެއް އިރެއްގަ ލޯބިވީ ލޯބވެރިޔާ ދައްކާލާފައި ’މީ ހާދަ ލޯބި ލޯތްބެކޭ، ބީވެއްޖޭ އަތުން މަގޭ‘ ބުނުމުގެ ހިތްވަރު ހުންނަން ޖެހެއެވެ. ލޯތްބަށްޓަކައެވެ

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©