• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އުފާވެރި ވަރި! ހަގީގަތަކީ ކޮބާ؟

by އަބްދުﷲ ސަފީގު އަލީ
މާރޗް 14, 2021
in ދިރިއުޅުން, ރިޕޯޓު
0
އުފާވެރި ވަރި! ހަގީގަތަކީ ކޮބާ؟

ޔުމް ގެ ފޮޓޯ ސޯސަލް މީޑިއާގައި ދައުރުކުރަމުންދާ ޕޭޖުގެ ސްކްރީން ޝޮޓެއް

މި މަހުގެ 8 ވަނަ ދުވަހަކީ އަންހެނުންގެ ދުވަހެވެ. މި ހަފްތާގައި އެންމެ ބޮޑަށް ސޯސަލްމީޑިއާއިން ފެންނަމުންދަނީ ވެސް އަންހެނުންގެ ބާރުވެރިކަމާއި އެނޫންވެސް އަންހެނުންގެ ހައްގުތަކާއި އެ ކަނބަލުންގެ ހިމާޔަތާއި ރައްކާތެރިކަމާއި އަންހެނަކަށް ވީތީ ލިބެންޖެހޭ ހަމަހަމަ ބާރު ތަކެއްގެ ވާހަކައެވެ. ރާއްޖޭގައި ޒަމާނުން ފެށިގެން އެންމެވެސް އަޑު އަހަނީ ފިރިން ބޭނުންވެގެން އަނބިން ވަރިކުރާ ވާހަކައެވެ. އެ ކަމުގެ ސަބަބުން އަނބިންނަށް އުފުލަށް ޖެހޭ ހިތަމާތަކާއި ވޭނުގެ ވާހަކައެވެ. ސަބަބަކީ ވަރިކުރުމުގެ ބާރަކީ ފިރިން (ފިރިހެނުންނަށް) ލިބިފައިވާ ބާރަކަށް ވެފައި އެ ބާރު ނުހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް އަބަދުވެސް ވާހަކަ ދެކެވޭތީއެވެ. އެކަމުގައި ތެދެއް ދޮގެއް ނޭންގޭ ބަހުސެއްގައި އުޅެނިކޮށް އިއްޔެގެ ސޯސަލް މީޑިއާގައި އެންމެ ގަދައަށް ދެކެވުނީ ’އުފާވެރި ވަރި’އެއްގެ ވާހަކައެވެ. ވެޑިން ތީމު ތަކަށް ހަދާ ކަހަލަ ބެކްޑްރޮޕެއްގެ ކައިރި ހުއްޓިލައިގެން ހިނި އައިއްސަ އަންހެން ކުއްޖެއް ހުރިއިރު ފަހަތުގައ ލިޔެފައި އިންނަނީ ’ހެޕިލީ ޑިވޯސް‘ އެވެ. ކުރިމަތީގައި ކައިވެނި ހަފްލާއެއްގެ ޑެކަރޭޝަނުގައި ހުންނަ ކަހަލަ ގޮތަކަށް ކާތަކެތި އަތުރާފައި ހުރުމުން އެ ހަފްލާގައި އިތުރު ބައިވެރިންވެސް ބައިވެރިވެފައިވާކަމަށް ބެލެވެއެވެ.

                   މި ފޮޓޯ ވައިރަލްވެ އެތައް ބަޔަކު ކޮމެންޓުކޮށް، އެކި ޝުއޫރުތައް ފާޅުކޮށްފައިވުމުން މިއީ ކިހިނެތް  ހިނގި ކަމެއްތޯ މުރާސިލްއިން މައުލޫމާތު ސާފުކުރުމުން، މި ފޮޓޯއިން ފެންނަ ޔުމްނާ (ޔުމް) ބުނީ މިއީ އެއްގޮތަކަށްވެސް އެފަރާތަށް އެނގިގެން ނުވަތަ އެފަރާތުން ބޭނުންވެގެން ސޯސަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއެއް ނޫން ކަމަށެވެ.

މިހާރަކަށް އައިސް ކާކުކަން ނޭންގޭ ގޮތަށް ހިންގާ ފޭސްބުކް ޕޭޖްތަކަށް ފޮޓޯތައްލާ އުސޫލުން ކޮންމެވެސް މީހަކު (އެކަހަލަ ޕޭޖަކަށް) ލާފައިވާ ފޮޓޯއެއް ކަމަށާއި އޭގެ ހަގީގަތް މިއަދު ފޭސްބުކް ސްޓޭޓަސް އަކުން ކިޔައިދީފައިވާނެ ކަމަށެވެ. ޔުމް އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ ގިނަ މީހުން ބޭނުންކޮށްފައިވާ ބަސްމަގެވެ. ހިތްވަރު ދިނުމުގެ ގޮތުން ވިޔަސް ’ޓޮކްސިކް ރިލޭޝަންޝިޕް، އެބުއިސިވް ރިލޭޝަންޝިޕްގައި އުޅުމަށްވުރެ ވަރިވުން‘ މާ ރަނގަޅު ކަމަށް މީހުންގެ ކޮމެންޓުތަކުގައި ހުއްޓަސް ހަގީގަތުގައި ޔުމް އާއި ކުރީގެ ފިރިމީހާ ވަކިވުމުގައި މި ކަހަލަ އެއްވެސް ކަމަކާ ގުޅުމެއްނެތެވެ. ކޮންމެ ދެމަފިރިއެއް ނުވަތަ ދެމީހެއްގެ ދެމެދުގައި މައްސަލަތައް ޖެހޭ ގޮތަށް ޔުމް މެންގެ ދިރިއުޅުމުގައިވެސް މައްސަލަތައް އައީ ޖެހެމުން ކަމަށާއި ދެ މީހުން ވަކިވީ ވާހަކަ ދައްކައިގެން މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީއެވެ. އެއްވެސް ގޮތަކަށް ތަޅާ އަނިޔާކޮށް، ލޯތްބާއި އަޅާލުން ނުލިބި، ކުރީގެ ފިރިމީހާއަކީ ދުނިޔޭގައި ހުރި އެންމެ ރަހުމެއް ކުލުނެއްނެތް މީހަކަށް ވެގެންނެއް ނޫނެވެ. ބައެއް މީހުންގެ ކޮމެންޓުތަކުގައި ފިރިހެން މީހާއަށް މުހާތަބްކޮށް އެފަދަ ބައެއް ބަސްތައް ބޭނުންކޮށްފައި ހުރުމުން އެ ފަރާތުންވެސް ވަނީ ވަރަށްބޮޑު ހިތްހަމަނުޖެހުމަކާ ހިތްދަތިކަމެއް ކުރިމަތިވެފައެވެ. ދެ މީހުންގެ ކައިވެންޏަށް  2 ކުދިން ލިބިފައިވާއިރު ކުރީގެ ފިރިމީހާއަދި ހާއްސަކޮށް އެ ފަރާތުގެ އާއިލާއިން ޔުމް އަށާއި އެކުދިންނަށް އަޅާލުމާއި ލޯބި މިހާރުވެސް ލިބެއެވެ. އެހެން ކަމުން ހަގީގަތްނޭންގި ތިބެ ސޯސަލް މީޑިއާއަށް ޒާތީ މައުލޫމާތުތަކާއި ފޮޓޯތައް ލާންވަނީ ކޮންމެވެސް އެކަކުގެ ބަހެއްވެސް ހޯދައިގެންނެވެ.

ޔުމް ވެސް ގަބޫލުކުރާ ގޮތުގައި ކައިވެންޏެއް އޭގެ ފުރިހަމަ ގޮތުގައި ކުރިއަށްނުދާ ކަމަށް ދެ ފަރާތަށް އިހުސާސް ކުރެވޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ދެ މީހުންވެސް ވަކިވުމެވެ. ވަރިވުމެވެ. އެހެން އެގޮތަށް ކަންތައް ނުކޮށްފި ނަމަ ފަހުން އިތުރު ހިތާމަތަކާއި ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.

                    ޔުމް ގެ މި ފޮޓޯއާއި ހެޕިލީ ޑިވޯސް ތީމަކީ ހަގީގަތެކެވެ. އެއީ ކިހިނެތް ހިނގި ކަމެއް ހެއްޔެވެ؟

”އެކަން ވީ ގޮތަކީ ޔުމް ފިރިމީހާ ކައިރިން ވަރިވެ، ދެރަވެފަ ހުންނާތީ އާއިލީ ގާތް ބަޔަކު މަޖަލަކަށް އެމީހުންގެ އަމިއްލަ ޕްރައިވެސީ ތެރޭގައި ބޭއްވި ކުޑަކުޑަ ސައެއް…‘ ޔުމް ވަރަށް އަސަރާއެކު އެކަންވީގޮތް ކިޔައިދިނެވެ.

އެ ފޮޓޯގެ ފަހަތުގައި ހުއްޓިލައިގެން ހުރިގޮތާއި ފަހަތުން ފެންނަ ’އުފާވެރި ވަރި‘ ތީމަކީވެސް އެމީހުންގެ ހޮވުމެކެވެ. އެމީހުން ބޭނުންވި ގޮތެވެ. ކޮންމެވެސް ކަހަލަ މަޖަލެއްގެ ތެރޭން ވަރީގެ ޖަޒްބާތުން ނިކުމެ އާދައިގެ ދިރިއުޅުމެއް އުޅުމަށް އާއިލީ މަޖަލުގެ ތެރެއިން އައި ކަމެކެވެ. އެއްވެސް ގޮތަކަށް ބަޔަކަށް މެސެޖެއްދިނުމުގެ ނަމުގައި ނުވަތަ ވަރިވާން ޖެހޭ ’ހިތްވަރަކީ މިއީ‘ އޭ ބުނެ ކުރިކަމެއްވެސްނޫނެވެ. ޔުމް އެހެން އެގޮތަށް ކުރަން ބޭނުން  ނަމަ އެ ފޮޓޯއާއި ޔުމް ދޭން ބޭނުންވާ މެސެޖް ލިޔާނީ ޔުމްގެ އަމިއްލަ ސޯސަލް މީޑިއާގައެވެ.

            ކޮންމެއަކަސް މި ކަމުގެ ސަބަބުން ޔުމް އާއި ޔުމް ގެ ކުރީގެ ފިރިމީހާ އަދި ދެ ފަރާތުގެ އާއިލާ ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ވަރިވުމުގެ ޖަޒުބާތުން ނިކުންނަން މަސައްކަތްކުރި ޔުމްއަށް މިއަދު ޖެހިފައިވަނީ، އެމީހުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް، އެކަމުގެ ހަގީގަތް ނުބަލާ ކޮމެންޓުކުރާ މީހުންނަށް ރައްދުދީ ނުވަތަ ވީގޮތް ކިޔާދިނުމުގެ މަސައްކަތެވެ. އެކި ފަރާތްތަކުން ފޯނުކޮށްގެންނާއި މެސެޖްކޮށްގެން އަހަމުންދާ ސުވާލުތަކަށް ޖަވާބުދިނުމުގައި މިއަދު ޔުމްވަނީ ވަރުބަލިވެފައެވެ.

          ޔުމް ގެ މެސެޖަކީ ސޯސަލް މީޑިއާގައި މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންތައްތައް، އެ ފަރާތުގެ ހުއްދަ ނެތި ބޭނުން ނުކުރުމަށެވެ. ބަޔަކަށް މަޖާ ’ވައިރަލް‘ ހަބަރަކަށް ވިޔަސް ޔުމް މެން ކަހަލަ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހުންނަށް އެއީ ވަރަށް ބޮޑު ވޭނެކެވެ. މީހުންގެ މަލާމާތާއި ފުރައްސާރައަކީ ކިތަންމެ ޒަމާނަކަށްވެސް ދެމިގެން ހިނގައިދާނެ އަނިޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024
ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

އޯގަސްޓް 14, 2024
’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

ޖުލައި 31, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©