• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މި ފަހަރު ’ކިންގު މޭކަރ‘ އެއް ނެތް!

by އަބްދުﷲ ސަފީގު އަލީ
ސެޕްޓެމްބަރ 11, 2023
in ރިޕޯޓު
0
މި ފަހަރު ’ކިންގު މޭކަރ‘ އެއް ނެތް!

ގިނަ ޕާޓީތަކުން ބައިވެރިވެވޭ ގޮތަށް ބާއްވަން ފެށި ރިޔާސީ އިންތިހާބު ތަކުގައި މީގެ ކުރިން އެއް ޕާޓީއަކުން ނުވަތަ އެކަކު އެކަނި ނިކުމެ އިންތިހާބު ކާމިޔާބު ކުރެވިފައި ނުވެއެވެ. އަބަދުވެސް އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީތަކުން ގުޅިގެން ނުވަތަ ތާއިދުކޮށްގެން ނޫން ގޮތަކަށް ނޫނީ އިންތިހާބު ކާމިޔާބު ވެފައިނުވެއެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައެވެ.

ކުރީގެ އިންތިހާބުތަކުގައި ދެވަނަ ބުރަށްދާ 2 ކެންޑީޑޭޓުންނާ 3 ވަނައަށްދާ ކެންޑީޑޭޓުގެ ވޯޓުގެ ފަރަގު އެހާ ބޮޑެއްނުވެއެވެ. އެހެން ކަމުން ތިންވަނައަށް ދާ ޕާޓީއެއް އަރާ ކޮޅެއް މޮލުވެ އިންތިހާބު ކާމިޔާބުކުރެއެވެ. ވޭތުވެދިޔަ 2 އިންތިހާބެއްގައި ތިންވަނަ ހޯއްދަވައިގެން ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެމަނިކުފާނު ގެ ތާއިދާއެކު ރައީސް ނަޝިދު، ރައީސް ޔާމީން އަދި ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ރައީސް ކަމުގެ މަގާމު ފުުރުއްވާފައެވެ. އޭގެ ފަހުން ގާސިމް އަމިއްލަފުޅަށްވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައީސެއް ކަނޑައެޅުމާ ވެރިކަމަށް ގެންނާނެ މީހަކު ކަނޑައަޅާނީ އެމަނިކުފާނުގެ ބޮޑު ތާއިދަކާ އެކުގައެވެ. އެނޫން ގޮތަކަށް އެއްވެސް ވެރިއަކަށް ނާދެވޭ ކަމަށެވެ. ސިޔާސީ ދާއިރާގެ ކިންގު މޭކަރ އަކީ ގާސިމް އިބްރާހިމް ކަމަށެވެ. އާއްމުންނާއި ސިޔާސީ ދާއިރާގެ ފަރާތްތަކުންވެސް ދެކެމުން އައީ އެގޮތަށެވެ. ނަމަވެސް މިފަހަރު ގާސިމް އިބްރާހިމްގެ ޕާޓި މެމްބަރުންގެ އަދަދާއި ގާތްކުރާ ވަރަށްވެސް ވޯޓެއް ނުލިބެއެވެ. އަމިއްލަ އާއިލާ ތެރެއިންވެސް ގާސިމަށް ވޯޓު ނުދޭކަމަށްވެސް ވާހަކަދެކެވެއެވެ. އެހެންކަމުން ޒަމާންވީ ކިންގު މޭކަރގެ މަގާމް މި ފަހަރު ގާސިމަށްވަނީ ގެއްލިފައެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑީޑޭޓް ޑރ.މުއިއްޒާއި އެމްޑީޕީގެ ކެންޑީޑޭޓު ރައީސް ސޯލިހު އުޅުއްވަނީ އެހެން ކެންޑީޑޭޓުންނަށްވުރެ މާ ކުރީގައެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރަން އެއްވެސް ކެންޑީޑޭޓެއް ނުވަތަ އިތުރު ޕާޓީތަކެއްގެ އެހީތެރިކަމެއް ބޭނުމެއްނުވާކަން ނަތީޖާއިން ވަރަށް ސާފުކޮށް ފެނެއެވެ. ދެވަނަ ބުރުގެ ވޯޓަކަށްދާއިރު ދިވެހިންގެ ކަންކަން ނިންމުމުގައި އަބަދުވެސް މޮޅުވާ ކޮޅަށް ބުރަވާ އުސޫލުން ގިނަ ބަޔަކު މުއިއްޒަށް ވޯޓުލާނެ ކަމަށް ބެލެވެއެވެ. މި ހަގީގަތްވަނީސިޔާސީ ޕާޓީތައް އުފެދުނު ފަހުން ހުރިހާ އިންތިހާބުތަކެއްގައި ފެނިފައެވެ. ރައީސް ސޯލިހު އިންތިހާބު ވުމުން އެ ދުވަސްވަރު އެމަނިކުފާނަށް ވޯޓު ނުލާ މީހަކާ ދިމައެއް ނުވެއެވެ. އެކަމުގެ ކުރެޑިޓު ނުނަގާ ވެރިއެއްވެސް ނޫޅެއެވެ. ހަމަ އެގޮތަށް ޑިޢާރުޕީން ވެރިކަން ގެއްލި ރޫޅިގެން ދިއުމުން އަލަށް އުފެއްދި ޕީޕީއެމަށް ވެރިކަން ލިބުމުން އެ ޕާޓީއަށްވެސް ގިނަ އަދަދެއްގެ ރައްޔިތުން ގުޅި، އެއީ އެމީހުންގެ މަސައްކަތް ކަމަށް ބުނަމުން ދިޔައެވެ. ކޯޓުން އިންތިހާބުތައް ބާތިލުކޮަށް ’މޮޅުވަންދެން‘ ވޯޓުލީ ކަމަށް ވާދަވެރިން ބުންޏަސް ޕީޕީއެމްގެ ވެރިން ބުނަނީ އެއީ އެމީހުންގެ ކުޅަދާނަކަމާއި ތާއިދު ބޮޑުކަމުން ލިބުނު ކާމިޔާބެއް ކަމަށެވެ. މި ފަހަރު އިންތިހާބުގައި ޑރ. މުއިއްޒަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ރައީސް ސޯލިހާ ދޭތެރޭ އޮތް ބޮޑު ފަރަގެވެ. 15000 ވޯޓުގެ ތަފާތުން ކުރީގަ އޮތުމުން ޕީޕީއެމް ގިނަ ބަޔަކުވެސް މިހާރުން ފެށިގެން ދަނީ އުފާ ފާޅުކޮށް ވެރިކަން ލިބިއްޖެ ކަމަށް ބުނަމުންނެވެ. މުއިއްޒަށް ތާއިދު ކުރުމަށް މާބޮޑު ކަމެއް ނުކުރައްވާ ރައީސް ޔާމީންވެސް ވަނީ މުއިއްޒަށް ދެވަނަ ބުރުގައި އިތުރަށް ވޯޓު ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. އެހެންކަމުން ޕީޕީއެމުން މިހާރު ގަބޫލުކޮށްގެން ތިބީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސް ކަމުގައި ހުންނަވާނީ މުއިއްޒެވެ. މިއީ މުއިއްޒަށް މުޅިންވެސް ޕްލަސް ޕޮއިންޓެވެ. އަނެއްކޮޅުން ހުރިހާ ޕާޓީތަކެއް އެއްކޮލައިގެންވެސް ނަތީޖާ އަނބުރާލުމަކީ މިހާރު ހުރި ހިސާބުތަކުން ފަސޭހަ ކަމަކަށް ނުވާނެކަމަށް ބެލެވެއެވެ.

ރައީސް ސޯލިހަށް އޮތް އުއްމީދަކީ ޕީޕީއެމް ޕީއެންސީ ނޫން ޕާޓީތަކުގެ ވޯޓު ހޯދުމެވެ. އެހެން ވިޔަސް އިންތިހާބެއް ކާމިޔާބުކޮށް ދެވޭ ވަރުގެ ޕާޓީއެއް ދެވަނަ ބުރުގައި ނެތެވެ. ހާއްސަކޮށް އެމްޑީޕީން ވަކިވެގެން ދިޔަ ރައީސް ނަޝީދުގެ ޑިމޮކްޜެޓްސް، އިންތިހާބުން ތިންވަނަ ލިބުނަސް ބަޔަކަށް ވެރިކަން ހޯދާ ދެވޭ ވަރުގެ ވޯޓެއް ނެތެވެ. ރައީސް ސޯލިހަށް ޑިމޮކްރެޓްސް ތެރޭގައިވެސް ތާއިދު ނުކުރާ މެމްބަރުން އުޅެއެވެ. ހަމަ އެގޮތަށް މުއިއްޒަށް ޕީޕީއެމަށް ތާއިދު ނުކުރާ ގިނަ އަދަދެއްގެ މެމްބަރުންވެސް އުޅެއެވެ. އެހެންކަމުން ޑިމޮކްރެޓްސް ވެރިން ރައީސް ސޯލިހަށް ބައިތު ހިފިޔަސް ހުރިހާ ވޯޓެއް ހޯދޭނެކަން ޔަގީނެއް ނޫނެވެ.

ރައީސް ސޯލިހަށް އޮތް އުއްމީދަކީ އެމަނިކުފާނުގެ ވެރިކަން ނިމިދާނެކަމަށް ފެނި އެކަން ބަދަލުކުރަން ބޭނުންވާ މީހުންގެ ވޯޓެވެ. ހިލޭ ޑިގްރީއާއި ރަށްރަށުންގައި މިއިން ޒަމާނަކުވެސް ނުކުރާ ބޮޑެތި ތަރައްގީގެ މަޝްރޫއަށްޓަކައި ނިކުންނަ މީހުންގެ ވޯޓެވެ. މާލެއން ގޯއްޗާއި ފުލެޓު ލިބުނު މީހުން އެމީހުންގެ ކަންކަން އަވަސް ކުރުމަށްޓަކައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް ބޭނުންވާ މީހުންގެ ވޯޓެވެ. ބޭއިންސާފުން އަނިޔާ ނުލިބޭނެ ކަމުގެ ޔަގީންކަން އޮތް މީހުން އެމަނިކުފަނަށްޓަކައި އަނެއްވެސް ދޭނެ ވޯޓެވެ. ވާދަވެރި ކެންޑީޑޭޓުން ތަކުރާރުކޮށް ފަތުރަމުން ދިޔަ ސާބިތު ނުހިފޭ ދޮގު ހަބަރުތަކުގެ ތެދިުދޮގު ބެލުމަށް ފަހު ދޭ ވޯޓެވެ. ޗާގޯސްއެއް ނުލިބޭނެ ކަމާއި އުތުރު ތިލަފަޅުގެ ޕްރޮޖެކްޓަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިޔާގެ އެހީގައި ފެށި މަސައްކަތެއް ކަމާއި އިންޑިޔާ ސިފައިން ހަތިޔާރު އަޅާއިގެން ރަށްރަށުގައި ނޫޅޭކަން ބެލުމަށް ފަހު އެކަން ޔަގީން ކުރުމަށް ފަހު ގޮތެއް ނިންމާ މީހުންގެ ވޯޓެވެ. މި 5 އަހަރުގައިވެސް އިސްލާމްދީން ނުފޮހެވޭ ކަމާއި އެއްވެސް ވެރިކަމެއްގައި އެއީ ވާނޭ ކަމެއްނޫން ކަމަށް ދޭ ޔަގީން ކަމުގެ ވޯޓެވެ. ސިޔާސީ ގޮތުން ފައިސާތަކެއް ދީގެން ވޯޓެއް ލިބެންނެތް ބަޔަކަށް ހަރަދު ނުކޮށް އެންމެ ބޭނުންވާ މީހާގެ ޒަރޫރީ ބޭނުންތަކަށް އެހީތެރިވެ އެމީހުންގެ ވޯޓެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި އެމީހުންގެ މަދަދުން އުޅޭ މީހުންގެ ވޯޓަކީ އެއްވެސް ބަޔަކަށް ޔަގިން ވޯޓެއް ނޫނެވެ. ކޮންމެ ވެރިކަމެއް އަޔަސް ކޮޅު ބަދަލުކޮށްލައިގެން އަލުން މަގާމުތަކަށް އައުމަކީ އެމީހުން އެންމެ ފަރިތަކަމާއެކު ކުރަން ދަސްވެފައިވާ ކަންކަމެވެ. އެކަން ނޭންގެނީ ދެ ފިކުރަކަށްޓަކައި ޖާނުދޭ ބައެއް ރައްޔިތުންނަށެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©