• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސަރުކާރު ތެރެއިން އިހުސާނާއި ޕޮލިސް ކޮމިޝަނަރ ހޫނުފެނަށް!

by މުރާސިލު
އޭޕްރިލް 10, 2024
in ރިޕޯޓު
0
ސަރުކާރު ތެރެއިން އިހުސާނާއި ޕޮލިސް ކޮމިޝަނަރ ހޫނުފެނަށް!

ރޭ ގިޔާއްސުއްދީން ސްކޫލު ކައިރި ހިނގި ހާދިސާއަށް ވިސްނާލާއިރު، އެތަނަށް ބަޔަކު އެއްވިއިރު އެއީ ގްރީން ޒޯނެއްނޫނެވެ. ސަރުކާރުގެ ވުޒާރާއެއް ނޫނެވެ. އަދި ރައީސުންނާއި ފަނޑިޔާރުން އަދި މިނިސްޓަރުންގެ ގެކޮޅެއްވެސް ނޫނެވެ. އެމީހުން އެއްވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ނުރުހުން ފާޅުކޮށް، މަދަނީ ބޮޑު މުޒާހަރާއަކަށްވެސް ނޫނެވެ. އަލަން ރެޖިސްޓްރީ ކުރަން ހަމަޖެހިފައިވާ ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށެވެ. ހުދު ގަމީސް ލައި ޓައި އަޅައިގެން ދިގުހެދުމާއި ގައުމީ ހެދުމުގައި ހަފްލާއަކަށް އައި ބަޔަކު ފަރާތުން އޮންނާނީ ކޮން ނުރައްކަލެއް ކަމެއް ނޭންގެއެވެ. ގިޔާސުއްދީން ސްކޫލަށް އައި ހަތަރުސަތޭކައެއްހާ މީހުން އެނބުރި ދާން ޖެހުނީ ފުލުހުންގެ ބާރާއި ކަރުނަގޭހާއި ކުރިމަތިލައިގެންނެވެ. މިކަން މިހިސާބަށް ދިޔައީ ކުއްލިއަކަށް ނޫނެވެ. ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވި ފަދައިން މިއީ އެމަނިކުފާނު ދެކެން ބޭނުންވި މަންޒަރެއްނޫނެވެ. އެމަނިކުފާނުގެ ރަސްމީ ’އޯޑަރެއް’ވެސް ނޫނެވެ. މިކަން ހިނގާދިޔަގޮތް ރައީސް ތަހުގީގުކުރަން އަމުރުކުރައްވާފައިވާއިރު ފަށަން ޖެހޭ ހިސާބަކީ ހަމައެކަނި އެސްއޯ ފުލުހުންގެ އަމަލުތަކެއްނޫނެވެ. މައްސަލަ ފެށިގެން އައީ އެއަށްވުރެ ކުރިންނެވެ.

ސްޓެލްކޯއިން ކަރަންޓު ދިނުމަށް ދެކޮޅު ހެދުން

ޕީއެންއެފްގެ އޮފީޝަލަކު ވިދާޅުވި ގޮތުގައި ގިޔާސުއްދީން ސްކޫލުގެ ކަރަންޓު ބޭނުން ނުކުރެވޭނެ ކަމަށް ބުނުމުން ޕީއެންއެފް ވެރިން ރަސްމީކޮށް އެދުނީ ސްޓެލްކޯގެ އެހީތެރިކަމަށެވެ. އާއްމުކޮށް ބައެއް ބޮޑެތި ހަފްލާތަކަށް ސްޓެލްކޯއިން ވަކިން ކަރަންޓުގެ ވަގުތީ ހިދުމަތެއް ދެއެވެ. ޕީއެންއެފްގެ އޮފިޝަލަކު ވިދާޅުވީ ސްޓެލްކޯ މުއައްޒަފުން އެކަންކޮށްދޭން ތިބިއިރު މަތިން ވަކިއެއްޗެއް އަންގާފައިނުވާތީ ޕީއެންއެފުން އެދުނު ގޮތަށް ކަރަންޓުގެ ހިދުމަތެއް ގާއިމެއް ނުކޮށްދިނެވެ. އެހެންކަމުން އެ ޕާޓީން ވަނީ އަމިއްލައަށް ޖަނަރޭޓަރުތަކެއް ސްކޫލަށް ގެންގޮސް ވަކިން ކަރަންޓު ދީފައެވެ.

ރައީސް ގެ ތަހުގީގުގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ހިމަނަން ޖެހޭ ހިސާބަކީ މިއެވެ. ސޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން، ސިޔާސީ ޕާޓީއަކުން ޖަނަރޭޓަރުތަކެއް ކޮނޑުއަޅައިގެން ވެރިރަށް މާލޭގައި އުޅެން ޖެހުން މިއީ ރައީސް ޕްރެޝަރަށް ވައްޓާލުމަށް ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތުކުރަނީ އެކަމުން ނިކުތް ނަތީޖާ ގޯސްވުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީ

މި ސަރުކާރަށް އެންމެ ބޮޑު ޕްރެޝަރެއް، ރައީސް ޑރ.މުހައްމަދު މުއިއްޒަށް އެންމެ ލަދުވެތި ހާލަތްތައް ކުރިމަތިކުރުވާ އެއް މިނިސްޓަރަކީ އެޑިއުކޭޝަން މިނިސްޓަރެވެ. މީގެ ކުރީގެ ހާދިސާތަކަށް ބަލާއިރު އިންިތހާބަށްޓަކައި ސްކޫލުކުދިންގެ އިމްތިހާނު އަވަސްކުރި މައްސަލައެވެ. ގދ.ގައްދޫއަށް ވަޑައިގެން އެރަށުން ޕީއެންސީގެ ޓިކެޓު ލިބުނު ކެންޑިޓުގެ ބަދަލުގައި އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކުއްލިއކަކަށް ’ސަރުކާރު ކެންޑިޑޭޓަކަށް‘ ބަދަލުކުރުމުން ހިނގި ހާދިސާތަކެވެ. އަދި ރާއްޖޭގެ ރަށަކުން ރައީސުލްޖުމޫހޫރިއްޔާއަކަށް ދިމާވި އެންމެ ލަދުވެތިގޮތްވެސް ދިމާވީ އެޑިއުކޭޝަން މިނިސްޓަރުގެ ސަބަބުން އެމަނިކުފާނުގެ ރަށް ގދ.ގައްދޫއިންނެވެ. މި ފަހަރު ޕީއެންއެފް ޖަލްސާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހުނީވެސް އެޑިއުކޭޝަން މިނިސްޓަރުގެ އެދުމުގެ މަތިން، އެ މިނިސްޓްރީން ފޮނުވި ސިޓީގެ ސަބަބުންނެވެ. އެކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ. އަނެއްކޮޅުން އަމިއްލަ ފަރާތަކުން ހިންގަމުންދާ ގިޔާސުއްދީން ސްކޫލަށް މެދުނުކެނޑި އައި އިންޒާރުތަކުގެ ސަބަބުން އެ ފަރާތަށް މަޖުބޫރުވީ ޕީއެންސީއަށް ދީފައިވާ ހުއްދަ ފަހުވަގުތު ކެންސަލުކުރާށެވެ. ގިޔާސުއްދީން ސްކޫލުގެ ބައެއް މުއައްޒަފުންނާ ހަވާލާދީ ޕީއެންސީ ތުހުމަތުކުރަނީ އެގޮތަށެވެ.

ތިޔަ ހައްދަވާ ބުހުތާނު ދޮގުތައް މިފަޅާއަރުވަނީ. ވަރަށް އަވަހަށް ތިބޭފުޅުން ކަންކުރި ގޮތް އަކުރުން އަކުރަށް ތުނޑުން ތުނޑަށް މިފަޅާ އަރުވާލަނީ. ޑިފެންސްއަށް ތައްޔާރުވޭ. ރ.މުއިއްޒު ނޫނީ ހޯމް މިނިސްޓަރ އިހުސާނު އިސްތިއުފާ ދެއްވަން ޖެހޭ. ސީޕީ ބޮލަށް އެކަނި ކަނޑާ ނުލާ. pic.twitter.com/iwPa2J6SpE

— Mohamed Maleeh Jamal (@maleehjamal) April 10, 2024

ރައީސް ޑރ،މުއިއްޒުގެ ނިންމެވުން، ހުރިހާކަމެއް އެމަނިކުފާނުގެ އިރުޝާދާއި ހިލާފަށް އަމަލުކުރި މައްސަލަ

ރޭގައި ހިނގާދިޔަ ހާދިސާގެ ތަހުގީގެއް ހިންގުމަށް ރައީސް ޑރ.މުއިއްޒުވަނީ ހޯމް މިނިސްޓަރަށް އަމުރުކުރައްވާފައެވެ. އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސްނުޖެޖޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ކަމަކީ ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރާއި ހިސާބުން ނިންމާލެވޭނެ މައްސަލައެއްނޫނެވެ. މި މިއްސަލަ ރައީސް ބަދުނާމުވެ، ވެރިކަމުގެ ކުރީކޮޅު ދިމާވި މި ހާދިސާ ރަނގަޅަށް ތަހުގީގުކޮށް އަސްލު މައްސަލަ ދެނެގަންނަން ޖެހެއެވެ.

ރޭގައި ގިޔާސުއްދީން ސްކޫލަށް ޖަލްސާއަށް ހާޟިރުވީ ދާދި މިދާކަށް ދުވަހު ރައީސް މުއިއްޒުގެ އެންމެ އަރިހުގައި ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނަށް ވެރިކަން ހޯދުމަށް އެތައް ގުރުބާނެއްވީ މީހުންނެވެ. ރައީސް މުއިއްޒު ލޯބިން ފިރުމާހެދި އެއް ޕާޓީއެއްގެ، އެއް ފިކުރެއްގެ މީހުންނެވެ. ވެރިކަން ލިބި މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ދާދި ކުޑަކަމެއްގައި އެމީހުންނަށް އަނިޔާވެރިވެ، ކަރުނަގޭސްޖަހާ ހިސާބަށް ދިއުމަކީ ރައީސް ކިތަންމެ ބޭނުންފުޅު ނުވިޔަސް ކޮންމެެވެސް ބަޔަކު ސަރުކާރުގެެތެރެއިން ކުރުވި ކަމެކެވެ. ވަގުތު ފާއިތުވުމުގެ ކުރިން މިފަދަ ފަރާތްތަކަށް ފިޔަވަޅު އަޅައި މަގާމުންވެސް ވަކިކުރަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©