• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

’މަރްޔަމް’ގެ ހަޔާތުން ނައްކޮގެ އުއްމީދު

by އަބްދުﷲ ސަފީގު އަލީ
މާރޗް 10, 2021
in މުނިފޫހިފިލުވުން
0
’މަރްޔަމް’ގެ ހަޔާތުން ނައްކޮގެ އުއްމީދު

ނައްކޮ؛ ހައުސް އޮފް މިއުޒިކް ބޭންޑާއި އެކު 'ބަރިސްތާ ނައިޓް ލައިވް' ގައި .

             ”ހޭދަވާ  ރޭދުވާ ނޭންގިހުއްޓާ އެބަދޭ، ވަޔާ…“ މިއީ އުއްމީދީ ފިލްމު މަރްޔަމް ގެ ތީމު ލަވަ  ’އުއްމީދު‘ ފެށޭ ހިސާބެވެ. މަރްޔަމް ހަޔާތުގެ ވާހަކައިގެ ޖަޒުބާތު އިހުސާސްކޮށްދޭން ނަސްމާ އަބްދުލް މުހްސިން (ނައްކޮ) ގެ ފުރިހަމަ ޅެމާއި ހިތްގައިމު އަޑާއި އަދި މެލޮޑީން ގެނެސްދޭ ގޮތެވެ. މި ހުރިހާ ކަމަކީވެސް ނައްކޮގެ އަމިއްލަ މަސައްކަތެވެ.

މަރްޔަމް ފިލްމުގެ ޕޯސްޓަރެއް، މި ފިލްމުގެ ތީމު ލަވަ މިއަދު ވަނީ ރިލީސް ކޮށްފައި

            އެއް ކާފު ޕްރޮޑަކްޝަނުން މީޑިއާނެޓް އޮރިޖިނަލްސް އަށް ގެނެސްދޭ މި ފިލްމަކީ މިހާތަނަށް ދިވެހި ރާއްޖޭގައި އާއްމުކޮށް ގެނެސްދޭ ފިލްމުތަކާ މުޅިން ތަފާތުކޮށް، އަންހެނެއްގެ ސިޔާސީ ހަޔާތެއް ވާހަކަ ކިޔާދޭ ފިލްމެކެވެ. މިހާތަނަށް މި ފިލްމުގެ ބައެއް އިސްތިހާރުތަކުންނާ ހަބަރުތަކުން ވެސް ފެންނަނީ ތަފާތު މަސައްކަތެއްގެ ގޮތުގައެވެ. މި އުއްމީދީ ފިލްމަށް ނައްކޮގެ އުއްމީދު އައީ ވެސް އެ ޕްރޮޑްކްޝަންގެ ވެރިން އުއްމީދީ އަޑަކަށް އިންތިޒާރުކުރަމުން ދަނިކޮށެވެ.

 ”މި ފިލްމަށް ބޭނުންވީ މުޅިން އާ އަޑެއް، ލަވައެއް، ދެން ފެނުނީ ޝަލަބީ އާއި އެކު ނައްކޮ ލަވައެއް ކިޔަނިކޮށް (ޓީވީއެމް ޕްރޮގްރާމެއްގައި) އެ ހިސާބުން ޝަލަބީ ކައިރި އަހައިގެން ޝަލަބީގެ އެހީތެރިކަމާ އެކު ނައްކޮއާ ދިމާވެ، ހީވެސް ނުކުރާ ރަނގަޅު މަސައްކަތެއް މި އޮތީ ކުރެވިފަ…“ މި ލަވައާއި އެކީ މަރްޔަމްއަށް، ނައްކޮ އައި ހިސާބު އެއް ކާފު ގެ އޮފިސަލަކު ކިޔައިދިނެވެ.

        ނައްކޮ ބުނީ މިއީ ހަޔާތުގައި ވެސް ފިލްމެއްގެ މަސައްކަތެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށާއި، މި ތަޖުރިބާ ވަރަށްވެސް ހިތްހަމަ ޖެހޭ ކަމަށެވެ. މަރްޔަމް ގެ ޓީމުން ދިން ފުރުސަތާއި ޝަލަބީގެ ފަރާތުން ލިބުނު ހިތްވަރާއި އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ. އަދި ހާއްސަކޮށް މި ލަވައިގެ ރެކޯޑިން (މިކްސިން، މާސްޓަރިން) ހެދި އިބްރާހިމް ޝިހާމް ގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށް ލަވައިގެ މި ފުރިހަމަކަމަކީ ކުޑަޝިހާމްގެ ހުނަރުވެރި މަސައްކަތެއް ކަމަށާއި އެ ފަރާތާއި އެކީ މަސައްކަތް ކުރެވުނީތީ ވަރަށް އުފާވާ ކަމަށެވެ.

              ނައްކޮގެ ބައެއް ލަވަތައް މީގެ ކުރިންވެސް އާއްމުންނަށް ވަނީ އިވިފައެވެ. ހާއްސަކޮށް ޝަލަބީ ކިޔާފައިވާ ’އެސްފިޔަ‘ ހީލާ‘ ފަދަ ލަވަތައް ފާހަގަކުރެވެއެވެ.

ވިސާން (ކަނޑި) ޑައިރެކްޓަރ ކޮށްފައިވާ “ މަރްޔަމް“ އަކީ މީޑިއާ ނެޓް އޮރިޖިނަލްސް އިން ގެނެސްދޭ އަލަތު ފީޗާ ފިލްމެވެ. އޯކޭޒް އިންކް އިން ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރާ މި ފިލްމު ފެނިގެންދާނީ ހަމައެކަނި މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށެވެ.

ލީޑުން މަރްޔަމް މަޖުދާ އާއި އަޙްމަދު ސަޢީދު ފެނިގެންދާ  ”މަރްޔަމް“ ގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

ފިލްމުގައި ހަރަކާތްތެރިވާ މުހިންމު އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މީމު އަތޮޅު މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

ޖުލައި 31, 2024
މި އަހަރުގެ މިހާތަނަށް ނިކުތް އެންމެ މޮޅު ފިލުމު – ވިޖޭ ގެ ’މަހާރާޖާ‘

މި އަހަރުގެ މިހާތަނަށް ނިކުތް އެންމެ މޮޅު ފިލުމު – ވިޖޭ ގެ ’މަހާރާޖާ‘

ޖުލައި 17, 2024
ކެޓްރީނާ ބަނޑުބޮޑުކަން އެނގޭތަ؟

ކެޓްރީނާ ބަނޑުބޮޑުކަން އެނގޭތަ؟

މެއި 23, 2024
ފްރެންޑްސް ސީރީޒްގެ ތަރީ މެތިއު ޕެރީމަރުވެއްޖެ

ފްރެންޑްސް ސީރީޒްގެ ތަރީ މެތިއު ޕެރީމަރުވެއްޖެ

އޮކްޓޯބަރ 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©