• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެކި ގައުމުތަކުގެ ފަތުރުވެރިން ޗުއްޓީހޭދަކުރާ، ދިގުރަށު ރައްޔިތުންގެ ދީނީ ލޯތްބަކީ އަޖައިބެއް – ހާފިޒު އަބޫބަކުރު

by އަބްދުﷲ ސަފީގު އަލީ
އޭޕްރިލް 9, 2024
in ރިޕޯޓު
0
އެކި ގައުމުތަކުގެ ފަތުރުވެރިން ޗުއްޓީހޭދަކުރާ، ދިގުރަށު ރައްޔިތުންގެ ދީނީ ލޯތްބަކީ އަޖައިބެއް – ހާފިޒު އަބޫބަކުރު

ރޯދަމަހު ތަރާވީހާއި ދަމު ނަމާދު އިމާމުވެ ކުރުމަށް އަބޫބަކުރު ސިއްދީގު އެންމެ ފުރަތަމަ ރާއްޖެއައީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މެދުނުކެނޑި ކޮންމެ އަހަރެއްގެ ރޯދަމަސް ހޭދަކުރަނީ ރާއްޖޭގައެވެ.

ޕާކިސްތާނުގެ ޕަންޖާބު ސަރަހައްދުގެ، ގުލްތާނު ސިޓީއަށް އުފަން އަބޫބަކުރު ގުރުއާން ހިދުދަސްކުރީ އުމުރުން އެންމެ 10 އަހަރުގައެވެ. އަބޫބަކުރުގެ އިތުރުން އޭނާގެ ދެ ކޮއްކޮއާއި ބައްޕައަކީވެސް ގުރުއާން ހިތުދަސް ހާފިޒުންނެވެ. މަތީ ތައުލީމު ހާސިލުކޮށްފައިވާ އެ އާއިލާގެ އެންމެންވެސް ގުރުއާން ހިތުދަސްކުރީ ވަރަށް ޅައުމުރުގައެވެ.

އަބޫބަކުރު ރާއްޖެއާދެވުނު ގޮތް މުރާސިލަށް ހިއްސާކުރަމުން ބުނީ، އެކަން މެދުވެރިވީ ޕާކިސްތާނުގެ ވަރަށް މަޝްހޫރު ގާރީއެއް ކަމަށްވާ ފަރިދީ ގާސިމުގެ ފަރާތުންނެވެ. ގިނަ ބައެއްގެ އުސްތާޒެއް އަދި ހާފިޒެއް ކަމަށްވާ ފަރީދީ ގާސިމު ތަނަވަސްކޮށްދިން ފުރުސަތުގައި 2012 ވަނައަހަރު ރޯދަމަހު ތަރާވީހާއި ދަމު ނަމާދު އިމާމުވެ ކުރީ ށ.ފުނަދޫގައެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ރޯދަމަސް ފެށެން ކައިރިވުމުން އަބޫބަކުރު އެންމެ އިންތިޒާކުރަމުން އަންނަ ކަމަކީ ރާއްޖެއަށް އައުމެވެ. މި ގޮތުން ށ.ފުނަދޫގެ އިތުރުން ގއ. ގެމަނަފުއްޓާއި އދ.ދިއްދޫ، އއ.ރަސްދޫ އަދި އދ.ދިގުރަށުގައި އިމާމުވެ ތަރާވިސްކުރުމަށް އަބޫބަކުރުވަނީ ރާއްޖެއައިސްފައެވެ.

އެއް ރަށަކަށް އެންމެ ގިނައިން އާދެވުނީ އއ.ރަސްދޫއަށެވެ. އަބޫބަކުރުގެ ހިތް އަރިއަތޮޅަށް ދެވިފައިވާއިރު މިދިޔަ އަހަރާއި މިއަހަރުގެ ރޯދަމަސް އިމާމުވެ ތަރާވިސްކުރަނީ އދ.ދިގުރަށުގައެވެ. މިއަހަރު ދިގުރަށަށް އައީ އެރަށު މުދިމު އާމިރު ގެ އެދުމުގެ މަތިންނެވެ. މިއަހަރު ފިޔަވައި އެހެން އެއްވެސް އަހަރަކު، ރާއްޖެއައުމުގެ ކުރިން، ހަމަޖެހިފައިވާ ވަކި ރަށެއް އަބޫބަކަރަކަށް ނޭންގެއެވެ. ނަމަވެސް މިއަހަރު ރާއްޖެއިން ހަމަޖެހިފައިވަނީ ދިގުރަށަށްކަން ދަތުރަށް ފުރުމުގެ ކުރިން ވަނީ އެނގިފައެވެ.

އަބޫބަކުރު ހިނިތުންވުމާއެކު އެންމެ ބޮޑަށް ފާހަގަކުރީ އޭނާގެ ކިޔެވުމާއި ތަރާވިޙާއި ދަމުނަމާދުކުރާގޮތް ހިތްހަމަޖެހޭ ކަމަށް ދިގުރަށު އިމާމު އާމިރު ފާހަގަކުރި ކަމަށް، އޭނާގެ ރަހުމަތްތެރި ގާރީއެއް ބުނި ދުވަހެވެ. އަދި ދިގުރަށަށް އައުމަށް އެދޭ ކަމަށް އާމިރު އެދުނު އެދުމަކީ އޭނާގެ ހަޔާތުން އެންމެ ޝުކުރުވެރިކަމާއެކު ފާހަގަކުރާ އެއްދުވަހެވެ.

އަބޫބަކުރުގެ އަތްބަކާއި އަންހެންދަރިއެއް ހުންނައިރު އާއިލާއެކު ރާއްޖެ އަންނަން ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތު އަދި ނުލިބެއެވެ. އަބޫބަކުރު ބުނީ ރާއްޖޭގައި ރޯދަމަސް ނިންމާފައި ޕާކިސްތާނަށް ދިއުމުން އާއިލާއިން އެކި ސުވާލު ކުރެއެވެ. ހާއްސަކޮށް އެ އަހަރަކު ދާ ރަށެއްގެ މައުލޫމާތާއި މެހެންމާދާރީއާއި މެދު ވާހަކަ ދައްކައެވެ. އާއިލާއެކު ރާއްޖެ ނާދެވުނަސް މިއަހަރު އަބޫބަކުރުގެ އާއިލާއަށް ވަނީ ރާއްޖެއިން އިތުރު އުފަލެއް ދީފައެވެ. މި ގޮތުން އަބޫބަކުރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަށް މިއަހަރު ރާއްޖެއައުމަށް ދައުވަތު ލިބި، ދިގުރަށާއި ކައިރީގައި އޮންނަ އެ އަތޮޅު ދިއްދޫ މިސްކިތުގައި ތަރާސްވިސްކޮށް ދަމުނަނަމާދު ކުރަމުންދަނީ އުމުރުން 30 އަހަރުގެ ކޮއްކޮއެވެ.

މީހުން އެންމެ ގިނައިން ކުރަނީ ކޮން ސުވާލެއްތޯ އެހުމުން އަބޫބަކުރުބުނީ އެންމެ ގިނައިން އަހަނީ އެއް ރަކުއަތުން އަނެއް ރަކުއަތަށް ކިޔަވަން ޖެހޭ ތަން ހަނދާން ބަހަައްޓަނީ ކިހިނެތްތޯއެވެ. އެ އަށް ޖަވާބު ދެމުން ބުނީ އެއިީ ވަރަށް ފަސޭހަކަމެއް ކަމަށާއި ގުރުއާން ހިތުދަސްކޮށް އަދި ގަވައިދުން ތަރާވިސް ނަމާދު ކުރާ ނަމަ އެއީ ހަނދާނުގައި ބަހައްޓަން ވަރަށް ފަސޭހަ ކަމެކެވެެ. ރޯދަމަސް ނޫނަސް އެހެން މަސް މަހުގައިވެސް ދުވާލަކު 2 ފޮތް ވަރު ގުރުއާނުން ކިޔަވައެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން ހަނދާން ހުންނަނީ ނުވަތަ ހިތުދަސްކޮށްފައި ހުންނަނީ ކުރު ސޫރަތްތަކެއް ކަން ފާހަގަކުރަމުން އަބޫބަކުރުބުނީ އެމީހުން އެގޮތަށް ކިޔަވާ ހާއްސަ ސޫރަތްތަކެއް ނުހުންނަ ކަމަށާއި ގުރުއާނުން ބައެއް އަބަދުވެސް ކިޔެވޭތޯ ބަލާ ކަމަށެވެ.

އިމާމުވެ ތަރާވިސް ނަމާދު ކުރުމުގެ އިތުރަށް ގުރުއާން މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް އަބޫބަކުރު ކުރެއެވެ. މިގޮތުން ރާއްޖެއަންނަ ގިނަ ފަހަރު ރޯދަމަހު އޮންނަ ގުރުއާން މުބާރާތްތަކުގެ ފަނޑިޔާރުކަންކޮށް ބައެއްކުދިންނަށް ގުއުއާންގެ ކަންކަން އުނގަންނައިދީފައިވެސް ވެއެވެ. މި މުބާރާތްތަކުގައި ވަރަށް ރީއްޗަށް ކިޔަވާ ކުދިން ތިބޭކަން ފާހަގަކޮށް ބައެއް ކުދިންގެ ނަންވެސް ހަނދާން ހުންނަ ކަމަށްވެއެވެ.

އަރަބި، އުރުދޫ، ޕަންޖާބު އަދި ކޮންމެވެސް ވަރަކަށް އިނގިރޭސިން ވާހަކަ ދައްކަން އިނގޭއިރު އަބޫބަކުރުވަނީ ދިވެހިން ވާހަކަދައްކަންވެސް ދަސްކޮށްފައެވެ. ކޮންމެ އަހަރަކު އެންމެ މަހެއް ރާއްޖޭގައި ހޭދަކުރިޔަސް ރީއްޗަށް ދިވެހިން ވާހަކަދައްކަން ދަސްކުރީ ހުރިހާ އުމުރެއްގެ މީހުންނާ ވާހަކަދައްކާލާ ގުޅުން ބަދަހި ކުރުމުގެ ބޭނުމުގައެވެ.

ދިގުރަށުން އެންމެ ފާހަގަ ކުރެވޭ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން އަބޫބަކުރު މުޅިންވެސް ކުރީ ތައުރީފެވެ. ހާއްސަކޮށް މުދިމު އާމިރު ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމެވެ. ރަށުގެ މީހުންގެ ހިތްހެޔޮ ކަމެވެ. މީގެ އިތުރުން އެންމެ ބޮޑަށް ފާހަގަކުރީ ދިގުރަށަކީ މީހުން އުޅޭ ރަށްރަށުގައި ގެސްޓުހައުސް ފަދަ ތަންތަން ހަދައި، ބޭރުން ފަތުރުވެރިން އަންނަ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ރަށަކަށްވިޔަސް އަދި ލޯކަލް ޓުއަރިޒަމް ފުޅާވެ އެކި ގައުމުގެ ފަތުރުވެރިންނާއެކު ރަށު މީހުން އުޅުނަސް ދީނީ ކަންކަމަށް އޮންނަ ލޯތްބެވެ. ފަރުޟު ނަމާދުތަކާއި ތަރާވިސް ނަމާދާއި ދަމު ނަމާދުގެ ސަފުތަކުން އަބޫބަކުރަށް ފެންނަނީ ހިތްހަމަ ޖެހޭ ޝުކުރުން ފުރޭ މަންޒަރެވެ. ތަރާވިސް އަދި ދަމު ނަމާދު ނިންމާފައި އެކަކު އަނެކަކާ ސަލާމްކޮށް، އަބޫބަކުރަށް ސަލާމް ކުރަން އެކި އުމުރުގެ މީހުން ހިނިތުންވުމާއެކު އަތާއަތްޖޯޑުކޮށްލާ މަންޒަރަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އަބޫބަކުރު ފާހަގަކުރެއެވެ. އަބޫބަކުރުގެ ރައްޓެހިން (މާލޭގައި އިމާމުވެ ތަރާވިސްކުރާ ޕާކިސްތާނުގެ އެހެން ހާފިޒުން) ބުނާގޮތުން މިއީ މާލެއިން ފެންނަން މަންޒަރެއް ނޫނެވެ.

އަބޫބަކުރު ބުނީ ފުރުސަތު ލިބޭ ނަމަ ދެންވެސް އަންނަން ބޭނުންވަނީ ދިގުރަށަށެވެ. ދިގުރަށަށް ނާދެވުނަސް އަރިއަތޮޅު ކޮންމެ ރަށެއްވެސް މިހާރު މިއީ އަބޫބަކުރުގެ ދެވަނަ ވަޒަނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©