• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ގައުމުގެ ލާމަސީލު އަންހެންދަރި – އޮނަރަބަލް އަލްފާޟިލާ ނާސިރާ

by އަބްދުﷲ ސަފީގު އަލީ
މާރޗް 8, 2021
in ދިރިއުޅުން, ރިޕޯޓު
3
ގައުމުގެ ލާމަސީލު އަންހެންދަރި – އޮނަރަބަލް އަލްފާޟިލާ ނާސިރާ

Photo: Hulhevi Media

* ނޯޓް: (މިއީ މީގެ 12 އަހަރު ކުރިން، ނާސިރާ ދުނިޔޭގައި ހުރި އިރު ލިޔުނު ލިއުމެކެވެ. ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ބައްދަލުކުރީ އަޅުގަނޑު  ދިވެހިރާއްޖޭގައި އެތައް މޭލެއްގެ ދުރުގައި ހުއްޓައެވެ. މި ދުވަހަށް އޭރުވެސް ހަނދާނަށް އައި ދިވެހި އަންހެން ސަހުޝިއްޔަތަކަށް ނާސިރާއެވެ.  މަރުހޫމް ނާސިރާއަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމިން)

——————————————————————————————-

             އެއީ މީގެ އެތައް އަހަރެއްކުރިއެވެ. ވެލާނާގެ މަޝްހޫރު އަނބުގަސް ހުރި ޒަމާނެވެ. ރޭގަނޑު ދަންވަރު ވަގަށް އަނބު ބިންނަ މީހުން އެކަން ކުރަމުންދެއެވެ. އެހެން ހުރަސްކުރާ ސްކޫލްކުދިން ފޮތާއި ދަބަސް ފަދަ ތަކެތި އެއްލައިގެންވިޔަސް އަނބެއް ލިބޭތޯ ބަލައެވެ. ނަމަވެސް މި އެންމެންނާ ތަފާތު ކެތްތެރި އަންހެނަކު ވެލާނާގެ ފާރު ބޭރުގައި މަޑުކޮށްލައިގެން ހުރެއެވެ. އަބަދުވެސް ބަލަނީ ބިންމަތީގައި އަނބެއް ޖެހޭނެ އިރަކަށެވެ. ގަހުގެ ތަނޑުންވަކިވެ، އެއްމެނަށް ’ހުއްދަ‘ ވާ މަގުމައްޗަށް އަނބެއް ވެއްޓޭނެ އިރަކަށެވެ. ގަދަވަޔާއި ވިއްސާރަ ވެހޭނަމަ އެއީ އޭނަގެ ނަސީބެވެ. ބޯވާރޭ ތެރޭގައި އަނބެއް ވެއްޓޭނެކަމުގެ އިންތިޒާރުގައި ހުންނައިރު އެހެން މީހުންނަށް ތަކުލީފަކަށްވެ، އަނބުހޮވަން ނައިސް، ގޭގައި ދެފައިދަމާފަ ނިދާ ރެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގަން އުނދަގޫވާ ދަރަޖައިގަވެސް މިބުނާ އަންހެންމީހާ ފަރިތަކަމާއެކު ގޭގެއަށް ކުނި އުކާލަދީ، މާރުކޭޓުން މަސްގެނެސްދީ ހަދައެވެ. އާމްދަނީ ހޯދުމުގެ މާތް މަގުސަދުގައެވެ. އެއީ ފަހުގެ ތާރީހުގައި ދިވެހިރާއްޖެ ދުށް އެންމެ މުރާލި، ކެތްތެރި އަންހެނާއެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އަހަރެންނަށް އެންމެ ފާހަގަކޮށްލަން ބޭނުންވާ ޝަހުސިއްޔަތެވެ. އެންމެންގެ އެކުވެރި، ދެކެފަރިތަ ނާސިރާއެވެ. ނާސިރާ އަހަރުމެންގެ ތެރެއަށް، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް މަޝްހޫރުވެފައިވަނީ މޮޔަ ނާސިރާގެ ނަމުންނެވެ. އަހަރެން ކުޑައިރުވެސް ނާސިރާ ދައްކާފައި އެއީ މޮޔަނާސިރާއޭ ބުނެއެވެ. ނާސިރާކޮށްދޭ ހިދުމަތް ހަނދާން ނައްތާލާފައެވެ.

         އަހަރެން ހިތަށް އަރައެވެ. ’މޮޔަ‘ އޭ މިބުނަނީ ކޮން މާނައެއްގައި ބާވައެވެ. ނާސިރާގެ އަމަލުތަކުން މޮޔަ މީހެއްގެ އަސަރެއް ނުފެނެއެވެ، އޭނާ ކުރާ މަސައްކަތަކީ އެންމެ ހޭ ޖެހޭ އަންހެނަކުވެސް ކުރެވޭ ފަދަ މަސައްކަތެކެވެ. އެކި މީހުން މޮޅުވެ ކުރިއަރާނީ އެކި ރޮނގުންނެވެ. އަހަރެން ފުޓްބޯޅަ ކުޅޭތާ މިހާރު ވިހިއަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ދުވަހަކުވެސް މޮޅެއްނުވެއެވެ. މިހާރުވެސް ކުޅެން ގޮސްފިނަމަ ޓީމަށް ނަގަނީ އެންމެ ފަހުންނެވެ. އަހަންނަށް ވުރެ ނިކަމެތި، އަހަރެންނާ އެކީ ހުސްފައިގައި ކުޅުނު ކުދިން މިހާރު ކުޅެނީ ގައުމީ ޓީމަށެވެ. އެހެންކަމުން ހުނަރާއި، އެމީހާ ގެ މަސައްކަތުގެ ރޮނގަކީ ތިމާގެ ބޭނުންވާ، ކުރިއަރާ ދާނެ ފަދަ ރޮނގަކަށް ހަދަން ޖެހެއެވެ. ނާސިރާ ފަދައިންނެވެ.

          މޮޔަ އޭ ބުނާއިރު އެބުނާ ހޭޖެހޭ މީހެއްކޮބައިހެއްޔެވެ؟. ކޮންމެ އިންސާނެއްގެވެސް އުނިސިފައެއް ހުރެއެވެ. އެ ސިފައަށް މޮޔަ ކިޔާނަމަ ދިވެހިރާއްޖޭގައި މިހާތަނަށް ވެރިކަން ކުރީވެސް ހުސް މޮޔައިންނެވެ. އަހަރެންގެ ހަޔާތުގައި ފެނުނީ ދެ ރައީސުންނެވެ. އެދެ ފަރާތުގެ އުނި އެތައް ސިފައެއް މިހާރުވެސް ކިޔައެވެ. އެ ސިފަތަކަކީ މޮޔައިންގެ ސިފައެކޭ ބުނާ ނަމަ ރާއްޖޭގެ ރައީސުންނަކީ މޮޔައިންނެވެ. އަދި އެމީހުން ހޮވި އަހަރުމެން ރައްޔިތުންގެ މޮޔަކަން މާބޮޑެވެ. އުނިސިފައަކަށް މޮޔަ އޭ މީހުން މިކިޔަނީ ނާސިރާއަށް ނިސްބަތްކޮށް މީހުން މޮޔައޭ ބުނާތީއެވެ. އޭނަ މޮޔަ އަކަށް ވަނީ ހަޑި މަސައްކަތްކުރާތީއެވެ. އަތްވާއި ވާރޭގައި ގަދަ އަޅާ މަސައްކަތް ކުރާތީއެވެ. ފެންނުވަރާ، ގެއެއް ދޮރެއްނެތި އުޅޭތީއެވެ. މިއީ ހައްތާވެސް އޭނަގެ މޮޔަކަން މީހުން ތަސައްވަރުކުރާ ގޮތެވެ. ނާސިރާގެ އެ ހިތްވަރުގަދަ މަސައްކަތަކީ މޮޔައެކޭ ބުނެވޭނެ އެއްވެސް ސިފައެއްނޫނެވެ. އެއީ އޭނަގެ މުރާލިކަމެވެ. ސަލާން ޖަހާ މީހުންގެ ސަފުތަކުގައި މާލޭގެ ގެދޮރު ހުރި މީހުންނާއި ސިއްހަތު ސަލާމަތުން ތިބި މީހުން ވެސް ފެނެއެވެ. ކަންނެތްކަން މަތީ މަސައްކަތެއްނުކޮށް، މައިންބަފައިން އަތުން ކައިގެން މިހާރު އުޅޭ ޒުވާނުންގެ މޮޔަކަން މާބޮޑެވެ.

           ނާސިރާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ  އޭނައަށް ކޮންމެވެސް ގޮތަކުން ކުރިމަތިވި މުސީބާތެއްގެ ސަބަބުން ހިޔާރުކުރި ގޮތަކަށްވެސް ވެދާނެއެވެ. އިންސާނުންނަށް ދިމާވަނީ އެކި ހާލަތްތަކެވެ، ބައެއްމީހުންނަކީ އެ ހާލަތުން އަރައިގަތުމަށް މަސައްކަތްނުކޮށް، އެހެން ކަންތައްތަކުންނާއި ދިރިއުޅުމުގެ ބާކީ ހުރި ކަންތަކަށް ސަމާލުކަންދީގެން އުޅޭ މީހުންނެވެ. މިހާރުވެސް ޒުވާނުންގެ ތެރޭގައި ފެން ނުވަރާ ބޮލާއި ތުނބުޅި ދިގުވާނެ ގޮތަކަށް ދޫކޮށްލައިގެން އުޅޭ މީހުންނާއި، ’ގޮތިކް‘ ހެދިގެން ގަބުރުތަކެއްހެން އުޅޭ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ހަމަގައިމުވެސް ނާސިރާއަކީ އެކަހެރި އަންހެނެކެވެ. މިބުނާ ބައިގަނޑަކީ ކޮފިތަކާއި އަދި އެނޫންވެސް މުޖުތަމައުގެ މީހުންގެ ތެރެއަށް މަސްހުނިވެ އުޅޭ މީހުންނެވެ. އެމީހުންގެ ފަރާތުން ލައްކަ އުނދަގޫ ވެއެވެ. ނާސިރާގެ ފަރާތުން އެ އުނދަގުލެއްނުވެއެވެ.

               މީހުން މަލާމަތް ކުރަނީ އޭނަ ގެންގުޅޭ ފޮތި ކޮތަޅުގެ ވާހަކައިންނެވެ. ނާސިރާ ބޭނުންނަމަ އެންމެ މިޒަމާނުގެ ’ބްރޭންޑެޑް‘ ދަބަހެއް ގަނެވިދާނެއެވެ. މީހުންނަށް ދެއްކެން އެކި ކުލައަރާ ބޮޑެތި އަތްދަބަސް ކޮނޑުގައި އަޅުވައިގެން އުޅެވިދާނެއެވެ. މިހެން ބުނާ މީހުންގެ ހާލަތު ބަލައިފިނަމަ ގިނަފަހަރަށް މިފަދަ ބްރޭންޑަޑް ދަބަހެއް ގެނެގެން އުޅޭނީ ކޮންމެވެސް ރައްޓެއްސެއްގެ އަތުން ލާރި ހޯދައިގެންނެވެ. ނުވަތަ މުސާރައިން ކަނޑާގޮތަށް ފައިސާ ނަގައިގެންނާއި، އުފަންދުވަހުގެ ހަދިޔާއަކަށް ދަބަހެއް ބޭނުމޭ ކިޔައިގެން ފޭސްބުކްގަ އިސްތިހާރުކޮށް، ހަދިޔާ ހޯދއިގެންނެވެ.

                މީހުން ބުނެއެވެ. އޭނައަކީ މޮޔައެއްކަން އެނގޭ އެންމެ ބޮޑު ސިފައަކީ މޮޔަ ނާސިރާއޭ ބުނާއިރަށް ފަހަތުން ދުއްވައިގަންނާތީއެވެ. އަދި އެގަޑީގައި ހަޑިބަހުރުވައިން ޒުވާބު ކުރާތީއެވެ. އަހަރެން އަހާލަން ބޭނުމެވެ. އެ ބުނާ ހަމަ ޖެހޭ މީހަކާ ދިމާއަށް، ތިމާ ނުރުހޭ ނަމަކުން ގޮވައިފިނަމަ ވާނެގޮތެވެ. ނާސިރާ ތިރީހަކަށް އަހަރު އެބަ ކެތްކުރޭ ނޫންހެއްޔެވެ. މިހާރުގެ މީހަކާ ދިމާއަށް ދެފަހަރަކު ބުނާއިރަށް ގަޔަށްބޮލަށް އަރައިގަންނާނެއެވެ. ގުރޫޕެއް ފޮނުވައިގެން މަރާމާރީވެސް ހިންގާނެއެވެ. އެހެން ވީމާ ތި މީހުންގެ މޮޔަކަށް ނާސިރާއަށްވުރެ ބޮޑެވެ.

           ކޮންމެ ގޮތަކަށް ބެލިޔަސް އެފަދަ ހީވާގި އަންހެނަކު މި ފަހުގެ ތާރީހެއްގައި ދިވެހިން ދެކެފައިނުވާނެއެވެ. ކެތްތެރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ. މަސައްކަތްތެރިކަމުގައި މާމުއި ކުޅަނދުރެއްފަދައެވެ. އެންމެން ސިޔާސީ ފިކުރުތަކުން ގެނބި ހަލާކުވަމުންދާއިރު އެކަމުން ސަލާމަތްވެގެން ހުރި މަޝްހޫރު އަންހެނެކެވެ. ތަހުޒީބުގެ އޮއިވަރުގައި ނުޖެހި އެއް އުސޫލަކެއްގައި ހުރި ސަގާފީ ބޭކަނބަލެކެވެ. މިފަދަ ދުވަހެއްގައި ލާމަސީލް އަންހެންދަރިޔާގެ އެވޯޑް ނާސިރާއަށް ނުދީ އެހެން ފަރާތަކަށް ދީފިނަމަ ދިވެހި ހީވާގި އަންހެނުންނަށްވެސް ހުތުރެކެވެ. ސަރުކާރުން އެކަން ފާހަގަނުކޮށްފިނަމަ މިހާތަނަށް ވެރިކަން ކުރި ވެރިންގެ ފަސްބައިގައި ޖެހޭނެ ލައްގަނޑެކެވެ. ތިމާމެން ފާހަގަ ކުރަން ޖެހޭ ފަރާތްތައް ދޫކޮށްލިކަމުގެ ބަދުނާމުގެ ލައްގަނޑެވެ. ހަމަ ގައިމުވެސް އަހަރެން ނާސިރާއަށް ސެލިއުޓް ކުރަމެވެ. ތިޔަ ފަރާތުގެ ނަމުގެ ކުރިއަށް ހަމައެކަނި އިތުރުކުރުން ހައްގުވާނީ އޮނަރަބަލް އަލްފާޟިލާ ނާސިރާއެވެ. މޮޔަ ނާސިރާއެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 3

  1. Ainthu says:
    5 years ago

    Naasira frn nuvara mududhaaru kamun massage akee.
    Namaadhuves nukureveyne dho ehaalathuga. Masham eyna ah vure Villimale ’ ga kurumbaa vikkan golheega inna Maruhooma Aishath Rasheedha faahaga kurevunu. Yooseyge drama thakuga ves ulhunu. Haadha muraali anhenekey. Varah thaahiru koh hunnaanee baazaaru matheega ya thanthanuga bura massakkaiy kuri iru ves. Adhi meehunnah ves varah heyo. Ma dhushin alhaalaane merhaku neiy nikamethi muskulhiyaku doctor ah dhakkan genes, kaandhee hama amilla mainbafain hen gengulhunu goiy. Eyna ah honorable kiyan maa rangalhu kanneynge.

    Reply
  2. އަހުމަދު says:
    5 years ago

    ވަރަށް ފުރިހަމަ ލިޔުމެއް ހަމަ ގައިން ހީބިހި ނަގައިގެން ދިޔައީ

    Reply
  3. Anonymous says:
    2 years ago

    Extremely courageous women! May the society acted more fairly towards her!

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©