• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސިޔާސީ އެކްޓިވިސްޓުންނަށްވުރެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އަގު ބޮޑުވާނެ!

by އަބްދުﷲ ސަފީގު އަލީ
ޖެނުއަރީ 8, 2024
in ރިޕޯޓު
0
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މަލްދާ އަދި ޝިއުނާ އައްޔަން ކުރައްވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ލަކްޝަދީބުގެ ރަށްތަކަށް ވަޑައިގެން ކުރެއްވި ޓުއަރިޒަމް އިސްތިހާރުތަކަކަށް ކުރި ކޮމެންޓުތަކެއް ’ވިހަވެ‘ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް އޭގެ ލޮޅުން އަރުވާލައިފިއެވެ. ވޭތުވެދިޔަ 3 އަހަރުގައިވެސް ރާއްޖެއަށް ޓުއަރިސްޓުން އަންނަ އެއްވަނަ މާކެޓަކީ އިންޑިޔާއެވެ. އެގައުމުގެ ނުފޫޒު ގަދަ ފިލްމީތަރިން އެތައް ފަހަރު ޒިޔާރަތްކޮށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރާ މަންޒިލަކަށްވެސް ދިވެހި ރާއްޖެ ވަނީ ވެފައެއެވެ. އިންޑިޔާގެ ފިލްމުތަކުގައި ރާއްޖޭގެ ވާހަކަ ދެކެވެއެވެ. އިންޑިޔާގެ ޒުވާނުންގެ މެދުގައިވެސް ރާއްޖެ ވަރަށް މަގުބޫލެވެ. ރާއްޖޭގައި އިންޑިޔާ ވިޔަފާރިވެރިންނާއި އެމީހުން އިންވެސްޓުމަންޓުތައް ހިމެނޭ ރިސޯޓުތަައް ހިންގައެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ބޮޑުވަޒީރު މޯދީގެ ޓުއަރިޒަމް އިސްތިހާރަށް ބައެއް ދިވެހިންގެ ފަރާތުން އައީ ނެގެޓިވް ކޮމެންޓުތަކެވެ. ބަދު ބަސްތަކެވެ. ނަސްލީ ގޮތުންނާއި ދީނީ ގޮތުން އަދި މައްސަލަ ޖެހިފައިވާ ކަޝްމީރާއި ގުޅުވައިގެންވެސް ރައްދު ދެމުން ދިޔައެވެ. އިންޑިއާ މީހުންނަށް ’ކަމެއް ނުކުރެވޭނެ‘ ކަމަށް ބުނެ ބޮޑު ބަސްތަކުން ރައްދު ދެމުން ދިޔައެވެ. ބައެއް އެކްޓިވިސްޓުންގެ ބަސްމަގުން ނަމަ ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަ ކަހަލަ ސާފުތާހިރު ކަމެއްވެސް އިންޑިއާ ރިސޯޓުތަކުގައި ނުހުންނާނެއެވެ. ފާހަނާއެއް ނެތް ވާހަކައާއި އިންޑިއާ ޓުއަރިސްޓުން އަޔަސް ނަޔަސް ފަރުވާލެއް ނެތް ކަމަށެވެ. ތިމާމެންނަކީ ވަރަށް ފުދިގެން އުޅެމުންދާ ބައެއް ކަމަށާއި އިންޑިއާ ފަދަ ފަގީރުންގެ ހާއްޔެއް ނޫން ކަމަށް ބުނެ ބޮޑާ ބަސްތަކުން މަލާމަތް ކުރަމުންނެވެ. މި ކަމަށް އިސާހިތަކު ރައްދު ބަސްތައް އިންޑިއާއިންވެސް ދޭންފެށިއެވެ. ސޯސަލް މީޑިއާގެ އެކްޓިވިސްޓުން ފެށިގެން ނުފޫޒު ގަދަ ފިލްމީ ތަރިންވެސް އެކަމުގެ ތެރެއަށް ވަދެ ހޫނު ޒުވާބެއް މިހާރު ވަނީ ފެށިފައެވެ. މި ހޫނުގަނޑުގައި އަނދާއަޅިއަށް ވާނީ ދިވެހި ޓުއަރިޒަމް އިންޑަސްޓްރީއާއި ރާއްޖޭގެ ވިޔާފާވެރިންކަމެއް މި އެކްޓިވިސްޓުންނަށް ރެއަކާނުލައެވެ. އަތުގައި ވިއްކާނެ މާބޮޑު އެއްޗެއް ނެތް، ހަމައެކަނި އޮތް އެންމެ ބޮޑު ބިޔަ އިންޑަސްޓްރީއަކީ ޓުއަރިޒަމެވެ. ގައުމުތަކުގެ ރައްޔިތުން ދަތުރުވެރިން ގެންނަން އޮތް އެންމެ ބޮޑު އެއްޗަކީ ހިތްހެޔޮ ކަމާއި ހިދުމަތްތަކެވެ. އެހެން ގައުމުތަކުގެ ރައްޔިތުންނަށް ކުރާ އިހިތުރާމެވެ. އެހެން ގައުމުތަކާއި ނަސްލުތަކަށް އިހުތިރާމު ނުކުރާ، ބޮޑާ ކިބުރުވެރި، އަމިއްލައަށް ފުދިފައި ތިބޭ ބައެއްގެ އެއްޗެއް ގަނެ، އެ ގައުމުތަކަށް ޒިޔާރަތް ކުރުމަކީ މި ޒަމާނުގައި ކުރާނެ ކަމެއްނޫނެވެ. އިންޑިޔާގެ ފަތުރުވެރިންގެ އިތުރުން އެހެން ގައުމުތަކުންވެސް މި ކަމުގެ ތެރެއަށްވަދެ، ފަތުރުވެރިން އަންނަ ހިތްނުވާ ތަނަކަށް ރާއްޖެ ވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނައިރު ސަރުކާރުގެ އިސްވެެރިން މިކަމުގައި ބައިވެރިވެ، މިފަދަ ވާހަކަތައް ދެއްކުމަކީ އެ ވާހަކަތަކުގެ ރަސްމީ ހައިސިއްޔަތު އެހެން މީހުން ގަބޫލުކުރާނެ ކަމެކެވެ.

އިންޑިއާގެ ބޮޑުވަޒީރަށް އެ ގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރެވެން އޮތް ކަމެއް ކުރުމަކީ އެ މަނިކުފާނުގެ ހައްގެކެވެ. އެކަމާ ދެކޮޅަށް އެއީ ރާއްޖެއާއި ވެސް ދެކޮޅު ކެމްޕޭނެއް ކަމަށް ބުނެ އަމިއްލައަށް ގުއިރޯނުގައި ޖެހުމަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ނިކަމެތިކަމާއި ގޮތެއް ނެތްކަން ހާމަވާނެ ކަމެކެވެ. ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ތަކުރާރުކޮށް ބުނަމުން އެދަނީ ލަކްޝަދީބުގައި ޓުއަރިޒަމް އިންވެސްޓުމަންޓު ތަކެއް އައުމަކީ ރާއްޖެއަށް އޭގެ ގެއްލުން ހުރި ކަމެއް ނޫން ކަމަށެވެ. އެއީ ފައިދާއެއް ނެގެން އޮތް ކަމެއް ކަމަށެވެ. ދެގައުމު ގުޅިގެން ފިސާރި ރަނގަޅަށް މާކެޓު ކުރެވޭނެ ފަސޭހަ މަގެއް ކަމަށެވެ.

ސިޔާސީ ގޮތުން ރާއްޖޭގެ ވެރިކަމުގެ ބާރު ހޯދުމަށް އަވައްޓެރި އެންމެ ބޮޑު ގައުމު އިންޑިއާއާއި ދެކޮޅަށް 5 އަހަރުވަންދެން ކުރި ކެމްޕޭނަށް އެ ގައުމުގެ 1 ބިލިއަން މީހުން ކެތްކޮށްފިއެވެ. އެއީ އޭރުގެ ސަރުކާރުން އެކަމުގައި އިންޑިއާއާއި ދެކޮޅު ނުވުމުންނެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ އެ އިން ފަހަނައަޅައި އިގްތިސާދީ ގޮތުން ގެއްލުންތަކެއްވާ ގޮތަށް އަނެއްކާވެސް އިންޑިއާއި ދެކޮޅު ވާހަކަތަކެވެ. މި ފަހަރު ސަރުކާރުގެ ބައެއް ވެރިންނާއި ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންގެ ފަރާތުންނެވެ. ބޮޑު ވަޒީރުގެ އެންމެ ފޮޓޯ ގަނޑަކަށް ކެތްތެރިކަން ކޮޅުންލައިގެން ވާހަކަ ދެއްކުމުން ދޭހަވަނީ އެހެން ގައުމުތަކުން ރާއްޖެއަށް އަސަރެއްވާ ކަހަލަ ކަމެއް ދިމާވިޔަސް ތިމާމެންގެ ޖަޒުބާތުގައި ޖެހޭ ވަރެވެ. އެކަން އެމީހުން ތަހައްމަލު ކުރަން ޖެހުނު އިރު ވިސްނާލެވިފައި ނެތުމުގެ ލަދުވެރިކަމެވެ.

އިންޑިއާއަކީ މި ސަރަހައްދުގައި ބިލިއަނަރުންނާއި މިލިއަނަރުންގެ ގިނަ ގައުމެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އާބާދީއެވެ. އެންމެ ގިނައިން ކާބޯތަކެތި ހައްދާ ގައުމެވެ. އައިޓީ އިންޑަސްޓްރީގެ ހަބެކެވެ. މައިކްރޯ ސޮފްޓާއި ގޫގުލް ފަދަ ޓުރިލިއަން ޑޮލަރުގެ އަގުބޮޑު ކުންފުނިތައް ހިންގުމުގައި އިސްވެރިންނަކީ އިންޑިއާ މީހުންނެވެ. އިނގިރޭސި ބޮޑުވަޒީރަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. ހަމައެގޮތަށް މި ސަރަހައްދުގެ އެއް ނަމްބަރު ޓުއަރިޒަމް ސިނާއަތަކީ ރާއްޖެއެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލު ގެ މަގާމު ޖެހިޖެހިގެން 4 ފަހަރު ހޯދައިފިއެވެ. މިއީ ރާއްޖޭގެ ގިނަ ބަޔަކު ބަރޯސާވެފައިވާ އިންޑަސްޓްރީއެވެ. ފައިސާގެ މަގުން އަގުކުރިޔަސް ސިޔާސީ އެކްޓިވިސްޓުންނަށް ވުރެ މި އިންޑަސްޓްރީއާއި ދޭދޭ ގައުމުތަކާ އޮންނަ ގުޅުމުގެ އަގު ބޮޑެވެ.

ގުޅުންހުރި ލިޔުންތައް

މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024
ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

އޯގަސްޓް 14, 2024
’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

ޖުލައި 31, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©