• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހަނގުރާމަ ފެށިފަހުން 230،000 އަށް ވުރެ ގިނަ އިޒްރޭލު ރައްޔިތުން ގައުމު ދޫކޮށް ގޮސްފި

by މުރާސިލު
ނޮވެމްބަރ 7, 2023
in ދުނިޔެ
0
ހަނގުރާމަ ފެށިފަހުން 230،000 އަށް ވުރެ ގިނަ އިޒްރޭލު ރައްޔިތުން ގައުމު ދޫކޮށް ގޮސްފި

ހަނގުރާމައިގެ ސަބަބުން ފަޅުވެފައިވާ އިޒްރޭލުގެ އެއަރޕޯޓެއް

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ އުވާނަށް މި އަދަށް 1 މަސްދުވަސް ވީ އިރު ގިނަ އަދަދެއްގެ އިޒްރޭލު ރައްޔިތުން ގައުމު ދޫކޮށް ގޮސްފިއެވެ. އިޒްރޭލުގެ ވުޒާރާތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް 230،000 އަށް ވުރެ ގިނަ ބަޔަކު ވަނީ އިޒްރޭލު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ. އިޒްރޭލުގެ އެންމެ ކާރުބާރު ބޮޑު ބައެއް އެއަރޕޯޓުތައްވެސް ފަޅުވެ، ފުރާ މީހުންނާއި އަންނަ މީހުންގެ ޑިމާންޑެއް ނެތުމުން ހުއްޓުމުކަށް އައިސްފައިވާ ފޮޓޯތަކާއި ވީޑިއޯތައްވެސް ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ.

މީގެ ކުރިން އިޒްރޭލުގެ އުދުވާނީ ހަމަލާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްތީނު ރައްޔިތުންނާ ކުރިމަތިލާން ޖެހުނަސް އެކަމުގެ ހިލަމެއް އިޒްރޭލު ސިޓީ ތަކާއި އަވަށް ތަކުގައި އުޅޭ މީހުންނަށް ނުވެއެވެ. މި ފަހަރުގެ ހަނގުރާމައިގައި ފަލަސްތީނުގެ މުޖާހިދުން ރައްދު ހަމަލާ އިޒްރޭލުގެ ތެރެއަށްެވެސް އަމާޒުވެ ބައެއް މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކުވަނީ ޒަހަމުވެފައެވެ. އަނެއްކޮޅުން ހަމާސްއިން އިސްވެ ދިން ކުއްލި ހަމަލާއިން މުޅި އިޒްރޭލު ރައްޔިތުންނަށް ސިހުން ލިބިފައިވާއިރު، އިޒްރޭލު ސިފައިންގެ އަމަލުތަކުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރޭގައިވާ ކަމަށް މިހާރު އެމީހުން ގަބޫލު ކުރެއެވެ.

ފަލަސްތީނު މުޖާހިދުންގެ އިތުރުން ލުބުނާނުގެ ހިޒްބުﷲ އާއި ޔަމަނުގެ ހޫތީންގެ ފަރާތުން އަންނަ ހަމަލާތަކުގެ ސަބަބުން އިޒްރޭލާއި ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި އުޅޭ ގިނަ އަދަދެއްގެ އިޒްރޭލު ރައްޔިތުންވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފައެވެ. މި އެންމެން ވެސް ބަދަލު ކުރީ ޓުއަރިސްޓު ހޮޓާ ތަކަކަށް ކަމަށް އިޒްރޭލުން މައުލޫމާތު ދެއެވެ. މި އެންމެންވެސް މި އަހަރު ނިމެންދެން ދިރިއުޅޭ ގޮތަށް ހަމަޖެހިފައިވަނީ ހޮޓާ ތަކުގައެވެ.

އިޒްރޭލު ސިފައިންގެ ލާއިންސާނީ އަމަލު ތަކާ ދެކޮޅަށް މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގައި ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންދާތީވެ، އިޒްރޭލުގެ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށްވެސް ވަނީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާފައެވެ. މީގެ ތެރޭގައި އެއްވެސް ގޮތަކަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެެވެ.

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

އޮކްޓޯބަރ 24, 2024
ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ޖޫން 5, 2024
އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

މެއި 21, 2024
ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

މެއި 11, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©