• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މުނައްވަރަށް ފުރުސަތު ގެއްލުނީ އިލްޔާސް ލަބީބުގެ ސަބަބުން

by އަބްދުﷲ ސަފީގު އަލީ
އޯގަސްޓް 7, 2023
in ރިޕޯޓު
0
މުނައްވަރަށް ފުރުސަތު ގެއްލުނީ އިލްޔާސް ލަބީބުގެ ސަބަބުން

ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅަށް ތެދުވި ގިނަ ސިޔާސީ ވެރިންގެ އެދުމަކީ އެމީހަކު ބޭނުންވާ ސިޔާސީ މަންފާއެއް ހާސިލުކުރުމެވެ. ކަމުގެ ހަގީގަތް އެއް ފަރާތެއްގައި ބާއްވާފައި ކޮންމެ މީހަކު ނިކުމެ މަސައްކަތް ކުރަމުން ދިޔައީ އެމީހަކީ ރައްޔިތުންނަށް އެންމެ ހެޔޮ އެދޭ މީހާ ކަމަށް ދައްކައިގެން އެ ކަމުން އަމިއްލަ ފައިދާތަކެއް ހާސިލުކުރުމެވެ. ޗާގޯސް މައްސަލައިގެ ތެރޭގައި ޕީޕީއެމް ނިކުތީ ޔާމީނު މިނިވަން ކުރެވޭތޯއެވެ. ރައީސް ނަޝީދު ނިކުތީ (ކަމުގެ ހަގީގަތް އެނގި ހުރެވެސް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕްރެޝަރުތަކެއް ކުރިމަތިކުރުވުމަށެވެ. ޖޭޕީން ބޭނުންވީ ރައްޔިތުންނަށް ހަގީީގީ ހެވެއް އެދެނީ އެމީހުންކަން ދެއްކުމަށެވެ.

ޗާގޯސް ދެކޮޅު އެއްވުންތައް ލީޑު ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ޑރ.މުނައްވަރެވެ. ސިޔާސީ ގޮތުން އެއްވެސް ގޮތަކަށް ނުފެންނަތާ ޒަމާންތަކެއް ވުމަށް ފަހު މުނައްވަރަށް އިދިކޮޅު އާއްމު މެމްބަރުންގެ ސަމަލާކަމާއި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ތާއިދު އެ ދަނޑިވަޅަށް ލިބުނެވެ. މި ފުރުސަތުގެ ބޭނުން ކޮށްގެން ނަޝީދު ވިސްނައިދެމުން ދިޔައީ އިންތިހާބުގައި ވާދަކުރުމަށެެވެ. އެ ދުވަސްވަރު މުނައްވަރު އެކަން އިއުލާންވެސް ކުރިއެވެ. އޭރުވެސް ސިޔާސީ ކަންކަން އިނގޭ ފަރާތްތަކުން ބުނަމުން ދިޔައީ މުނައްވަރަކީ ނަޝީދު ނެރޭ ކެންޑީޑޭޓެއް ކަމަށެވެ. ނަޝީދު އެމްޑީޕީގަ ހުރުމާއި ހަދަމުންދާ ޑިމޮކްރެޓްސް އޭރު ރިޔާސީ ރޭހަށް ވަނުމުގެ ވިސްނުން ގެންގުޅެފައިނުވާތިއެވެ. މުނައްވަރަކީ އައްޑޫގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ ބޭފުޅަކަށްވެފައި އައްޑޫ އެމްޑީޕީން ލިބޭ ވޯޓު ބައިބައިކުރަން މުނައްވަރު ފަދަ ކެންޑީޑޭޓެއް ނެރެގެން ފަސޭހަވާނެތީއެވެ.

ޗާގޯސް މައްސަލަ ހިނދިގެން ދިޔައީ އެކަމާ އެއްވެ އުޅުނު ޕާޓީތަކުގެ އަމިއްލަ އެޖެންޑާތައް ނެރި އަސްލު މައްސަލަވެސް އޮބުމާއެކުގައެވެ. އަނެއްކޮޅުން ރިޔާސީ ރޭހަށް ނިކުންނަން ޕާޓީތައް ވަރުގަދަކޮށް ތަފާތު ސިޔާސީ ’ޑީލު‘ ތަކުގައި ޕާޓީތައް ބިޒީވީއެވެ. ނަޝީދުވެސް ޑިމޮކްރެޓްސް ޕާޓީ ހައްދަވާފައި އެ ޕާޓީވެސް ވަރުގަދަކޮށް އެންމެ ފަހުން ކެންޑީޑޭޓެއްވެސް ނެރުނީއެވެ. ޗާގޯސް މައްސަލައިގައި ވަގުތު އޮތް އެކަނި ފަރުދަކަށް ހުންނެވި މުނައްވަރު އެކަނިވެ، އެންމެ ފަހުން އުއްމީދުކުރަމުން އައި ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ އުއްމީދުވެސް ގެއްލުނީއެވެ. މުނައްވަރު ނެރެން ނަޝީދަށް ކުރިމަތިވި ހާލަތުގެ ފަރުވާއަކަަށް ވީ ޕާޓީގެ ތެރެއިން ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އިލިޔާސް ލަބީބެވެ. އިލިޔާސް އަކީވެސް މުނައްވަރު ފަދައިން އައްޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ނަޝީދުގެ ސަބަބުން މުނައްވަރަށް ދެ ފަހަރުވެސް މި ވަނީ ސިޔާސީ ގޮތުން ލަނޑު ލިބިފައެވެ. ކުރިން އެމްޑީޕީގެ ރައީސް ކަމަށް ހުންނެވި އިރެވެ. މި ފަހަރު ސިޔާސީ ދާއިރާގައި ދުރުގަ ހުއްޓާ ރިޔާސީ ކެންޑީޑޭޓެއްގެ ހުވަފެން ދައްކައިގެންނެވެ. ރާއްޖޭގައި ބަދަލުވަމުންދާ ސިޔާސީ އޮއިވަރު ގެ ހާލަތު މުނައްވަރު ފަދަ ބޭފުޅުންނަށް ނުވިސްނެނީ ކަމަށްވެދާނެއެވެ. އެހެންވިޔަސް ނަޝީދު ދަސްނުވާހާ ތަޖުރިބާއާއި މައުލޫމާތު ނެތްކަމަށް ބެލެވޭކަށް ނެތެވެ.

ގުޅުންހުރި ލިޔުންތައް

މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024
ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

ހަސީނާގެ އިސްތިއުފާއަށް ފަހު ބަނގުލަދޭސްއަށް ވާނީ ކިހިނެތް

އޯގަސްޓް 14, 2024
’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

’ސަމުގާ‘ ލަވައިގެ މިލްކުވެރި ފަރާތަކީ އީސައެއް ނޫން!

ޖުލައި 31, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި
  • އާރުޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©