• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެންމެ ފަހުން އަދުރޭ ވެސް ޔާމީން ދޫކޮށް މުއިއްޒު ފަޅިއަށް!

by މުރާސިލު
އޯގަސްޓް 7, 2023
in ރިޕޯޓު
0
އެންމެ ފަހުން އަދުރޭ ވެސް ޔާމީން ދޫކޮށް މުއިއްޒު ފަޅިއަށް!

ރައީސް ޔާމީނާއި ރައީސް މައުމޫނާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުމެއްގައި ޕީޕީއެމްގެ ކޮންޓްރޯލް ގެއްލުމުން މައުމޫނަށް އަލުން ޕާޓީއެއް ހަދަން މަޖުބޫރުވީ އޭރު ޕީޕީއެމް އިސް ބައެއް ބޭފުޅުން މައުމޫނު ފަހަތަށް އަރަން ބޭނުން ނުވުމުންނެވެ. މައުމޫނު ފަހަތަށް އެރި ބައެއް މެމްބަރުންވެސް އަނބުރާ އަލުން ޕީޕީއެމަށް އައީ ބައެއް ފިއްތުންތައް ހުރުމާއި އޭރުގެ ޕީޕީއެމް އިސްކޮށް ތިބި ފަރާތްތަށް މައުމޫނު ފަަހަތަށް ނޭރުމެވެ. ފާޅުގައި މައުމޫނަށް ފަހަތަށް ނާރާނެ ކަމަށް ބުނެ ރައްދު ދޭން ފެށީ އަބްދުއްރަހީމް އަބްދުﷲ އެވެ. ކުރީގެ ފުނަދޫ ދާއިރާގެ މެމްބަރެވެ. އެ ހިސާބުން އެއީ ޔާމީނު އެންމެ އިތުބާރު ކުރެއްވި ޕީޕީއެމް މެމްބަރެވެ. ކޯޓު މަރުހަލާއިން ޕީޕިއެމް ހޯދުމަށް މައުމޫނު ފެށި މަސައްކަތުގައި ޕާޓީ ގެއްލިދާނެ ކަމަށްޓަކައި ބެކަޕް ޕާޓީއެއް (ޕީއެންސީ) ހަދައި އެ ޕާޓީގެ ވެރިއަކަށްވެސް ހަމަޖެއްސީ އަބްދުއްރަހީމެވެ. ޔާމީނުގެ ވެރިކަން ނިމި އެންމެ ފަހުން ޖަލަށް ދާނެ ޖެހުނު ކޮންމެ ފަހަރެއްގައި ވެސް ދެ ޕާޓީ ހިންގަން ހަވާލުކުރަނީ އަބްދުއްރީމަށެވެ. ޕީޕީއެމް ޕީއެންސީގައި އެއަށްވުރެ ގާބިލް މީހުން ތިއްބަސް އަދި ރައްޔިތުން ތާއިދު ބޮޑު މީހުން ތިއްބަސް ޔާމީނަށް ވަފާތެރިކަމުގެ މިންގަނޑުން ކިރާލީމާ އެންމެ ގިނައިން މާކްސް ލިބެނީ އަބްދުއްރަހީމަށެވެ.

މިއަދަކީ ރިޔާސީ އިންތިހާބަށް ކުރިމަތި ލެވޭނެ އެންމެ ފަހު ދުވަހެވެ. ޔާމީނު ހުންނެވީ އންތިހާބަށް ކުރިމަތިލެވޭނެ ހުރިހާ ދޮރެއް ބަންދުވެ، ޖަލުގައެވެ. މުއިއްޒުގެ އެއްވެސް ކަމަކަށް ޔާމީނު އިތުބާރެއް އަދި ތާއީދެއްވެސް ނުކުރައްވައެވެ. އޭގެ ހެއްކަކީ ޔާމީނު ވާދަ ނުކުރެވޭ ހާލާތެއްގައި ޕްލޭން ބީ އެއް ހަދާ އޭގައި މުއިއްޒު ނަން ނެތުމެވެ. ޕީއެންސީ ޓީކެޓް ކާމިޔާބު ކުރުމުންވެސް މުއިއްޒަކީ ޕްލޭންސީ ކަމަށް ހަދާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރެން މަސައްކަތް ކުރުމެވެ. އެންމެ ފަހުން އެކަން ކުރާނެ ވަގުތެއް ނުލިބުމުން ނިންމީ އިންތިހާބު ބޮއިކޮޓް ކުރުމަށް ދެ ޕާޓީން ނިންމުމަށެވެ. މި ގޮތަށް ހުަށައެޅުމުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، ޔާމީނާ ދެކޮޅަށް ޕީޕީއެމުގެ ބައެއް މެމްބަރުން ތެދުވެ، އެކަމާ ދެކޮޅު ހެދިއެވެ. ނަމަވެސް އެކަން ގަބޫލުނުކޮށް ރޭގެ ވަގުތެއްގައ ޕީޕީއެމް ޕީއެންސީގެ ތައްގަނޑުވެސް ފޮރުވި ކަމުގެ އަޑުވެސް ފެތުރުނެވެ. އޭރުވެސް މުއިއްޒު ސަޕޯޓަރުން ބުނަމުންދަނީ މުއިއްޒު ކެންޑިޑެންސީ ފޯމު ހުށައަޅާނެ ކަމަށެވެ. ޔާމީނަށް ތާއީދު ކުރާ ކިތަންމެ ގިނަ ބަޔަކު ހުރަސް އެޅިޔަސް އެކަން ކުރާނެ ކަމަށެވެ. އެއީ އުނދަގޫ ކަމަކަށް ވިޔަސް އަދި ދެ ޕާޓީގެ ލީޑަރުން ހުރަސް އެޅިޔަސް ފަރުވާލެއް ނެތް ކަމަށް ބަލާފައެވެ.

މިއަދު މަންޒަރަކީ އިއްޔެއާއި ރޭގެ މަންޒަރެއް ނޫނެވެ. މިއަދު މުއިއްޒު ފޯމު ހުށައަޅަން ދަރުބާރުގޭގައި (އިލެކްޝަން މަރުކަޒުގައި) އިންނެވީ ޕީޕީއެމް ޕީއެންސީ ހަވާލުވެ ހުންނެވި އަބްދުއްރަހީމާ އެކުގައެވެ. ހެނދުނު ހެނދުނާ ދަރުބާރުގެއަށް ދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ. މި އަދު މި ފެންނަނީ މި ދެ ދުވަހު ހިނގި ކަންތައްތަކުގެ ނަތީޖާއެއް ނޫނެވެ. މިއީ މާކުރިން ރޭވިގެން ހިނގަމުންއައި އެތެރޭގެ ބާރުވެރިކަން ހޯދުމުގެ ނަތީޖާ ބޭރަށް ފާޅުވި ދުހެވެ. ކުރިންވެސް ތުހުމަތު ކުރެވުނު ގޮތަށް ދެ ޕާޓީގެ ޖޮއިންޓު ޕާލިމެންޓާއި ޖޮއިންޓު ސެނެޓުގެ ބޮޑުބައި ވަނީ މުއިއްޒު ނަންގަވާފައެވެ. އޭރު ނޭންގެނީ ލީޑަރޝިޕުން އަންނަން ތިބީ ކޮންބައެއް ކަމެވެ.

ސިޔާސީ ޕާޓީތަކުގެ އިސް ސަފު ތަރުތީބު ވަނި އެއިރެއްގައި ބާރުގަ ހުންނަ ފަރާތެއްގެ ތަރުތީބުކުރާ ގޮތަކަށް ނޫނެވެ. އިސް ސަފުގައި ތިބޭ މީހުން އަބަދުވެސް ބަލަބަލާ ތިބެނީ ބާރުގަދައީ ވެރިއަކަށް ވާން ހުރީ ކާކުތޯއެވެ. ބާރުގަދަ ފެކްޝަނަކީ ކޮންބައެއްތޯއެވެ. އެކަން މިހާރު އެ ފެންނަނީ ޕީޕީއެމް ޕިއެންސީ ތެރެއިންނެވެ. މިއަދު އެމީހުންގެ ތެރެއިން ބުނާ ކަހަލައެވެ. އަަހަރުމެންނަކީ މާ ކުރިން ފެށިގެން މުއިއްޒުއަށް ތާއިދު ކުރާ ބައެކެވެ. މި އަޒުމެއް ނުގުޑާނެއެވެ. ތެދެކެވެ. މުއިއްޒުގެ އާރާއި ބާރު ހުރިހާ ދުވަހަކަށް އެމީހުންގެ ވައުދަކީ އެއީއެވެ. މާދަމާ ހާލަތު ބަދަލުވާނެ ގޮތެއް ނޭންގެއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©