• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހަމީދަށް ވިލިމާލެ އާއި ދުރަކަށް ނުދެވުނު

by މުރާސިލު
ނޮވެމްބަރ 5, 2023
in ރިޕޯޓު
0
ހަމީދަށް ވިލިމާލެ އާއި ދުރަކަށް ނުދެވުނު

ވިލިމާލެއަށް އެންމެ ފުރަތަމަ ބަދަލުވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވިލިމާލެއަކީ ހަމީދާއި ހިތާއި ހިތުގެ ގުޅުމުން ގުޅިފައިވާ ރަށެކެވެ. މާލޭގެ އެއް އަވަށުގެ ގޮތުގައި އޮތަސް ހަމީދުމެން ފުރަތަމަ ވިލިމާލެއަށް ބަދަލުވިއިރު އެއީ އާދައިގެ ރަށެކެވެ. 1996 ގައި އެންމެ ފުރަތަމަ ބަދަލުވީ މީހުންގެ ތެރޭގައި ހަމީދުމެންގެ އާއިލާވެސް ހިމެނެއެވެ. އުމުރުން 17 އަހަރުގެ ނޫކަށިފުރައިގެ ޒުވާނެއްގެ ގޮތުގައި ވިލިމާލެއަށް ބަދަލުވި ހަމީދުގެ މުޅި ހަޔާތް ހޭދަކުރީ ވިލިމާގައެވެ. ވިލިމާލޭގެ ކޮންމެ މަގަކާއި ގޯޅިއަކާއި އަލަށް އިމާރާތްކުރާ ގޯތިތަކާއި ފުލެޓާއި ސްކޫލުން ފެށީގެން ފެރިތަކަކީ ހަމީދުގެ ލޮލުގެ ކުރިމަތިގައި ގާއިމުވެފައި ހުރި ތަންތަނެވެ. ތިރީގައިމިވަނީ އުމުރުން މިހާރު 44 އަހަރު ގުނަމުންދާ ވިލިމާލޭ، ހިމެރި އަބްދުލް ހަމީދު އަބްދުއްރަހީމު, މުރާސިލަށް ދީފައިވާ އިންޓައިވިއެއްގެ ހުލާސާއެވެ. ރައްޔިތުންގެ މަޖުލީހުގެ މެމްބަރަކަށް ވިލިމާލެ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ހަމީދުގެ ގިނަ ވާހަކަތަކެއް މި އިންޓަވިއުގައި މުރާސިލަށް ހިއްސާކޮށްފައިވެއެވެ.

ވިލިމާލޭގައި އުޅޭތާވީ ކިހާދުވަހެއް؟ ކޮން ހިސާބެއްގައިތޯ އުޅެނީ؟

އެންމެ ފުރަތަމަ އާބާދުވި މީހުންނާ އެކީ ވިލިމާލެއަށް ބަދަލުވެ، ދިރިއުޅުމަށްޓަކައި އަމިއްލަ ބޯހިޔާވަހިކަމަށް ލިބެންދެން 10 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެމުން ގެންދިޔައީ ވިލިމާލޭގައެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ލިބިގެން ވިލިމާލެ އިން ހުޅުމާލެ އަށް ބަދަލުވި ނަމަވެސް ބަދަލުވި ހިތާއި ދެކޮޅަށެވެ. ހަމީދުމެން ދިރިއުޅެމުންއައީ ސިއްހީ މަރުކަޒު ކައިރީގައެވެ. ސިއްހީ މަރުކަޒަށްދެވޭނީ ހަމީދުމެންގޭ ހުރަސްކޮށްލާފައެވެ. 1996 ގައި ހަމީދުގެ އެއްބަނޑު އެއްބަފާ ބޭބެއަށް ލިބުނު ގޯތީގައި ވިލިމާލއެއަށް ބަދަލުވި އިރު، މިހާރުގެ އެއްވެސް ފަސޭހައެއް އޭރު ލިބޭކަށް ނުހުރެއެވެ.

މިހާރު ކުރަނީ ކޮން މަސައްކަތެއް؟

މިހާރު އުޅެނީ ހުޅުމާލެ ގާޒީ ސްކޫލުގެ ޓީޗަރަކަށެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުގައި ފުރަތަ ސިފައިންގޭގައި ހިދުމަތް ކުރުމަށްފަހު ފިޝަރީޒް މިނިސްޓްރީގައި ވެސް ވަޒީފާ އަދާކުރިއެވެ.

އިޖުތިމާއީ ހިދުމަތް ވިލިމާލޭގައި:؟

ވިލިމާލެގެ އިޖުތިމާއި ކަމެއްގައި ހަރަކާތްތެރިވީ  އުމުރުން 20 އަހަރުގައެވެ. އެދުވަސްވަރު އިޖުތިމާއި ގޮތުން ހިދުމަތް ކުރަން ޖެހޭނީ ކިހިނެތްކަން މާބޮޑަށް ނޭންގުމުން ހަމީދުމެން ހެދީ އެކްސް އެންޑް ވައި ޑާންސް ގުރޫޕެކެވެ.  މި ގްރޫޕްގައި އޭރު ހަރަކާތްތެރިވީ އޭރު ވިލިމާލޭގައި އުޅުން  ޒުޒާން ކުދިންކޮޅެކެވެ. އަދި ގްރޫޕް ފުޅާވަމުން ގޮސް އެ މަސައްކަތް ހުއްޓާލިއިރު އޭގްރޫޕްގައި މަސައްކަތްކުރި ގިނަ ކުދިން ވަނި މިއަދު މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސް ތަރިންގެ ގޮތުގައި ވިދާލާފައެވެ. ވިލިމާލެއަށް ރައީސް މައުމޫން ވަޑައިގަންނަވާތީ ރައީސަށް މަރުހަބާ ދެންވެމުމަށް އިވެންޓުތަކެއް ބޭއްވުމަށް ހެދި ޑާންސް ގުރޫޕު ފަހުން ބަދަލުވީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދެކޮޅަށް މަސައްކުރާ ކުޑަ ޖަމާއަތަކަށެވެ. އެގޮތުން ސިނގިރޭޓާ ދުރުވާ ފަރާތްތައް ފާހަގަކޮށް އެމީހުންނަށް ހިއްވަރު ދިނުމުގެ ގޮތުން ކުދިކުދި ހަފްލާތައް ބާއްވައިދެމުން ދިޔައެވެ.

އިޖުތިމާއި ހިދުމަތް ގައުމީ ފެންވަރުގައި:؟

ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮއިސައިޓީގެ ނަމުގައި ޖަމުއިއްޔާއެއް ހަދައި އެކަމުގައި އުޅޭތާ މިއީ 14 އަހަރެވެ. ހަމީދަކީ އެ ޖަމުއިއްޔާގެ ޗެއަރޕަސަންއެވެ. މި ޖަމުއިއްޔާއިން މާލެއާއި އަތޮޅު ތެރޭގައިވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަންހެނުންގެ ޖަމުއިއްޔާ ( ސްވަޑް ) ގައިވެސް ހަމީދުވަނީ ގިނަ ހިދުމަތްތަކެއް ކޮށްފައެވެ. މިގޮތުން އެ ޖަމުއިއްޔާގެ ކޯޑިނޭޓަރަކަށް ހުރެ ގިނަ މަސައްކަތަކެއް ކުރެވުނު އިރު، ރިކަވަރީ ނިންމާ (މަސްތުވާތަކެތިން ދުރުވެ) މުޖުތަމައުގައި މިހާރު އުޅޭ ކުދިން ފެނުނީމާ ވަރަށް އުފާވާ ކަމަށާއި އެކަމުގައި ހަމީދުގެ ހިއްސާއެއްވެސް ވާތީ އެއީ ފަހުރެއްކަމަށް ހަމިދު ފާހަގަކުރެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފޯރަމްތަކުގައި، ޗައިލްޑް އެބިއުސް ޕްރިވެންސަން ސޮސައިޓީގެ ފަރާތުން ބައިވެރިވެ ކުޑަކުދިންނަށް ދެވޭ ޖިންސީ އަނިޔާއާއި ދެކޮޅަށް ވާހަކަދެއްކުމުގެ އިތުރަށް ކުޑަކުދިންނަށް ލިބޭ އަނިޔާ އާއި ދެކޮޅަށް މަސައްކަތްކުރާ ބައިވެރިން ޓްރެއިނިން ކުރުމުގެ ކަންކަމުގައިވެސް ހަމީދުވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ހަމީދުވަނީ ސްކޫލުތަކުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު ޕްރާގްރާމްތައް ހިންގައި، ސެޝަންތައް ސްކޫލުތަކުގައި ހިންގައިދީފައެވެ.

ވިލިމާލެއަށް ކުރިމަތި ލުމުގެ ކުރިން މިހާރުގެ މެމްބަރާ އެއްވެސް މަޝްވަރާއެއް ކުރެވުނުތޯ ނުވަތަ މެމްބަރާއި އެކު އެއްވެސް މަސައްކަތެއް ކުރެވުނުތޯ؟

މިހާރުގެ މަޖުލިސް މެމްބަރު އުޝާމަށް ވޯޓު ހޯދުމާއި ކެމްޕޭނުގެ އެކިއެކި ކަންކަމުގައި ހަމީދު ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. އުޝާމުގެ ޖަލްސާތަކާއި އިވެންޓުތަކުގެ ހޮސްޓުކަންވެސް ހަމީދު ވަނީ ކޮށްދީފައެވެ. . މި ފަހަރު ހަމީދު ކުރިމަތި ލުމުގެ ކުރިން ނުވަތަ އެކަމާ ބެހޭގޮތުން މިހާރު މެމްބަރާއި އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރެއެވެ.

މިހާރުގެ މަޖުލިސް މެމްބަރު އުޝާމުއާއި އެއްވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް އުޅޭތަ؟

ހަމީދުއާއި އުޝާމް އާއި ދޭތެރޭ އެއްވެސް ހިތްހަމަ ހިތްހަމަ ނުޖެހުމެއް ނެތެވެ، ޕާރސަނަލީ އުޝާމް އަކީ ވަރަށް ރަނގަލު ބޭފުޅެއް، އެކި ގޮތްގޮތުން ވަރަށް އެހީތެރިވެދެއްވާ ބޭފުޅެއްކަމަށާއި އެކަމަށްޓަކައި މިފުރުސަތުގައި ވެސް ހަމީދު ވަރަށް ބޮޑަށް ޝުކުރު އަދާކުރެއެވެ.

ހަމީދު ބުނާ ގޮތުން އޭނާ ވާދަކުރުމަށް ނިންމީ ރައްޔިތުން އެކަމަށް އެދުނީމައެވެ. ރައްޔިތުންނަށް ހިދްމަތްކޮށްދިނުމަށް. އެދޭނީ ސަބަބުތަކެއް ހުރީމާ ކަމަަށް ހަމީދު ގަބޫލުކުރެއެވެ. ހަމީދު އުއްމީދުކުރަނީ ރައްޔިތުނަށް ރަނގަލުގޮތް އެދޭ ކޮންމެ ބޭފުޅަކުވެސް ހަމީދަށް ތާއިދު ކޮށްދެއްވުމަށެވެ. ކުރީގެ ކެންޑިޭޓުންނާ މެދު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންޑިޑޭޓުން ވަޢުދުވާ ގޮތަށް ސާބިތުވެ ނުތިބޭ މައްސަލައެވެ. މިސާލަކަށް އިންތިޙާބު ވުމަށްފަހު ރައްޔިތުން ނޭދޭނަމަ އެއްވެސް ޕާރޓީއަކާއި ނުގުޅޭނެކަމަށް ކެންޑިޑޭޓުން ވިދާޅުވިނަމަވެސް ދައުރުގެ ވަކި ހިސާބަކުން ރައްޔިތުން ތާއީދުކުރިގޮތާއި ޙިލާފަށް ޕާރޓީ ތައް ބަދަލުކުރުމާއި ،ނޫންނަމަ ޕާރޓީތަކަށް ވަނުން ފަދަ ކަންކަން ހިނގާތީ ހަމީދުގެ ސްޓޭންޑަކީ ރައްޔިތުންގެ ސްޓޭންޑް. އެސްޓޭންބަދަލު ކުރަން ވޯޓު ދިން ރައްޔިތުން ނޭދޭހާ ހިނދަކު އެ ސްޓޭންޑް (ނިންމުން) ބަދަލު ނުވާނެ ކަމަށް ހަމީދު ވައުދުވެއެވެ.

ހަމީދުގެ ސިޔާސީ ހަޔާތް އަދި ކުރިއަށްދާނެ ގޮތް.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަމީދު އެންމެ ފުރަތަމަ ގުޅުނީ ކުރީގެ ޑިއާރުޕީއާއެވެ. އޭގެ ފަހުން ޕީޕީއެމްގައި އުޅުމަށް ފަހު ހަމީދަށް ނޭންގި އެހެން ޕާޓީއެއްގެ ދަފްތަރުގައި ވަނީ ޖައްސާފައެވެ. އެއީ ކޮންބަޔަކު ކުރިކަމެއްކަން ނޭންގުނަސް ހަމީދުގެ ވިސްނުމަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ނުހުރެ މިނިވަން އަމިއްލަ މެމްބަރެއްގެ ގޮތުގައި ކުރިއަށްދިއުމަށެވެ.

ހޮވިއްޖެ ނަމަ އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅޭނެ ކަމުގެ ކިހާ ޔަގީން ކަމެއް؟

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ހުރެ މަޖުލީހަށް ހޮވިއްޖެ ނަމަ ދައުރު ނިމެންދެންވެސް ހުންނާނީ އެގޮތަށް ކަމަށް ހަމީދު ވައުދުވެއެވެ. ރިޔާސީ އިންތިހާބުގައި ހަމީދު ތާއިދު ކުރި ކެންޑީޑޭޓަކީ ޑރ.މުއިއްޒެވެ. ކުރިއަށް އޮތް 5 އަހަރު އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ޕީޕީއެމް ނުވަތަ ޕީއެންސީ އަދި އެނޫން ޕާޓީއަކަށް ދިއުމަށް ހަމީދަކަށް ހެދޭނެ ޑީލެއް ނޯންނާނެކަން ހަމީދު ކަށަވަރުކޮށްދެއެވެ. ސިޔާސީ ޑީލުތަކާއި އޮފަރ އަދި ފުރުސަތު ތަކަކީ ހަމީދަށް އަލަށް ލިބޭ ކަންކަމެއްވެސް ނޫނެވެ. މީގެ ކުރިން ވިލިމާލެ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތި ލުމުންވެސް އޭރުގެ އެކި ސިޔާސީ ޕާޓީތަކުން ތަފާތު އޮފަރތަކާއި ޑީލުތައް ލިބުނެވެ. ނަމަވެސް ރައްޔިތުންނާ ބައްދަލުކުރި ހައިސިއްޔަތު ބަދަލު ކުރަން ބޭނުން ނުވުމުން ހަމީދުވަނީ ހުރިހާ ޑީލަކަށް، އޮފަ ތަކަށް ނޫނެކޭ ބުނެފައެވެ.

ވިލިމާލެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ؛

ވިލިމާލެ ގޮނޑިއަށް އެކިއެކި ސިޔާސީ ޕާޓީތަކަށް ފުރުސަތު ދެވިއްޖެ ކަމަށާއި އަދި ވިޔަފާރިވެރިންނަށްވެސް ފުރުސަތު ދެވިއްޖެ ކަމަށާއި މިހާތަނަށް ވިލިމާލެ ހާލަތަށް އަންނަން ޖެހޭ ވަރުގެ ބަދަލެއް ނާންނަ ކަމަށާއި މި ފަހަރުގެ މަޖުލީހުގެ ގޮނޑީގައި ނުފޫޒެއްނެތް އަމިއްލަ ކެންޑިޑޭޓު އަދި ވިލިމާލެގެ ފުރަތަމަ ރައްވެހިންގެ ތެރޭގައި ހިމެނޭ ’ވިލިމާލެ ދަރި‘ އަކަށް ފުރުސަތު ދިނުމަކީ ހަމީދުގެ ވަރަށް ބޮޑު އެދުމެކެވެ.

ހަމީދަކީ ފަސްބައިސާފު، ކޮރަޕްޝަނުގެ މައްސަލައެއްނެތް، ރައްޔިތުންގެ ތެރެއިން އައި ރައްޔިތުންގެ މީހެއް ކަމަށާއި، ވިލިމާލޭ ކޮންމެ މީހެއް ފެނުނަސް އިސްވެ ހީލާފަ ވާހަކަ ދައްކައި ނުވަތަ ގޮވާލާނެ މީހެއްކަން ވިލިމާލޭގައި ހަމީދު ދަންނަ މީހުން ގަބޫލު އިތުބާރު ކުރާނެ ކަމަށެވެ. ހަމީދު ގެ ބަހުން އެކަން ސިފަކޮށްދެމުން ބުނީ ”އަމިއްލަ ނަފްސަށްވެސް އެކަން ޤަބޫލުކުރާ އެންމެ ބޮޑު އެއްކަމަކީ ރައްޔިތުންގެ ފައިވާނަށް އަރައިގެން ހިނގަން ނުކެރި ވާދައެއް ނުކުރާނެ، އަދި އެފައިވާނަށް އަރާފައި ބާރު ފައިވާނެކޭ، ފައިވާނުގެ މައްސަލަ އެބަހުއްޓޭ ކިޔާފަ އެހެން ފައިވާނަކަށް އަރަން ބޭނުންވެސް ނުވާނެ، ރައްޔިތުންގެ އުއްމީދު ތަކުގައި ދުވަހަކުވެސް ކޮޅުފައިން ނުޖަހާނެ ކަމުގެ ޔަޤީންކަން އަރުވަން ލޮބުވެރި ރައްޔިތުންނަށް އަރުވަމެވެ“ ހަމީދުގެ އިންޓަވިއު ނިންމާލަމުން ބުނީ ހަމީދަކީ  އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަހަތުން ނުދުވާނެ މީހެއް ކަމަށާއި އެހެން ވިޔަސް މަޖުލީހުގެ ގޮނޑީގައި އިންނައިރު ސަރުކާރާއި އަދި އިދިކޮޅު އެހެން ޕާޓީތަކުންވެސް ރަނގަޅު ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ވިލިމާގެ ރައްޔިތުންނަށް އެޑްރެސްކޮށް ހަމިދުގެ ސިޓީއެއް ވަނީ ކޮންމެ ގެއަކަށް ރައްދު ކުރުމަށް ތައްޔާރުކޮށްފައެވެ. ހަމީދު ބުނަނީ އެ ސީޓީގައި ވަރަށް ސާފު މެސެޖެއް ރައްޔިތުންގެ ބުނެދޭނެ ކަމަށެވެ. ހަމިދުގެ އުއްމީދަކީ  ރައްޔިތުން ރަންގަޅަށް ވިސްނާފައި ގާބިލު ކެންޑީޑޭޓަކަށް ވޯޓު ދިނުމެވެ.

ހަމީދުގެ ކެމްޕޭނު ވަޢުދުތައް ހާމަކުރުމަށްޓަކައި ނޮވެމްބަރ މަހުގެ ފަހު ހަފްތާގައި ހާއްސަ އިވެންޓެއް ބޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©