• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ކައުންސިލަށް ކުރިމަތި ނުލެވުނު ހަސަން މޫސާގެ ދަރަނި ދޮޅު ރުފިޔާ، ޔާމީނުގެ ދަރަނި ފަސް މިލިއަން ރުފިޔާ!

by އަބްދުﷲ ސަފީގު އަލީ
އޯގަސްޓް 4, 2023
in ރިޕޯޓު
1
ކައުންސިލަށް ކުރިމަތި ނުލެވުނު ހަސަން މޫސާގެ ދަރަނި ދޮޅު ރުފިޔާ، ޔާމީނުގެ ދަރަނި ފަސް މިލިއަން ރުފިޔާ!

ކުރީގެ ރައީސް ޔާމީނުގެ ކެންޑިޑެންސީ މައްސަލަ މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށްދާއިރު ފަނޑިޔާރުންގެ ބެންޗު

2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ގެ އިންތިހާބަށް ހުޅުވާލުމުން ހަސަން މޫސާ (މިލަދޫ، ޖޮންޓޭ) ވެސް ކުރިމަތިލީ އެއްވެސް މައްސަލައެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާ އެކުގައެވެ. ކެންޑިޑޭޓުންގެ ސަރުރުތުތައް ކަމަށް ބުނާ ހުކުމެއްގައި ނެތުމާއި ހުކުމެއް ކޮށްގެން ވަކި އަހަރެއްވެސް ފުރިކަމަ ކުރަން ޖެހޭ ފަދަ ހާލަތެއް ހަސަން މޫސާއަށް ކުރިމަތިވެފައިނުވާތީއެވެ. އެ ދުވަސްވަރު އެންމެ ވާދަވެރި ކައުންސިލު އިންތިހާބަށް ހަސަން މޫސާ ކުރިމަތިލީ އެމްޑީޕީގެ ޓިކެޓުގައެވެ. ފޯމު ފުރާ ހުރިހާ ތައްޔާރީތަކެއްވެ، އިލެކްޝަނަށް ހުށައެޅުމުން އެންގީ ސާބިތު ދަރަންޏެއް އޮންނާތީވެ ސަރުރު ހަމަ ނުވާ ކަމަށެވެ. ހަސަނު އޭރުވެސް ގަބޫލުކުރަމުން އައީ އެއީ އިލެކްޝަނާއި ކޯޓުތަކަށް އެރި އޮޅުމެއް ކަމަށެވެ. އޭނާ ވަނީ އޭގެ ކުރިން އެބުނާ ދަރަންޏެއް ދައްކާ ހަލާސްކޮށްފައެެވެ. ހަސަނު ގެ ޓީމުން ތައްޔާރުވީ ހުރިހާ ކޯޓު މަރުހަލާއިން ކާމިޔާބު ކުރުމަށެވެ. އެހެން ވިޔަސް ސްޕްރީމް ކޯޓުން އެންގީ ކިތަންމެ ކުޑަ އަދަދެއް ވިޔަސް އަދި ފައިސާ ދެއްކުމުގައި އޮޅުމެއް އަރައިގެން ވިޔަސް ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ. އެ ހިސާބުން ހަސަން މޫސާއަށް އެ ފަހަރު ކައުންސިލު އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ.

މިއަދު މިއީ އޭގެ ބާރަ އަހަރު ފަހެވެ. އެ ދުވަހު ދޮޅު ރުފިޔާގެ ސާބިތު ދަރަންޏެއް ނުދެއްކި އޮތް ކަމަށް ބަލާ އިންތިހާބުގައި ވާދަ ނުކުރެވުނީ ގިނަ މީހުން ދަންނަ މީހެއް ނޫނެވެ. ފައިސާވެރި ބާރުގަދަ ވެރިއެއްވެސް ނޫނެވެ. ނ. މިލަދޫ އާދައިގެ ރައްތިތެއް ކަމަށްވާ ހަސަން މުސާއެވެ. މި އަދު އަނެއްކާވެސް ސާބިތު ދަރަންޏެއްގެ މައްސަލާގައި ތާށިވެފައި ވަނީ އާދައިގެ ބޭފުޅެއް ނޫނެވެ. ރާއްޖޭގައި ބާރުގަދަ ވެރިކަމެއް ކުރެއްވި ވެރި އެކެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރެވެ. ވަކީލުންގެ ޓީމުތަކާއި ބެކަޕް ކެންޑީޑޭޓުންނާ ކޯޓު ވަށައިގެން މުޒާހަރާ ކުރާނެ މީހުން ތިބި، ފައިސާއާއި އާރާއި ބާރުވެރި ފަރާތެކެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ފޯމުލާފައިވާ ކުރީގެ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ފޯމު އިލެކްޝަނުން ބަލައި ނުގަތުމުން ސްޕްރީމު ކޯޓަށް ހުށައަޅައިގެން އެ މައްސަލަ މިއަދު ވަނީ ފަށާފައެވެ. ޔާމީނު ޖަލުގެ ހުކުމުގެ އިތުރުން ސާބިތު ދަރަނީގެ މައްސަލަވެސް މިއަދު ވަނީ އިލެކްޝަން ކޮމިޝަނުން ފާހަގަކޮށްފައެވެ. ނިހާއި ހުކުމާއި ހިނގަމުންދާ ހުކުމުގެ ބަހުސްގެ ތެރެއަށް ސާބިތު ދަރަނީގެ ވާހަކަވެސް ފާހަގަކުރުމުން މިއަދުގެ ޝަރީއަތުގެ މަޖްލިސް މެދު ކަނޑާލައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ އެކަމާ މެދު ވާހަކަ ދައްކާފައެވެ.

މުޅި ރާއްޖެ އިންތިޒާރު ކުރަމުންދަނީ ޔާމީނުގެ މައްސަލަ ސްޕްރީމް ކޯޓުން ނިންމާނެ ގޮތަކަށެވެ. ޔާމީނާއި ޕީޕީއެމް ބައެއް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މި ދަނޑިވަޅުގައި އެހެން ކެންޑިޑޭޓެއް ނެރެ ވަގުތު އޮއްވާ އިންތިހާބަށް ކެމްޕޭނު ފެށުމަށެވެ. އަނެއް ބަޔަކު ގަބޫކު ކުރަނީ ޔާމީނުގެ މައްސަލަ ސްޕްރީމް ކޯޓުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމަށެވެ. އެހެން ކަމުން މައްސަލަތައް ނިމިގެން އަލުން އެނބުރި އަންނާކަށް އެމަނިކުފާނު ބޭނުން ފުޅެއް ނުވެއެވެ.

2011 ވަނަ އަހަރު ހަސަން މޫސާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުންނާއި އިލެކްޝަން ކޮމިޝަނުން އެންގުމުން އެ ފަހަރު ހުންނަން ޖެހުނީ ހުސްއަތާއެވެ. އެހެން ވިޔަސް ޖެހިގެން އައި އިންތިހާބުގައި ސައްހަ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެ އިންތިހާބުވެސް ކާމިޔާބު ކުރިއެވެ. ހަސަން މޫސާގެ ސާބިތު ދަރަންޏަކީ ފައިސާ ދެއްކުމުގެ ސްލިޕް ހެދުމުގައި އަރާފައި އޮޅުމަކުން ނުބައި އަދަދެއް ޖެހިފައި އިނުމެވެ. އެ ދަދަދުން ދައްކަން ޖެހޭ އަދަދު ކަނޑާލީމާ ސާބިތު ދަރަނީގެ ގޮތުގައި އިނީ ދޮޅު ރުފިޔާއެވެ. އިންސާފުގެ ތިލަފަތުގައި ސާބިތު ދަރަންޏަށްވާ ދޮޅު ރުފިޔާއާއި ފަސް މިލިއަން ރުފިޔާ ވަޒަން ކުރާނެ ގޮތެއް ނިންމާނި މި ފަހަރުވެސް ސްޕްރީމް ކޯޓުންނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 1

  1. Anonymous says:
    3 years ago

    Joorimanaa aa ei dharani tha?

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©