”ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކަން ޖެހިލުންވެދާނެތީވެސް ޖަލްސާ ބާއްވަން ބޭނުން ނުވާނެ، އިޒްރޭލު މީހުންގެ ހައްގުގައި ވަކާލާތު ކުރާ ބަޔަކު ފަލަސްތީނު މީހުންނަށް ހެވެއް ނޭދޭނެ، ޖަރީމާ ހިންގަމުންދާއިރު އެކަން ކުށްވެރިކޮށްލަން ޑިކޮމްރެޓްސްގެ އެންމެ މީހަކަށްވެސް ނުކެރޭ، މަނާކޮށްފަ ބާ؟ “ މިއީ ރައްޔިތުންގެ މަޖުލީހު ފޭދޫ ދާއިރާހެ އިއްޒަތްތެރި މެމްބަރު ނިހާދު ސޯސަލް މީޑިއާގައި ނަޝީދާއި ޑިމޮކްރެޓްސްއާ ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލެކެވެ. މިއީ ހަމައެކަނި މެމްބަރު ނިހާދު އެކަނި ދައްކާ ވާހަކައެއްނޫނެވެ. ދިވެހިންގެ ވަރަށް ގިނަބަޔަކު ދައްކާ ވާހަކައެކެވެ.
ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ޓެރަރިސްޓު ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށް، އެތައް އިމާރާތެއް ބިމާ ހަމަކޮށް ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދަނީ އެކި ގޮތްގޮތުން ފަލަސްތިނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ. އިޒްރޭލުގެ ލާއިންސާނި އަމަލުތަކާ ދެކޮޅަށް ހިނގާލަން ނިކުމެ މުޒާހަރާކޮށް، ފަންޑުރައިސް ކުރުމުގެ ހަރަކާތްތަކާއި އިޒްރޭލު ރައްޔިތުން މި ގައުމަށް އެތެރެވުން މަނާ ކުރުމަށް ޕެޓީޝަންތައްވެސް ދަނީ ތައްޔާރު ކުރަމުންނެވެ. ފަލަސްތީނު ރައްޔިތުންނަށް ނަސްރުދެއްވާ، އަނިޔާވެެރިން ބަލިކޮށް ދެއްވާތޯ ކޮންމެ ނަމާދެއްގައި ދަނި ދުއާ ކުރަމުންނެވެ. ކޮންމެ ދިވެހި ރައްޔިތެއްގެ ސިއްރާ ފާޅުގައި މިދުވަސްކޮޅު ދުއާ ކުރަމުން ދަނީ ފަލަސްތީނު ރައްޔިތުންނަށް ހައްގު ނަސްރު ލިބުމަށެވެ. ދެ މީހަކު ދިމާވެލާއިރު ދެކެވެނީ އިޒްރޭލުގެ އަނިޔާވެރިކަމާ ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ ނިކަމެތި ގެއްލުންތަކުގެ ވާހަކައެވެ.
މިއީ ހުރިހާ ދިވެހިންގެ ހާލަތު ކަމަށްވިޔަސް މިކަމުން އިސްތިސްނާވާ ދިވެހިންތަކެއް އުޅެމުންދާކަމި ސިއްރެއްނޫނެވެ. މި މިހުންގެ ލީޑަރަކީ ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިދިޔަ މަހު 7 ގައި އިޒްރޭލުން ދެމުންދާ އުދުވާނަށް އެއްޗެއް ބުނެލަން ނުކުރެނުނު ހަމައެކަނި ދިވެހި ސިޔާސީ ލީޑަރަކީވެސް މުހައްމަދު ނަޝީދެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީތަކާއި އެ ޕާޓީތަކުގެ އެކިއެކި ވެރިން އިޒްރޭލާ ދެކޮޅަށް އެކި ފޯރަމް ތަކުގައި ވާހަކަދައްކާ އެއްވުން ތަކުގައި ބައިވެރިވެ ފަލަސްތީނަށް އޮތް ލޯބިވަނި ހާމަކޮށްދީފައެވެ. ނަމަވެސް މިއަދާ ހަމައަށް ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީން އިޒްރޭލުގެ އުދުވާން ކުށްވެރިކޮށްލާކަށްވެސް ނުކެރުނެވެ. އޭގެ ބަދަލުގައި ފެންނަނީ ކާކުކަން ނޭންގޭ ސޯސަލް މީޑިއާ އެކައުންޓު ތަކެއް ހަދައިގެން އިޒްރޭލަށް ތާއިދުކޮށް ހަމާސް ޖަމާއަތަކި ޓެރަރިސްޓުން ކަމަށް ބުނާ މަންޒަރެވެ. އެމީހުން ބުނާ ގޮތުން މި ފަހަރުގެ ހަމަލާތައް ފެށީ ހަމާސް ޖަމާއަތުން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމާސްއިން ކަމަށެވެ. މި މީހުންނަށް ކޮންމެ ދުވަހަކު އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާއާއި ފޭރިގަނެފައިވާ ބިންތައް ނުފެން ކަހަލައެވެ.
އިޒްރޭލާއި ނަޝީދުގެ ގުޅުމަކީ ސިއްރެއްނޫނެވެ. އެމަނިކުފާނު 2008 ގައި ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަވެސް މަސައްކަތްކުރީ އިޒްރޭލާއި ސިޔާސީ ގުޅުން ގާއިމު ކުރުމަށެވެ. މުޅި ދުނިޔެއާ ގުޅުން ކަނޑާލައިގެން ނޯވެވޭނެ ކަމުގެ ބަހަނާގައެވެ. ނަޝީދަށް މުޅި ދުނިޔެ ސިފަވަނީ އިޒްރޭލުވެސް ހިމަނައިގެން ކަމަށްވިޔަސް އެއީ ދިވެހިން ބޭނުންވާ ގޮތެއްނޫނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކީވެސް އިޒްރޭލާ މާ ގާތް ގުޅުންތަކެއް އޮންނަ ގައުމުތަކެއްވެސް ނޫނެވެ. ނަޝީދުގެ ދުނިޔެ އިޒްރޭލާއެކު ފުރިހަމަވަނީ ނަޝީދު މަދަދު ހޯދާ ހުޅަނގުގެ ގައުމުތަކާ އެމެރިކާއިން އިޒްރޭލަށް ހައްދެއްނެތި ދެމުންދާ ތާއީދާ މަދަދުގެ ސަބަބުން އޭގެތެރޭގައި ނަޝިދުވެސް ހިމެނޭ ގޮތަށް ބުރު ފުރިހަމަ ކޮށްލުމަށެވެ. އެ ބުރު ތެރޭގައި ތިމާ ހުރެއްޖެ ނަމަ ލިބޭނެ މަންފާތަކެއްގެ ސަބަބުންނެވެ. އެކަން ނަޝީދަށް ކޮންމެ ފަހަރަކުވެސް ކާމިޔާބުވެއެވެ. މަދަދުވެރިކަން ހުޅަނގުންނާ އެމެރިކާއިން ނަޝީދަށް ލިބެއެވެ.
ނަޝިދުގެ ވެރިކަމުގައި އިޒްރޭލާ ގުޅުން އުފެއްދޭތޯ އދ އާއްމު މަޖުލީހުގައި އިއުލާންކޮށް، ދިވެހި ވެރިއަކު އިޒްރޭލަށް ތާއިދުކޮށް ދުނިޔޭގެ ހުރިހާ ގައުމެއް ތަމްސީލުކުރާ ޖަމާއަތުގައި ވާހަކަދެއްކި ހަމައެކަނި ވެރިއަކީވެސް ނަޝިދެވެ. ދިވެިހި ފޮރިން ޑިޕްލޮމެޓުން އިޒްރޭލަށް ފޮނުވައިގެން ގުޅުން ބަދަހި ކުރެވޭތޯވެސް މަސައްކަތް ކުރިއެވެ. ދިވެހި ރާއްޖެއަށް އިޒްރޭުގެ ލޮލުގެ ޑޮކްޓަރުންގެ ޓިމެއް ގެނެސް ހިލޭ ފަރުވާދޭ ކަމަށްބުނެ މި ގައުމުގެ ތެރޭގައިވެސް ޔަހޫދީން އޮޅުކުރަން ނަޝީދު މަސައްކަތް ކުރެއްވިއެވެ. މި ހުރިހާ ކަމެއްގެ ހުރަހަކަށްވީ އޭރުގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ އަދާލަތު ޕާޓީއާއި އެމްޑީޕީގެތެރެއިން އައި ޕްރެޝަރެވެ. އެ ވިސްނުންތަކުގެ ސަބަބުން އެމްޑީޕީގެ ބައެއް ހަރަކާތްތެރި މެމްބަރުންނާ ދީނީ ގޮފީގެ މެމްބަރުން ޕާޓީއާ ދުރަށް ޖެހުނެވެ. އަދި އަދާލަތު ޕާޓީވެސް ކޯލިޝަނުން ވަކިވެ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.
މިހާރުގެ ހާލަތު އޭރުގެ ހަލަތާއި ތަފާތެވެ. ނަޝީދުގެ ކަންކަމަށް ހުރަސް އަޅާކަށް އެމްޑީޕީ މެމްބަރުންނެއް ނެތެވެ. އެ ޕާޓީގެ އަތް ނުފޯރާ ފަށަށް ދުރަސްގޮސް މިހާރު މަސައްކަތް ކުރަނީ ނަޝިދުގެ ފިކުރުގެ ތެރެއަށް ގެނބި ހުސްވެފައިވާ ބަޔަކު ގޮވައިގެން އުފައްދާފައިވާ ޑިމޮކްރެޓްސް ޕާޓީއާއެކުގައެވެ. އެ ޕާޓީއާއި އިންތިހާބީ ރައީސް ޑރ.މުއިއްޒަށް ވެރިކަން ހޯދާދިން ކޯލިޝަނުގެ ނިވަލުގައި ހުރުމުން ނަޝީދަށް ފާޑުކިޔާނެ މީހުން މަދުވާނެކަން އެނގޭތީވެ މިހާރު ހުންނެވީ އަނެއްވެސް ވެރިކަން ލިބުނު ދުވަސްވަރު ހުރި ކަހަލަ ބާރުވެރިކަމެއްގައެވެ.
ދިވެހި ރައްޔިތުން ވިސްނަންވީ އިޒްރޭލަށް ތިމާ ނަފްރަތުކޮށް، ބަދު ބަސްބުނާއިރު އެކަމުގައި އަހަރުމެންގެ ތެރެއިންވާ މީހުންވެސް ލައިގެން އެކަން ކުރުމަށެވެ. ފަލަސްތީނަށް ތާއިދުކުރުމަކީ އެކަމާ ދެކޮޅު ހަދާ ދިވެހިންނާވެސް ދެކޮޅުހަދައި އެކަން ކުރުމެވެ. އިޒްރޭލަށް ތާއިދުކުރާ ނަޝިދުގެ ފިކުރަށް ތާއިދުކޮށް ނަޝިދުގެ ސިޔާސީ ޕާޓީގައި ބައިވެރިވެގެން ހުރެ ފަލަސްތީނަށް ތާއިދު ކުރުމަކީ ވަރަށް ލަދުވެރިކަމެކެވެ. ތިމާއަށް އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތައް ދޫކޮށްލާފައި ސޯސަލް މީޑިއާ ފަދަ ވަސީލަތްތަކުގައި އެހެން މީހެއްގެ ސިފަ ޖެހިފައި ހުންނަ ދެފުށް ދެގޮތް މީހުންގެ ތާއިދެއް ފަލަސްތީނަކަށް ބޭނުމެއްނުވެއެވެ. އިޒްރޭލުގައި އުޅޭ ޔަހޫދީންގެ ތެރެއިންވެސް ފަލަސްތީނަށް ތާއިދުކުރާ މީހުން ފާޅުގައި ބުނަމުންދަނި ނަތަންޔާހޫއާއި އިޒްރޭލު ސިފައިންނާއިވެސް ތިމަންނާމެން ދެކޮޅު ކަމަށެވެ. ނަޝީދުގެ ކަމަކާ ޖެހުމުން ޔަހޫދީންނަށްވުރެވެސް އަހަރުމެންގެ ބައެއް މީހުން މަކަރުވެރިވެފައި ދެފުއްކެހެރިއެވެ.
E ee iyhoodhiveema
ނަސީދު ކިހިނެއް އެވާހަކަދައްކާނީ ދިވެހިންގެ ލޭބޯފައޮތް އާއިލާއެއްއެއީ.
hama fakkaa yahoodhee eh migaumun mikaleyge beyrukuranvee
ޕާޓީގެ ނަމަކަށް ޑިމޮކްރަޓްސް ކީވެސް އެމެރިކާގެ ޑިމޮކްރަޓްސް އާއި އެއް ފިކުރެއް ހުންނާތީއެވެ. ޑިމޮކްރަޓްސްއަކީ ސީދާ އިޒްތާއިލަށް އެންމެ ބޮޑަށް ތާއީދުކުރާ ޕާރޓޭންނެވެ. އަދި ހަމަ އެޖީބީޓީއަށްވެސް ޑިމޮކްސްރަޓް ފުރިހަމައަށް ތާއީދު ކުރެއެވެ.
އިޒްރޭލަށް ތާއީދުކުރާތީ އަދި އިޒްރޭލުގެ ވިޔާރިވެރިއެއްގެ އަތުން ކެމްޕެއިނަށް ޚަރަދުކުރުވާތީ ….