މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ސިޔާސީ ފިކުރު ބަދަލުކޮށް، ޕާޓިތައް ބަދަލުކޮށް އަދި އެންމެ ގިނަ ދުވަހު ސަރުކާރުގެ މަގާމެއްގައި ހުރި ކެންޑިޑޭޓަކީ ޕީއެންސީގެ ކެންޑީޑޭޓް ޑރ. މުހަމަދު މުއިއްޒެވެ. ދެން ތިއްބެވީ އެމްޑީޕީ އުފެދުނިއްސުރެ އެ ޕާޓީގެ އިސްސަފުގައި އަދި ޕީޖީ ލީޑަރުކަމާއި މެމްބަރުކަން ކުރެއްވި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހިމެވެ. ޕީއެންސީގެ ފައުންޑަރ ނާޒިމެވެ. ރައީސް ނަޝީދުގެ ފިކުރުގައި ތާ އަބަދު މަސައްކަތްކުރައްވާ މިހާރުވެސް އެމަނިކުފާނުގެ ފަހަތުން ޕާޓީއެއް ހައްދަވައިގެން އުޅުއްވާ އިލިޔާސް ލަބީބެވެ. އެމްޑީޕީގެ ސިޔާސީ ފިކުރާ އަަބަދުވެސް ދެކޮޅު އުމަރު ނަސީރެވެ. ރައީސް މައުމޫނުގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނެވި ހަމައެކަނި ދަރިކަލުން ފާރިސް މައުމޫނެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ ޒަމީލު މާ ބޮޑު ސިޔާސީ ހަރަކާތެއް ފެންނަން ނެތް ނަމަވެސް ގިނަ ޕާޓީތަކުގައި އުޅުމުގެ ރެކޯޑެއް ނެތެވެ.
ޑރ. މުއިއްޒަށް ޓިކެޓް ލިބިވަޑައިގަތީވެސް ޕީއެންސީއަށް ސޮއިކުރިތާ ތިން ގަޑިއިރުވެސް ނުވަނީހެވެ. ޕީއެންސީގައި އޮންނަ ރަމްޒީ ކައުންސިލަކުން ވަރަށް ކުއްލި ގޮތަކަށް ބޭއްވި އިންތިހާބަކުންނެވެ. އިންތިހާބުގައި ވާދަކުރެއްވި ރައީސް ޔާމީނުގެ އަރިހުގައި ދެގޮތެއް ނުވެ ހުންނެވި މެމްބަރު ޝަރީފަށް ލިބިވަޑައިގަތީ ކެމްޕޭނުކުރަން އެންމެ 2 ގަޑިއިރެވެ. އޭރުވެސް ގުޅިފައިވާ ޕީއެންސީއާއި ޕީޕީއެމް ސެނެޓުގައި މުއިއްޒު ކެމްޕޭނު ކުރަމުންދާތާ އަހަރަކަށްވުރެ ގިނައެވެ. ޝަރީފަށް ނާކާމިޔާބުވީ އެންމެ 2 ވޯޓުގެ ތަފާތުންނެވެ. އެ ހިސާބުން ބިޔަބޮޑު އިދިކޮޅު ޕާޓީތަކުގެ ކެންޑީޑޭޓަކަށް ހަމަޖެހުނީ ޑރ.މުއިއްޒެވެ. އިތުރު އެއްވެސް ގޮތެއް ނެތް މެމްބަރުންނަށް މަޖުބޫރުވީ މުއިއްޒު ފަހަތަށް އަރައިގެން މި ސަރުކާރު ބަދަލުކުރަން ނިކުންނާށެވެ. ވޭތުވެދިޔަ 5 އަހަރު އެގޮތަށް މަސައްކަތްކުރެވިފައި ހުރީމައެވެ.
ޑރ. މުއިއްޒުގެ ސިޔާސީ މަސައްކަތް ފެށީ އަދާލަތު ޕާޓިންނެވެ. އެ ޕާޓީގަ އުޅުނަސް އާއްމުކޮށް އެ ޕާޓީގެ ހަރަކާތްތަކުން މުއިއްޒެއް ނުފެނެއެވެ. އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިމްރާނާއި ޑރ، ޝަހީމު އަދި މިހާރުވެސް ހަރަކާތްތެރިކޮށް އުޅުއްވާ އެ ޕާޓީގެ ދީނީ އިލްމުވެރިން ކެނޑިނޭޅި ސިޔާސީ އެކި މަސައްކަތްތަކުގައި ’އަވަދިވި‘ އިރުވެސް މުއިއްޒު ހުންނެވީ ހިމޭނުންނެވެ. ރައީސް ނަޝީދުގެ ސަރުކާރު ވެއްޓި، ނައިބް ރައީސް ޑރ. ވަހީދު ވެރިކަމާ ހަވާލުވުމުން އަދާލަތު ޕާޓީއަށްވެސް ސަރުކާރު ހިންގުމުގައި ހިއްސާ ވުމަށް ފުރުސަތެއް ލިބުނެވެ. އެ ދަނޑިވަޅުގައި ކަންތައްތައްވީ ގޮތް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭގެ ޖަލްސާގައި ވަރަށް ތަފްސީލުކޮށް ކިޔާދެއްވިއެވެ. ކުއްލިއަކަށް މުއިއްޒު ބައްދަލުކޮށް ކުޑަކުއްޖަކު ކަމަކަށް އެދި ކުސްތަޅާ ގޮތަށް ސަރުކާރުގެ މިނިސްޓަރެއްގެ މަގާމު ބޭނުންވިއެވެ. އެކަމުގެ ޝަކުވާ އިމްރާންގެ އަރިހުގައި އެތައް ފަހަރަކު ކުރުމުން އެންމެ ފަހުން ހައުސިން މިނިސްޓަރު ކަމަށް އަދާލަތު ޕާޓީގެ ފަރާތުން ފޮނުވީ މުއިއްޒުގެ ނަމެވެ. އެއީ މުއިއްޒުގެ ސިޔާސީ ހަޔާތާިއ މނިސްޓަރުކަމާއި އާރާއި ބާރު ލިބުމަށް މެދުވެރި ގޮތެވެ. އެކަމަށް ފުރުސަތު ހޯދިގޮތެވެ. އެހެންވިޔަސް އެ އިމްތިހާނުން މުއިއްޒު ފެއިލްވީ، އަދާލަތު ޕާޓީއަށްވުރެ އެހެން ގޮތަކުން މަންފާތަކެއް ލިބި ވާދަވެރި އެމްޑީއޭއަށް ސޮއި ކުރުމުންނެވެ. އެމްޑީއޭއާއި އަދާލަތު ޕާޓީއަކީވެސް ސަރުކާރުގައި ހިއްސާވާ ފަރާތްތަކަށް ވިޔަސް އެހެން ކޮންމެވެސް މަންފާއެއްގައި އަދާލާތު ޕަޓީ އަދި އެ ޕާޓީއަކުން މުއިއްޒުގެ ސިޔާސީ ހަރަކާތްތައް ފެށުމަށް އެހީތެރިވި މީހުން ދޫކޮށް ވިޔަފާރިވެރިޔާ ސަންސިޔާމުގެ އެމްޑީޭއޭ ގުޅުން ވެގެން ދިޔައީ އެދުވަސްވަރު މުއިއްޒަށް އެތައް ތުހުމަތެއް ކުރެވުނު ކަމަކަށެވެ.
އެމްޑީއޭގައިވެސް މުއިއްަޒުއަށް ހުރެވުނީ މަދު ދުވަސްކޮޅަކަށެވެ. ހައުސިން މިނިސްޓަރުކަން ނުގެއްލޭނެހާ ވަރުގަދައަށް އެއްފައި އޭރުގެ ރައީސް ވަހީދުގެ ޕާޓީގައި އަޅުއްވައި އަނެއްފައި ނެންގެވީ ޕީޕީއެމްއާ ދިމާއަށެވެ. ވަހީދު ވެރިކަމުގައި ހަލަބޮލިވި ސިޔާސީ ކަންތައްތަކުގައިވެސް މުއިއްޒުގެ ހައުސިން މިނިސްޓްރީން ކަންތައްތައް ކުރަމުންދާ ގޮތަށް ފާޑުކިއުން ބޮޑުވެ ވަޒީފާ ގެއްލިދާނެހެން ހީވީމާ އެއްކޮށް ބަދަލުވީ ޕީޕީއެމަށެވެ. ޕީޕީއެމަކީ ރައީސް ވަހީދުގެ ވެރިކަން ދަމަހައްޓަން އެންމެ ބުރަކޮށް މަސައްކަތްކުރާ މެމްބަރުންނާ އާރާއި ބާރުގެ ގޮތުންވެސް ވަރުގަދަ ޕާޓީއެކެވެ. ރައީސް ވަހިދުގެ ވެރިކަން ނިމި ޕީޕީއެމަށް ވެރިކަން ލިބުމުން އެ ޕާޓީގެ ސުލޮޓެއްގައި އަނެއްކާވެސް ހައުސިން މިނިސްޓްރީގައި ހުންނެވީ މުއިއްޒެވެ. ގުޅީފަޅު ޕްރޮޖެކްޓު ހުއްޓުވާލައި، އެތަނުން ފުލެޓު ލިބުނު މީހުންނަށް އިންސާފެއް ނުލިބުނު މައްސަލައާއި، މާލޭގެ އެކިއެކި މޮނިއުމަންޓުތައް އެކި ތަންތަނަށް ބަދަލުކުރުމުގެ ފާޑުކއުންތަކާއި ވަކިބައެއް ނޭންގޭ ގޮތަށް ފްލެޓުތައް ބަހާލުމާއި ރަސްފަންނާއި އެނޫންވެސް ތަކުރާރުކޮށް ކުރަމުންދާ އިސްރާފާއި ކަންކަން މުއިއްޒުވުމަށް ނަމެއް ބޭނުންކުރަން ފޭށުން ކަހަލަ ހުރިހާ ބަދުނާމާއި ޕްރެޝަރައް އަންނަމުން ދިޔައީ އޭރުގެ ރައީސް ޔާމީނަށެވެ.
ބިޔަބޮޑު ކޯލިޝަނަކުން ޔާމީނުގެ ވެރިކަން ބަދަލުކޮށް، އާ ރައީސަކަށް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލު ވުމުން ފުރަތަމަވެސް ކުރަން ޖެހުނު ކަމަކީ މުއިއްޒުމެން އަތުލާފަ ހުރި ފްލެޓުތަކާއި ކޮންޓްރޭކްޓަރުންނަށް ބަދަލު ދިނުމުގެ ކަންތައްތަކެވެ. ސިފައިންނާ ފުލހުންގެ ފްލެޓުތަކާއި، ސީލައިފުގެ ހިޔާނާތާއި، ނޫމަޑީގެ ބޮޑު ދަރަނީގެ ޒިންމާތައް ހަވާލުވާން ޖެހުނީ ރައީސް ސޯލިހަށެވެ. މުއިއްޒު ކުރެއްވި އެއްވެސް ގޯީހެއް ނެތް ކަމަށާއި ހުރިހާ ބަދުނާމެއް ރައީސް ޔާމީނުގެ ބޮލުގައި އެޅި މުއިއްޒު ހުންނެވީ ނޫމަޑި ފަދަ ބޮޑެތި މަސްރޫއުތަކުން ބޭރުކުރި ކުންފުނިތަކާ އެއްކޮޅަށް ހެކިވެރިއަކަށެވެ. ރައީސް ޔާމީނާ ދެކޮޅަށެވެ. އެހެންކަމުން ސަރުކާރަކުން ދިން އަނިޔާގެ ބަދަލެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނޫމަޑި ކުންފުންޏަށް މުއިއްޒު ހޯދައިދެއްވވިއެވެ.
ސީޔާސީ ގޮތުން މަތީފަޑިތަކުގައ ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް އެތައް ގުރުބާނީއެއް ވެގެން އެ ހިސާޞަށް އައިއސް ތިބ ފަރާތްތަކެވެ. ޖަލުގެ އަނދިރި ގޮޅިން އާއިލާއާއި ރައްޓެހިންނާ ދުރުގައި އަރުވާލެވިގެން ނުވަތަ ވިޔަފާރި ގުރުބަންކޮށްގެން ފަދަ ކަންކަން ދިމާވި ފަރާތްތަކެވެ. ސިޔާސީ ބޭޏުމުގައި ހައްޔަރުކޮށް އަނިޔާލިބި ދާއިމީ އެތައް ޒަހަމެއް ލުބުނު ފަރާތްތަކެވެ.
ނަމަވެސް މިއަދު އިދިކޮޅު ކެންޑިދޭޓް ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް މުއިއްޒު އެ ހިސާބަށް ވަޑައިގަތީ އެންމެ ކޫރުމެއްވެސް ނޭޅި އެއްވެސް ގުރުބާނީއެއް ނުވެ، ހިހޫތަނުން ކާލައިގެންނެވެ، ޕީޕީއެމުން ވެރިކަމަށް އަންނަން ގާބިލު އެތައް ބަޔަކު ރެއާއި ދުވާލު އެމީހުންގެ ލީޑަރު ޔާމީން މިނިވަން ކުރެވޭތީޯ މަސައްކަތް ކުރަމުން ދިޔައިރު މުއިއްޒު މަސައކަތް ކުރަމުން ދިޔައީ ޕީއެންސީ ޢާއި ޕީޕީއެމްގެ ސެނެޓުން ވޯޓު ހަމަކުުމުގައެވެ. ރިޔާސީ ކެންޑީޑޭޓުކަމަށް އާދެވޭނެ ގޮޅިތައް ހޯދުމުގައެވެ.
ޕީޕީއެމް ގެ އެންމެ ހިދުމަތްތެރިން ކަމަށްވާ މެމްބަރު ސައީދަށް މިއަދުގެ ވަޒީގފާއަކީ މުއިއްޒުގެ ދަތުރުފަތުރު ކަންތައް ބެލެހެއްޓުމެވެ. ރައީސް ކަމަށް ދެންމެ ދެންމެ އާދެވޭހާ ގާބިލުކަމާ ފުރުސަތުގައި ހުންނެވި ޑރ ޝަހީމުގެ މަސައްކަތަކީ ދީނީ ގޮތުން އަންނަ ގޮންޖެހުންތަކުން މުއިއްޒު ދިފާއު ކުރުމެވެ. ވަރުގަދަ ސަޕޯޓަރުންތަކެއް ލިބިފައިވާ މެމްބަރު ޝިޔާމުގެ މަސްއޫލިއްޔަތަކީމުއިއްޒު ރަށްރަށަށް ވަޑައިގަތީމާ ފަރިއްކޮޅާއި އެހެނިހެން އިންތިޒާމުތައް ބެލެހެއްޓުމެވެ. އެބޭފުޅުން ޕީޕީއެމަށްވީ ގުރުބާނީ އަގަކީ ރަނިން މޭޓެއްގެ މަގާމުވެސް ނުލިބި ކުޑަ ޕާޓީއެއްގެ ކެންޑިޑޓެއް ބުނީމާ ބުނިތާކު ތިބެންޖެހޭ ބައެއްގެ ގޮތުގައި ތިބުމެވެ. އެ ބޭފުޅުންނަށްވުރެ ބާރުގަދައީ މުއިއްޒުގެ ޕްރޮޓޮކޯލް ގެ ވެރިޔާ މަދަނީ އަބްދުﷲ އާއި އަނބިކަނބަލުން ސާޖިދާއެވެ. ރައީސް ސޯލިހާއި މި ވަގުތު ގުޅުނަސް މި ބޭފުޅުންނަށް މާ ބޮޑާށްވެސް އެނގުންވާެނެ ފަދަ ލީޑަރުން މި ނިކަމެތިކަމުގައި ތިބޭނީ ކިތައް ދުވަހަކުތޯ ޔަގީނެއްނޫނެވެ.ޔަގީންވާ ކަމަކީ މުއިއްޒު ކައިރިން މި ބޭފުޅުންނަށް މޮޅެއް ހޯދުމަކީ ދެން މި 5 އަހަރުގައި ވާނެ ކަމެއް ނޫން ކަމެވެ.
މި އާރޓިކަލްގައި ހަމަ އެއްވެސް ދޮގެއް ނެތް. ވަރަށް ކުރުކޮށް ތެދު ތެދަށް އެވަނީ ބަޔާންކޮށްފަ. މަށަކީވެސް ކައިރިން ތިޔަ ހުރިހާ ކަމެއް ދެކުނު އެކަކު.
މުރާސިލްގެ ލިޔުންތެރިޔާ އަބުދުﷲ ސަފީގު އަލީއަށް ބުނަމޭ، އިމުރާނުގެ ވާހަކަ ތިޔަހާ ގަބޫލު ކުރެވެންޏާ އުސްތާޒު އަފްރާޝީމްގެ މަރުގެ ގާތިލް ނަން އިމުރާނު ކުރެން އަހާލަދެއްވާށެ. އަނެއްކާ އުސްތާޒުގެ ގާތިލަކީ މިހާރު މުއިއްޒު ކަމަށްވެސް ވެދާނެއޭ. ވޯޓުގެ ކުރިން ޖަވާބެއް މީޑިޔާއަށް ލައި ދެއްވައްޗޭ
މައުލޫމާތުގެ ކުށް ހުރީތީ ދަންނަވަމެވެ. 2013 އިން 2018 އާއި ހަމައަށް މުއިއްޒު ހުންނެވީ އެމްޑީއޭގައެވެ. އެމްޑީއޭގެ ސްލޮޓެއްގަ. 2018 ރައީސް ޔާމީންގރ ވެރިކަން ނިމުމުން.. އޭގެ ފަހުން ޕީޕީއެމް އަށް ގުޅިފައިވަނީ.. ދޮގުމައުލޫމާތު ނުފަތުރާ
Mi liyun kiyaaleemaa alhugandah engunu echcheh
– Verikamakee Allah dhevvaa echchehkan
– Komme kamakeeves imthihaanehkan
Keitherikamaa eki massakaii kuraameehakah – Allah kaamiyaabu dhevvaanekan
Kan kan heheege mahchah liyumakee kamuge hageegaiy kamugai nuvey
Mi liyun kiyaaleemaa alhugandah engunu echcheh
– Verikamakee Allah dhevvaa echchehkan
– Komme kamakeeves imthihaanehkan
Keitherikamaa eki massakaii kuraameehakah – Allah kaamiyaabu dhevvaanekan
އަދުރޭ ލައްވާ ޕާޓީ ބައިބައި ކުރުމުގެ މސައްކތް ކުރުވީ. ދެން އެދަނީ ޔާމީނުގެ ދުވަސް ދުއްވާލުމުގެ ހުރިހާ ރޭވުމެއް ރާވަމުން.