• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ނަޝީދުގެ ސްޓެޓިކް ކުންފުންޏާއި، ސާބެ އަށް ހަވާލުކުރި އެއްވެސް މަސައްކަތެއް ނުނިންމާ!

by މުރާސިލު
އޯގަސްޓް 2, 2023
in ރިޕޯޓު
1
ނަޝީދުގެ ސްޓެޓިކް ކުންފުންޏާއި، ސާބެ އަށް ހަވާލުކުރި އެއްވެސް މަސައްކަތެއް ނުނިންމާ!

ރައީސް ނަޝީދު އެމްޑީޕީގައި ހުރި އިރު އެމަނިކުފާނުގެ އަރިސް ފަރާތްތައް ހަވާލުކުރި ތަރައްގީގެ އެއްވެސް މަސައްކަތެއް ނުނިމި އެކަން ސަރުކާރުގެ ބޮލުގަ ރިހުމަކަށް ވަނީ ވެފައެވެ. މި ކަންކަން އެނގޭ ފަރާތްތަކުން މުރާސިލަށް ހިއްސާކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ފެނާ ނަރުދަމާގެ ގިނަ މަސައްކަތްތަކެއް ވަނީ ރައީސް ނަޝީދުގެ މަސްލަހަތު އޮންނަ ސްޓެޓިކްސް ކޮމްޕެނީ އާ ހަވާލުކޮށްފައެވެ. މި މަސައްކަތްތަށް އޭރު ހަވާލު ކޮށްފައިވަނީ ނަޝީދުގެ ޕްރެޝަރާއި އެކު ސަރުކާރުންވެސް ވީހާވެސް އަވަހަށް މަސައްކަތަށް ނިންމަން ބޭނުންވުމުންނެވެ. ނަމަވެސް މި އަދާ ހަމައަށް އައި އިރުވެސް މިއިން އެއްވެސް ރަށެއްގެ މަސައްކަތްތަށް ނުނިމި ބައެއް ރަށްރަށުގެ މަސައްކަތް ވަނީ އަލުން އެހެން ކުންފުނިތަކާ ހަވާލުކޮށްފައެވެ. ފެނާ ނަރުދަމާ ފަދަ ތަރައްގީގެ މަޝްރޫއު ތަކަކީ އެތައް ރައްޔިތުންގެ އުއްމީދު ތަކާ ގުޅިފައިވާ ތަރައްގީގެ ބޮޑު މަސައްކަތަކަށް ވުމުން، ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ޖެހުނު މައްސަލާގައި ނަޝީދުގެ އިހުތިޔާރުކުރީ ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ދެއްކުމާއި ކަންކަން ނުވާކަން އާއްމުންނަށް ވިސްނައިދީ ސަރުކާރު ޕްރެސަރަށް ވައްޓާލުމެވެ. މި ކަން މި މަގަށް ކުރުމަށް ހިތްވަރު ލިބުނީ ސްޓެޓިކް ފަދަ ނަޝީދުގެ ގާތް މީހުންގެ ކުންފުނިތަކުން އެ ގޮތަށް އަމަލުކުރަން ފެށުމުންނެވެ.

ރަށްރަށުގެ ސްކޫލްތަކާއި ޒުވާނުން މަރުކަޒު ފަދަ ތަންތަނުގެ އިމާރާތް ކުރުމުގެ ބައެއް ޕްރޮޖެކްޓު ލިބުނީ އީވާ ގެ ފިރިކަލުން ސާބެ ގެ މަސްލަހަތު އޮންނަ ކުންފުނި ތަކަށެވެ. ސާބެވެސް ވަނީ ނަޝީދަށްޓަކައި މި މަސައްކަތްތައް ހުއްޓާލާ ސަރުކާރު ހޫނު ފެނަށް ވައްޓާލާފައެވެ. މި ގޮތުން އއ. މާޅޮހުގައި ސާބެ މެން ހަދަމުންދާ ސްކޫލް ޕްރޮޖެކްޓު ހުއްޓާލާ މުއައްޒުފުންވެސް ވަނީ ރަށުން ބާލާފައެވެ. އެ ސައިޓު ބަލާ ކޮންމެ މީހަކުވެސް ބުނާނީ ސަރުކާރު ’ސްލޯ‘ ވާހަކައެވެ، ކަމެއް ނުވާ ވާހަކައެވެ. އަސްލު ބޮޑު މަންޒަރާއި ސިޔާސީ ޒާތީ ހަސަދާގައު ރައްޔިތުންނަށް ދެމުންދާ ގެއްލުން އިނގެނީ މަދު ފަރާތްތަކަށެވެ.

ސާބެ މިއަދު މަސައްކަތް ކުރަމުން ދަނީ ނަޝީދުގެ ޕާޓީ ދަ ޑިމޮކްރެޓްސްގައެވެ. އެ ޕާޓީގެ އިސް ވެރިއެއްގެ ގޮތުގައެވެ. ސަރުކާރު ޕްރޮޖެކްޓުތަކުން ލިބުނީ ކިހާ ފައިސާއެއް ކަމެއް ނޭންގެއެވެ، އިނގޭހާވެސް ކަމަކީ ނަޝީދަށްޓަކައި ރަށެއްގެ ރައްޔިތުން ތަކަށް ހިތްދަތިކަން ދީފައި، ސަރުކާރު ބަދުނާމު ކުރަން އުޅޭ މަންޒަރެވެ.

ސްޓެޓިް ކޮމްޕެނީއަކީ ވެސް ނަޝީދުގެ އެންމެ ބޮޑު މަދަދުގާރެވެ. ނަރުދަމާ އާއި ފެނުގެ މަސައްކަތަށް ބިލު ކުރިހާ ވަރަކަށް ލިބުނު ލާރިން ފައިދާއެއްވި ނަމަ އެކަންވީ ޑިމޮކްރެޓްސްގެ އިވެންޓުތަކަށެވެ. ބައެއް ރަށްރަށުގައި ފެނާ ނަރުދަމާއަށް ވަޅުކޮނެފަ، ފައިބައިގެން ދިޔައީ އެތަނުގެ މަތިވެސް ޖަހާނުލައެވެ. ސަރުކާރުގެ ތަރައްގީ ލަސްކަމަށް އާއްމުންނަށް ދެއްކުމުގައި ހޯދި ކާމިޔާބާއި ނަޝީދަށްޓަކައި ވީ ގުރުބާނީ އެ ކުންފުނިން ވަނީ ކާމިޔާބު ހޯދާފައެވެ. މި ފަދަ ކާމިޔާބީ ފާހަގަކުރަނީވެސް ނަަޝީދު ސަރުކާރުގައި އެ ކުންފުންޏަށް ލިބުނު ރިސޯޓުގައެވެ.

މިއީ ރައްޔިތުންނަށްޓަކައި އުޅޭ ކަމަށްބުނާ ސިޔާސީ ލީޑަރުންގެ އަސްލު ބޮޑު މަންޒަރެވެ. އަމިއްލަ ޒާތީ ހަސަދައެއްަގައި ހަނާވެ ފަނާކުރަމުންދަނީ ރައްޔިތުންގެ އުއްމީދުތަކެވެ. ބައެއް ރައްޔިތުންނަށް ހަގީގަގަތް ނޭންގުމަކީ މި ފަދަ ސިޔާސީ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ފައިދާއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 1

  1. Static says:
    3 years ago

    Ragalhu vaahaka eh hama thedhu habareh thee

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©