• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އަމްޖަދު ހުސައިން؛ ވެލިދޫ ދާއިރާއަށް ހިންގުންތެރި ފަހުރުވެރި ތަޢުލީމީ ދަރިއެއް

by އަބްދުﷲ ސަފީގު އަލީ
ޑިސެމްބަރ 8, 2023
in ރިޕޯޓު
0
އަމްޖަދު ހުސައިން؛ ވެލިދޫ ދާއިރާއަށް ހިންގުންތެރި ފަހުރުވެރި ތަޢުލީމީ ދަރިއެއް

ތަޢުލީމީ ދާއިރާގެ ތަޖުރިބާއާއި ދަރިވަރުންތަކަކަށް ތަޢުލީމު އުނގަންނައިދިނުމުގެ ކެތްތެރިކަމާއި، ސުކޫލުތައް ހިންގުމުގެ އިސްވެރިއެއްގެ ހައިސިއްޔަތުން އުފުލި ބުރަ މައްސޫލިއްޔަތަށް ފަހު ނ. ވެލިދޫ އާހަމަ އަމްޖަދު ޙުސައިންގެ އަމާޒަކީ ވެލިދޫ ދާއިރާއިން ރައްޔިތުން މަޖިލީހުގެ މެމްބަރު ކަމުގައި ދާއިރާއަށް ޚިދުމަތްތަކެއް ކުރުމެވެ. ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ އެކައުންޓިންގ އަދި ހަޔަރ ނެޝަނަލް ޑިޕްލޮމާއިނ ބިޒްނަސް މެނޭޖްމެންޓް އެންޑް ހިޔުމަންރިސޯސް އަދި ސްރީލަންކާއިން ލަންޑަން ސައުތު ބޭންކް ޔުނިވަރސިޓީ ޔޫކޭގެ ބެޗްލަރ އޮފް ސައިންސް ބިޒްނަސް މެނޭޖްމެންޓުން  އޮނާރސް ޑިގްރީއެއް ހާސިލްކުރެއްވުމަށްފަހު އެވިޑް ކޮލެޖުން އެޑިޔުކޭޝަން ދާއިރާއިން މާސްޓާރސް ހާސިލްކުރައްވާފައިވާ އަމްޖަދު ޙުސައިން ޚިދުމަތް ކުރެއްވި ދާއިރާތަކަށް ބަލާއިރު ނ. މަގޫދޫ ސުކޫލްގެ ޕްރިންސިޕަލް ކަމާއި، ނޯތް ޕްރޮވިންސް އޮފީހުގެ އެޑިޔުކޭޝަން ހެޑްގެ މަޤާމް ހިމެނެއެވެ. މީގެ އިތުރުން ގްރޭޑް 8,9,10  ގެ ދަރިވަރުންނަށް އެކައުންޓިން ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ތިރީގައިމިވަނީ މުރާސިލު ނޫހުގެ މަޖްލިސް 2024 ކަވަރޭޖަށް އަމްޖަދު ޙުސައިން ދެއްވާފައިވާ ހާއްސަ އިންޓަވިއުއެވެ.

  • އެމްޑީޕީ ވެލިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ކިހާވަރެއްގެ އުއްމީދެއްތޯ؟

ކާމިޔާބު ކުރެވޭނެގޮތްތައް މިދަނީ ބަލަމުން. މި ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ބަލާއިރު ތަޢުލީމާއި ތަޖުރިބާ އަދި ޤާބިލްކަމަށް ބަލާފަ އެކަމަށް އެންމެ އެކަށީގެންވާ މީހަކީ އަޅުގަނޑުކަމަށް ދާއިރާގެ ރައްޔިތުން ނިންމާނެ ކަމާމެދު ޝައްކެއް ނުކުރަން. އަޅުގަނޑު އެމްޑީޕީ މެމްބަރުންނަށް އެނގޭނެ. އެމެމްބަރުންނާ ވަރަށް ގާތްވާނެ. މިހެންވީމާ އަޅުގަނޑު އުންމީދަކީ މެމްބަރުން މިފަހަރު އަޅުގަނޑު ހޮއްވަވާނެކަމަށް.

  • ޕްރައިމަރީގައި ދިމާވާނެ އެންމެބޮޑު ޗެލެންޖަކީ ކޮބައިތޯ؟

ވެރިކަންކުރާ ޕާޓީއަށް އަޅުގަނޑުމެން ޕާޓީ ނުވާއިރު މިދަނޑިވަޅުގައި ޕާޓީ މަސްލަހަތު ހިފެހެއްޓޭނެ ގޮތަކަށް ކެމްޕެއިންކުރުން އަޅުގަނޑަށް މުހިންމު. ވާދަވެރި ކެމްޕެއިނަކަށް މިކެމްޕޭން ވާނެކަމަށް މިބަލަނީ.

  • ޕްރައިމަރީއަށް ނިކުތުމުގެ ކުރިން އެމްޑީޕީ މެމްބަރުންގެ މަޝްވަރާ ހޯދިންތޯ؟

ދާއިރާގެ ބައެއް އެމްޑީޕީ މެމްބަރުންނާ މަޝްވަރާކުރެވުން. އެމީހުންގެ ވާހަކައިން އެނގުނީ ސަރުކާރުގެ ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ފެށިފަ ހުރީމާ ސަރުކާރު ޒިންމާދާރު ކުރުވުމާއެކު އެ މަޝްރޫއުތައް ނިންމުމުގެ މަސައްކަތް އަޅުގަނޑަށް ކުރެވިދާނެކަމަށް. އަޅުގަނޑަކީ އަޅުގަނޑު ހަވާލުވެ ހުންނަކަމަށް ފަރުވާތެރިކަމާއި އިޚްލާސްތެރިކަމާއެކު ކުރާމީހެއް. މިހެންވުމުން އަޅުގަނޑަށް ޔަޤީންކަމާއި އިތުބާރު އެބައޮތް ސަރުކާރާއެކު ، ސަރުކާރު ޒިންމާދާރުކޮށްގެން މިކަން ކުރެވޭނެކަން އެކަން ކުރާނެގޮތްވެސް އަޅުގަނޑަށް އެނގޭ. އެކަން އިރާދަކުރެއްވިއްޔާ ކުރާނަން.

  • ޕްރައިމަރީ ކާމިޔާބުކޮށް، އިންތިހާބަށް ދާއިރު ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ؟

ކުރިން ފާހަގަކުރިހެން ބައެއް މީހުންނަށް ހީވެދާނެ ވެރިކަން ކުރާ ޕާޓީން ނިކުންނަ ކެނޑިޑޭޓަކަށޭ ކަންކަން ކުރިއަށް ގެންދެވޭނީ. އެކަން އެއީ ރަނގަޅު ވާހަކައެއްވެސް ނޫން ރަނގަޅު ޤަބޫލުކުރުމެއްވެސް ނޫން. އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރު ހިންގާ ޕާޓީއަށް ނުވިޔަސް އެވިސްނުން ހުރި އިޚްލާސްތެރި މީހަކަށް ސަރުކާރާއެކު މަސައްކަތްކުރެވޭނެ. އަޅުގަނޑަށް ދާއިރާގެ ތަރައްޤީގައި ވާހަކަދައްކަން ޖެހިއްޖެނަމަ ކޮންމެ މީހަކާވެސް ވާހަކަ ދައްކާ މަޝްވަރާކޮށް ސަރުކާރު ޒިންމާދާރުކުރެވޭނެ. ޤާބިލް މީހައަށް މިކަންވާނޭ. މިހެންވުމުން އަޅުގަނޑަށް މިކަންކުރެވޭނެ . އިންޝާ ﷲ

  • އިންތިހާބު ކާމިޔާބުވެ، މަޖްލީހަށް ހޮވިއްޖެނަމަ ގޮނޑި ބަދަލުކުރުން ނުވަތަ ޕާޓީ ބަދަލުނުކުރާނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް ދެވިދާނެ؟

ސަތޭކަ ޕަސަންޓް ގެރެންޓީއެއް ތިކަމުގަ ދެވޭނެ، އަޅުގަނޑު ދަންނަ މީހަކަށް އެނގޭނެ މިއީ އެއްވެސް ޑީލެއް ހަދާނެ މީހެއް ނޫންކަން ، އަޅުގަނޑު ކުރިމަތިލައިގެން މިހުރީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި، އެހެންވީމާ އެމްޑީޕީ ދޫކޮށްލަންޖެހޭ ހާލަތެއް އަންނާނީ ޕާޓީ އުވާލާދުވަހަކުން.

  • ވޭތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީއަށް ނުވަތަ ދާއިރާއަށް ކޮށްދިނީ ކޮންކަމެއް؟

ފެށުނީއްސުރެ އަޅުގަނޑު މަސައްކަތްކުރަމުން މިއަންނަނީ ތަޢުލީމީ ދާއިރާގައި، ތަޢުލީމީ ދަރިންތަކެއް އުފެއްދުމުގެ މަސައްކަތުގައި ، ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މަސައްކަތުގައި ، ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރީމާ ، ރަނގަޅު ދަރިވަރުންތަކެއް ތަރުބިއްޔަތުކުރުމުގެ މަސައްކަތުގައި އުޅެވުނީމަ އެއީ ވަރަށް ބޮޑު ޚިދުމަތެއްކަމަށް ދެކެނީ، ޚާއްސަކޮށް ރަށު ސުކޫލު (ނ.އަތޮޅު ތަޢުލީމީ މަރުކަޒު) ތަރައްޤީގެ އެކިއެކި ކަންކަން ކުރެވުނު އިރު އެކަމުގައި އުޅެވުން. ހާއްސަކޮށް އިންޤިލާބީ ބޮޑަތި ބަދަލުތައް ސުކޫލަށް ގެނެވުނުއިރު ޝާމިލްވި އެކަކީ އަޅުގަނޑު. ސީނިއަރ މެނޭޖްމަންޓް އާއި އެކު ގުޅިގެން އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުން 2016 ން 2020 ށް ގިނަ ގުނަ ރަނގަޅު ހެޔޮބަދަލުތައް ގެނެވުނު. މިކަމަށްޓަކައި އޭރުގައި މަސައްކަތްކުރި އެސްއެމްޓީގެ މެމްބަރުންނަށާއި ޕްރިންސިޕަލަށް އިޚްލާސްތެރި ޝުކުރުވެސް ދަންނަވަން. އަޅުގަނޑު ކިޔަވައިދިން ދަރިވަރުން ދުނިޔޭގެ ރަންވަނަތައް ގެނައުންވެސް ދެކެނީ ފަޚްރުވެރި ކާމިޔާބު ޚިދުމަތެއްގެ ގޮތުގައި. މީގެ އިތުރުން ދާއިރާގެ އެމްޑީޕީ ހިންގުމުގައި މަޝްވަރާއާއި ޚިޔާލު ދިނުމާއި އެހީތެރިކަމަށް އެދުނު ކޮންމެ ހިނދަކު އެހީތެރިކަން ވާނީ ފޯރުކޮށްދެވިފައި.

  •  ވަރަށް ގިނައިން މީހުން ކުރާ ޝަކުވާއެއް ހޮވުމަށްފަހު ބައްދަލެއް ނުވޭ، ދިމާ ނުވޭ އަދި ފޯނު ނުނަގާވާހަކަ، އެކަމަށް ހައްލަކީ ކޮބާ؟

ރައްޔިތުން މަޖިލީހުގެ މެމްބަރުންނާމެދު އާންމުން ދެކެނީ ހަމައެކަނި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެމީހުންނާ ގާތް ގުޅުމެއް އޮންނަން ޖެހޭނެކަމަށް. އިރާދަކުރެއްވިއްޔާ ދާއިރާގެ މެމްބަރުންނާއެކު މަޝްވަރާ ކުރެވޭނެ ގޮތެއްރާވާނަން. އަޅުގަނޑު ކޮންމެ 3 މަހަކުން އިރާދަކުރެއްވިއްޔާ އެންމެ މަދުވެގެން ދާއިރާއަށް ދާނެ. ގޮސް ރަށުކައުންސިލްތަކާއި އެކު މަޝްވަރާކުރާނެ ނުވެހުރި ކަންކަން ބަލާ ސަރުކާރުގެ ކަމާބެހޭފަރާތްތަކާއިއެކު މަސައްކަތްކޮށް ހައްލު ހޯދައިދެވޭނެ . އެޔަޤީންކަން  އަޅުގަނޑަށް އެބައޮތް.

  • ދާއިރާ ރައްޔިތުންނަށް ދޭންބޭނުންވާ މެސެޖަކީ ކޮބައިތޯ؟

އަޅުގަނޑަކީ ޕްރައިމަރީ ކާމިޔާބުކުރެވި އިންތިހާބަށް ދާއިރު ސަރުކާރު ޒިންމާދާރު ކުރާނެ ކެންޑިޑޭޓް. އަޅުގަނޑު ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތުގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ. ދާއިރާގެ ތަރައްޤީ އަޅުގަނޑަށް ވަރަށް މުހިންމު އިރާދަކުރެއްވިއްޔާ ދާއިރާ ތަރައްޤީއަށް ޓަކި ޖަހަންޖެހޭ ކޮންމެ ދޮރެއްގައި ޓަކި ޖަހައިގެންވެސް އެކަން ކޮށްދޭނަން.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©