• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އިޒްރޭލުގެ މަގުސަދަކީވެސް ފަލަސްތީނު ރައްޔިތުން ވަޒަނުން ބޭރުކުރުން، އެކަމަށް ހިތްވަރު ނުދޭތި!

by އަބްދުﷲ ސަފީގު އަލީ
ނޮވެމްބަރ 1, 2023
in ރިޕޯޓު
0
އިޒްރޭލުގެ މަގުސަދަކީވެސް ފަލަސްތީނު ރައްޔިތުން ވަޒަނުން ބޭރުކުރުން، އެކަމަށް ހިތްވަރު ނުދޭތި!

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ޓެރަރިސްޓު ހަމަލާތަކުގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް، ރެފިއުޖީންގެ ގޮތުގައި އަރަބި އެއްވެސް ގައުމަކުން ބަލައި ނުގަންނާނެ ކަމަށް ބުނުމުން ބައެއް ދިވެހިން ލޭ ކެކިގެން ދިޔައެވެ. ސޯސަލް މީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިއެވެ. އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންގެ ހިތެއް ނެތީތޯ ސުވާލު ކުރިއެވެ. ޖޯޑަން އާއި މިސްރުން ފާޅުގައި ބުނަމުން ދިޔައީ އެ ގައުމުތަކަށް ފަލަސްތީނުގެ އެއްވެސް ރެފިއުޖީއެއް ނުގެނެވޭނެ ކަމަށެވެ. އެއީ ކީއްވެގެންތޯ ސުވާލުނުކޮށް އެ ސަބަބު ނުބަލައި ޖަޒުބާތުގައި ޖެހުމުގެ ކުރިން އެކަމުގެ ހަގީގަތް ބަލާލަން ޖެހެއެވެ.

ފަލަސްތީނުގެ ބިމަށް ޔަހޫދީން ހިޖުރަކޮށް، ދުނިޔޭގެ ގަދަ ބާރުތަކުގެ އެހީގައި އިޒްރޭލޭ ކިއުނު ދައުލަތެއް ހެދިތާ ކުރީކޮޅު އަރަބި ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރިއެވެ. އެ ހަނގުރާމައިގައިއިޒްރޭލަށް ލިބުނީ ބޮޑު ކާމިޔާބެކެވެ. ލުބުނާނާއި ސީރިއާ އަދި ފަލަސްތީނުން ބިންތަކެއް އެމީހުންގެ އަތްދަށަށް ދިޔައީ އަރަބިން އެ ހަނގުރާމައިން ބަލިވުމުންނެވެ. އޭގެ ފަހުން އިޒްރޭލުން ކުރަމުންދިޔަ މަސައްކަތަކީ އެމީހުންގެ ދައުލަތް ބިމުގެ ގޮތުންވެސް ބޮޑުކޮށް ފަލަސްތީނު ރައްޔިތުން ވަޒަނުން ބޭރުކުރުމުގެ މަސައްކަތެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނު ތެރެއިން އެކިއެކި މުޖާހިދުންގެ ގުރޫޕުތަކާއި ސިޔާސީ ހައްލުތަކަށް މަސައްކަތްކުރާ ގުރޫޕުތައް އުފެދުނީ މި މައްސަލަގަނޑުގެ ސަބަބުްނެވެ. އެމީހުންގެ އަމިއްލަ ބިމާއި ވަޒަނާއި ކާބަފައިންގެ ތަރިކަ އަދި އިސްލާމީ ފުރަތަމަ ގިބްލަ މަސްޖިދުލް އަގްސާގެ ދިފާއުގައެވެ. މި އަދާ ހަމައަށް އެ ކުރަނީ އެ މަސައްކަތެވެ، އެ ޖިހާދެވެ. އިޒްރޭލު ގެ އަނިޔާވެރިކަމަށް ކުރިމަތިލައިގެން ހާލުގައި ޖެހުނު އާއްމު ރައްޔިތުންގެ އެތައް މިލިއަން ބަޔަކު ރެފިއުޖީންގެ ގޮތުގައިވެސް އުޅެމުންދަނީ ފަލަސްތީނުގެ ތެރޭގައެވެ. ބައިނަލްއަގުވާމީ އެހީތައްވެސް ލިބެނީ ސީދާ ފަލަސްތީނަށާއި އެ ރެފިއުޖީން ނަށެވެ.

އިޒްރޭލުން އުދުވާނީ ހަމަލާތައް ދެނީވެސް ފަލަސްތީނު ރައްޔިތުން އެމީހުންނަށް ބޭނުންވާ ބިން ނުދިނުމުންނެވެ. މި ހާލަތުގައި ފަލަސްތީނު ރައްޔިތުންނަށް ހަމްދަރުދީ ވުމުގެ ގޮތުން ގައުމުތަކުން ބިންތަކާއި ގެދޮރު ދިނުމަކީ އިޒްރޭލުން އެންމެ ބޭނުންވާނެ ގޮތެވެ. އެންމެ ބޮމެއްވެސް ގޮއްވާނުލާ އެމީހުންގެ އަސްކަރިއްޔާގެ އެއްވެސް މީހަކު މަރު ނުވެ، އެކި ގޮތްގޮތުން ފަލަސްތީނު ރައްޔިތުން އެ ގައުމުން ފައިބައިގެން ދިއުމެވެ. އިސްލާމި ބޮޑެތި ގައުމުތަކުން ހަނގުރާމަކޮށް އިޒްރޭލާ ދެކޮޅަށް ’އެއްވެސް ކަމެއް ނުކުރެވުނަސް؛ އިޒްރޭލުގެ މި މަގުސަދު ހާސިލުވިޔަދޭކަށް ބޭނުމެއް ނުވެއެވެ. އަމިއްލަ ގައުމެއް ވަތަނިއްޔަތެއް، ދެމިގެންދާ އާއިލާއެއްނެތް ބައެއްގެ ގޮތުގައި އެކި ގައުމުތަކުގައި ފަލަސްތީނު ރައްޔިތުން ވަޒަންވެރި ކުރުވާކަށް އެ ގައުމުތަކުން ބޭނުމެއް ނުވެއެވެ. ފަލަސްތީނު ރައްޔިތުންވެސް ދުނިޔޭގެ އެއްވެސް ގައުމަކަށް ބިންކޮޅަކަށް ގެދޮރަށް ފްލެޓަކަށް ނޭދެއެވެ. އެމީހުން އެދެނީ އަމާން އޮމާން ކަމާއެކު އެމީހުންގެ ކާބަފައިން އުޅުނު ގޮތަށް އެ ވަޒަނުގައި ދިރުއުޅޭށެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އަނިޔާ ލިބުނު ކަމަށް ބުނެ ހިޖުރަކުރި ޔަހޫދީން އެމީހުންގެ ބިން ކައި ހުސްކުރާކަށް ނޫނެވެ. އެމީހުންގެ ގެދޮރާއި ދަނޑުބިންތައް ޔަހޫދީން ވެރިވެގަންނާކަށް ނޫނެވެ. ދެވަނަ ބޮޑު ހަނގުރަމައިގަ ޔަހޫދީންނަށް އަނިޔާ ދިނީ ފަލަސްތީނު ރައްޔިތުންނެއްނޫނެވެ. އަދި އިސްލާމީ އެހެން ގައުމަކުންވެސ ނޫނެވެ. އޭގެ ކައްފާރާ ފަލަސްތީނުގެ ރައްޔިތުން ދައްކކަށް ނުޖެހެއެވެ. މިއީ ފަލަސްތީނުން ބައިނަލްއަގުވާމީ މުޖުތަމައުގައި ކުރާ އާދޭހެވެ.

ރާއްޖޭގައިވެސް ފަލަސްތީނުގެ ރައްޔިތުން ގެނެސް ވަޒަންވެރި ކުރުމުގެ ވިސްނުންތައް އަބަދުވެސް އުޅެއެވެ. މިކަމެއްގެ އަޑު ގަދަވަނީ އިޒްރޭލުގެ ހަމަލާތައް ވަރުގަދަވާ ދުވަސްވަރުގައެވެ. ސޯސަލް މީޑިއާގައި ބައެއް އާއްމުންވެސް ފަލަސްތީނު ޔަތީމު ކުދިން ބަލަން ބޭނުންވާ ކަމަށް ބުނެފައި ހުރެއެވެ. އިންސާނިއްޔަތު ކަމާއި އެއް އުއްމަތެއްގެ އިސްލާމި ކުލުނުގައި އެއީ އެއްވެސް މައްސަލައެއްނޫނެވެ. އެއީ އަހަރުމެންގެ ޖަޒުބާތެވެ. ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯތްބެވެ. މައްސަލައަކަށްވަނީ އެ ޖަޒުބާތު ނިމެނީ އިޒްރޭލު ހިނިތުން ކުރުވާފަދަ ހާލަތެއް މެދުވެރިވާ ގޮތަށެވެ. އެމީހުން ބޭނުންވާ ގޮތަށް ފަލަސްތީނު ’ހުސްކޮށްލުމެވެ.‘

ގދ. ވާދޫ ކައުންސިލުން ފަލަސްތީނު ރައްޔިތުންނަށް ބިންތަކެއް ދޭން، ވަޒަންވެރި ކުރުވުންވެސް ހިމެނޭނީ އާހިރުގައި އިޒްރޭލު ހިނިތުން ކުރުވާފައެވެ. ގދ.ވާދޫގައި މަސްޖިދުލް އަގްސާ އާއި އެއްގޮތަށް މިސްކިތެއް ހަދާފައި ފަލަސްތީނުގެ ރައްުޔިޔުން ގެނެސް ވަޒަންވެރި ކުރުވީމާ އެ ދެވުނީ ފަލަސްތީނު މީހުން ބޭނުންވި ގޮތް ހެއްޔެވެ؟ އެމީހުން ނިކުތީ އަސްލު އަގުސާ މިސްކިތުގެ ދިފާއުގައެވެ. އަސްލު ވަޒަނުގެ ދިފާއުގައެވެ. ވާދޫ ފުއްޓަރު ފަރާތަށް މޫނުލައިގެން ތިބެ އަމިއްލަ ވަޒަނާ ދޭތެރޭ ކަރުނަ އޮހުރުމަށްވުރެ ފަލަސްތީނުގެ ބިމުގައި ޝަހީދުވުންވެސް އެމީހުންނަށް މާ ޝަރަފުވެރި އުފާވެރިއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©