• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މި ފެންނަނީ ބޮޑުވަޒީރު ކަމުން ދުރު ކުރަން އުޅެން ޖެހޭނެ ހާލު

by މުރާސިލު
އޮކްޓޯބަރ 28, 2023
in ރިޕޯޓު
0
މި ފެންނަނީ ބޮޑުވަޒީރު ކަމުން ދުރު ކުރަން އުޅެން ޖެހޭނެ ހާލު

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަނީ ކުރީގެ ރައީސް އަދި މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ބަރުލަމާނީ އަކީ ހުރިހާ ކަމެއްގެ ފަރުވާއެވެ. ސިޔާސީ އަރައިރުންތަކާއި، ސަރުކާރު ލުއި ގޮތަކަށް ހިންގާލުމާއި މުޅި ރާއްޖެއިން ވޯޓު ހޯދަން ރައީސާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީ އުފުލަން ޖެހޭ ތަކުލީފުގެ ހައްލަކީވެސް ބަރުލަމާނީއެވެ. ރައްޔިތުން ނުވަތަ ރައްޔިތުންގެ މަންދޫބުން އިތުބާރު ނެތުނީމާ ބޭނުން އިރަކު ބޮޑުވަޒީރު ބަދަލުކުރެވޭނެ ކަމަށާއި، އެހެންވިޔަސް ރައީސަކު ކިތަންމެ ހުދުމުހުތާރު ވިޔަސް 5 އަހަރު ވަންދެން މަޑުކުރަން ޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައީސް ގެ މަގާމުން ދުރުކުރުމަކީ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރުމަށް ވުރެ ފަސޭހަ ކަމެކެވެ. މެޖޯރިޓީ މެމްބަރުން ބޭނުންވީމާ މަޖުލީހުގެ ރައީސް މަގާމުގައި ނުހުރެވެއެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމަށް އާދެވެނީވެސް މަޖުލީހުގެ މެމްބަރުންގެ އެންމެ ތާއިދު ބޮޑު އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓެކެވެ. އެއް ޕާޓީއަކުން މަޖުލީހުގެ މެޖޯރިޓީ ހޯދައިފި ނަމަ އެ ޕާޓީން ބޭނުންވާ މީހެކެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބުވީވެސް ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް އެއްވެސް ޕާޓީއަކާ ނުގުޅި ފަސޭހަ ކަމާއެކު ބޭނުން މެމްބަރަކު ރައީސްކަމަށް ހޮވޭ ވަރުގެ ގެ ސުޕަ މެޖޯރިޓީއެއް ލިބުމުންނެވެ.

މިހާރު ޖެހިގެން އުޅޭ މައްސަލައަކީ އެމްޑީޕީގެ ޓިކެޓުގައި މަޖުލީހަށް ހޮވި، އެމްޑީޕީ މަޖުލިސް މެމްބަރުންގެ ވޯޓުން މަޖުލީހުގެ ރައީސް ކަމަށް އިންތިހާބުކުރި ރައީސް އެ ގޮނޑިން ބޭލޭނެ އެއްވެސް މަގެއް ނުފެނުމެވެ. ނުވަތަ އެކަމަށް އިންކާރުކޮށް ކޮންމެވެސް އުޒުރެއް ދައްކައިގެން ގޮނޑި ދިފާއު ކުރަމުން ދިއުމެވެ. އިތުބާރުނެތް ކަމުގެ ލިޔުން ފޮނުވާ ކޮންމެ ފަހަރަކު ވަގުތު ދިގު ދަންމައިގެން ނަޝީދު ބޭނުންވާ ހިސާބަށް ދެވެއެވެ. މީގެ ކުރިން ވަގުތު ދިގު ދަންމަމުންގޮސް ހަމަކުރީ ރިޔާސީ އިންތިހާބާ ހަމައަށެވެ. އޭގެ ފަހުން އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ޖަޒުބާތުގައި ޖައްސައިގެން އެމްޑީޕީ ޕާލިމެންޓު ގުރޫޕުންރައީސްއާއި ނައިބް ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެނައެވެ.

މި ފަހަރު އަނެއްކާވެސް އތުބާރުނެތް ކަމުގެ މައްސަލަ ވެއްދި އިރު ވަގުތު ދިގުދަންމައިގެން ކުރި ލިބެނީ ނަޝީދަށެވެ. ކުރިމަތީގައި އޮތީ އިންތިހާބީ ރައީސް ޑރ.މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތެވެ. އެކަން އިންތިޒާމުކޮށް ކުރިއަށް ގެންދަން ޖެހޭނީ ރައްޔިތުންގެ މަޖުލީހަށެވެ. އެމްޑީޕީން އެ މައްސަލަ އަނބުރާ ނުނަަގައިފި ނަމަ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަހަކަށްވެއެވެ. ނުސީދާކޮށްވެސް އެމްޑީޕީން ބުނަމުންދަނީ މަޖުލިސް ރައީސް ގެ އތުބާރުގެ ވޯޓު ނުނަގާ އެހެން ކަމެއް ކުރާކަށް މަޖުލީހުގައި އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. މި ބުނުން ނަޝީދާއި ޑިމޮކްރެޓްސް އަދި ޑރ.މުއިއްޒު ނިސްބަތްވާ ކޯލިޝަން ޕާޓިތަކުން ބުނަނީ އެމްޑީޕީން އުޅެނީ ޑރ.މުއިއްޒު ހުވާ ކުރިއަ ނުދޭން ކަމަށެވެ. އަސްލު މައްސަލަ ފޮރުވާފައި މުޅި މައްސަލާގެ ފޯކަސް އޮތީ އިންތިހާބީ ރައީސަށް ޖެއްސުން ކުރުމުގެ ނަމަށް އަނބުރާލާފައެވެ. މިއީ ނަޝީދަށް އަނެއްކާވެސް ކާމިޔާބެކެވެ. ހީލަތްތެރިކަމާ އެކު ގޮނޑިންނުފައިބާން އިންނަނީ ނޫން ކަމަށާއި އެމްޑީޕީން އުޅެނީ އިންތިހާބީ ރައީސަށް ޖެއްސުން ކުރުން ކަމަށް އާއްމުންނަށް ބުނެދޭން އުޅުނު މެސެޖު ވަނީ އެ މާނާގައި ފޯރާފައެވެ.

މިހާރު މި ފެންނަ މަންޒަރަކީ ރައްޔިތުންގެ މަޖުލިސް ހިންގަން ލިބުނީމާ އާރާއި ބާރު ނުވަތަ އިއްޒަތެއް ގެއްލިދާނެ ކަމުގެ ބިރަށް ކުޅެމުންދާ ސިޔާސީ ޑްރާމާތަކެވެ. ބަރުލަމާނީގެ ބޮޑުވަޒީރުކަމުގެ ބާރާއި ނުފޫޒު ލިބުމުން ވާނެގޮތުގެ ކުޑަކުޑަ ރިހާސަލެކެވެ. ސީދާ ރައްޔިތުންގެ އެންމެންގެ ވޯޓަކުން ނުހޮވޭ ވެރިއަކު ހަމައެކަނި މަޖުލީހުގެ އިދާރީ ވެރިން ’ގަނެލައިގެން‘ ގޮނޑިން ބޭލުން އޮންނާނީ ނުކުރެވޭ ވަރު ކަމަކަށްވެފައެވެ. ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ ބާއްވަން ރައްޔިތުންނާ ހަމައަށްދާ ވޯޓުގައި ބަރުލަމާނީގެ ސިފަތައް ކަމަށް ބުނާ އެއްވެސް ކަމެއް އެގޮތަށް ތާއަބަދު ނުވެސް އޮންނާނެއެވެ. ރައްޔިތުންގެ ވޯޓު ހޯދަން ފަސޭހައަށް ރައީސަށް ދޭ ބާރުތަކާއި ، މެމްބަރުކަމުން ދުރުކުރެވޭނެ ފަސޭހަގޮތްތައްވެސް އިސާހިތަކު ބޮޑުވަޒީރު ބޭނުންވާ ގޮތަށް ބަދަލުކޮށްލާނެއެވެ. ވެރިކަން ހިންގަން ދަތިވާ ކަމުގެ ނަަމުގައެވެ.

މަޖުލީހުގެ ރައީސް އިތުބާރު ނެތްކަމުގެ ވޯޓު ދިފާއުކޮށްދެނީ އިދިކޮޅު މެމްބަރުންނާއި ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީއަކުން ނޫނެވެ. ހަގީގަތުގައި އެމަނިކުފާނުގެ މަދަދުގާރުންނަކީ މަޖުލީހުގެ އިދާރީ އިސް މުއައްޒަފުންނެވެ. އިންތިހާއަށް ބޮޑެތި މުސާރަތަކުގައި ބޮޑެތި އިނާޔަތްތައް ނަންގަވާ މަޖުލީހުގެ އަމީންއާއްމު އަދި ކައުންސެލް ޖެނެރަލްއެވެ. މީގެ ކުރިން ހުށައެޅި އިތުބާރު ނެތްކަމުގެ މައްސަލާގައިވެސް އެޖެންޑާ ނުކޮށް ދިގުދަންމަން އެހީތެރިވެދިނީ މި ވެރިންނެވެ. ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއި މަޖުލީހުގެ ގަވައިދުގައި ކޮންމެ ގޮތަކަށް އެކަންކަން އޮތަސް އަމީން އާއްމު މާނަ ކުރެއްވީ ނަޝީދުބޭނުންވީ ގޮތަށެވެ.

މާދަމާގެ ވޯޓަކީ އަނެއްކާވެސް ނަޝީދާއި މަޖުލީހުގެ އިދާރި ވެރިން އަމަލު ކުރާނެ ގޮތް ރައްޔިތުންނަށް ފެންނާނެ ދުވަހެކެވެ. މަޖުލީހުގެ ގަވައިދު ބުނާގޮތުން މަޖުލިސް ރައީސް އިތުބާރު ނެތް ކަމުގެ މައްސަލާގައި ބާއްވާ ޖަލުސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ ނައިބްރައިސް އެވެ. މަޖުލީހުގެ ނައިބްރައިސްއަކީ ނަޝީދަށް ބޮޑުބޭބެކިޔާ އީވާ އަބްދުﷲ އެވެ. އެޖެންޑާ ކުރުމާއެކު އީވާ ވަނީ ޖަލްސާއަށް ހާޟިރުނުވެވޭ ވަރަށް ’އާލަސްކަންފުޅެއް‘ ޖެހިފައެވެ. މި ފަދަ ހާލަތެއްގައި ޖަލްސާ ބޭއްވިދާނެ ކަމުގެ ގާނޫނީ ހައްލެއް ކައުންސެލް ޖެނެރަލް ދެއްވާނީ ކޮން ކޮޅަކަށް ކަމެއް ޔަގީނެއްނޫނެވެ. އަމީން އާއްމު އަމަލު ކުރާނެ ގޮތެއްވެސް ސާފެއްނޫނެވެ. ސާފުވާ ކަމަކީ މަޖުލީހުގައި ރައީސް އިތުބާރުނެތް ކަމަށް ވޯޓު ހަމަވާ ވަރަށް މެމްބަރުން ސޮއިކޮށްފައިވާ ކަމެވެ. މަޖުލީހުގެ އިދާރި މޭޒުން ބޭނުން ނަމަ ބަރުލަމާނީ ބޮޑުވަޒީރެއް ދުރުކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫންކަންވެސް މިދާގޮތުން ވަރަށް ސާފެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©