• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މުއިއްޒަށް ޕީޕިއެމް މެމްބަރުންގެ ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވުނު، އޭގެ ނަތީޖާ ގުރައިދޫއިން

by އަބްދުﷲ ސަފީގު އަލީ
އޯގަސްޓް 19, 2023
in ރިޕޯޓު
0
މުއިއްޒަށް ޕީޕިއެމް މެމްބަރުންގެ ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވުނު، އޭގެ ނަތީޖާ ގުރައިދޫއިން

ޕީއެންސީ ރިޔާސީ ކެންޑީޑޭޓާ ދެކޮޅަސް ކ.ގުރައިދޫގައި މިއަދު ބަޔަކު އަޑު އުފުލަނީ

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ފުރަތަމަ ކެމްޕޭނު ފެއްޓެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގެ ވައުދުތަކާ އެކު އަދި ރަށްރަށުގައި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތަށް އެތައް ރަށަކަށް ވަޑައިގަތެވެ. މި ދަތުރުތަކުގައި ބައެއް ރަށްރަށުން ޕީޕީއެމް މެމްބަރުންގެ ފަރާތުން ފެނުނީ ވާދަވެރި ރިޔާސީ ކެމްޕެއިނެއްގައި ފެންނަން ޖެހޭ ފަދަ މަންޒަރުތަކެއް ނޫނެވެ.

ބައެއް ރަށްރަށުގައި ގަލާއި ވެލި އުކާފައިވެއެވެ. ބައެއް ރަށްރަށުގައި އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ހުޅުޖަހާ ރޯކޮށްލާފައިވެއެވެ. އަނެއްބައި ރަށްރަށުގައި ކެމްޕޭނަށް ހަދާފައިވާ ޖަގަހަތަކަށް ކަޅުތެޔޮ ޖަހާ ތަން ބޭނުން ނުކުރެވޭ ގޮތް ހަދާފައިވެއެވެ. މީގެ އިތުރުން ޖަލްސާ ބާއްވާ ގަޑީގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ދައްކާ ވާހަކަ ނީވޭ ވަރަށް ލަވަޖަހާ ހަޑިހުތުރު ބަސްތައް ބޭނުން ކުރަމުން ދިޔައެވެ. މިއިން ކޮންމެ ފަހަރަކުވެސް ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ހުންނަވަނީ ހިމޭނުންނެވެ. އެ މަނިކުފާނުގެ ސަޕޯޓަރުންނަށް މުހާތަބްކޮށް އެހެން ކަންތައްތައް ނުކުރުމަށް ނަސޭހަތްތެރިވެފައިވެސް ނުވެއެވެ. އޭރުވެސް ސިޔާސީ މަސްރަހު ގެ ހޫނުކަން އިނގޭ ފަރާތްތަކުން ދިޔައީ ކަންކަން ގޯހުން ގޯހަށް ނުދަނީސް އެކަންތައްތައް ނުކުރުމަށް އިންޒާރު ދެމުންނެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީކަމަށްވެފައި އެންމެ މެމްބަރުން ގިނަ ދެ ޕާޓީކަމަށް ވުމުން އެއްކޮޅުން ހިންގާ ހަމަނުޖެހުމެއްގައި އަނެއްކޮޅުން އޭގެ ރައްދު ދީފި ނަމަ ހީނުކުރާ ވަރުގެ ހަމަނުޖެހުމަކަށް ބަދަލުވެދާނެތިއެވެ.

ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކަށްވީތީ ރައީސް ސޯލިހަށް ދައުލަތުގެ ދިފާއީ ބާރުން ހިމާޔަތްދެމުން ދިޔައިރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ތަކުރާރުކޮށް އިލްތިމާސް ކުރަމުން ދިޔައީ ރައީސަށް ހަމަލާދީ ޖެއްސުން ކުރާކަށް ފުރުސަތެއް ނުދެވޭނެ ވާހަކައެވެ. ހަގީގަތުގައި ގައުމެއްގެ ވެރިއަކަށް ހަމަލާ ދިނުމަކީ ކިހާ ވަރެއްގެ ކަމެއްކަން ވެސް ބަލަން ބޭނުން ނުވަނީ ކެމްޕޭނުގެ ފޯރިކަމަށް ދައްކައިގެންނެވެ. އެކަމުން ނިކުންނާނެ ނަތީޖާއަކަށް ނުބަލަނީ ތިމާމެންގެ ކޮޅު މޮޅުވެ ނުވަތަ ދެރަ ވެދާނެ ކަމުގެ އެއްވެސް ހިސާބެއް ނުޖަހާ ހަމައެކަނި އެއީ ދައްކަން ބޭނުންވާ މަންޒަރުކަމަށް ވުމުންނެވެ.

ރިޔާސީ ކެމްޕޭނުގައި އެހެން ކެންޑިޑޭޓުންނަށް ހާއްސަކޮށް ވާދަވެރި އެމްޑީޕީ ރިޔާސީ ކެންޑިޑޭޓަށް ދެމުންދާ ހަމަލާ ތަކާ ފުރައްސާރައިގެ ނަތީޖާގެ ޖަވާބު މިއަދު އެ ފެނުނީ މާލެ އަތޮޅު ގުރައިދޫއިންނެވެ. އެ ރަށަށް މިއަދު ޕީއެންސީ ޕީޕިއެމް ގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވަޑައިގަންނަވާތީ އިސްތިގުބާލު ކުރުމަށް އެއްވި ޕީޕީއެމް ސަޕޯޓަރުންނާ އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން އުފެދި ދެ މީހެއްގެ ބޯފަޅާލައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. މުއިއްޒު ކެމްޕޭނަށް ދިޔަ އެއްވެސް ރަށަކުން މި މަންޒަރު ނުފެނުނީ އެ ރަށްތަކުން އެމްޑީޕީ މެމްބަރުން އެ ގޮތަށް ރައްދު ނުދީ ކެމްޕޭނު ކުރަން ފުރުސަތު ދިނީމައެވެ. އެހެންވިޔަސް މިއަދު ގުރައިދޫއިން އެ ފެނުނީ ޕީޕީއެމް މެމްބަރުން ގެ ގާ އުކުމަށް ރައްދު ދިނީމަ ނިކުންނާނެ ނަތީޖާއެވެ.

ގުރައިދޫގެ ހަމަ ނުޖެހުން އޮބި ފުލުހުން މުޅިތަން އަމާން ކުރުމުން މުއިއްޒު ވަޑައިގަތީ ކަމެއްވީހެން ހީވެސް ނުވާ ތަނަކަށެވެ. ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާ ވަގުތު އެހިންގާ ކަންކަން އެމަނިކުފާނަށް ފެނި އޭގެން އެތައް ދަތި އުނދަގޫ ތަހައްމަލެއް ކުރަން ޖެހުނަސް މުއިއްޒަކަށް އެ ބިރެއް ނެތެވެ. ހަމަނުޖެހުމަށް އެއްޗެއް ވިދާޅު ނުވެ ހުންނަ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. އެހެން ވިޔަސް އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާ ދޭ ނަމަ ކެތްތެރިކަން ކޮޅުން ލާނީ ހަމައެކަނި ގުރައިދޫއިން އެކަންްޏެއް ނޫނެވެ. މި ހުޅު ވަރަށް ގިނަ ރަށަށް ފެތުރުމުގެ ބިރުވެސް އެބައޮތެވެ. އޭގެ ކުރިން ވާދަވެރި ކެންޑިޑޭޓުން އެމީހުންގެ ސަޕޯޓަރުން ހުއްޓުވަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©