• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އެމްއާރުއެމް އަށްވުރެ ސައިޒު ބޮޑު މަގާމުތަކުގައި ތިބެ ސަރުކާރު ވައްޓާލަން ހިފައިފި!

by އަބްދުﷲ ސަފީގު އަލީ
މެއި 4, 2023
in ރިޕޯޓު
2
އެމްއާރުއެމް އަށްވުރެ ސައިޒު ބޮޑު މަގާމުތަކުގައި ތިބެ ސަރުކާރު ވައްޓާލަން ހިފައިފި!

ރައީސް މައުމޫނު ދުވަހަކުވެސް ހިތްފުޅު ދަތިނުވާ ވަރުގެ ކަމެއް ދިމާވީ އެމްއާރުއެމް ރެޖިސްޓްރީކޮށް، ޕާޓީއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ޖަލްސާ ބޭއްވިރެއެވެ. އެ ރޭ ދަރުބާރު ގޭގައި ބާއްވަން އޮތް ޖަލްސާ ފަށަން ހަމަޖެހިފައިވަނީ ރޭގަނޑު 8:30ގައެވެ. ރައީސް މައުމޫނަކީ ގަޑިއަށް ހަފްލާތައް ފެށުމުގެ ރެކޯޑު އަބަދުވެސް ގެންގުޅުއްވާ ބޭފުޅަކަށްވިޔަސް އެ ރޭ ގެ ޖަލްސާ ފެށުން ދިޔައީ ދިގު ދެމެނުންނެވެ. ފަހަރަކު ބޭފުޅަކު ބޭރަށް ނިކުމެ ނިތްކުރިން ދާ ފުހެލާފައި ބަލާލަނީ ކޮންމެވެސް މީހަކަށް ނުގުޅިގެން ނައިސް ގެން އުޅޭ މަންޒަރެވެ. އެންމެ ފަހުން ޖަލްސާ ފެށުނީ 8:30 ގެ އެތައް އިރެއްވީ ފަހުންނެވެ. ޖަލްސާ ލަސް ވެގެން ދިޔައީ އެންމެ 300 އެއްހާ މީހުން ހަމަ ނުކުރެވުގެންނެވެ. ރާއްޖޭގެ 30 އަހަރު ވެރިކަން ކުރެއްވި ވެރިއެއް އަދި ކުރިން ދެ ޕާޓީއެއްގައި އެމަނިކުފާނާއި އެކީ ލީޑުކުރެއްވި ބަޔަކާ އެކީ ޖަލްސާއަށް ބޭނުންވާ އަދަދަށް މީހުން ހަމަ ނުކުރެވުމުން ބައެއް މީހުންނަށް ވަރަށް އެހެން ކަހަލަ ޝުއޫރުތަކެއް ފާޅުކުރިއެވެ. އެއް ބަޔަކު ބުނާ ގޮތުން ޕީޕީއެމް ޔާމީން ގެ އަތްދަށަށް ދިޔުމުން އެ ޕާޓީ ދޫކޮށް ދިޔަ ރައީސް މައުމޫނުގެ ސައިޒަކީ އެއީއެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ފަހުން އެމްއާރުއެމް ވަރުގަދަވެ މީހުން ގިނަ ވާނެކަމަށެވެ.

                ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބި، ސަރުކާރުގެ މަގާމުތަކުން ބައެއްލިބުނު އިރުވެސް އެމްއާރުއެމް ގެ ސައިޒު ބޮޑެއް ނުވިއެވެ. މީހުން ގިނައެއްވެސް ނުވިއެވެ. ޕާޓީ އޮންނަނީ ކިރިޔަކިރިޔާ ހުކުރު ހަމަވާ ވަރަށެވެ. އެހެން ވިޔަސް ރައީސް ސޯލިހު ދެއްވަން ވައުދުވި މަގާމުތަކުގައި އެ ޕާޓީގެ ބޭފުޅުން ތިއްބެވީ ގަދަކޮށެވެ. ސަރުކާރުގެ އެކި އެކި ގޮންޖެހުންތައް އައި ދަނޑިވަޅުތަކުގައި އެ ޕާޓީގެ ސަޕޯޓެއް އަޑެއް ބަޑެއް އަދި ވަކި ފަރުދެއްގެ ހިލަމެއް ނުވާއިރުވެސް ރައީސް ސޯލިހު ގެ ކެތްތެރިކަމުގެ މިންގަނޑުގައި އެ ޕާޓީގެ އެންމެން ވެސް ތިބީ ސަރުކާރުގައި ގަދަކޮށެވެ.

             މިއީ ރިޔާސީ އިންތިހާބުގެ އަހަރެވެ. ރައީސް ސޯލިހަށް މުހިއްމު އަހަރެކެވެ. ރައީސް ސޯލިހަށް ޒާމާންވީ ވަފާތެރިން ގެއްލި، އަބަދުވެސް މަދަދުގާރެއް ކަމަށް ބެލެވުނު ގާސިމް އިބްރާހިމްވެސް ފެއަށް ޖެހިފައިވާ ދަނޑިވަޅެކެވެ. މި ހައްސާސީ ވަގުތުގައި އެމަނިކުފާނަށް ފާޅުގައި ތާއިދުކުރަމުންދަނީ މި ސަރުކާރާއި އެއްވެސް ގުޅުމެއް ނެތް ސަން ސިޔާމުގެ ޕާޓީއެވެ. ދެން ދެގޮތެއް ނުވެ ސާބިތުކަންމަތީ ތިބި އަދާލަތު ޕާޓީއެވެ. ޖުމްހުރީ ޕާޓީ ފާޅުގައި ރައީސް ސޯލިހާއި ވަކިވެއްޖެއެވެ. އެމްއާރުއެމް ވިސްނަނީއެވެ.

އެމްޑީޕީ މެމްބަރުން މެދު ނުކެނޑި ’އަނިޔާވެރިކަމާ‘ ދެކޮޅަށް 7 އަހަރު މަގުމަތީ މުޒާހަރާ ތަކާއި ޖަލުތަކުން ވީ ގުރުބާނީއާއި ވަޒީފާ ގެއްލިގެން ލިބުނު ހިތްދަތިކަމަށް ތަސައްލީއެއް ގެނެސް ދެއްވާނެ ކަމަށް އުއްމީދު ކުރެވުނީ ރައީސް ސޯލިހަށެވެ. އެހެން ވިޔަސް އެ ހުރިހާ އެންމެންނަށް ތަސައްލީއެއް އުފަލެއް ދެވޭ ވަރަށް ވުރެ ވެރކަމަށް ވަޑައިގަތް ކޯލިޝަން އޮތީ ބޮޑުވެފައެވެ. ވައުދުވިގޮތަށް ކޯލިޝަނުން ޖާގަތައް ދެއްވީ ޕާޓީގެ މެމްބަރުންގެ އަދަދަށް ބެއްލެވުމެއްނެތި ލީޑަރަށް ބައްލަވާފައެވެ.

މި ގޮތުން ހަމަޖެނުނު ސަރުކާރުގެ މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި ކުންފުނި ތަކުގެ އެމްޑީން ގޮތުން ހަމަޖެހުނު އެމްއާރުއެމް ގެ މިޙުންނަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ކުރިން އެމަނިކުފާނުގެ އެމްޑީޕީ މެމްމަބރުންނަށް އެންމެ ބޮޑަށް މަލާމާތާއި ފުރައްސާރަ އަދި ’އަނިޔާ‘ ކުރި މީހުންނެވެ. އެހެން ވިޔަސް ރައީސް ސޯލިހު ވައުދު ފުއްދަވަން އެ މީހުން ގެނެސް ސަރުކާރުގެ އޮޑިއަށް ލެއްވީއެވެ. ސަރުކާރު ފެށިގެން އައި އިރު ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ނުރުހުމަކަށްވީވެސް ޖޭޕީއާއި އެމްއާރުއެމް ގެ ސިޔާސީ ވެރިން އަބުއިވެފައި، އެމްޑީޕީގެ ސިޔާސީ މިންގަނޑަށް ނުފެތޭ މައްސަލައެވެ. އެކަމަށް ރައީސް ސޯލިހު ’ރިއެކްޓު‘ ނުކުރައްވާތީ މަޖްލިސް މެދުވެރިކޮށް ރައީސް ނަޝީދު ރިއެކްޓު ކުރެވޭތޯ ބެއްލެވިއެވެ.

               މިއަދު މިފެންނަނީ ރައީސް ސޯލިހުގެ ގުރުބާނީގައި ކޮޅުފައިން ޖަހާފައި އިދިކޮޅުން ބުނާހާ އެއްޗަކަށް ހެއްލި އެމްއާރުއެމްއިން ސީދާ ފާޅުގައި ސަރުކާރާ ދެކޮޅަށް ނިކުމެގެން އުޅޭ މަންޒަރެވެ. ރައީސް މައުމޫނު ބަންޑާރަ ނައިބުކަން ދެއްވާ މާލެއިން ގެދޮރު ދިނީމާވެސް ކޮޅުފައިން ޖަހާފައި ދިޔަ ޑރ. މުނައްވާރާ އެކީގައިވެސް ސަރުކާރާ ދެކޮޅު އެއްވުންތަކުގައި އެމްއާރުއެމްއިން ދަނީ ބައިވެރިވަމުންނެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނަށް ސިޔާސީ ގޮތުން އެންމެ ބޮޑު ދަތިކަމެއް ދިން، އަދި މި ވެރިކަމުގައި ވެސް ރައީސް މައުމޫނުގެ ފަރާތުން ސަރުކާރުގައި ތިއްބެވި ސިޔާސީ ފަރާތްތަކަށް ނުރުހުނު ރައީސް ނަޝީދުގެ ފިކުރުގެ ދިރުމާ އެކީގަވެސް އެމްއާރުއެމް ގެ މެމްބަރުންދަނީ ފާޅުގައި ހަރަކާތްތެރިވަމުންނެވެ.

މި ސަރުކާރަށް އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވި އަދި މިހާރުވެސް ދެކަފި ވެފައިވާ ޗާގޯސް މައްސަލާގައިވެސް އެމްއާރުއެމުންދަނީ ފާޅުގައި ފާޑުކިޔަމުންނެވެ. ޗާގޯސް އަކީ ރާއްޖޭގެ ބައެއްވެސް ނޫން ކަމަށާއި އަދި 2017 ގައި ނިމިފައި (މި ވެރިކަމުގެ ކުރިން) އޮތް ކަމެއްގެ ގޮތަށް ޔައުމިއްޔާތަކުން ފެންނަން އޮތް ސާފު މައްސަލައަކަށްވެސް އެމްއާރުއެމުން ވަދެ ރައީސް ހޫނު ފެނަށް ވަނީ ވައްޓާލާފައެވެ.

މި އަދު ސިޔާސީ އެއްވުންތަކުގައި ރައީސް ސޯލިހާ ދެކޮޅު ޕްރެސް ކޮންފަރެންސް ތަކުގައި އެމްއާރުއެމުގެ ބޭފުޅުން ތިއްބެވީ، މައުމޫނާއި ފާރިސް ޖަލަށް ލުމަށް ހުކުމް ލިޔެދިންކަމަށް އޭރު ތުހުމަތު ކުރި އާޒިމާ ޝުކޫރާއި އެކީގައެވެ. ރައީސް މައުމޫނު ވެރިކަމުން ދުރުކުރަން މަސައްކަތް ކުރެއްވި ޑރ. މުނައްވަރާއި އެކީގައެވެ. ރައީސް މައުމޫނުގެ ލޮލަށް ހެރުނު އެންމެ ތޫނު ސިޔާސީ ކައްޓަކީ ކާކުތޯ ބުނެފި ނަމަ އެންމެން އެއްބަސްވާ ރައީސް ނަޝީދާ އެކީގައެވެ.

ރައީސް ސޯލިހުގެ ކުށަކީ ބަޔަކަށް ހައްގު ނުވާ، ބޮޑެތި މަގާމްތަކެއް މި ޕާޓިއަށް ދިނުމެވެ. ސިޔާސީ ގޮތުން އެންމެ މުހިއްމު އެއްޗަކީ ނަމްބަރޭ ބުނާ އުސޫލުން އެކަމެއްވެސް މި ޕާޓީގައި ނެތެވެ. ތިމާމެންނަށް ވުރެ ބޮޑެތި ސިޔާސީ މަގާމެއްގައި ތިބެ ސަރުކާރު ވައްޓާލާ ރައީސް ސޯލިހު ގަންހިންގަން ފަހަށް ނުޖެހެނީވެސް އެހެންވެއެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Comments 2

  1. The says:
    3 years ago

    Vikefa thibi jaahilu noosverin

    Reply
  2. Chogos says:
    3 years ago

    Koba tha vikifa ey thibunaa bahaky? Nooos ve hiyaalh baraabaru. Gasim aa Anni ah nulibeyne mi raajjeyge verikameh..yaaameenaky vageh, , dhen ves thibee hus kolhun.. votun mikan fennaane.. balaathi

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©