• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ބޭރުގައުމުތަކުގަ ފެންވަޅު ވަގުފު ކުރުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަނީ!

by މުރާސިލު
އޮކްޓޯބަރ 30, 2022
in ރިޕޯޓު
0
ބޭރުގައުމުތަކުގަ ފެންވަޅު ވަގުފު ކުރުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަނީ!

ބޭރުގެ އެކި ގައުމުތަކުގައި ހާއްސަކޮށް ތަނަވަސްކަން ނެތް ފަގީރުން ގިނަ ސަރަހައްދު ތަކުގައި އެންމެ ތަދު އެއްޗަކީ ފެނެވެ. ހަނަފަސް ސަހަރާތައް ނޫނަސް ގިނަ ގައުމުތަކުގައި ސާފުތާހިރު ފެން ލިބުމަކީ ވަރަށް ދަތި ކަމެކެވެ. ހާއްސަކޮށް ފަގީރު އަވަށް ތަކުގައެވެ. މި ގޮތުން ޕާކިސްތާން، ބަނގުލަދޭޝް އަދި އެފްރިކާގެ ގައުމުތަކުގެ ނިކަމެތިން އުޅޭ ހިސާބު ތަކުގައި ފެންވަޅު ބެހެއްޓުމަށް ފައިސާ ހޯދުމަށް އެކިއެކި ފައުންޑޭޝަނުން އަންނަނީ އިސްތިހާރު ކުރަމުންނެވެ. ބައެއް ފަރާތްތަކުން އެކި އަދަދު ތަކަކުން ބަހާލައިގެން ނުވަތަ އެއްފަހަރާ ވަކި ފަރުދެއްވިޔަސް ދެއްކޭ ގޮތަށް ޕެކޭޖްތަކެއް ހަދައި ’ފެންވަޅު ވަގުފު‘ ކުރުމަށް އަންނަނީ އިސްތިހާރު ކުރަމުންނެވެ. ބައެއް ދިވެހިންގެ ދީލަތި އެހީއާއި އެކު ފެންވަޅުތައް ހެދި އެ ފޮޓޯތައްވެސް ސޯސަލް މީޑިއާގައި އެ ފަރާތްތަކުން ޝާއިއުކޮށްފައި ހުރެއެވެ.

                މި ފަހުން ދިމާވެގެން އުޅޭ މައްސަލައަކީ ބަނގުލަދޭޝްގެ ފަގީރުން ގިނަ ސަރަހައްދު ތަކުގައި ފެންވަޅު ބެހެއްޓުމަށް ފައިސާ ނަގަމުންދާ ބައެއްގެ މައްސަލައެވެ. ސޯސަލް މީޑިއާގައި މި ގޮތަށް ފެންވަޅެއް ބެހެއްޓުމަށް ފައިސާ ފޮނުވި ފަރާތަކުން ވަނީ ’ނޫރުލް ޤުރުއާން‘ އޭ ކިޔުނު ޖަމާއަތަކުން (ފޭސްބުކް ޕޭޖަކުން) އިސްތިހާރުކޮށް މީހުން އަތުން ފައިސާ ނެގުމަށް ފަހު ފެންވަޅު ބަހައްޓާފައިނުވާ ވާހަކައާއި އަދި ފައިސާ ދިން ފަރާތްތަކަށް އެއްގޮތަކަށްވެސް ހަބަރު ނުވާ މައްސަލައެވެ. މި ގޮތުން ބައެއް ފަރާތްތަކުގެ މެސެޖަށް ޖަވާބުވެސް ލިބޭ ކަމަށާއި އެ ލިބޭ ޖަވާބުގައި ހުންނަނީ އެ ފަރާތްތަކަށް ވަރަށް ބޮޑަށް މަލާމަތްކޮށްފައި ކަމަށެވެ. މި ގޮތުން ބަންގުލަދޭޝްގައި ފެންވަޅެއް ބެހެއްޓުމަށް ފައިސާ ދެއްކި ފަރާތަކުން ސޯސަލް މީޑިއާގައި ހާމަކޮށްފައިވާގޮތުގައި އެ ފަރާތުން ބަނގުލަދޭޝް ގެ ނިކަމެތިން އުޅޭ ސަރަހައްދެއްގައި ފެންވަޅެއް ބެހެއްޓުމަށް ބަޔަކު (ނޫރުލް ޤުރުއާނުން) އިސްތިހާރު ކުރުމުން އެ އިސްތިހާރުގެ ވެރިފަރާތުން ބުނި އެކައުންޓަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ. ފައިސާ ދެއްކުމުގެ ކުރިން ފެންވަޅުގެ މަސައްކަތްތައް ދާ ގޮތް ޔަގީން ކުރިކަމަށާއި އެ ފަރާތުންވެސް އެ ޔަގީންކަން ދިން ކަމަށެވެ. މިގޮތުން ވަގުތުން އެ މަސައްކަތްހިނގާގޮތް އިމޫ (ބަނގުލަދޭޝް ސަރަހައްދުގެ މީހުން އެންމެ ގިނައިން ވީޑިއޯ އޯޑިއޯ އަދި މެސެޖު ކުރުމަށް ބޭނުންކުރާ އެޕެއް) މެދުވެރިކޮށް ދައްކާނެ ކަމަށެވެ. މި ފައިސާ އެ ފަރާތުގެ އެކައުންޓަށް ފޮނުވި ފަހުން މިއަދާހަމައަށްވެސް ލައިވްކޮށް މަސައްކަތް ހިނގަމުންދާގޮތް ނުދައްކާ ކަމަށާއި މުޅިންވެސް ފޮނުވަނީ މާކުރިން ހަދާފައިވާ ވަޅުތަކެއްގެ ފޮޓޯތަކެއް ކަމަށެވެ. އެ ފަރާތުން ވަނީ ނޫރުލް ޤުރުއާން ޓެގްކޮށް އާއްމު ރައްޔިތުން މި މީހުންގެ މަޅީގައި ނުޖެހުމަށް އިލްތިމާސްކޮށްފައެވެ.

                  ނޫރުލް ޤުރުއާނުގެ ފޭސްބުކް ޕޭޖުގައި މިހާރުވެސް ދަނީ މި އިސްތިހާރު ކުރަމުންނެވެ. އެ ޕޭޖުގައި ވަޅު ހަދިޔާ ކުރަން ބޭނުންވާ މީހުން ހަދަންވީ ގޮތާއި ފެންވަޅެއް ބެހެއްޓުމުން ލިބޭ ސަވާބާއި ދަރުމައިގެ ވާހަކަވެސް ބަޔާންކޮށްފައިވެއެވެ. މި އިސްތިހާރު ތަކަށް ގިނަ އަދަދެއްގެ ބަނގުލަދޭޝް މީހުން ތައުރީފްކޮށް ކޮމެންޓުކޮށްފައިވާއިރު ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިގެން ބައެއް ދިވެހިންވެސް ކޮމެންޓުކޮށްފައިވެއެވެ. ލަފާކުރެވޭ ގޮތުން މިމީހުންނަށް ފާޑުކިޔާފައިވާ ކޮމެންޓުތައްވަނީ ރިމޫވް ކޮށް ނުވަތަ ނުފެންނަ ގޮތް ހަދާފައެވެ. އެއީ ބައެއް މީހުން ޝަކުވާކޮށް ނޫރުލް ޤުރުއާން ޓެގްކޮށްފައި ހުރި އެއްވެސް ލިއުމެއް އެ ފަރާތުގެ ފޭސްބުކް ޕޭޖުން ފެންނަން ނެތުމުންނެވެ.

             މަކަރާއި ހީލަތުގެ ފޯނުކޯލާއި މަގުމަތީ ސަލާން ޖަހަން އުޅޭ ގަދަފަދަ ޒުވާނުންނާއި ފްލެޓާއި އެހެނިހެންވެސް ކަންކަން ލިބޭ ކަމަށް ބުނާ މެސެޖުތަކަށް ފަހު، ދީނީ ގޮތުން މީހުން ޖަޒުބާތުގަ ޖައްސައިގެން މި ވަނީ ފައިސާ ހޯދަން ފަށާފައެވެ. ކިތަންމެ ރަނގަޅު ނިޔަތެއްގައި މިހާރުވެސް އެކި ގައުމުތަކުގެ ފަގީރު ކުދިންނަށް ކާނާ އާއި އެހެންވެސް ސާމާނު ފޯރުކޮށްދޭނެ ކަމަށް އިސްތިހާރުކުރިޔަސް މިފަދަ މީހުންގެ ސަބަބުން އެހީއެއް ވެވެން ޖެހިލުންވާ ދަރަޖައަށް މިދަނީއެވެ. ހޮޓްމީލް ބެހުމާއި، މިސްކިތް އެޅުމަށް އެހީވުމާއި، މުސައްލައާއި މުސްހަފްވެސް ބަހަން ކިތަންމެ ބޭނުމެވެ. އެހެންވިޔަސް ބަޔަކު މަކަރާ ހީލަތުން ފައިސާ ހޯދަން އެހީވުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އަދި ކުރަން މާ ރަނގަޅު ކަމެއްވެސް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން

އޯގަސްޓް 7, 2025
ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ކުރިންވެސް ރޭވި ގޮތަށް ޖެމްކިއު ސްކީމު ހުއްޓާލީ ޕޮލިހުން ގެ ބޮލަށް ކަނޑާލުމަށް ފަހު

ޖޫން 19, 2025
މަހުޖަނުންނާއި ތަރިންގެ ކައިވެނި

މަހުޖަނުންނާއި ތަރިންގެ ކައިވެނި

އޮކްޓޯބަރ 14, 2024
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް، 241 ކޮމެޓި ގެ މުގައްރިރަކަށް ސަލީމް

ޑޮލަރު މާރު ކުރުވުމުގެ އުސޫލުން ގާސިމް އިބްރާހިމް އިސްތިސްނާ ވާނެ!

އޮކްޓޯބަރ 3, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©