• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު؛

by މުރާސިލް ޓީމް
އޮކްޓޯބަރ 28, 2022
in ދުނިޔެ
0
ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު؛
  • އެމެރިކާގެ %50 މީހުން ޔުކްރެއިނަށްދޭ އެހީއާއި ދެކޮޅު ކަމަށް ސާވޭއަކުން ދައްކައިފިއެވެ. މޯނިންގ ކޮންސަލްޓު ކިޔާ ފާމަކުން ކުރި ދިރާސާއަކުން ދައްކާގޮތުން އެމެރިކާގެ ގިނަ ބަޔަކު ޔުކްރެއިނަށް ފޮނުވާ އެހީއަށް ދެކޮޅެވެ. މި ސާވޭއިން ދެއްކި އަނެއް ނަތީޖާއަކީ އެމެރިކާގެ ގިނަ ބަޔަކު ގަބޫލުކުރަނީ ހަނގުރާމަ ދިގުދެމިގެންދާ ސަބަބަކީވެސް އެމެރިކާއިންދޭ އެހީކަމަށެވެ. އަދި ޔުކްރެއިން ދިފާއު ކުރުމަކީ އެމެރިކާގެ ޒިންމާއެއްނޫން ކަމަށްވެސް ސާވޭގެ ބައިވެރިން ގަބޫލުކުރެއެވެ.
  • ޔުކްރެއިނުގައި ހިނގަމުންދާ ހަނގުރާމައަކީ ’ސިވިލް ވޯ‘ އެއްކަމަށް ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވެއްޖެއެވެ. ޔުކްރެއިނާއި ރަޝިޔާއަކީ އެއްބައެއް ކަމަށާއި އެއީ ޒަމާންވީ ތާރީހު ހެކިވާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން ޕުޓިން ވިދާޅުވީ ޔުކްރެއިނަކީ އަމިއްލައަށް ހަދައިގެން އުޅޭ ’އާޓިފިޝަލް‘ ދައުލެއްކަމަށާއި ޔުކްރެއިނުގެ ރައްޔިތުންނަށް ރައްކާތެރިކަމާ ހަމަޖެހުން ގެނެސްދެވޭނެ ބަޔަކީ ރަޝީޔާކަމަށެވެ. އެހެން ކަމުން މި ވަގުތު ދެ ގައުމު ދެމެދުގައި ހިނގަމުންދަނީ އެތެރޭގެ މައްސަލައެއްކަމަށެވެ.
  • ޔުކްރެއިނުން ވަކިވުމަށް ނިންމާފައިވާ ޑޮނެޓްސްކު ރީޖަނުގެ ތެޔޮ ކާރުހާނާއަކަށާއި ރެއިލް ސްޓޭޝަނަކަށް، ޔުކްރެއިން ސިފައިން ހަމަލާދީފިއެވެ. މި ހަމަލާގައި މީހަކަށް ގެއްލުން ލިބިފައި ނުވިޔަސް އެ ދެ ތަނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
  • ލިތުއޭނިއާއިން ޔުކްރެއިނަށް ހަތިޔާރު ނުދޭން ނިންމައިފިއެވެ. އެ ގައުމުގެ އަސްކަރީ ޖެނެރަލެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ވަލްޑަމަރަސް ރުޕްސީސް ވިދާޅުވި ގޮތުގައި އެ ގައުމުގެ އަމިއްލަ ދިފާއުގައި ހަތިޔާރު ބޭނުންވާނެ ކަމަށާއި އެހެން ގައުމުތަކަށް ހަތިޔާރުދީ އެ ’ހުސްކޮށްލުމުގެ‘ ވިސްނުމެއް ނެތް ކަމަށެވެ. އެ ގައުމުވެސް މިހާރު އޮތީ އަމިއްލަ ދިފާއީ ބާރާއި ހަތިޔާރުން ބޭނުންކޮށްގެން އަމިއްލަ ސަލާމަތްް ބޭނުން ކުރަން ޖެހޭ ފަދަ ހާލަތެއްގައި ކަމަށާއި އެހެން ކަމުން އެ ގޮތަށް ތައްޔާރަށް ތިބުމަށްވެސް އެހެން ބަޔަކަށް ހަތިޔާރުގެ އެހީއެއްދެވޭކަށް ނެތް ކަމަށެވެ.
  • ކިއެވް ގެ ޒަޕޮރިވް ހަނގުރާމައިގެ މަންޒަރު މިހާރު ބަދަލުވަމުންދަނީ މަރިޕޯލަށް ކަމަށް މި ސަރަހައްދަށް ރަޝިޔާއިން ކަނޑައަޅާފައިވާ އެކްޓިން ގަވަރުނަރު ސިފަކޮށްފިއެވެ. މަރިޕޯލަކީވެސް ހަނގުރާމައިގެ އެންމެ ވަރުގަދަ ދުވަސްވަރު ބޭރުގެ ކުލީ ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވި ސަރަހައްދެކެވެ. މިމީހުން ތެރެއިން ގިނަ ބަޔަކު ވަނީ ރަޝިޔާގެ ހަމަލާތަކުގައި މަރުވެފައެވެ. އަދި ބައެއް މީހުންވަނީ އަތުލައިގެނެ އެ ގައުމުތަކާ ހަވާލުވެސް ކޮށްފައެވެ. ރަޝިޔާގެ އޮފިސަލް މި ގޮތަށް ސިފަކުރަމުން ވިދާޅުވީ ”ޒަޕަރަޒިވް ވެސް ބަދަލުވަމުން އެދަނީ ހަމަ މަރިޕޯލްއަށް، އެ ތަނުގައި ގިނަ އަދަދެއްގެ އެހެން ގައުމުތަކުގެ މީހުން ހަނގުރާމައިގަ ބައިވެރިވުމަށް ހަރަކާތްތެރިވަމުންދޭ“ އެވްގެނީ ބެލިސްޓްކީ ރަޝިޔާ ޓީވީއަށް ވިދާޅުވިއެވެ. އިތުރަށް މައުލޫމާތު ދެމުން ބެލިސްޓްކީ ވިދާޅުވީ އޭނައަށް މި މައުލޫމާތުތައް ލިބުނީ ޔުކްރެއިނުން ކޮންޓްރޯލްކުރާ ސަރަހައްދުގައި އުޅޭ މީހުން، އެމީހުންގެ ތިމާގެ މީހުންނާއި ރައްޓެހިންނަށް ކުރާ މުއާމަލާތްތަކުން ކަމަށެވެ. އެމީހުންނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަނގުރާމައިގެ ތައްޔާރީތަކުގައި ބޭރު ގައުމުތަކުގެ މީހުން ފެންނަ ކަމަށާއި އެމީހުން ގެ އެކަކު އަނެކަކާ ވާހަކަ ދައްކަނީވެސް އެމީހަކު ނިސްބަތްވާ ގައުމުގެ ބަހުން ކަމަށެވެ. މި ގޮތުން އިނގިރޭސިންނާއި ޕޮލެންޑު އަދި ޖަރުމަނު މީހުން މީގެ ތެރޭގައި އުޅޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

ސްރީލަންކާގައި ތިބި އިޒްރޭލު ފަތުރުވެރިން، އެ ގައުމު ދޫކޮށް ދިއުމަށް އަންގައިފި

އޮކްޓޯބަރ 24, 2024
ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ބޮޑުވަޒީރު މޯދީ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވައިފި

ޖޫން 5, 2024
އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

އިިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ހުށަހެޅި މައްސަލައަށް ޖޯ ބައިޑެން ދެކޮޅު

މެއި 21, 2024
ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

ކޮންގްރެސް ޕާޓީއަށް 50 ގޮނޑިވެސް ނުލިބޭނެ – ބޮޑުވަޒީރު މޯދީ

މެއި 11, 2024

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©